Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބީއެމްއެލް ޑޮލަރު ސުކޫކް

ބީއެމްއެލް އިން ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް މަރކެޓަށް ޑޮލަރު ސުކޫކެއް ވިއްކަނީ

7 މެއި 2026 | ބުރާސްފަތި 10:47

ބައިނަލްއަޤްވާމީ މާލީ ބާޒާރަށް ބީއެމްއެލް އިން ފުރަތަމަ ފަހަރަށް ވަނުމަށް ތައްޔާރުވަމުންދާއިރު، އޭޝިއާ އާއި ވިލާތުގެ އިންވެސްޓަރުންނާއެކު މިހާރު ދަނީ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ. މި ފިޔަވަޅުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދީ، އިޤްތިޞާދީ ހަމަޖެހުން ޤާއިމުކުރުމެވެ. އެހެންކަމުން، މިއީ ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ބޮޑު ބައެއް ހިއްސާކުރާ ބޭންކުން މާލީ ދަތިތަކަމަށް ޙައްލު ހޯދުމަށް އަޅާ ހަރުދަނާ ފިޔަވަޅެކެވެ.

އަލް - ހުރަވީ
އަލް - ހުރަވީ | 7 މެއި 2026 | ބުރާސްފަތި 10:47
ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް .

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް . | ބެންކް އޮފް މޯލްޑިވްސް

ރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރުގެ ދަތިކަން ޙައްލުކޮށް، ލިކުއިޑިޓީ ރަނގަޅުކުރުމަށްޓަކައި ފުރަތަމަ ފަހަރަށް އެމެރިކާ ޑޮލަރުގެ ސުކޫކެއް (އިސްލާމިކް ބޮންޑެއް) އިޝޫކުރުމަށް ތައްޔާރުވެއްޖެއެވެ.

ބްލޫމްބަރގް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބީއެމްއެލް އިން މި ފިޔަވަޅު އަޅަން ނިންމާފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން ސަރަޙައްދީ ވިޔަފާރިތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުން ރާއްޖޭގެ އިޤްތިޞާދު ސަލާމަތްކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ.

Advertisement - newsAdvertisement

މިއީ ބައިނަލްއަޤްވާމީ ކެޕިޓަލް މާކެޓަށް ބީއެމްއެލް އިން ވަންނަ ފުރަތަމަ ފަހަރެވެ. މި ސުކޫކަށް އިންވެސްޓަރުންގެ ޝައުޤުވެރިކަން ހުރި މިންވަރު ބެލުމަށްޓަކައި، އޭޝިއާ އާއި، މެދުއިރުމަތި އަދި ވިލާތުގެ ޤައުމުތަކުގެ އިންވެސްޓަރުންނާއެކު ބީއެމްއެލް އިން މިހާރު ދަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.

ރާއްޖޭގެ ބޭންކިންގ ނިޒާމުގައި ހުރި އެސެޓްސް އާއި ޑިޕޮސިޓްތަކުގެ ގާތްގަނޑަކަށް 50 އިންސައްތަ ހިއްސާކުރަނީ ބީއެމްއެލް އިންނެވެ. އެހެންކަމުން މިއީ ރާއްޖޭގެ އިޤްތިޞާދަށް ނުހަނު މުހިންމު ދައުރެއް އަދާކުރާ ބޭންކެކެވެ. ބައިނަލްއަޤްވާމީ ބާޒާރުން ޑޮލަރު ހޯދުމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ ވިޔަފާރިވެރިން މުދާގަތުމަށް އެލްސީ ހުޅުވުމަށް މި ދަނޑިވަޅުގައި އިންތިހާއަށް ބޭނުންވެފައިވާ ބޭރު ފައިސާ (ޑޮލަރު) ފޯރުކޮށްދީ ވިޔަފާރިތައް ހުއްޓުމަކަށް އަޔަނުދިނުމެވެ.

 ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ސިޔާސީ އަދި ހަތިޔާރުއެޅި ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށާއި، ބޭރު ފައިސާ ވަންނަ މިންވަރަށް އަސަރުކުރުމުގެ ބިރު އޮތް މި ދަނޑިވަޅުގައި، ބީއެމްއެލްގެ މި ނިންމުމަކީ މާލީ ހަމަޖެހުން ޤާއިމުކުރުމަށް އެޅޭ ވަރަށް މުހިންމު އަދި ހަރުދަނާ ފިޔަވަޅެއްކަމަށް މާލީ މާހިރުން ދެކެއެވެ.

ރާއްޖޭގެ ބޭންކުތައްސްކޫކްއެމެރިކާ ޑޮލަރު

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

3

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

4

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

5

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

އިތުރަށް ކިޔާލަން

04 މެއި 2026

ބަޖެޓް ތަންފީޒު ކުރުމުގެ މިންގަނޑުތަކާއި ދަރަނި ނެގުމުގެ ހުދޫދުތަކާ ސަރުކާރުން ތަކުރާރުކޮށް ވަނީ ޚިލާފުވެފައި: އޮޑިޓް އޮފީސް

04 މެއި 2026
ބަޖެޓް ތަންފީޒު ކުރުމުގެ މިންގަނޑުތަކާއި ދަރަނި ނެގުމުގެ ހުދޫދުތަކާ ސަރުކާރުން ތަކުރާރުކޮށް ވަނީ ޚިލާފުވެފައި: އޮޑިޓް އޮފީސް
26 އެޕްރީލު 2026

"ފުނަވަލުގައި" ހައުސިންގ ޔުނިޓްތައް އަޅާތީ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، އެއް ޓަވަރު އަޅާތަން ބަދަލުކޮށްފި

26 އެޕްރީލު 2026
"ފުނަވަލުގައި" ހައުސިންގ ޔުނިޓްތައް އަޅާތީ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، އެއް ޓަވަރު އަޅާތަން ބަދަލުކޮށްފި
21 އެޕްރީލު 2026

ބީއެމްއެލް އިން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާ 60 އަހަރުން 75 އަހަރަށް މަތިކޮށްފި

21 އެޕްރީލު 2026
ބީއެމްއެލް އިން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާ 60 އަހަރުން 75 އަހަރަށް މަތިކޮށްފި
21 އެޕްރީލު 2026

2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޓީޓީ އަށް 106.2 މިލިއަން ޑޮލަރު ބީއެމްއެލް އިން ވިއްކާފައިވޭ

21 އެޕްރީލު 2026
2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޓީޓީ އަށް 106.2 މިލިއަން ޑޮލަރު ބީއެމްއެލް އިން ވިއްކާފައިވޭ
17 އެޕްރީލު 2026

2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރި އެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: އޭޑީބީ

17 އެޕްރީލު 2026
2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރި އެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: އޭޑީބީ
15 އެޕްރީލު 2026

ރިޒާވްގައި ރުފިޔާއެއް ނެތް، ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގަ ހުރި ރައްޔިތުންގެ ޑިޕޮސިޓު ފައިސާ އިން: ޝަމްހީދު

15 އެޕްރީލު 2026
ރިޒާވްގައި ރުފިޔާއެއް ނެތް، ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގަ ހުރި ރައްޔިތުންގެ ޑިޕޮސިޓު ފައިސާ އިން: ޝަމްހީދު
02 އެޕްރީލު 2026

ޑޮލަރު ލިކުއިޑިޓީ ވަނީ ހަރުދަނާ މިންވަރެއްގައި ހިފެހެއްޓިފައި: ބީއެމްއެލް

02 އެޕްރީލު 2026
ޑޮލަރު ލިކުއިޑިޓީ ވަނީ ހަރުދަނާ މިންވަރެއްގައި ހިފެހެއްޓިފައި: ބީއެމްއެލް
01 އެޕްރީލު 2026

އޭޕްރީލް 8 ވަނަ ދުވަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނި މުއިއްޒުގެ ސަރުކާރަށް ދެއްކިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

01 އެޕްރީލު 2026
އޭޕްރީލް 8 ވަނަ ދުވަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނި މުއިއްޒުގެ ސަރުކާރަށް ދެއްކިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
19 މާރިޗު 2026

އިންތިޚާބު އެއްކޮށްލުމުގެ ވޯޓާ ގުޅުންހުރި އިއްތިފާގުތައް

19 މާރިޗު 2026
އިންތިޚާބު އެއްކޮށްލުމުގެ ވޯޓާ ގުޅުންހުރި އިއްތިފާގުތައް
15 މާރިޗު 2026

ބައިނަލްއަގުވާމީ ދެ އިދާރާއަކުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ސަރުކާރުން މަޝްވަރާ ކުރަނީ

15 މާރިޗު 2026
ބައިނަލްއަގުވާމީ ދެ އިދާރާއަކުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ސަރުކާރުން މަޝްވަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް