Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ މިޑްޓާމް އިންތިޚާބު

ރައްޔިތުންގެ ޓެކުސް ފައިސާއިން ސިޔާސީ އިޝްތިހާރުތަކަށް ޚަރަދުކުރައްވާތީ ޓްރަމްޕާ ދެކޮޅަށް ދައުވާކޮށްފި

8 އޮކްޓޯބަރު 2026 | ބުރާސްފަތި 08:02

އާންމުންގެ ޓެކްސް ފައިސާ ބޭނުންކޮށްގެން ސިޔާސީ ޕްރޮޕެގެންޑާ ފަތުރާކަމުގެ ތުހުމަތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ދެ ދައުވާއެއް އުފުލައިފި. މި އިޝްތިހާރުތަކަށް 12 މިލިޔަނަށްވުރެ ގިނަ ޑޮލަރު ޚަރަދުކޮށްފައިވާއިރު، މިއީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން. މި މައްސަލަ ބޮޑުވުމާ ގުޅިގެން، ކުރިއަށް އޮތް ތަނުގައި މި ފަދަ ކަންކަމަށް ދައުލަތުގެ ފައިސާ ބޭނުން ނުކުރާނެ ކަމަށް ޓްރަމްޕް މިހާރު ވަނީ ވިދާޅުވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 8 އޮކްޓޯބަރު 2026 | ބުރާސްފަތި 08:02

ސިޔާސީ ޕްރޮޕެގެންޑާ ފެތުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރައްޔިތުންގެ ޓެކުސް ފައިސާއިން ޚަރަދު ކުރައްވައި، ތައްޔާރުކޮށްފައިވާ ކެމްޕޭން އިޝްތިހާރެއް | އެކްސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސީ ސިޔާސަތުތައް ޕްރޮމޯޓް ކުރުމަށް އާންމުންގެ ޓެކުސް ފައިސާއިން ޚަރަދުކޮށްގެން ޓީވީ އިޝްތިހާރުތަކެއް ގެނެސްދޭ ކަމަށް ތުހުމަތުކޮށް، ޑިމޮކްރެޓިކް ނޭޝަނަލް ކޮމިޓީން އޭނާއާ ދެކޮޅަށް ދައުވާކޮށްފި އެވެ. ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިޔާ ކެން މާޓިން ވިދާޅުވީ، މި އިޝްތިހާރުތަކަކީ ކުރިއަށް އޮތް ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ބާއްވާ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކާމިޔާބު ހޯދައިދިނުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ އިޝްތިހާރުތަކެއް ކަމަށެވެ.

"ނޮވެންބަރު މަހު ރިޕަބްލިކަން ޕާޓީ ސަލާމަތް ކުރުމަށް ކުރާ އެންމެ ފަހުގެ މަސައްކަތެއްގެ ގޮތުން، ކަނޑައެޅިގެން ޕްރޮޕެގެންޑާ އިޝްތިހާރުތަކަކަށް ފަންޑު ކުރުމަށް ޓެކުސް ދައްކާ ފަރާތްތަކުގެ އެތައް މިލިޔަން ޑޮލަރެއް [ރައީސް] ޑޮނަލްޑް ޓްރަމްޕް ނަހަމަ ގޮތުގައި ބޭނުންކުރައްވަމުން އެބަގެންދަވާ،" މާޓިން ވިދާޅުވި އެވެ.

Advertisement - worldAdvertisement

ޑިމޮކްރެސީއަށް ފާރަވެރިވާ ޖަމުއިއްޔާއެއް ކަމަށްވާ 'ކޮމަން ކޯޒް' އިން ވެސް ވަނީ ހަމަ އެ އިޝްތިހާރުތަކާ ގުޅިގެން ޓްރަމްޕާ ދެކޮޅަށް ދެވަނަ ދައުވާއެއް އުފުލާފަ އެވެ. އެ ޖަމުއިއްޔާއިން ވަނީ އެ އިޝްތިހާރުތަކަކީ "ފާޅުކަން ބޮޑު ގޮތެއްގައި ސިޔާސީ" އިޝްތިހާރުތަކެއް ކަމަށާއި، އެހެންކަމުން ސިޔާސީ ޕްރޮޕެގެންޑާއަށް އާންމުންގެ ފައިސާ ބޭނުންކުރުން މަނާކުރާ ޤާނޫނުތަކާ އެ އިޝްތިހާރުތައް ޚިލާފުވާކަމަށް، ބުނެފަ އެވެ. ޓީވީ އިޝްތިހާރުތަކަށް ޓްރަމްޕް ދެއްވާފައިވާ ހުއްޖަތަކާ ހަވާލާދީ ކޮމަން ކޯޒްގެ ދައުވާގައި، "މިއީ އާންމުންނަށް މައުލޫމާތު ދިނުމަށް ހަދާފައިވާ އިޝްތިހާރުތަކެއް ނޫން،" ކަމަށް ބުނެފައިވެ އެވެ. އަދި، "މިއީ މުޅިން ވެސް އަމިއްލަ މަޝްހޫރުކަމާއި ސިޔާސީ ޕްރޮޕެގެންޑާ،" ކަމަށް އެ ޖަމާއަތުން ބުނެފައިވެ އެވެ.

މި އިޝްތިހާރު ކެމްޕޭން އުފެއްދުމަށް ޓަކައި، ބޯޑަރު ސެކިއުރިޓީއާ ގުޅުންހުރި ހަރަކާތްތަކަށް އަދި ވާޖިބު އަދާކުރުމުގެ ތެރޭގައި މަރުވެފައިވާ މީހުންނަށް ކޮންގްރެސްއިން ކަނޑައަޅާފައިވާ 20 މިލިޔަން ޑޮލަރުގެ ފަންޑު އެހެން ކަމަކަށް ބޭނުންކުރުމަށް ވައިޓް ހައުސްއަށް ޓްރަމްޕް އަންގަވާފައިވާކަމަށް، މި މި ދެ ދައުވާގައި ވެސް ތުހުމަތުކޮށްފައިވެ އެވެ. އެ އަމަލަކީ އެމެރިކާގެ ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ބާރުތައް ވަކިކުރުމުގެ އުސޫލާ ޚިލާފު އަމަލެއްކަމަށް، އެ ފަރާތްތަކުން ވަކާލާތުކުރެ އެވެ. "ކޮންގްރެސްގެ އިރުޝާދާ އެއްގޮތަށް މެނުވީ ވެރިކަން ހިންގާ ފަރާތަށް ފައިސާ ޚަރަދު ނުކުރެވޭނެކަން، މީގެ 200 އަށްވުރެ ގިނަ އަހަރު ކުރިން [އެމެރިކާގެ] ބާނީން ވަނީ ސާފުކޮށްދެއްވާފައި،" ކޮމަން ކޯޒްގެ ދައުވާގައި ބުނެފައިވެ އެވެ.

އާންމުންގެ ފައިސާ "މަޝްހޫރުވުމަށް ނުވަތަ ޕްރޮޕެގެންޑާ ފެތުރުމުގެ ބޭނުމަށް" ޚަރަދުކުރުން މަނާކުރާ މާއްދާއެއް ކޮންގްރެސްގެ ބަޖެޓު ބިލުތަކުގައި ހިމެނޭކަމަށް ވެސް، މި ދެ ދައުވާގައި ފާހަގަކޮށްފައިވެ އެވެ. މި ދެ މައްސަލައިގައި ވެސް އެދިފައި ވަނީ އެ އިޝްތިހާރުތަކަކީ ޤާނޫނާ ޚިލާފު އިޝްތިހާރުތަކެއްކަމަށް ކަނޑައަޅައި، އެ ކަމަށް ކުރާ ޚަރަދުތައް ހުއްޓުވުމަށެވެ. ހަމަމިއާއެކު، އިޝްތިހާރުތަކަށް މިހާތަނަށް ޚަރަދުކޮށްފައިވާ އެއްވެސް ފައިސާއެއް އަނބުރާ ހޯދުމަށް ފިޔަވަޅުތަކެއް އެޅުމަށް ވެސް އެ ފަރާތްތަކުން ގޮވާލާފައިވެ އެވެ. ޑިމޮކްރެޓުންގެ ދައުވާ ވޮޝިންގޓަން ޑީސީގެ ކޯޓަކަށް ހުށަހަޅާފައިވާއިރު، ކޮމަން ކޯޒްގެ މައްސަލަ ބަލާނީ ނިއު ޔޯކްގެ ސަދަން ޑިސްޓްރިކްޓް ކޯޓުގަ އެވެ.

ޓެކްސް ފައިސާއިން ކުރާ ޚަރަދުތަކާއި ފާޑުކިޔުންތައް

ސެޕްޓެންބަރު މަހު ދައްކަން ފެށި މި އިޝްތިހާރުތަކާ ގުޅިގެން ޓްރަމްޕަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވަމުންނެވެ. މީޑިއާ ޓްރެކިންގ ކުންފުންޏެއް ކަމަށްވާ އެޑްއިމްޕެކްޓުން ހާމަކުރާ ގޮތުގައި، މި އިޝްތިހާރު ކެމްޕޭން ހިންގުމަށް މިހާތަނަށް 12 މިލިޔަނަށްވުރެ ގިނަ ޑޮލަރު ވަނީ ޚަރަދުވެފަ އެވެ. މި އިޝްތިހާރުތަކަށް ޓްރަމްޕް ބޭނުންކުރެއްވި 20 މިލިޔަން ޑޮލަރަކީ، ޓްރަމްޕްގެ އިމިގްރޭޝަން ސިޔާސަތު ތަންފީޒުކުރުމުގެ އެޖެންޑާގެ ދަށުން ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއަށް ކޮންގްރެސްއިން ކަނޑައަޅާފައިވާ 175 މިލިޔަން ޑޮލަރުގެ ޕެކޭޖުގެ ތެރެއިން ނަގާފައިވާ ފައިސާ އެވެ.

ކުރީގެ އިޝްތިހާރުތަކެއް އަލުން ބޭނުންކުރާ ކަމުގެ ތުހުމަތު

މި ކަމަށް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މީގެ ތެރެއިން އެއް އިޝްތިހާރަކީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ޓްރަމްޕް ބޭނުންކުރެއްވި ޓީވީ އިޝްތިހާރަކާ ގާތްގަނޑަކަށް އެއްގޮތް އިޝްތިހާރެކެވެ. މިހާތަނަށް ތިން އިޝްތިހާރެއް ވަނީ ދައްކާފަ އެވެ. އޭގެ ތެރެއިން އެއް އިޝްތިހާރުގައި، އެމެރިކާއަކީ "ދުވަހަކުވެސް ކޮމިއުނިސްޓް ޤައުމަކަށް ނުވާނެ" ކަމަށް ޓްރަމްޕް ވިދާޅުވާ މަންޒަރުތަކެއްގެ މައްޗަށް ކޮޔާއަކުން "ލަވް މީ" ކިޔާ އަޑު އިވެ އެވެ. އަނެއް އިޝްތިހާރުގައި މައުންޓް ރަޝްމޯގެ މަންޒަރުތައް ބޭނުންކޮށްފައިވާއިރު، އެމެރިކާގެ އާ "ރަން ޒަމާނެއް" ފެށިފައިވާކަމަށް ޓްރަމްޕް އިއުލާންކުރައްވަ އެވެ. ތިންވަނަ އިޝްތިހާރު ތަންކޮޅެއް ނުތަނަވަސް ކަމަށް މަސްރަހުގެ ދާރިސުން ބުންޏެވެ. އެ އިޝްތިހާރުގައި ޓްރަމްޕް ކެމެރާއާ ދިމާއަށް ހިންގަވާފައި ވަޑައިގަންނަވާ މަންޒަރު ކަޅާއި ހުދުން ފެންނައިރު، މިއީ "ޑީޕް ސްޓޭޓް" އަދި އެހެނިހެން ހަތުރުންނާ ދެކޮޅަށް ކުރެވޭ "އެންމެ ފަހުގެ ހަނގުރާމައަށް" އޭނާ އިންޒާރު ދެއްވަ އެވެ.

ބުދަ ދުވަހު ރޮއިޓަރސްއާއި އިޕްސޮސްއިން އާންމުކުރި ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި މި އިޝްތިހާރުތަކަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލުކަން ކުޑަ އިޝްތިހާރުތަކެކެވެ. ސާވޭގައި ބައިވެރިވި އެމެރިކާ ރައްޔިތުންގެ ތެރެއިން %86 މީހުން، އޭގެ ތެރޭގައި ކޮންމެ ފަސް ރިޕަބްލިކަން އަކުން ހަތަރު މީހުން ހިމެނޭހެން، ބުނެފައި ވަނީ އެ އިޝްތިހާރުތަކަށް އާންމުންގެ ފައިސާ ޓްރަމްޕް ބޭނުންކުރެއްވުމަކީ ގޯހެއް ކަމަށެވެ.

ޓްރަމްޕްގެ ދިފާއާއި ރިޕަބްލިކަން ޕާޓީގެ ފާޑުކިޔުންތައް

މި އިޝްތިހާރުތަކަކީ "ޤައުމު ޕްރޮމޯޓްކުރުމަށް" ކުރާ ކަމެއްކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ އޭނާ އަމަލުތައް ދިފާއުކުރައްވާފަ އެވެ. އަދި، އެއީ ކުރީގެ ސަރުކާރުތަކުން އާންމުންނާ ގުޅުން ބަދަހިކުރުމަށް ހިންގާފައިވާ ކެމްޕޭންތަކާ އެއްގޮތް އިޝްތިހާރުތަކެއްކަމަށް، އޭނާ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ދެ ޕާޓީގެ ފަރާތުން ވެސް އަމާޒުވި ފާޑުކިޔުންތަކަށްފަހު، ކުރިއަށް އޮތް ތަނުގައި އިޝްތިހާރުތަކަށް ޓެކުސް ފައިސާ ބޭނުން ނުކުރާނެކަމަށް، ޓްރަމްޕް ހޯމަ ދުވަހު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، މިހާރު ހުރި އިޝްތިހާރުތަކަށް ޚަރަދުކޮށްފައިވާ ފައިސާ އަނބުރާ ދެއްވާނެކަމުގެ ޔަގީންކަމެއް އޭނާ ނުދެއްވަ އެވެ.

މި އިޝްތިހާރު ކެމްޕޭނާ ދެކޮޅަށް ވާހަކަދެއްކި މީހުންގެ ތެރޭގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވެސް ހިމެނެ އެވެ. އުތުރު ކެރޮލައިނާގެ ރިޕަބްލިކަން ސެނެޓަރު ތޮމް ޓިލިސް ވިދާޅުވީ، އެ އިޝްތިހާރުތައް ވައްތަރީ ހަންގޭރީގެ ކުރީގެ ލީޑަރު ވިކްޓަރ އޫރްބާން ނެރުއްވާފާނެ ފަދަ އެއްޗަކާ ކަމަށެވެ. ސެނެޓްގެ މެޖޯރިޓީ ލީޑަރު ޖޯން ތޫން، އެއް އިޝްތިހާރުގައިވާ މެސެޖާ އޭނާ އެއްބަސްވެވަޑައިގަންނަވާކަން ހާމަކުރެއްވި އެވެ. ނަމަވެސް، "ޓެކުސް ދައްކާ ފަރާތްތަކުގެ ފައިސާއިން އެއަށް ޚަރަދުކޮށްގެން ނުވާނެ،" ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

ޑޮނަލްޑް ޓްރަމްޕްޑިމޮކްރެޓިކް ނޭޝަނަލް ކޮމިޓީރިޕަބްލިކަންް ޕާޓީ - އެމެރިކާ

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

3

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

4

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

5

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

އިތުރަށް ކިޔާލަން

08 އޮކްޓޯބަރު 2026

އީރާނާއެކު ޑީލެއް ހަދަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން، ނަމަވެސް މަޝްވަރާތައް ކުރިއަށް!

08 އޮކްޓޯބަރު 2026
އީރާނާއެކު ޑީލެއް ހަދަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވުން، ނަމަވެސް މަޝްވަރާތައް ކުރިއަށް!
07 އޮކްޓޯބަރު 2026

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުގެ ނިއުކްލިއާ ގާބިލުކަން ކުޑަކުރަން ޖެހޭނެ: ވެންސް

07 އޮކްޓޯބަރު 2026
ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުގެ ނިއުކްލިއާ ގާބިލުކަން ކުޑަކުރަން ޖެހޭނެ: ވެންސް
06 އޮކްޓޯބަރު 2026

ޓްރަމްޕް ވިދާޅުވީ ތެލުގެ އަގު ބޮޑުވަނީ ޑިމޮކްރެޓުންނާއި ޔޫކްރެއިނުގެ ސަބަބުން ކަމަށް!

06 އޮކްޓޯބަރު 2026
ޓްރަމްޕް ވިދާޅުވީ ތެލުގެ އަގު ބޮޑުވަނީ ޑިމޮކްރެޓުންނާއި ޔޫކްރެއިނުގެ ސަބަބުން ކަމަށް!
05 އޮކްޓޯބަރު 2026

އިސްރާއީލަށް އެމެރިކާ ސިފައިން ޖަމާކުރަނީ ކީއްވެ؟ އަނެއްކާ ވެސް އީރާނަށް ހަމަލާދޭން ތައްޔާރުވަނީތަ؟

05 އޮކްޓޯބަރު 2026
އިސްރާއީލަށް އެމެރިކާ ސިފައިން ޖަމާކުރަނީ ކީއްވެ؟ އަނެއްކާ ވެސް އީރާނަށް ހަމަލާދޭން ތައްޔާރުވަނީތަ؟
05 އޮކްޓޯބަރު 2026

އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުން އެމެރިކާގެ ބޮންއަޅާ ބޯޓުތައް ކުއްލިއަކަށް ގެންގޮސްފި

05 އޮކްޓޯބަރު 2026
އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުން އެމެރިކާގެ ބޮންއަޅާ ބޯޓުތައް ކުއްލިއަކަށް ގެންގޮސްފި
03 އޮކްޓޯބަރު 2026

ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި

03 އޮކްޓޯބަރު 2026
ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި
02 އޮކްޓޯބަރު 2026

އާރްއޭއެފް މަރުކަޒަށް ހަމަލާދޭން ރޭވިކަމުގެ ތުހުމަތުގައި އީރާނުގެ ޕާސްޕޯޓު އޮތް މީހަކު ހައްޔަރުކޮށްފި

02 އޮކްޓޯބަރު 2026
އާރްއޭއެފް މަރުކަޒަށް ހަމަލާދޭން ރޭވިކަމުގެ ތުހުމަތުގައި އީރާނުގެ ޕާސްޕޯޓު އޮތް މީހަކު ހައްޔަރުކޮށްފި
02 އޮކްޓޯބަރު 2026

އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ ތިންވަނަ މަނަވަރެއް މެދުއިރުމައްޗަށް ފޮނުވަނީ

02 އޮކްޓޯބަރު 2026
އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ ތިންވަނަ މަނަވަރެއް މެދުއިރުމައްޗަށް ފޮނުވަނީ
02 އޮކްޓޯބަރު 2026

ޔޫއޭއީގެ މަތިންދާބޯޓެއް ހައިޖެކުކޮށްފައިވާ ކަމަށް ދައްކައިގެން އީރާން ހަނގުރާމަ ފުޅާކުރަން ނަތަންޔާހޫ ރޭވި: ރިޕޯޓު

02 އޮކްޓޯބަރު 2026
ޔޫއޭއީގެ މަތިންދާބޯޓެއް ހައިޖެކުކޮށްފައިވާ ކަމަށް ދައްކައިގެން އީރާން ހަނގުރާމަ ފުޅާކުރަން ނަތަންޔާހޫ ރޭވި: ރިޕޯޓު
02 އޮކްޓޯބަރު 2026

ސައުދީ އަރަބިއްޔާއާއި ގަތަރަށް އެމެރިކާގެ އިތުރު ދެ ޕޭޓްރިޔަޓް މިސައިލް ސިސްޓަމް ފޮނުވައިފި

02 އޮކްޓޯބަރު 2026
ސައުދީ އަރަބިއްޔާއާއި ގަތަރަށް އެމެރިކާގެ އިތުރު ދެ ޕޭޓްރިޔަޓް މިސައިލް ސިސްޓަމް ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް