Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދައުލަތުގެ ދަރަނި

ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު

ދަރަނި ދެއްކުމަކީ ކޮންމެ ސަރުކާރަކުން ވެސް ކުރަންޖެހޭ އަސާސީ ކަމަކަށްވާއިރު، އެއީ ރައީސަކު ޕޯޑިއަމްތަކުގައި އިއުލާނުކުރަންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒް މަންސޫރު ވިދާޅުވެއްޖެ. މި ސަރުކާރުން ދަރަނި ދައްކާ ވާހަކަ ދައްކާއިރު، ދައްކާ މިންވަރަށް ވުރެ އިތުރަށް ލޯނު ނަގަމުންދާކަން ބަޖެޓުން އެނގޭ ކަމަށާއި، ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވަނީ ސަރުކާރުގެ ހިންގުންތެރިކަން ކުޑަވުމުން ކަމަށް އޭނާ ފާހަގަކުރެއްވި. އެހެންކަމުން ދަރަނި ދެއްކި ނަމަވެސް ގައުމުގެ ޖުމްލަ ދަރަނި ދަށަށް ނުދާކަން އޭނާ ވަނީ ފާހަގަކުރައްވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 19 ޖޫން 2026 | ހުކުރު 13:56
އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރު

އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރު | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒު، ލޯނުތައް ދައްކަވާ ކަމަށް ވިދާޅުވާއިރު، އެމަނިކުފާނު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު އެ ދައްކަވާ ލޯނަށް ވުރެ މާ ބޮޑު ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ގެ 'ޓީވީ ޓޯކް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ ދަރަންޏަކީ އެ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ދައްކަން ޖެހޭ އެއްޗެއް ކަމަށެވެ. އެއީ މިއަދު ރައީސް މުއިއްޒު ވެރިކަމުގައި ހުންނެވި ނަމަވެސް ނުވަތަ އެހެން ރައީސަކު ހުއްޓަސް އެކަނޑަ އެޅިފައިވާ މުއްދަތެއްގައި ދައްކަން ޖެހޭނެ އެއްޗެއް ކަމަށެވެ. 

Advertisement - newsAdvertisement
ދެން އަންނަ ރައީސަކު، އެއީ އަދި ކޮންމެ ރައީސެއް ވިޔަސް ރައީސް މުއިއްޒު މި ދެއްވި ކަހަލަ ޕްރެޒެންޓޭޝަނެއް ދޭކަމުގައި ވާނަމަ ވިދާޅުވާނެ އެންމެ ބޮޑު ދަރަންޏެއް ދައްކާފަ މިއޮތީ ރައީސް މުއިއްޒު ނެންގެވި ލޯނުންނޭ. އާންމު އުސޫލަކުން ވެއްޖެޔާ މިސާލަކަށް ކުންފުންޏެއް ހިންގާއިރު، ލޯނުތައް ކުރިއަށް އަނބުރާ ދައްކަނީކީ ނޫން. ހަމަ އެ ހުންނަ މުއްދަތުތަކަށް ދައްކަމުން ދަނީ. އޭގެ ބޭނުމެއް އެބަ އޮވޭ ވަރަށް ބޮޑު. އެ ކޭޝް އަތުގަ ހިފެހެއްޓުނީމަ މާލީ މިނިވަންކަން އެބަ ލިބޭ. މަސައްކަތް ކުރުމާ، ތަރައްގީ ގެނައުމާ ޕްރޮޖެކްޓް ހިންގުމުގެ. 
އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރު

ރިޔާޒް ވިދާޅުވީ ލޯނެއް ދެއްކުމަކީ ރައީސަކު ޕޯޑިއަމަކަށް އަރައި، ޕްރެޒެންޓޭޝަނެއް ދީގެން އިއުލާނު ކުރަން ޖެހޭ ވަރު ކަމެއް ވެސް ނޫން ކަމަށެވެ. އެއީ ކޮންމެ ރައީސަކު ވެރިކަމުގައި ހުރި ނަމަވެސް ކުރަން ޖެހޭ ކަމެއް ކަމަށާ ރައީސަކު ގައުމަކަށް ކޮށްދޭންޖެހޭ އެންމެ ކުޑަ މިންވަރުގެ ތެރޭގައި ލޯނު ދެއްކުން ހިމެނޭ ކަމަށެވެ. 

އެހެން ކަމުން ފުރަތަމަ އެއް އަހަރު ތެރޭ މިވަރު ދެއްކީމޭ ނުވަތަ ދޮޅު އަހަރު ތެރޭ މިވަރު ދެއްކީމޭ ބުނުމަކީ އެއީ އެއްވެސް މާނައެއް އޮތް ކަމެއް ނޫން ކަމަށް ރިޔާޒް ވިދާޅުވި އެވެ. މާނައެއް އޮތް ކަމެއް ދަންނަވާނަމަ އެންމެ ރަނގަޅު ވާނީ ރައީސް މުއިއްޒުގެ ދައުރުގަ މިހާރު ދަރަނި އިތުރު ވެއްޖެ ތޯ ބެލުން ކަމަށާ ދަރަނިވީ ކިހާ ވަރަކަށް ތޯ ބެލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެހެންވީމަ ހަމަޖެހޭ މުއްދަތައް ރާވައިގެން ފައިސާ ދެއްކުން މި އޮންނަނީ. ރައީސް މުއިއްޒަށް މި ދިމާވި ގޮތަކީ އެމްޑީޕީ ސަރުކާރުން ނަގާފަ އޮތް ސުކޫކު ދައްކަން މި އޮތީ މި އަހަރަށް. އެހެންވީމަ އޭތި ދައްކަން ޖެހޭނެ. އެ ވާހަކަ އެ ވިދާޅުވަނީ. އެއީކީ ރައީސަކު ތިމަންނަ ލޯނު ދައްކައިފީމޭ ވިދާޅުވާވަރު ކަމެއް ނޫން. ރައީސެއް ވެއްޖެޔާ ލޯނު ދައްކަން ޖެހޭނެ. ލޯނު ނުދައްކައިފިއްޔާ އެ ފެއިލް ވީ. ލޯނު ދެއްކުމަކީ އޭގެ ޒާތުގަ އެންމެ ދަށް މިންގަނޑު. ދަރަނި އިތުރު ވެއްޖެ އިނގޭތޯ ވަރަށް ބޮޑަށް. އެހެންވީމަ އެވާހަކަ ނުދައްކާ މި ވިދާޅުވަނީ ލޯނު ދައްކައިފީމޭ. އެކަމު ލޯނު ދެއްކޭ ވަރަށްވުރެ މާ ބޮޑަށް ދަރަނި އިތުރު ވީމަ ކޮބާތޯ އޭގެ ފައިދާ އަކީ.
އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރު

މި ސަރުކާރަށް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ނުވުމުން އެއީ ދަރަނީގެ ސަބަބުން ވާ ކަމެކޭ ވިދާޅުވަނީ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. 

ރިޔާޒް ވިދާޅުވީ ބޮޑެތި އަދަދުތަކެއް ދައްކާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވާއިރު، 2026 ގައި ވެސް ދަރަނި ދަށަށް ނުދާ ކަމަށެވެ. މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓުން އެކަން އެނގޭ ކަމަށާ މި އަހަރު ވެސް ދަރަނި ދަށަން ނުދާނަމަ އޭގެ މާނައަކީ މިއަހަރު ދެއްކި ސުކޫކާ ލޯނުތަކާ އެއްވަރަށް ނުވަތަ އެއަށް ވުރެ ގިނައިން ލޯނު މި ސަރުކާރުން ނަގާކަން ކަމަށް އޭނާ ވިދާޅުވި އެވެ. ދަރަނި ދެއްކި ވާހަކަ ވިދާޅުވާއިރު އެއް އަހަރު ތެރޭ ދެއްކި ވަރަށް ވުރެ ގިނައިން ލޯނު ނަގާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުރިޔާޒު މަންސޫރުއިކޮނޮމިކް މިނިސްޓްރީސްކޫކްއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލްތައް އޮވެގެން ރަށްތައް ތަރައްގީވާ ކަމަށް ވިދާޅުވި އައިބީ، ކައުންސިލަރުން ތިބުމަށްވުރެ ކަތީބުން ތިބި ޒަމާން މާ ރަނގަޅު ކަމަށް ވިދާޅުވެއްޖެ

ކައުންސިލްތައް އޮވެގެން ރަށްތައް ތަރައްގީވާ ކަމަށް ވިދާޅުވި އައިބީ، ކައުންސިލަރުން ތިބުމަށްވުރެ ކަތީބުން ތިބި ޒަމާން މާ ރަނގަޅު ކަމަށް ވިދާޅުވެއްޖެ

19 ޖޫން 2026
ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި

ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި

19 ޖޫން 2026
ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި

ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި

19 ޖޫން 2026
ރާއްޖޭގެ އެކިކަންކޮޅުތަކުން ފެނިގެންދަނީ މާޔޫސްކަމާއި، ހިތްދަތިކަން: ވަހީދު

ރާއްޖޭގެ އެކިކަންކޮޅުތަކުން ފެނިގެންދަނީ މާޔޫސްކަމާއި، ހިތްދަތިކަން: ވަހީދު

19 ޖޫން 2026
ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރު ޖަހާ އެންމެ ފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން: މާޒް ސަލީމް

ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރު ޖަހާ އެންމެ ފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން: މާޒް ސަލީމް

19 ޖޫން 2026

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު