Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރައްޔިތުންގެ ބިންތައް ވިއްކައިގެން ހަދާފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަނުކުރާނަމަ އެއީ ވައްކަމެއް ފޮރުވަން އުޅުން: ބޮންޑާ

9 އޮކްޓޯބަރު 2026 | ހުކުރު 11:07

ރަސްމާލޭގެ ބޮޑު ސަރަހައްދެއް 99 އަހަރަށް ބޭރު ކުންފުންޏަކަށް ދޫކުރި ކަމަށް ބުނާ މައްސަލައިގައި، ދައުލަތުން ކުރާ މިފަދަ އެއްބަސްވުންތައް ރައްޔިތުންނަށް ހާމަކުރަންޖެހޭނެ ކަމަށް ކުރީގެ މެންބަރު ބޮންޑާ ވިދާޅުވި. ރައްޔިތުންގެ މުދަލާއި ބިމާ ގުޅޭ މުއާމަލާތްތައް ސިއްރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިފަދަ ކަންކަމުގައި ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުމަކީ ޑިމޮކްރެސީގެ އަސާސެއްކަން އޭނާ ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 9 އޮކްޓޯބަރު 2026 | ހުކުރު 11:07
"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ކުރިއަށްގެންދިޔަ ޚާއްސަ ކަވަރޭޖެއްގައި މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވާހަކަ ދައްކަވަނީ

"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ކުރިއަށްގެންދިޔަ ޚާއްސަ ކަވަރޭޖެއްގައި މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައްޔިތުންގެ މިލްކިއްޔާތުގައިވާ ވަސީލަތްތަކާއި ބިންތައް އެކި ފަރާތްތަކަށް ދޫކޮށް ނުވަތަ ވިއްކައިގެން ހަދާފައިވާ އެއްބަސްވުންތަކުގެ ތަފުސީލު ދިވެހި ރައްޔިތުންނަށް ފެންނާނެހެން ހާމަކުރަންޖެހޭ ކަމަށާއި، އެއްބަސްވުން ހާމަނުކުރާ ނަމަ އެއީ ވައްކަމެއް ފޮރުވަން އުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ކުރިއަށްގެންދިޔަ ޚާއްސަ ކަވަރޭޖެއްގައި ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދީފައިވާ ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން ބޮންޑާ ވިދާޅުވީ، ރައްޔިތުންގެ މިލްކިއްޔާތުގައިވާ ވަސީލަތްތަކާއި ބިންތައް އެކި ފަރާތްތަކަށް ދޫކޮށް ނުވަތަ ވިއްކައިގެން ހަދާފައިވާ އެއްބަސްވުންތަކުގެ ތަފުސީލު ދިވެހި ރައްޔިތުންނަށް ފެންނާނެހެން ހާމަކުރަންޖެހޭ ކަމަށެވެ. 

Advertisement - newsAdvertisement

ބޮންޑާ ވިދާޅުވީ، ދައުލަތުގެ ނަމުގައި ސޮއިކުރާ އެއްބަސްވުންތަކަކީ ދިވެހި ރައްޔިތުންގެ ހައްގުތަކާ ސީދާ ގުޅިފައިވާ ކަންކަން ކަމަށާއި، އެފަދަ މުއާމަލާތްތަކުން ގައުމަށް ލިބެނީ ފައިދާއެއްތޯ ނުވަތަ ގެއްލުމެއްތޯ ކަށަވަރުކުރުމުގެ ހައްގު ގައުމުގެ އަސްލު ވެރިން ކަމަށްވާ ރައްޔިތުންނަށް އޮންނަންޖެހޭ ކަމަށެވެ. 

މީގެއިތުރުން ބޮންޑާ ވިދާޅުވީ ޑިމޮކްރެސީއެއްގެ އެންމެ މުހިންމު އަސާސަކީ ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުން ކަމަށްވާއިރު، ރައްޔިތުންގެ ބިމާއި މުދަލާ ގުޅޭ އެއްބަސްވުންތައް ސިއްރުކޮށްފައި ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން 99 އަހަރަށް ބިން ދޫކުރުމާއި މާލޭގެ ތިންގުނަ ބޮޑު ސަރަހައްދެއް ކަމަށްވާ 500 ހެކްޓަރުގެ ބިން ދޫކުރުމާ ގުޅޭ މުއާމަލާތްތަކުން ދައުލަތަށް ލިބުނު ފައިސާގެ ތަފުސީލު ވެސް ސާފުވާންޖެހޭ ކަމަށް ބޮންޑާ ވިދާޅުވި އެވެ.

ރައްޔިތުން މި ގައުމުގެ ވެރިންނަކީ. މި ގައުމުގެ ވެރިންނަކަށް އެ އެއްބަސްވުމެއް ލިޔުމެއް ނުދައްކާ. މިހާރު ހަމައެކަނި މުއިއްޒަކީ ސޭޓު ކަމަށް ބަލާ. ފިހާރަ އެއްކޮށް ވިއްކާލީ. އެކަމަކު މި ގައުމުގެ ވެރިންނަކަށް ނޭނގެ. ދެން މި ގައުމުގެ މިހާރު ދިރިތިބި މި ވެރިންނޭ މި ކިޔާ އަޅުގަނޑުމެން ރައްޔިތުންގެ ޒިންމާއެއް އަންނަން އޮތް ޖީލުގައި އެ މީހުންގެ ދަރިންނާ ދަރިންގެ މުސްތަގުބަލު ސަލާމަތްކޮށްދިނުން. މިހާރު ދިރިތިބި ހުރިހާ އެންމެންގެ ޒިންމާއެއް. އެ ދިރިތިބި ހުރިހާ ރައްޔިތުން އެބަޖެހޭ މުއިއްޒު ކައިރީ ސުވާލުކުރަން. ކޮންތާކުތޯ ތި ލިޔުމެއް އޮތީ؟ ތި ރަޖިސްޓްރީ ނުވަތަ އެއްބަސްވުމެއް ދައްކާށޭ. މިހާރު މިހާރު މި އެއްބަސްވުން ހާމަނުކުރާ ކަމަށް ވަންޏާ އެއީ ވައްކަމެއް. އެ އުޅެނީ ކޮށްގެން ސިއްރު ކަމެއް އެ އުޅެނީ
އިބްރާހީމް ރަޝީދު (ބޮންޑާ)

ބޮންޑާ ވިދާޅުވީ، އެއްބަސްވުމެއް ބާތިލުކުރަން ޖެހިއްޖެ ހާލަތެއްގައި ވެސް ދައުލަތުން ބަދަލު ދައްކަންޖެހޭނެ މިންވަރު ސާފުވާންޖެހޭ ކަމަށެވެ. އަދި ބާޒާރުގެ އަގުތަކަށް ބަލާއިރު ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަންކަން ހާމަނުކޮށް ސިއްރުކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިބްރާހީމް ރަޝީދު (ބޮންޑާ)ރަސްމާލެ އީގަލް ހިލްސް

އެންމެ ހިނގާ

1

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

2

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

3

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

4

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

5

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2026

ރަސްމާލޭގެ މަޝްރޫއަކީ "ދިވެހީންގެ ރާއްޖެ" ނޫން ގޮތަކަށް މުޅި ގައުމު ބަދަލުކުރަން ފަށާފައިވާ ސިލްސިލާގެ ފުރަތަމަ ބޮޅު: މެންބަރު މީކާއީލް

09 އޮކްޓޯބަރު 2026
ރަސްމާލޭގެ މަޝްރޫއަކީ "ދިވެހީންގެ ރާއްޖެ" ނޫން ގޮތަކަށް މުޅި ގައުމު ބަދަލުކުރަން ފަށާފައިވާ ސިލްސިލާގެ ފުރަތަމަ ބޮޅު: މެންބަރު މީކާއީލް
08 އޮކްޓޯބަރު 2026

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

"ރަސްމާލެ" މުއިއްޒުގެ އޮޅުވާލުންތަކުގެ ދިރިހުރި މިސާލެއް

08 އޮކްޓޯބަރު 2026
"ރަސްމާލެ" މުއިއްޒުގެ އޮޅުވާލުންތަކުގެ ދިރިހުރި މިސާލެއް
08 އޮކްޓޯބަރު 2026

500 ހެކްޓަރު ވިއްކާލުމަށް ފަހު ވެސް ރައީސް ވިދާޅުވަނީ މި ބިމުން އިންޗިއެއް ވެސް ދޫނުކުރައްވާނެ ކަމަށް، 500 ހެކްޓަރަކީ ކިތައް އިންޗިތޯ؟: ޒިޔާދު

08 އޮކްޓޯބަރު 2026
500 ހެކްޓަރު ވިއްކާލުމަށް ފަހު ވެސް ރައީސް ވިދާޅުވަނީ މި ބިމުން އިންޗިއެއް ވެސް ދޫނުކުރައްވާނެ ކަމަށް، 500 ހެކްޓަރަކީ ކިތައް އިންޗިތޯ؟: ޒިޔާދު
08 އޮކްޓޯބަރު 2026

ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދޭން ހަދާފައިވާ އެއްބަސްވުންތަކަށް އިހުތިރާމެއް ނުކުރާނަން: މޭޔަރު އާޒިމް

08 އޮކްޓޯބަރު 2026
ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދޭން ހަދާފައިވާ އެއްބަސްވުންތަކަށް އިހުތިރާމެއް ނުކުރާނަން: މޭޔަރު އާޒިމް
07 އޮކްޓޯބަރު 2026

އީގަލް ހިލްސް ކުންފުނީގެ ވެރިޔާ އަލައްބާރު، މާދަމާ ޕީއެންސީގެ ޕާރލިމެންޓަރީ ގުރޫޕުގެ މެންބަރުންނާއި އަދި ސަރުކާރުގެ ވަޒީރުންނާ ފޭދޫފިނޮޅުގައި ބައްދަލުކުރައްވަނީ!

07 އޮކްޓޯބަރު 2026
އީގަލް ހިލްސް ކުންފުނީގެ ވެރިޔާ އަލައްބާރު، މާދަމާ ޕީއެންސީގެ ޕާރލިމެންޓަރީ ގުރޫޕުގެ މެންބަރުންނާއި އަދި ސަރުކާރުގެ ވަޒީރުންނާ ފޭދޫފިނޮޅުގައި ބައްދަލުކުރައްވަނީ!
07 އޮކްޓޯބަރު 2026

ސިޔާސީ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، ރަސްމާލެ މަޝްރޫއު ހުއްޓުވަން މެންބަރު މީކާއީލް ގޮވާލައްވައިފި

07 އޮކްޓޯބަރު 2026
ސިޔާސީ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، ރަސްމާލެ މަޝްރޫއު ހުއްޓުވަން މެންބަރު މީކާއީލް ގޮވާލައްވައިފި
07 އޮކްޓޯބަރު 2026

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލަކީ ބްލެކްމެއިލް ބިލެއް، މިއަށް ވުރެ ހެއްވާ ބިލެއް މަޖިލީހަކަށް ނާދޭ: މީކާއިލް

07 އޮކްޓޯބަރު 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލަކީ ބްލެކްމެއިލް ބިލެއް، މިއަށް ވުރެ ހެއްވާ ބިލެއް މަޖިލީހަކަށް ނާދޭ: މީކާއިލް
06 އޮކްޓޯބަރު 2026

އީގަލް ހިލްސްއާއެކު ކުރިއަށްގެންދާ މަޝްރޫއުގެ ހުރިހާ ރަނގަޅެއް އޮތީ މިއަދުގެ ސަރުކާރާއި ރައީސް މުއިއްޒު އަށް، ސިޔާސީ މީހުން ޖެހިލުންވަނީ އެހެންވެ: މަހުލޫފު

06 އޮކްޓޯބަރު 2026
އީގަލް ހިލްސްއާއެކު ކުރިއަށްގެންދާ މަޝްރޫއުގެ ހުރިހާ ރަނގަޅެއް އޮތީ މިއަދުގެ ސަރުކާރާއި ރައީސް މުއިއްޒު އަށް، ސިޔާސީ މީހުން ޖެހިލުންވަނީ އެހެންވެ: މަހުލޫފު
05 އޮކްޓޯބަރު 2026

ރަސްމާލެއިން ޒަޔަނިސްޓުންގެ މަސްލަހަތު އޮތް ބަޔަކަށް ބިން ދިނީ ކާކަށް ކޯއްޗެއް ލިބިގެންތޯ ޝެއިޚް އިމްރާން ސުވާލު އުފައްދަވައިފި

05 އޮކްޓޯބަރު 2026
ރަސްމާލެއިން ޒަޔަނިސްޓުންގެ މަސްލަހަތު އޮތް ބަޔަކަށް ބިން ދިނީ ކާކަށް ކޯއްޗެއް ލިބިގެންތޯ ޝެއިޚް އިމްރާން ސުވާލު އުފައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް