Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަގޭ ރިޕޯޓް

"އަދުގެ ރައީސުލްޖުމްހޫރިއްޔާ" އާއި "އަދުގެ ސަރުކާރު"

10 އޮކްޓޯބަރު 2026 | ހޮނިހިރު 18:30

ސަރުކާރުން ޚިދުމަތްތައް ފުޅާކުރާ ކަމަށް ބުނެ ތަފާތު ތަފާސްހިސާބުތައް ދެއްކި ނަމަވެސް، އޭގެ އަމަލީ ނަފާ ރައްޔިތުންނަށް ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި. ޕާސްޕޯޓު ދޫކުރާ މަރުކަޒުތަކާއި ޑޮލަރު އޭޓީއެމްތައް އިތުރުކުރި ނަމަވެސް، ޕާސްޕޯޓު ފޮތް ނެތުމާއި ބޭންކުތަކުން ޑޮލަރު ނުލިބުމުގެ ސަބަބުން އަސާސީ ޚިދުމަތްތައް ވަނީ ހުއްޓުމަކަށް އައިސްފައި. އެހެންކަމުން، ގިނަ މަޝްރޫއުތަކެއް އިއުލާންކުރި ކަމުގައި ވިޔަސް، ރައްޔިތުންގެ ހާލަތަށް ހަގީގީ ބަދަލެއް ނާންނަކަން މިއީ މިއަދުގެ ހަގީގަތް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 އޮކްޓޯބަރު 2026 | ހޮނިހިރު 18:30
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ ނޫސްވެރިންގެ ބައްދަލުވުންތަކާއި، ދެއްވާ އިންޓަވިއުތަކުން ފާހަގަވާ އެތައް ކަމެއް ހުރެ އެވެ. ބައެއް ވަޒީރުން ރައީސް މުއިއްޒު އަށް ސަނާކިޔާއިރު އަބަދުވެސް ބޭނުންކުރައްވާ ބައެއް ލަފްޒުތަކެއް ފާހަގަވަނީ އަދި މާ ބޮޑަށެވެ. އެގޮތުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ރައީސް މުއިއްޒު ކުރައްވާ ކަމެއްގެ ވާހަކަދައްކަވާއިރު މުޅީން ވެސް ބޭނުން ކުރައްވަނީ "ރާއްޖޭގެ އިއްޒަތްތެރި، ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ" އެވެ. އަދި ހޯމް މިނިސްޓަރު އަލީ އިހުސާން މުޅިން ވެސް ބޭނުންކުރައްވަނީ "އަދުގެ ރައީސުލްޖުމްހޫރިއްޔާ" ނުވަތަ "އަދުގެ ސަރުކާރު" މި އިބާރާތެވެ.

އިހުސާން ވިދާޅުވާ ގޮތުގައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވިިއިރު ރާއްޖޭގައި ޕާސްޕޯޓު ދޫކުރަނީ އެންމެ 5 ތަނުންނެވެ. އެ އަދަދު 39 ތަނަށް ބަދަލުކުރައްވައި، އެއާޕޯޓެއް އޮތް 1000 މީހުން ހަމަވާ ކޮންމެ ރަށެއްގައި އެ ޚިދުމަތް ދިނުމަށް އިތުރު 4 ތަން ހަމަޖައްސަވައި، ޖުމްލަ 43 ތަނުން ޕާސްޕޯޓު ދޫކުރެވޭނެ ގޮތް ހައްދަވާފައިވާ ކަމަށް ބުނެ އެއީ ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވާ "އަދުގެ ރައީސުލްޖުމްހޫރިއްޔާ" އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައިވެ އެވެ. ނަމަވެސް، މިފަދަ ބޮޑެތި އިއުލާނުތަކާއި ހިސާބުތަކުގެ ފަހަތުގައިވާ ހަގީގީ ހާލަތަށް ބަލާއިރު އާންމު ރައްޔިތުންނަށް އޭގެ އަމަލީ ނަފާ އެއް ނުލިބެ އެވެ.

Advertisement - newsAdvertisement

ޕާސްޕޯޓު ދޫކުރާ މަރުކަޒުތަކުގެ އަދަދު 50 އަށް އިތުރުކުރިޔަސް ނުވަތަ ކޮންމެ މީހެއްގެ ގެއިން ޕާސްޕޯޓު ލިބޭނެ ގޮތް ހެދިޔަސް، އެކަން ހަގީގަތަކަށް ވަނީ ޕާސްޕޯޓު ފޮތް ހުރެގެން، ޕްރިންޓު ކުރެވިގެންނެވެ. "އަދުގެ ރައީސުލްޖުމްހޫރިއްޔާ" ވަޑައިގެން 39 ތަނުން ޕާސްޕޯޓު ދޫކުރާ ގޮތް ހެއްދެވި ނަމަވެސް، އިމިގްރޭޝަނުގައި ޕާސްޕޯޓު ދޫކުރާނެ ފޮތެއް ނެތުމުގެ ސަބަބުން ޕާސްޕޯޓެއް ޕްރިންޓެއް ނުވެ އެވެ. ކުރިން 5 ތަނުން ދޫކޮށްގެން ރައްޔިތުންނަށް ޕާސްޕޯޓު ލިބުނު ނަމަވެސް، 39 ތަނަށް ބަދަލުކުރުމުން ޕާސްޕޯޓު ނުލިބޭ ހާލަތަށް ކަންކަން ވަނީ ގޮސްފަ އެވެ.

މާލީ އަދި ބޭންކިންގ ޚިދުމަތްތަކަށް ބަލާއިރު ވެސް ފެންނަނީ ހަމަ މިފަދަ މަންޒަރެކެވެ. "އަދުގެ ރައީސުލްޖުމްހޫރިއްޔާ" ވަޑައިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަވައިފި އެވެ. ނަމަވެސް، ބޭންކުތަކުގައި ޑޮލަރެއް ނެތެވެ. އާންމުކޮށް އޮންލައިންކޮށް ބޭނުންކުރާ ނެޓްފްލިކްސް ފަދަ ސަބްސްކްރިޕްޝަންތަކަށް ދައްކަންޖެހޭ މަހަކު 9 ޑޮލަރުވެސް ކާޑުން ނުކެނޑެ އެވެ. "އަދުގެ ރައީސުލްޖުމްހޫރިއްޔާ" ކޮންމެ ރަށެއްގައި ޑޮލަރު އޭޓީއެމްތައް ބެހެއްޓުމުގެ ކުރިން ރައްޔިތުންނަށް ބޭންކުތަކުން ޑޮލަރު ލިބި، އަމިއްލަ އެކައުންޓުގައި ހުންނަ ޑޮލަރު އޮންނަ ރޭޓުން ނެގި، ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކި، އަދި ޓީމޫ ފަދަ ސައިޓްތަކުން ތަކެތި ގެނެވުނެވެ. އޭޓީއެމްތައް ބަހައްޓާ ނިމުނުއިރު ބޭރުން އެއްޗެއް ނުގެނެވޭތާނގައި، ސަބްސްކްރިޕްޝަނަށް ފައިސާ ނުދެއްކި، އެންމެ ފަހުން އަމިއްލަ އެކައުންޓުގައި ހުރި ޑޮލަރު ވެސް ނުނެގޭ ހިސާބަށް ކަންކަން ވަނީ ގޮސްފަ އެވެ.

ސަރުކާރުގެ ކުންފުނިތަކާއި އިދާރީ އޮފީސްތަކަށް ބަލާއިރު ވެސް ފެންނަނީ ހަމަ މި މަންޒަރެވެ. "އަދުގެ ރައީސުލްޖުމްހޫރިއްޔާ" އެގްރޯނެޓަށް ކޮންމެ ރަށަކަށް އެމްޑީއަކާއި 10 ޑީއެމްޑީއިން ހަމަޖެއްސެވި ނަމަވެސް، ރަށްރަށުގައި ހައްދާނެ ތަރުކާރީއެއް ނެތެވެ. އެކި މަޝްރޫއުތަކަށް އަމާޒުކޮށްގެން ގައު އަޅާ ކުންފުންޏެއް އުފެއްދެވި ނަމަވެސް، ރަށްރަށުގައި އަމަލީ ގޮތުން ހިނގާ އެއްވެސް ޕްރޮޖެކްޓެއް ނެތެވެ. "އަދުގެ ރައީސުލްޖުމްހޫރިއްޔާ" ތަންތަން ބިނާކުރައްވައި، ގިނަގުނަ ކަންތައްތަކެއް ކުރައްވަމުންދާ ކަމަށް ދެއްކެވި ނަމަވެސް، އޭގެއިން އެއްވެސް ކަމެއްގެ އަމަލީ ފައިދާއެއް ރައްޔިތުންނަށް ނުލިބެ އެވެ. ކިތަންމެ ބޮޑެތި ނަންތަކެއް ކިޔައި، ގިނަ އަދަދެއްގެ މަރުކަޒުތަކާއި އިދާރާތައް އުފެއްދެވި ކަމުގައި ވީނަމަވެސް، އާންމު ރައްޔިތު މީހާއަށް އޭގެއިން ނުކުތް އެއްވެސް ހަގީގީ ނަތީޖާއެއް ނެތެވެ. "އަދުގެ ރައީސުލްޖުމްހޫރިއްޔާ" އެ ކުރައްވާ ކަންތައްތަކަށް ތައުރީފު ކުރެވި ދާނެ އެވެ. އެހެން ނަމަވެސް "އަދުގެ ރައްޔިތުންނަށް" ލިބޭ ފައިދާ ހަމަ އެއް ގޮތަކަށް ވެސް ނެތީ އެވެ. "އަދުގެ ރައީސުލްޖުމްހޫރިއްޔާ" ކުރައްވާ ކަންކަމުން "އަދުގެ ރައްޔިތުންނަށް" އެއްޗެއް ލިބޭނަމަ އެއީ ޔަގީނުން ވެސް ނިކަމެތި ކަމެވެ. 

ޑރ. މުހައްމަދު މުއިއްޒުޑރ. ޝަހީމް އަލީ ސައީދުއަލީ އިޙްސާން

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

3

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

4

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

5

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

އިތުރަށް ކިޔާލަން

08 އޮކްޓޯބަރު 2026

"ސަރުކާރުގެ ޚިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސް މުއިއްޒު އުފައްދަވައިފި

08 އޮކްޓޯބަރު 2026
"ސަރުކާރުގެ ޚިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސް މުއިއްޒު އުފައްދަވައިފި
08 އޮކްޓޯބަރު 2026

"ރަސްމާލެ" މުއިއްޒުގެ އޮޅުވާލުންތަކުގެ ދިރިހުރި މިސާލެއް

08 އޮކްޓޯބަރު 2026
"ރަސްމާލެ" މުއިއްޒުގެ އޮޅުވާލުންތަކުގެ ދިރިހުރި މިސާލެއް
07 އޮކްޓޯބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ހުކުމެއްގައި ހުރި މީހަކު ޕެރޯލް ބޯޑުން ދޫކޮށްލި މައްސަލައިގައި މިނިސްޓަރު އިހުސާން މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ

07 އޮކްޓޯބަރު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ހުކުމެއްގައި ހުރި މީހަކު ޕެރޯލް ބޯޑުން ދޫކޮށްލި މައްސަލައިގައި މިނިސްޓަރު އިހުސާން މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ
04 އޮކްޓޯބަރު 2026

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

04 އޮކްޓޯބަރު 2026
ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!
03 އޮކްޓޯބަރު 2026

ދ. މީދޫގެ ހާލަތު: ކަރަންޓު ބިލާއި ތަކެތީގެ އަގުބޮޑުވުމާއި މަސްވެރިކަމުގެ ދަތިތަކާއެކު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!

03 އޮކްޓޯބަރު 2026
ދ. މީދޫގެ ހާލަތު: ކަރަންޓު ބިލާއި ތަކެތީގެ އަގުބޮޑުވުމާއި މަސްވެރިކަމުގެ ދަތިތަކާއެކު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!
02 އޮކްޓޯބަރު 2026

"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!

02 އޮކްޓޯބަރު 2026
"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!
02 އޮކްޓޯބަރު 2026

ދ. މީދޫ މަގު ހެދުމުގެ މަޝްރޫއު: 3 އަހަރު ފުރިގެންދާއިރު މަގުތަކުގައި ބަހައްޓާފައިވަނީ ހަމައެކަނި މަދު ޖަންކްޝަންތަކެއް!

02 އޮކްޓޯބަރު 2026
ދ. މީދޫ މަގު ހެދުމުގެ މަޝްރޫއު: 3 އަހަރު ފުރިގެންދާއިރު މަގުތަކުގައި ބަހައްޓާފައިވަނީ ހަމައެކަނި މަދު ޖަންކްޝަންތަކެއް!
01 އޮކްޓޯބަރު 2026

ޝުއޫރު ފާޅުކޮށްފައިވާ ޕޯސްޓަރުތަކާ އެކު، އެމްޑީޕީގެ ކޮންގްރެސްގައި ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައިފި

01 އޮކްޓޯބަރު 2026
ޝުއޫރު ފާޅުކޮށްފައިވާ ޕޯސްޓަރުތަކާ އެކު، އެމްޑީޕީގެ ކޮންގްރެސްގައި ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައިފި
01 އޮކްޓޯބަރު 2026

ރަސްމާލެ: ދިވެހިރާއްޖެއަކީ ވިއްކާލަން އޮތް ރައީސް މުއިއްޒުގެ އަމިއްލަ މުދަލެއް ނޫން!

01 އޮކްޓޯބަރު 2026
ރަސްމާލެ: ދިވެހިރާއްޖެއަކީ ވިއްކާލަން އޮތް ރައީސް މުއިއްޒުގެ އަމިއްލަ މުދަލެއް ނޫން!
01 އޮކްޓޯބަރު 2026

ދުލުގައި ކައްޓެއް ނެތަތީ ކޮންމެ އެއްޗެއް ވެސް ކިޔެދާނެ، އެކަމަކު މި ސަރުކާރުން ދަރަނި އިތުރު ނުކުރާކަމަކަށް ނުވާނެ: ޒަރިޔަންދު

01 އޮކްޓޯބަރު 2026
ދުލުގައި ކައްޓެއް ނެތަތީ ކޮންމެ އެއްޗެއް ވެސް ކިޔެދާނެ، އެކަމަކު މި ސަރުކާރުން ދަރަނި އިތުރު ނުކުރާކަމަކަށް ނުވާނެ: ޒަރިޔަންދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް