Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެހީ ހޯދުން

ބައިނަލްއަގުވާމީ ދެ އިދާރާއަކުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ސަރުކާރުން މަޝްވަރާ ކުރަނީ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލެމުންދާތީ، ރާއްޖޭގެ ރިޒާވް ވަރުގަދަކުރުމަށް ބައިނަލްއަގުވާމީ ދެ އިދާރާއަކުން 100 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި. މި ފައިސާ ހޯދުމަށް ބޭނުންވާ ހުއްދަ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި. ސަރުކާރުން ޚަރަދު ކުޑަކުރުމުގެ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި، އޭގެ ބަދަލުގައި އިސްރާފު ކުރުން އިންތިހާ އަށް ބޮޑު ކަމަށް ބުނެ ގިނަ ފަރާތްތަކަކުން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުން.

ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 02:51
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު | ގެޓީ އިމޭޖަސް

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށްޓަކައި ބައިނަލްއަގުވާމީ ދެ އިދާރާއަކުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ސަރުކާރުން މަޝްވަރާ ކުރަން ފަށައިފިއެވެ.

މި މަޝްވަރާތަކާ ގުޅޭ މައުލޫމާތު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހާމަކުރެއްވީ، ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ އިގްތިސާދީ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ކޮމިޓީގެ ބައްދަލުވުމެއްގައެވެ. މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ހަނގުރާމައާ ގުޅިގެން ހިނގަމުންދާ ކަންކަން ދިރާސާކޮށް، ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެދާނެ ލޮޅުންތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވިލަރެސްކުރުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

Advertisement - businessAdvertisement

މިނިސްޓަރު ޒަމީރު ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، މި ފައިސާ ބޭނުންކުރާނީ ރާއްޖޭގެ ރިޒާވް އިތުރަށް ވަރުގަދަކުރުމަށް ކަމަށެވެ. އަދި ރިޒާވް ބެލެހެއްޓުމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރާ ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުންދާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ ދެ އިދާރާއަކާއެކު މި މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ފަރާތުން އެންމެ ފަހުގެ ހުއްދަ ހޯދުމަށް މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިފައެވެ. ނަމަވެސް، އެއީ ބައިނަލްއަގުވާމީ ކޮން ދެ އިދާރާއެއް ކަމެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

މި ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައި މިވަނީ، އަންނަ އަހަރުގެ އޭޕްރިލް 8 ވަނަ ދުވަހު އަނބުރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ރައީސް މުއިއްޒު މީގެކުރިން ވިދާޅުވެފައިވަނީ، ސުކޫކު ދެއްކުމަށް ބޭނުންވާ 650 މިލިއަން ޑޮލަރު މިހާރު ހަމަޖެހިފައިވާ ކަމަށާއި، އެ ފައިސާ ދައްކައި ނިމުމުން ވެސް ދައުލަތުގައި ބާކީ ފައިސާ ހުންނާނެ ކަމަށެވެ.

ބޭރުގެ ދެ ފަރާތަކުން 100 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާކަން ހާމަކޮށްފައިވާއިރު، ސަރުކާރުން ޚަރަދު ކުޑަކުރުމުގެ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި، އޭގެ ބަދަލުގައި އިސްރާފު ކުރުން އިންތިހާ އަށް ބޮޑު ކަމަށް ބުނެ ގިނަ ފަރާތްތަކަކުން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

މޫސާ ޒަމީރުޑރ. މުޙައްމަދު މުޢިއްޒުމޯލްޑިވްސް މަނިޓަރީ އޮތޯރިޓީސްކޫކް

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

އެމްޑީޕީ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިގެން ބޭނުންވަނީ 20-25 އަހަރަށް ވެރިކަމުގައި މުއިއްޒު އަށް ހުރެވޭނެ ގޮތެއް ހޯދަން"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިގެން ބޭނުންވަނީ 20-25 އަހަރަށް ވެރިކަމުގައި މުއިއްޒު އަށް ހުރެވޭނެ ގޮތެއް ހޯދަން"

14 މާރިޗު 2026
ރިފަރެންޑަމް ގަރާރުގައި ހުރި މައްސަލައިގެ ޝަކުވާ ކުރާނެ ތަނެއް ކޯޓު ނޫނީ ނެތް، ‎ސިޔާސީ ގޮތުން ޖެއްސުން ކުރުމުގެ ބަދަލުގައި މައްސަލަ އަވަހަށް ރަޖިސްޓްރީ ކޮށް އަޑުއެހުންތައް ބޭއްވުން އުންމީދަކީ: މައުރޫފް

13 މާރިޗު 2026
އިސްލާމީ އުއްމަތޭ ކިޔައިގެން އަނގަ ހުޅުވާވަރަށް ވުރެ މި ސަރުކާރުގެ ދެފުށްދެގޮތްކަން ބޮޑު

އިސްލާމީ އުއްމަތޭ ކިޔައިގެން އަނގަ ހުޅުވާވަރަށް ވުރެ މި ސަރުކާރުގެ ދެފުށްދެގޮތްކަން ބޮޑު

13 މާރިޗު 2026
ދެ އިންތިހާބެއް އެއްކޮށްލަން އުޅުމަކީ ގާނޫނުއަސާސީ އިން ރައީސް އަށް ލިބިގެންވާ ބާރެއް ނޫން، މިއީ ރައީސް އަޒުލުކުރަންޖެހޭ ވަރުގެ މައްސަލަ އެއް: މޫސަ

ދެ އިންތިހާބެއް އެއްކޮށްލަން އުޅުމަކީ ގާނޫނުއަސާސީ އިން ރައީސް އަށް ލިބިގެންވާ ބާރެއް ނޫން، މިއީ ރައީސް އަޒުލުކުރަންޖެހޭ ވަރުގެ މައްސަލަ އެއް: މޫސަ

13 މާރިޗު 2026
ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަ ކުރުމަށް ފިޔަވަޅެއް ނަޅާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން އީދު ލައިޓް ހަމައެކަނި ސިޓީތަކުގައި ދިއްލަން ނިންމައިފި

ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަ ކުރުމަށް ފިޔަވަޅެއް ނަޅާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން އީދު ލައިޓް ހަމައެކަނި ސިޓީތަކުގައި ދިއްލަން ނިންމައިފި

13 މާރިޗު 2026

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު