Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް

ބީއެމްއެލްއަށް ފިޗްއިން 'ސީސީސީ މައިނަސް' ރޭޓިންގް ދީފި

ބީއެމްއެލްގެ މާލީ ބާރުވެރިކަމާއި ގޮންޖެހުންތަކަށް ކެތްކުރުމުގެ ގާބިލުކަން ވަރުގަދަވުމާއެކު، ފިޗްއިން ވަނީ އެ ބޭންކުގެ ލޯކަލް ކަރަންސީ ރޭޓިންގް ރާއްޖޭގެ ސޮވެރިން ރޭޓިންގްއަށްވުރެ ދެ ދަރަޖަ މަތީގައި ކަނޑައަޅާފައި. ބޭންކުގެ ހަރުދަނާ ކެޕިޓަލް ބަފަރއާއި، އިތުބާރު ހުރި ޑިޕޮސިޓް ބޭސް އަދި ރިސްކް މެނޭޖްމަންޓް އުސޫލުތަކުގެ ސަބަބުން އިގްތިސާދީ ފިއްތުންތަކާއެކުވެސް ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް ހުރިކަން މި އެސެސްމަންޓުން ހާމަވޭ. މިއީ ރާއްޖޭގެ ބޭންކިންގ ދާއިރާގައި ބީއެމްއެލްއިން އަދާކުރާ އިސް ދައުރާއި އެ ބޭންކުގެ މާކެޓް ލީޑަޝިޕް ބަލައިގަތުމުގެ ނަތީޖާއެއް ކަމަށް ބޭންކުން ފާހަގަކުރޭ.

ރާއްޖެ އެމްވީ | 8 ޖޫން 2026 | ހޯމަ 07:20
ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް | ގެޓީ އިމޭޖަސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފިޗް ރޭޓިންގްސްއިން 'ސްޓޭބަލް އައުޓްލުކް' އާއެކު 'ސީސީސީ މައިނަސް' ގެ ލޯންގް-ޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް (އައިޑީއާރު) އެއް ދީފިއެވެ. މި ރޭޓިންގްއާ ގުޅޭގޮތުން ބީއެމްއެލްއިން ބުނީ، މިއީ ގޮންޖެހުންތައް ބޮޑު މާހައުލެއްގައިވެސް އެ ބޭންކުގެ މާލީ ދުޅަހެޔޮކަން ހުރި މިންވަރު ހާމަކޮށްދޭ ނަތީޖާއެއް ކަމަށެވެ.

ފިޗްއިން ވަނީ ބީއެމްއެލްގެ ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރު 'ސީސީސީ ޕްލަސް' ގައި ކަނޑައަޅާފައެވެ. މިއީ ރާއްޖޭގެ ސޮވެރިން ރޭޓިންގްއަށްވުރެ ދެ ދަރަޖަ މަތީ ރޭޓިންގްއެކެވެ. ފިޗްއިން ބުނި ގޮތުގައި މިއީ ދައުލަތުގެ މާލީ ހާލަތާ އަޅާބަލާއިރު، ބޭންކުގެ އަމިއްލަ މާލީ ބާރުވެރިކަމާއި ގޮންޖެހުންތަކަށް ކެތްކުރުމުގެ ގާބިލުކަން ވަރުގަދަކަން ހާމަކޮށްދޭ ކަމެކެވެ.

މި ރޭޓިންގްތައް ދީފައިވަނީ، އޭޕްރިލް މަހު ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކެއް އަނބުރާ ދެއްކުމާއި، ފޮރިން ކަރަންސީ އެކްޓް ހިމެނޭހެން އާމްދަނީ އިތުރުކުރުމަށް އިސްލާހީ ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން، ޖޫން މަހުގެ 3 ވަނަ ދުވަހު ރާއްޖޭގެ ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއަރ ޑިފޯލްޓް ރޭޓިންގް 'ސީސީސީ މައިނަސް' އަށް ފިޗްއިން މަތިކުރުމަށް ފަހުގައެވެ.

ބީއެމްއެލްގެ މާލީ ބާރުވެރިކަން ވަރުގަދަ ނަމަވެސް، އެ ބޭންކުގެ ރޭޓިންގް ބިނާވެފައިވަނީ ރާއްޖޭގެ ސޮވެރިން ރޭޓިންގްގެ މައްޗަށް ކަމަށް ފިޗްއިން ފާހަގަކުރިއެވެ.

ފިޗްގެ އެސެސްމަންޓުގައި، ދިވެހިރާއްޖޭގެ ބޭންކިންގ ދާއިރާގައި ބީއެމްއެލްއިން އަދާކުރާ އިސް ދައުރަށް ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން މުޅި ރާއްޖެއަށް ފެތުރިފައިވާ ބޭންކުގެ ވިއުގައާއި، ޑިޖިޓަލް ބޭންކިންގްގެ ގާބިލުކަމުގެ އިތުރުން، އާންމު ފަރުދުންނާއި ކުދި އަދި ބޮޑެތި ވިޔަފާރިތަކަށް ފޯރުކޮށްދޭ ފުޅާ އެހީތެރިކަމަކީ ދެމެހެއްޓެނިވި އާމްދަނީއެއް ހޯދުމަށް ބޭންކަށް ލިބިފައިވާ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ އެޖެންސީން ފާހަގަކުރިއެވެ.

މީގެއިތުރުން، ބީއެމްއެލްގެ ރޭޓިންގް ވަރުގަދަވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ބޭންކުގެ ކެޕިޓަލް ހުރި މިންވަރު ފިޗްއިން ފާހަގަކުރިއެވެ. އެ އެޖެންސީން ބުނި ގޮތުގައި، ބޭންކުން އުފައްދާ އާމްދަނީއާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓް އަދި ހަމަހަމަ ޑިވިޑެންޑް ސިޔާސަތެއްގެ ސަބަބުން ބޭންކުގެ ކެޕިޓަލް ބަފަރ ވަނީ ވަރުގަދަކޮށް ހިފެހެއްޓިފައެވެ. މީގެ ސަބަބުން އިގްތިސާދީ ހަރަކާތްތަކަށާއި ކަސްޓަމަރުންގެ މާލީ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ބޭންކަށް ލިބިގެންދެއެވެ.

ރާއްޖޭގެ ބޭންކުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް، ހާއްސަކޮށް ބޭރު ފައިސާގެ ދަތިކަމުގެ ސަބަބުން މުޅި ދާއިރާގެ ފަންޑިންގްއާއި ލިކުއިޑިޓީއަށް ކުރިމަތިވާ ފިއްތުންތަކަށް ފިޗްއިން ރިއާޔަތްކުރިއެވެ. ނަމަވެސް، ބީއެމްއެލްގެ ވަރުގަދަ ބްރޭންޑާއި، އިތުބާރު ހުރި ޑިޕޮސިޓް ބޭސް އަދި ލިކުއިޑިޓީ މެނޭޖްމަންޓް އުސޫލުތަކުގެ ސަބަބުން، އިގްތިސާދީ ފިއްތުންތަކާއެކުވެސް ބޭންކު ދެމިއޮތީ ވަރުގަދަކޮށް ކަމަށް ފިޗްއިން ބުންޏެވެ.

ބީއެމްއެލްގެ ލޯނު ޕޯޓްފޯލިއޯ ބިނާވެފައިވަނީ ރާއްޖޭގެ އިގްތިސާދީ އޮނިގަނޑާ އެއްގޮތަށް، ފަތުރުވެރިކަމާއި ރާއްޖޭގެ އެހެނިހެން މުހިންމު ދާއިރާތަކުގެ މައްޗަށް ކަމަށް ފިޗްއިން ފާހަގަކުރިއެވެ. ކުޑަ ޖަޒީރާ ގައުމެއްގެ އިގްތިސާދެއްގައި މިފަދަ ކޮންސެންޓްރޭޝަނެއް ހުރުމަކީ އާންމު ކަމެއް ނަމަވެސް، ބޭންކުގެ ތަޖުރިބާއާއި، ކަސްޓަމަރުންނާ އޮންނަ ގުޅުމާއި، ރިސްކް މެނޭޖްމަންޓް އޮނިގަނޑުގެ ސަބަބުން މިކަންކަން މެނޭޖްކުރުމުގެ ގާބިލުކަން ބޭންކަށް ލިބިފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.

މި ރޭޓިންގްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، މި އެސެސްމަންޓުން ބޭންކުގެ މާކެޓް ލީޑަޝިޕާއި، ކެޕިޓަލްގެ ވަރުގަދަކަމާއި މާލީ ނަތީޖާ ބަލައިގެންފައިވާ ކަމަށެވެ. އަދި ކުޑަ ޖަޒީރާ ގައުމެއްގެ އިގްތިސާދެއްގައި މަސައްކަތް ކުރުމުގައި ހުރި އޮނިގަނޑުގެ ގޮންޖެހުންތަކާއެކުވެސް ކުރިއަށް ދިއުމުގެ ގާބިލުކަން ބޭންކަށް ހުރިކަން މިއިން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ރޭޓިންގްއިން އެންމެ މުހިންމުކޮށް ހާމަވަނީ ކުޑަ ޖަޒީރާ ގައުމެއްގެ އިގްތިސާދަށް ހުރި ގޮންޖެހުންތަކާއެކުވެސް އަޅުގަނޑުމެންގެ ހުރި ސާބިތުކަން. ރާއްޖޭގެ އެންމެ ބޮޑު އަދި ނިޒާމީ ގޮތުން އެންމެ މުހިންމު މާލީ އިދާރާގެ ހައިސިއްޔަތުން، ކަސްޓަމަރުންނަށް އެހީތެރިވުމާއި، ގައުމީ އިގްތިސާދީ ތަރައްގީއަށް ހިއްސާވުމާއި، މާލީ ވަރުގަދަކަމާއި ގަވަރނަންސްގެ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،" ބީއެމްއެލްއިން ނެރުނު ނޫސްބަޔާނެއްގައި ޝަރީފް ވިދާޅުވެފައިވެއެވެ.

ފިޗް ރޭޓިންސްމުހައްމަދު ޝަރީފް ސްކޫކްބޭންކް އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

06 ޖޫން 2026

ފިޗް ރޭޓިންގ ގައި ދަށްވެފައި އޮތީ ކުރީ ސަރުކާރުގެ ސަބަބުން: މުންދު

06 ޖޫން 2026
ފިޗް ރޭޓިންގ ގައި ދަށްވެފައި އޮތީ ކުރީ ސަރުކާރުގެ ސަބަބުން: މުންދު
06 ޖޫން 2026

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކޮށްފި

06 ޖޫން 2026
ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކޮށްފި
18 މެއި 2026

މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފި

18 މެއި 2026
 މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފި
08 މެއި 2026

ބޭންކް އޮފް މޯލްޑިވްސް އިން މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ކުރިއަށްގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ" ކާމިޔާބު ކަމާއެކު ނިންމާލައިފި

08 މެއި 2026
ބޭންކް އޮފް މޯލްޑިވްސް އިން މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ކުރިއަށްގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ" ކާމިޔާބު ކަމާއެކު ނިންމާލައިފި
07 މެއި 2026

ބީއެމްއެލް އިން ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް މަރކެޓަށް ޑޮލަރު ސުކޫކެއް ވިއްކަނީ

07 މެއި 2026
 ބީއެމްއެލް އިން ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް މަރކެޓަށް ޑޮލަރު ސުކޫކެއް ވިއްކަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު