Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ދައުލަތުގެ ދަރަނި

އޭޕްރީލް 8 ވަނަ ދުވަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނި މުއިއްޒުގެ ސަރުކާރަށް ދެއްކިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

އަންނަ އޭޕްރިލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކަށް ފައިސާ ދެއްކުމަށް ރިޒާވާއި ބޭރުގެ ފައިނޭންސިން ހިމެނޭހެން ސަރުކާރުން ޕްލޭނެއް އޮތް ކަމަށް ބުނާއިރު، މި ދަރަނި އަދާކުރުމަށް ކާގިލް ފައިނޭންޝަލް ސާވިސަސްއާއެކު 300 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް މަޝްވަރާ ކުރަމުންދާއިރު، ސަރުކާރުގެ ސާފު ސިޔާސަތެއް މިކަމުގައި އޮތް ކަމާ މެދު ސުވާލު އުފެދޭ. ދައުލަތުގެ ދަރަނި ޖީޑީޕީގެ 126.9 އިންސައްތައަށް އަރާފައިވާ މި ދަނޑިވަޅުގައި، ޚަރަދު ކުޑަކުރުމަށް ހަރުދަނާ އެއްވެސް ފިޔަވަޅެއް ސަރުކާރުން އަޅާފައި ނުވާކަން ފާހަގަ ކުރެވޭ.

ރާއްޖެ އެމްވީ | 1 އެޕްރީލު 2026 | ބުދަ 02:10
ފުޅިއެއްގައި ހުރި އެމެރިކާ ޑޮލަރާއި ފައިސާ ފޮތިތަކެއް.

ފުޅިއެއްގައި ހުރި އެމެރިކާ ޑޮލަރާއި ފައިސާ ފޮތިތަކެއް. | ގެޓީ އިމޭޖަސް

މި ފެށުނު އޭޕްރިލް މަހުގެ ކުރީކޮޅު ރާއްޖެ އިން ދައްކަންޖެހޭ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކް ދެއްކުމުގެ ގާބިލުކަން މުއިއްޒު ސަރުކާރުގައި ހުރި ކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. އަދި ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ އެންމެ ބޮޑު އެއް ދަރަނި އަދާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ މެދު ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ނިކީ އޭޝިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންނަ އޭޕްރިލް މަހުގެ 8 ވަނަ ދުވަހު މުއްދަތު ހަމަވާ މި އިސްލާމިކް ބޮންޑު ނުވަތަ ސުކޫކަށް ފައިސާ ދެއްކުމަށް ސަރުކާރުން ވަނީ ރިޒާވާއި ފައިނޭންސިންގެ އެކި ގޮތްތައް ބޭނުންކޮށްގެން ޕްލޭނެއް އެކުލަވާލާފައި ކަމަށް ބުނެފައެވެ. މި ފައިސާ ދެއްކުމަށްޓަކައި 650 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ކަނޑައަޅާފައިވާ ކަމަށާއި، ރާއްޖޭގެ ރަސްމީ ރިޒާވްގައި ގާތްގަނޑަކަށް 1.27 ބިލިއަން އެމެރިކާ ޑޮލަރު އެބަހުރި ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

Advertisement - businessAdvertisement

އާންމުކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި 320 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ހުރި ކަމަށާއި، ބޭނުންކުރެވޭ ރިޒާވްގައި 330 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ އެބަހުރިި ކަމަށް ބުނެފައިވެއެވެ. އެހެން ކަމުން މި ދަރަނި އެއްވެސް ދަތިކަމެއް ނެތި އަދާކުރުމަށް މިހާރު ހުރި ފައިސާ ފުދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ސަރުކާރުން މިހެން ބުނެފައިވީ ނަމަވެސް، މި ދަރަނި އަދާކުރުމަށް އެހީތެރިވުމުގެ ގޮތުން ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް  އާއެކު 300 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ހޯދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ ސަބަބުން، ރާއްޖެއަށް ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، މިހާރު ހުރި ރިޒާވް ބޭނުންކުރެވޭނެ މިންވަރާ މެދު މާލީ ދާއިރާގެ މާހިރުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ.

އިގްތިސާދީ މާހިރުންނާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނީ، ސަރުކާރުން ކަނޑައަޅާފައިވާ ދަރަނި ނެގުމުގެ މިންގަނޑުތަކާއި ލޯނު ދޭ ފަރާތްތަކުން ހުށަހަޅާ ޝަރުތުތަކާ ދެމެދު ފަރަގުތަކެއް ހުރުމުން، ފައިސާ ހޯދާނެ ގޮތުގެ ސިޔާސަތާ މެދު ނުތަނަވަސްކަން އެބައޮތް ކަމަށެވެ. މީގެ އިތުރުން، ސުކޫކުގެ މުއްދަތު ހަމަވާއިރު ފައިނޭންސިން އެއްބަސްވުމެއް ފައިނަލް ކުރެވިފައިވޭތޯ ސާފުނުވާތީ ބައެއް އިންވެސްޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސުކޫކު ދަރަނި އަދާކުރުމަކީ ރާއްޖޭގެ ބޭރުގެ ދަރަނި ދެއްކުމަށް އޮތް ބޮޑު ބުރައިގެ އެއް ބައެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުން މީގެ ކުރިން އިންޒާރު ދީފައިވާ ގޮތުގައި، ކުރީގެ އަހަރުތަކާ އަޅާބަލާއިރު 2026 ވަނަ އަހަރު އަންނައިރު އަހަރަކު ދައްކަންޖެހޭ ބޭރުގެ ދަރަނި 1 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެއެވެ. މި ފެށުނު އޭޕްރިލް މަހު ހަމައެކަނި ސުކޫކުގެ އިތުރުން، އެ މުއްދަތުގެ ތެރޭގައި ދައްކަންޖެހޭ އެހެނިހެން މާލީ އިލްތިޒާމްތައް ވެސް ހުރިކަން ފާހަގަ ކުރެވެއެވެ.

އާ ސުކޫކެއް އިޝޫކޮށްގެން މި ދަރަނި ރީފައިނޭންސް ކުރުމަށް މީގެ ކުރިން މަޝްވަރާ ކުރެވުނު ނަމަވެސް، އެކަން އަދި އަމަލީ ގޮތުން ކުރިއަށް ގޮސްފައެއް ނުވެއެވެ. ރީފައިނޭންސް ނުކުރެވޭ ހާލަތެއްގައި، ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ ރިޒާވާއި ބޭރުގެ ފައިނޭންސިން އެއްކޮށްލައިގެން ދަރަނި އަދާކުރުން ކަމަށް ރިޕޯޓުގައިވެއެވެ.

މި ދަރަނި އަދާކުރުމުގެ އިތުރުން، މިއީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ  ބޮޑެތި ގޮންޖެހުންތައް ހާމަކޮށްދޭ ކަމެކެވެ. ދައުލަތުގެ ދަރަނި މިހާރު ގާތްގަނޑަކަށް 9.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މިއީ ޖީޑީޕީގެ 126.9 އިންސައްތައެވެ. އަދި ފިސްކަލް ޑެފިސިޓާއި ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވުމުގެ ސަބަބުން ބޭރުގެ މާލީ ހާލަތަށް ދަނީ ބާރުބޮޑުވަމުންނެވެ.

ބޭރުގެ ބައެއް ހާދިސާތަކުގެ ސަބަބުން އިތުރު ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ގަލްފް ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހަކަތައިގެ އަގުތަކަށާއި ބޭރު ފައިސާ ލިބުމަށް އަސަރުކުރާނެ ކަމަށް ބެލެވެއެވެ. އަދި މި ހަމަނުޖެހުންތައް ދިގުލައިގެން ގޮސްފިނަމަ، ފައިސާގެ ދަތިކަން އިތުރަށް ބޮޑުވެދާނެ ކަމަށް ރޭޓިން އެޖެންސީތަކުން ވަނީ އިންޒާރު ދީފައެވެ.

އެހެންކަމުން، އަންނަ އޭޕްރިލް މަހު ހަމަވާ ސުކޫކަކީ ރާއްޖޭގެ މާލީ ހާލަތަށް އޮތް އިތުބާރު ދެމެހެއްޓުމަށާއި، ބޭރުގެ ދަރަނިތައް ބެލެހެއްޓުމުގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރެވޭނެ މުހިންމު އިމްތިހާނެއް ކަމަށް ރިޕޯޓުގައިވެ އެވެ.

މިކަން މިހެން އޮތް އިރު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ހާސްވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި ދަރަނި އަދާ ކުރުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ވަނީ ހަމަ ޖެހިފައި ކަމަށް ވިދާޅުވަމުންނެވެ.

އޭގެ އިތުރުން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައި ނުވާކަން ވެސް ފާހަގަ ކުރެވެއެވެ.

މަސްދަރު: ނިކީ އޭޝިއާ

ސްކޫކްސޮވެރިން ޑިވެލޮޕްމެންޓް ފަންޑުކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލްމާލީ ހާލަތުދައުލަތުގެ ފިސްކަލް ޒިންމާރާއްޖޭގެ އިގުތިސާދު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ރުފިޔާގެ އަގު ހިފެހެއްޓޭނީ އެމްއެމްއޭ މިނިވަންކޮށް އޮވެގެން: ކުރީގެ އިޤްތިސޯދީ ވަޒީރު, އަޙްމަދު މުޙައްމަދު

ދިވެހި ރުފިޔާގެ އަގު ހިފެހެއްޓޭނީ އެމްއެމްއޭ މިނިވަންކޮށް އޮވެގެން: ކުރީގެ އިޤްތިސޯދީ ވަޒީރު, އަޙްމަދު މުޙައްމަދު

31 މާރިޗު 2026
ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދު އިތުރަށް ދަށަށް ގޮސްފައިވާކަން ފިނޭންސްގެ ހިސާބުތަކުން ދައްކައިފި

ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދު އިތުރަށް ދަށަށް ގޮސްފައިވާކަން ފިނޭންސްގެ ހިސާބުތަކުން ދައްކައިފި

29 މާރިޗު 2026
ދުނިޔޭގެ މަސްރަޙުގެ ނުތަނަވަސްކަމާއެކު ރާއްޖޭގެ އިޤުތިޞާދަށް ބޮޑު ގޮންޖެހުމެއް: އަޙްމަދު މުޙައްމަދު

ދުނިޔޭގެ މަސްރަޙުގެ ނުތަނަވަސްކަމާއެކު ރާއްޖޭގެ އިޤުތިޞާދަށް ބޮޑު ގޮންޖެހުމެއް: އަޙްމަދު މުޙައްމަދު

23 މާރިޗު 2026
ފައިސާގެ ދަތިކަން ހައްލު ކުރަން ޓްރެޜަރީ ބިލް ވިއްކައިގެން 1.1 ބިލިއަން ރުފިޔާ ހޯދަނީ

ފައިސާގެ ދަތިކަން ހައްލު ކުރަން ޓްރެޜަރީ ބިލް ވިއްކައިގެން 1.1 ބިލިއަން ރުފިޔާ ހޯދަނީ

18 މާރިޗު 2026
ބައިނަލްއަގުވާމީ ދެ އިދާރާއަކުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ސަރުކާރުން މަޝްވަރާ ކުރަނީ

ބައިނަލްއަގުވާމީ ދެ އިދާރާއަކުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ސަރުކާރުން މަޝްވަރާ ކުރަނީ

15 މާރިޗު 2026

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު