Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޒާވް ހުސްވުން

ރިޒާވްގައި ރުފިޔާއެއް ނެތް، ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގަ ހުރި ރައްޔިތުންގެ ޑިޕޮސިޓު ފައިސާ އިން: ޝަމްހީދު

ދައުލަތުގެ ރިޒާވްގައި ފައިސާ ނެތް ކަމަށާއި، 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކީ ބީއެމްއެލްގައި ހުރި ރައްޔިތުންގެ ޑިޕޮސިޓް ފައިސާއިން ކަމަށް ވިދާޅުވެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ރިޒާވްގެ ހިސާބުތައް ހާމަކުރުމަށް ގޮވާލައްވަމުން ޝަމްހީދު ވިދާޅުވީ، ސަރުކާރުން މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަނީ ރައްޔިތުންނަށް އޮޅުވާލުމުގެ ތެރެއިން ކަމަށާއި، މި ހާލަތާ ގުޅިގެން ފިނޭންސް މިނިސްޓަރު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ ފައިސާ ހޭދަކުރަންވާނީ މަޖިލީހުން ފާސްކުރާ ބަޖެޓާ އެއްގޮތަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 15 އެޕްރީލު 2026 | ބުދަ 20:01
އެމްޑީޕީން ބޭއްވި ހޭވައްލާ ތައްޔާރު ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ

އެމްޑީޕީން ބޭއްވި ހޭވައްލާ ތައްޔާރު ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ | އެމްޑީޕީ

ދައުލަތުގެ ރިޒާވްގައި އެންމެ ރުފިޔާ އެއްވެސް ނެތްކަމަށާއި ދާދިފަހުން ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކު ދައްކާ ހަލާސް ކުރީ ވެސް ބީއެމްއެލްގައި ހުރި ރައްޔިތުންގެ ޑިޕޮސިޓް ފައިސާ އިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ ފިނޭންސް މިނިސްޓަރަކީ މިއަދު އިސްތިއުފާ ދޭންޖެހޭ ބޭފުޅެއް ކަމަށެވެ. މިއަދު މި ގައުމުގެ ރިޒާވްގައި ހަގީގަތުގައި ވެސް އެންމެ ރުފިޔާ އެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގައި)ގައި ހުރި ރައްޔިތުންގެ ޑިޕޮސިޓް ލާރިން ކަމަށާއި ރިޒާވްގައި ހުރި ފައިސާއަކުން ނޫން ކަމަށް ޝަމްހީދު ވިދާޅުވި އެވެ.  ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ސުކޫކަށް ފައިސާ ދެއްކުމުގައި ބޭނުންކޮށްފައި ވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު، އެސްޑީއެފް  އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ އިން ކަމަށެވެ. ދައުލަތުގެ ރިޒާވްގައި ފައިސާ އެއް ހުރިނަމަ އޭގެ ހިސާބު ތައް ހާމަކުރަން ޝަމްހީދު ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. 

ފިނޭންސް މިނިސްޓަރަކީ މިއަދު އިސްތިޢުފާ ދޭންޖެހޭ ބޭފުޅެއް. މިއަދު މި ޤައުމުގެ ޙަޤީޤަތުގައި ރިޒާވް ގަ ނެތް އެންމެ ރުފިޔާ އެއް ވެސް. ނުކެރޭނެ ހިސާބު ދައްކާކަށް. ދައްކާލަބަލަ އަޅެ، އެންމެ ރުފިޔާއަށް ވެސް އޮތްތޯ؟ 500 މިލިއަން ދެއްކީ ބޭންކް އޮފް މޯލްޑިވްސް އަޅުގަނޑުމެންގެ ޑިޕޮސިޓް ލާރިން. ރިޒާވްގަ ހުރި ފައިސާ އެއް ނޫން ދެއްކީކީ އެއް. ރިޒާވްގަ ފައިސާ އެއް ހުރިއްޔާ ހިސާބު ދައްކަންވީ ނޫންތޯ ރިޒާރވްގަ ހުރި ފައިސާގެ. އަޅުގަނޑުމެންނަކީ މިތާގަ އޮޅުވާލައިގެން ވާހަކަ ދައްކާ ބައެއް ނޫން. އެހެންވީމާ މިއީ ފެންނަން ހުރި ޙަޤީޤަތް. 
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު

މި ސަރުކާރުން ދަނީ އޮޅުވާލުމުގެ ތެރެއިން ކޮންޓްރެކްޓްތަކުގައި ސޮއިކުރަމުން ކަމަށް ޝަމްހީދު ތުހުމަތުކުރެއްވި އެވެ. ގުޅީފަޅު މަޝްރޫޢުގައި 2026  ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމަކީ ފޭކް އެގްރީމަންޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 6 ޖަނަވަރީ 2025 ގައި ވެސް ޗައިނާގެ ކުންފުންޏެއް އެކީގައި ފޮޓޯ ސެޝަން ހިންގި ކަމަށާއި އެއީ ހިނގާ ކަމެއް ނޫން ކަމަށް ޝަމްހީދު ވިދާޅުވި އެވެ. އަދި މިހާރު އެ މަޝްރޫޢު އާރު ޑީ ސީއާ ހަވާލުކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ގާނޫނުއަސާސީގެ 96 ވަނަ މާއްދާގައި ބުނާ ގޮތަށް ދައުލަތުން މި މަޖިލީހުން ފާސްކުރާ ބަޖެޓާ އެއްގޮތަށް ދައުލަތުގެ ފައިސާ ހޭދަކުރަން ޖެހޭ ކަމަށް ޝަމްހީދު ވިދާޅުވި އެވެ. މިނޫން ގޮތަކަށް ފައިސާ ހޭދަކުރާ ނަމަ އަދިވެސް އެ ވާހަކަ ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށްޓަކައި މި މަޖިލީހުގައި ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ މި ގައުމުގައި މި ސަރުކާރުން ކަންކުރާ ގޮތުން ރައްޔިތުން އޮޅުވާލަމުން ގެންދާ ކަމަށާއި މިއީ ފެންނަން ހުރި ހަގީގަތް ކަމަށެވެ. ހިސާބު ދައްކަން ނުކެރޭނެ ކަމަށާއި ރިޒާވްގައި އެންމެ ރުފިޔާއަށް ވެސް އޮތްތޯ ބަލާލުމަށް އޭނާ ގޮވާލެއްވި އެވެ.

އަހްމަދު ޝަމްހީދުބީއެމްއެލްސްކޫކް

އިތުރަށް ކިޔާލަން

15 އެޕްރީލު 2026

ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު

15 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު
09 އެޕްރީލު 2026

ބީއެމްއެލްއާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ކުޅިވަރުގެ ދާއިރާއިން އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައިފި

09 އެޕްރީލު 2026
ބީއެމްއެލްއާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ކުޅިވަރުގެ ދާއިރާއިން އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައިފި
08 އެޕްރީލު 2026

35 ދުވަހަށް ފަހު އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންނާނެ ކަމަށް ބުނެފި

08 އެޕްރީލު 2026
35 ދުވަހަށް ފަހު އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންނާނެ ކަމަށް ބުނެފި
03 އެޕްރީލު 2026

24 އަހަރު ތެރޭ ބެންކުން ބެހެއްޓި އޭޓީއެމްގެ އަދަދު، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭ ދެގުނައަށް ވުރެ އިތުރުކޮށްފި

03 އެޕްރީލު 2026
24 އަހަރު ތެރޭ ބެންކުން ބެހެއްޓި އޭޓީއެމްގެ އަދަދު، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭ ދެގުނައަށް ވުރެ އިތުރުކޮށްފި
01 އެޕްރީލު 2026

އޭޕްރީލް 8 ވަނަ ދުވަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނި މުއިއްޒުގެ ސަރުކާރަށް ދެއްކިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

01 އެޕްރީލު 2026
އޭޕްރީލް 8 ވަނަ ދުވަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނި މުއިއްޒުގެ ސަރުކާރަށް ދެއްކިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު