Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމޫޑީޒް

ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ކޮވިޑް ހާލުތައި އޮތް މިންވަރަށް މޫޑީސްއިން މަތިކޮށްފި

9 އޮކްޓޯބަރު 2026 | ހުކުރު 09:46

މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީ.އޭ.އޭ.1" އަށް މަތިކޮށްފައިވަނީ ދަރަނި ދެއްކުމުގައި ހުރި ނުރައްކާތައް ކުޑަވުމާ ގުޅިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި. މި ކުރިއެރުން ލިބުނީ ސުކޫކާއި ކަރަންސީ ސްވޮޕް ފަދަ މުހިންމު މާލީ އިލްތިޒާމުތައް ފުރިހަމަކުރުމުން ކަމަށްވިޔަސް، ދަރަނި ދެއްކުން ފަސްކުރުމާއި އާ ލޯނުތައް ނެގުމުގެ ސަބަބުން އިގްތިސާދީ ގޮންޖެހުންތައް އަދިވެސް އެބަހުރި

ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2026 | ހުކުރު 09:46
މޫޑީސް ރޭޓިންގް އެޖެންސީގެ ލޯގޯ ފަހަތުން ފެންނަން ހުރިއިރު، ސްމާޓްފޯނެއްގެ ސްކްރީނުން ރޭޓިންގްތައް މިންކުރާ މިންގަނޑު ދައްކައިދެނީ

މޫޑީސް ރޭޓިންގް އެޖެންސީގެ ލޯގޯ ފަހަތުން ފެންނަން ހުރިއިރު، ސްމާޓްފޯނެއްގެ ސްކްރީނުން ރޭޓިންގްތައް މިންކުރާ މިންގަނޑު ދައްކައިދެނީ | ގެޓީ އިމޭޖަސް

ކޮވިޑްގެ އާލަމީ ވަބާގެ ދުވަސްވަރު ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ އޮތް މިންވަރަށް މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މައްޗަށް ޖައްސައިފި އެވެ.

މޫޑީސް އިން ވަނީ ރާއްޖޭގެ ރޭޓިންގ "ސީ.އޭ.އޭ.2" (Caa2) އިން "ސީ.އޭ.އޭ.1" (Caa1) އަށް މަތިކޮށްފި ކަމަށާއި، ރާއްޖޭގެ އިގްތިސާދީ ކުރިމަގު އޮތީ ސްޓޭބަލް ނުވަތަ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން ބުރާސްފަތި ދުވަހު ވަނީ ހާމަކޮށްފަ އެވެ. މޫޑީސްއިން މި ނިންމުން ނިންމާފައިވަނީ، ދިވެހި ސަރުކާރުން ކުރު މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ދަރަނި ނުދެއްކިދާނެ ކަމަށް ބެލެވުނު ނުރައްކާ ކުޑަވުމާ ގުޅިގެން ކަމަށްވެސް ވަނީ ބުނެފަ އެވެ.

މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދާދިފަހުން މަތިކޮށްފައިވީ ނަމަވެސް، މިއީ އެމްޑީޕީގެ ސަރުކާރުގައި 2021 ވަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް ދީފައިވާ ރޭޓިންއާ އެއްވަރުގެ ރޭޓިންއެއްކަން ފާހަގަ ކުރެވެ އެވެ.

ވޭތުވެދިޔަ ދެ އަހަރާއި ތިން މަސްދުވަހުގެ ތެރޭގައި މޫޑީސް އިން ރާއްޖެއަށް ދީފައިވާ ރޭޓިން ހުރީ، ކޮވިޑްގެ ދަތި އުނދަގޫ ދުވަސްވަރު އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގެ ރޭޓިން އެންމެ ދަށަށް ދިޔަ މިންވަރަށް ވުރެ ވެސް ދަށްކޮށެވެ.

އަނެއްކޮޅުން ސުކޫކަށް ދައްކަންޖެހޭ ފައިސާ ދެއްކުމާ ގުޅިގެން ކްރެޑިޓް އޭޖެންސީ ފިޗުން މިހާރު ބަދަލުތަކެއް ގެނެސްފައިވީ ނަމަވެސް، މިއަދާ ހަމައަށް ވެސް އެ އިދާރާގެ ރޭޓިން ހުރީ ކޮވިޑްގެ ތެރޭގައި ރާއްޖެއަށް ލިބުނު އެންމެ ދަށް ރޭޓިންއަށް ވުރެ ވެސް ދަށް މިންވަރެއްގަ އެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މޫޑީސް އިން އެކި އަހަރުތަކުގައި ދީފައިވާ ގޮތް

ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މޫޑީސް އިން އެކި އަހަރުތަކުގައި ދީފައިވާ ގޮތް | ރާއްޖެއެމްވީ

ފައިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ރޭޓިންގ މަތިކޮށްފައިވަނީ، މިއަހަރުގެ އޭޕްރިލް މަހު 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކް ބޮންޑެއް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާއި، ރިޒާވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއަށް ފައިސާ ދައްކާ ނިންމުމުންނެވެ. މީގެ އިތުރުން، މެއި އަދި ސެޕްޓެމްބަރު މަހު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ލިބުނު 100 މިލިއަން ޑޮލަރުގެ ސެކިއުރިޓީޒް އިންވެސްޓްމަންޓްތަކަކީ ވެސް މި ކުރިއެރުމަށް މަގުފަހިވި ކަންކަން ކަމުގައި ފިނޭންސުން ބުނެ އެވެ.

ސަރުކާރުން ލޯނުތައް ބަރާބަރަށް ދައްކަމުންދާ ކަމަށް ބުނާއިރު ބައެއް ލޯނުތައް ދެއްކުމުގެ ބަދަލުގައި ދަރަނި ދެއްކުން ވަނީ ފަސްކޮށްފަ އެވެ. އެ ގޮތުން 100 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑެއް އަނބުރާ ދެއްކުން 2031 ވަނަ އަހަރާ ހަމައަށް ފަސްކޮށްފައިވުމާއެކު އެ ދަރަނި ދައްކަން ޖެހޭނީ ދެން އަންނަ ސަރުކާރަކުންނެވެ.

ލޯނު ދައްކަމުން ގެންދާ ކަމަށް ސަރުކާރުން ބުނާއިރު، އަނެއްކޮޅުން ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރުގެ ލޯނު ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ނަގާފަ އެވެ. އަދި އިތުރު ލޯނު ނުވަތަ ކޮންސެޝަނަލް ފައިނޭންސިންގ ހޯދުމަށް ތަރައްގީގެ ބައިވެރިންނާއެކު ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ.

ފައިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީ.ޑީ.ޕީ) ދައުލަތުގެ ދަރަނި 129.2 އިންސައްތައިގައި ހުރި ނަމަވެސް، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ އަދަދު ވަނީ 122.6 އިންސައްތައަށް ދަށްވެފަ އެވެ.

އަނެއްކޮޅުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގު އުފުލި، ރާއްޖޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ފޯރުމުގެ ބިރު އެބައޮތް ކަމަށް މިނިސްޓްރީން ފާހަގަކުރި އެވެ.

ސަރުކާރުގެ އެންމެ އިސް އަމާޒަކީ ރާއްޖޭގެ ބޭރުގެ މުއާމަލާތްތަކުގެ ދާއިރާ ހަރުދަނާކުރުމާއި، މެކްރޯ އިކޮނޮމިކް ހަމަޖެހުން ގާއިމުކުރުމެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ މަސައްކަތް އަވަސްކުރުމާއި، ވިޔަފާރީގެ އުމްރާނީ ވަސީލަތްތައް ވަރުގަދަކުރުމަށް އިސްކަންދޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މޫޑީޒްކްރެޑިޓް ރޭޓިންގސްކޫކް

އެންމެ ހިނގާ

1

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

2

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

3

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

4

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

5

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

އިތުރަށް ކިޔާލަން

26 ޖުލައި 2026

ފިޗް ރޭޓިންގ މަތިވެގެން އުފާވެގެން އުޅޭވަރެއް އަދި ނުވޭ، ބީ އަށް ނާރަންޏާ އަދި ހަމަ ބޮލުގައި ފެންފޮތި އަޅައިގެން ތިބެންވީ: ޒަރިޔަންދު

26 ޖުލައި 2026
ފިޗް ރޭޓިންގ މަތިވެގެން އުފާވެގެން އުޅޭވަރެއް އަދި ނުވޭ، ބީ އަށް ނާރަންޏާ އަދި ހަމަ ބޮލުގައި ފެންފޮތި އަޅައިގެން ތިބެންވީ: ޒަރިޔަންދު
19 ޖޫން 2026

ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު

19 ޖޫން 2026
ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު
08 ޖޫން 2026

ބީއެމްއެލްއަށް ފިޗްއިން 'ސީސީސީ މައިނަސް' ރޭޓިންގް ދީފި

08 ޖޫން 2026
ބީއެމްއެލްއަށް ފިޗްއިން 'ސީސީސީ މައިނަސް' ރޭޓިންގް ދީފި
06 ޖޫން 2026

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކޮށްފި

06 ޖޫން 2026
ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކޮށްފި
07 މެއި 2026

ބީއެމްއެލް އިން ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް މަރކެޓަށް ޑޮލަރު ސުކޫކެއް ވިއްކަނީ

07 މެއި 2026
 ބީއެމްއެލް އިން ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް މަރކެޓަށް ޑޮލަރު ސުކޫކެއް ވިއްކަނީ
04 މެއި 2026

ބަޖެޓް ތަންފީޒު ކުރުމުގެ މިންގަނޑުތަކާއި ދަރަނި ނެގުމުގެ ހުދޫދުތަކާ ސަރުކާރުން ތަކުރާރުކޮށް ވަނީ ޚިލާފުވެފައި: އޮޑިޓް އޮފީސް

04 މެއި 2026
ބަޖެޓް ތަންފީޒު ކުރުމުގެ މިންގަނޑުތަކާއި ދަރަނި ނެގުމުގެ ހުދޫދުތަކާ ސަރުކާރުން ތަކުރާރުކޮށް ވަނީ ޚިލާފުވެފައި: އޮޑިޓް އޮފީސް
17 އެޕްރީލު 2026

2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރި އެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: އޭޑީބީ

17 އެޕްރީލު 2026
2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރި އެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: އޭޑީބީ
15 އެޕްރީލު 2026

ރިޒާވްގައި ރުފިޔާއެއް ނެތް، ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގަ ހުރި ރައްޔިތުންގެ ޑިޕޮސިޓު ފައިސާ އިން: ޝަމްހީދު

15 އެޕްރީލު 2026
ރިޒާވްގައި ރުފިޔާއެއް ނެތް، ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގަ ހުރި ރައްޔިތުންގެ ޑިޕޮސިޓު ފައިސާ އިން: ޝަމްހީދު
01 އެޕްރީލު 2026

އޭޕްރީލް 8 ވަނަ ދުވަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނި މުއިއްޒުގެ ސަރުކާރަށް ދެއްކިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

01 އެޕްރީލު 2026
އޭޕްރީލް 8 ވަނަ ދުވަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނި މުއިއްޒުގެ ސަރުކާރަށް ދެއްކިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
15 މާރިޗު 2026

ބައިނަލްއަގުވާމީ ދެ އިދާރާއަކުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ސަރުކާރުން މަޝްވަރާ ކުރަނީ

15 މާރިޗު 2026
ބައިނަލްއަގުވާމީ ދެ އިދާރާއަކުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ސަރުކާރުން މަޝްވަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް