Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުށްކޮށްގެން ހޯދާ މުދާ

ކުށްކޮށްގެން ހޯދާ މުދަލުގެ ބިލު ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް

12 އޮކްޓޯބަރު 2026 | ހޯމަ 07:30

ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދަލާއި މާލީ މަންފާ ދައުލަތަށް ނެގުމަށް ބާރުދޭ މި ބިލުގައި، ވަކި ހާއްސަ ހާލަތްތަކެއްގައި ކުށް ސާބިތުވުމުގެ ކުރިން ވެސް މުދާ ހިފެހެއްޓުމުގެ އިހުތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ. މަނީ ލޯންޑްރިން އާއި ކޮރަޕްޝަން ފަދަ ކުށްތަކަށް އަމާޒުކޮށްފައިވާ މި ބިލުގެ ދަށުން، ރާއްޖެއިން ބޭރުގައި ހުރި މުދާ ހޯދުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމުގެ މަގު ވެސް ފަހިވެގެންދާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 އޮކްޓޯބަރު 2026 | ހޯމަ 07:30
މަޖިލިސް

މަޖިލިސް | މަޖިލިސް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، އެ ބިލު ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ. 

މި ބިލު ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައިވަނީ ހޯމަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގަ އެވެ. އެގޮތުން ބިލު ބަލައިގަތުމަށް 56 މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. 

Advertisement - newsAdvertisement

މި ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުންނެވެ.

ރާއްޖޭގައި ކުށް ހުއްޓުވުމާއި ކުށްވެރިންގެ މުދާ ހިފެހެއްޓުމަށް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ގާނޫނުތައް އެކުލަވާލުމަކީ މުހިންމު ކަމެއްކަމަށް ވީނަމަވެސް، އެކަން ކުރަންޖެހޭނީ ޤާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭނެކަން ކަށަވަރުވާނެ ގޮތަށްކަމަށް ވާންޖެހޭނެކަމަށް މި ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެމްބަރުން ވަނީ ފާހަގަކުރައްވާފަ އެވެ. 

މި ބިލު ފަރުމާކޮށްފައިވަނީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބު ދިނުމުގެ އިތުރުން، އެ ފަރާތްތަކުން ކުށް ކޮށްގެން ހޯދާ މާލީ މަންފާ ބޭނުންކުރުން ހުއްޓުވައި، އެ މުދާ ދެނެގަނެ ހިފެހެއްޓުމަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ. މިގޮތުން ކުށް ސާބިތުވުމުން މުދާ ދައުލަތަށް ނެގުމުގެ އިތުރުން، ވަކި ހާއްސަ ހާލަތްތަކެއްގައި ކުށް ސާބިތުވުމަކާ ނުލައި ވެސް މުދާ ދައުލަތަށް ނެގޭނެ އުސޫލުތަކެއް މި ބިލުގައި ވަނީ ހިމަނާފަ އެވެ.

ކުށް ސާބިތުވުމަކާ ނުލައި މުދާ އަތުލެވޭނެ އިސްތިސްނާ ހާލަތްތަކުގެ ތެރޭގައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތް މަރުވުން، ނުވަތަ ފިލައިގެން އުޅުން، ނުވަތަ އެ ފަރާތުގެ މައްޗަށް ދައުވާކުރެވޭނެ ތަނެއް ނެތުން ހިމެނެ އެވެ. މިފަދަ ހާލަތްތަކުގައި މަދަނީ މިންގަނޑުން އެއީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއްކަން ސާބިތުކޮށްދެވޭނަމަ، ޕްރޮސިކިއުޓަރ ޖެނެރަލަށް ސިވިލް ރިސްޓްރެއިންޓް އަމުރެއްގެ ދަށުން އެ މުދާ ހިފެހެއްޓުމުގެ ނުވަތަ ސިވިލް ފޯފީޗަރ އަމުރެއްގެ ދަށުން ދައުލަތަށް ނެގުމުގެ އިހުތިޔާރު ލިބިގެންވެ އެވެ.

މި ގާނޫނުގެ ދަށުން މުދާ އަތުލެވޭނެ ކުށްތަކުގެ ތެރޭގައި މަނީ ލޯންޑްރިން، ޓެރަރިޒަމްގެ ކުށްތައް، މީހުން މެރުން، މަސްތުވާތަކެތި ޓްރެފިކްކުރުން، މީހުން ޓްރެފިކްކުރުން، ޖިންސީ ގޯނާގެ ކުށްތައް، ކޮރަޕްޝަން އަދި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތައް ހިމެނެ އެވެ. މީގެ އިތުރުން 500,000 ރުފިޔާއަށް ވުރެ މަތީގެ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކާއި، 100,000 ރުފިޔާއަށް ވުރެ މަތީގެ ފޭރުމުގެ ކުށްތަކާ ގުޅިގެން ހޯދާ މުދާ ވެސް މި ގާނޫނުގެ ދަށުން ދައުލަތަށް ނެގޭނެ އެވެ.

ބައިނަލްއަގުވާމީ އެހީތެރިކަމާ ގުޅޭގޮތުން ބިލުގައި ބަޔާންކޮށްފައިވަނީ، ބޭރު ގައުމުތަކުގައި ހުރި ކުށްކޮށްގެން ހޯދާފައިވާ މުދާ ހިފެހެއްޓުމަށް ނުވަތަ ދައުލަތަށް ނެގުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް ބައިނަލްއަގުވާމީ އެހީއަށް އެދެވޭނެ ކަމަށެވެ. ހަމައެހެންމެ، ރާއްޖޭގައި ހުރި ބޭރު ގައުމުތަކުގެ ރައްޔިތުންނަށް ނިސްބަތްވާ އެފަދަ މުދާ ހިފެހެއްޓުމުގައި އެ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ވެސް މި ބިލުގައި ވަނީ ހިމަނާފަ އެވެ.

މި ގާނޫނު ހިނގާނީ ރާއްޖޭގައި ތިބި ދިވެހި ރައްޔިތުންނާއި ބޭރު ގައުމުތަކުގެ ރައްޔިތުންގެ މައްޗަށާއި، ރާއްޖެއިން ބޭރުގައި ތިބި ދިވެހި ރައްޔިތުންގެ މައްޗަށެވެ. އަދި ރާއްޖޭގައި ހުރި އެންމެހައި މުދަލެއްގެ މައްޗަށް ވެސް މި ގާނޫނު ހިނގާނެ އެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީސްޖުޑިޝަރީ ކޮމިޓީމަނީ ލޯންޑަރިންގ

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2026

ސައްހަ ނޫން ޓީޓީތަކުގެ މައްސަލައިގައި 109 އަހަރަށް ޖަލަށް ހުކުމް ކުރި ޝިފާއު ގޭބަންދަށް!

07 އޮކްޓޯބަރު 2026
ސައްހަ ނޫން ޓީޓީތަކުގެ މައްސަލައިގައި 109 އަހަރަށް ޖަލަށް ހުކުމް ކުރި ޝިފާއު ގޭބަންދަށް!
06 އޮކްޓޯބަރު 2026

ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ފާސްވެގެން އަންނައިރު ގާނޫނީ ހުސްކަމެއް އައުމުގެ ފުރުސަތު އޮތުމުގެ ސަބަބަން މެންބަރު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފި

06 އޮކްޓޯބަރު 2026
ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ފާސްވެގެން އަންނައިރު ގާނޫނީ ހުސްކަމެއް އައުމުގެ ފުރުސަތު އޮތުމުގެ ސަބަބަން މެންބަރު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފި
06 އޮކްޓޯބަރު 2026

ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ގެނެސްގެން އުޅެނީ ރަސްމާލެ ވިއްކާލައިގެން ލިބުނު ކަޓު ސިއްރެއްގެ ގޮތުގައި ބާއްވަންވެގެން: މެންބަރު މައުރޫފް

06 އޮކްޓޯބަރު 2026
ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ގެނެސްގެން އުޅެނީ ރަސްމާލެ ވިއްކާލައިގެން ލިބުނު ކަޓު ސިއްރެއްގެ ގޮތުގައި ބާއްވަންވެގެން: މެންބަރު މައުރޫފް
06 އޮކްޓޯބަރު 2026

މިސަރުކާރުގައި ބައެއް ގެތަކަށް ރެއިޑް ޖަހާ މިލިއަނުން ހޯދި ފައިސާ ވަނީ އަނބުރާ ދީފައި، މިހާރު އެބޭފުޅުން ތިއްބެވީ ޕީއެންސީ ކެމްޕެއިންގެ އެންމެ ކުރީ ސަފުގައި: މެންބަރު މީކާއިލް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

06 އޮކްޓޯބަރު 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
05 އޮކްޓޯބަރު 2026

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން 1.5 ލައްކަ ޑޮލަރު މޮންޓިލިއަން އިންޓަނޭޝަނަލްގެ އެކައުންޓަށް ޖަމާކޮށް ބޭނުންކުރި މައްސަލައިގައި އެ ކުންފުނީގެ މައްޗަށް މަނީ ލޯންޑްރިންގގެ ދައުވާކުރަނީ

01 އޮކްޓޯބަރު 2026

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށަނީ

01 އޮކްޓޯބަރު 2026
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށަނީ
30 ސެޕްޓެމްބަރު 2026

މި ސަރުކާރުން 24 ގަޑިއިރުތެރޭގައި ގާނޫނުތައް ބަދަލުކޮށް ސިޔާސަތު އެބަ ބަދަލުކުރޭ، މިކަން ކުރާނަމަ މި ގައުމު ދެމިނޯންނާނެ: އަމީތު

30 ސެޕްޓެމްބަރު 2026
މި ސަރުކާރުން 24 ގަޑިއިރުތެރޭގައި ގާނޫނުތައް ބަދަލުކޮށް ސިޔާސަތު އެބަ ބަދަލުކުރޭ، މިކަން ކުރާނަމަ މި ގައުމު ދެމިނޯންނާނެ: އަމީތު
29 ސެޕްޓެމްބަރު 2026

ނަމާލް ރާޖަޕަކްސަ އޮކްޓޫބަރު 6 އާ ހަމައަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި

29 ސެޕްޓެމްބަރު 2026
ނަމާލް ރާޖަޕަކްސަ އޮކްޓޫބަރު 6 އާ ހަމައަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި
29 ސެޕްޓެމްބަރު 2026

މާލީ ބަޔާން: ދަތުރުފަތުރު ކޮށްލައި، ކްރެޑިޓް ކާޑުތަކަށް ފައިސާ ދައްކާލުމަށް ހަދިޔާގެ ގޮތުގައި އަބްދުއްރަހީމަށް އެއްލައްކައަށްވުރެ ގިނަ ރުފިޔާ!

29 ސެޕްޓެމްބަރު 2026
މާލީ ބަޔާން: ދަތުރުފަތުރު ކޮށްލައި، ކްރެޑިޓް ކާޑުތަކަށް ފައިސާ ދައްކާލުމަށް ހަދިޔާގެ ގޮތުގައި އަބްދުއްރަހީމަށް އެއްލައްކައަށްވުރެ ގިނަ ރުފިޔާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް