Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކްރެޑިޓް ރޭޓިންގް

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކޮށްފި

ރާއްޖޭގެ ރޭޓިންގް މަތިކުރުމަށް ފިޗްއިން ނިންމީ، 2026 ވަނަ އަހަރު ދައްކަންޖެހޭ ސުކޫކުގެ ފައިސާ އަނބުރާ ދެއްކުމުގައި ހުރި ނުރައްކާތައް ކުޑަވެ، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް ބެލުމަށްފަހުގައި. މީގެ އިތުރުން ބޭރު ފައިސާއާ ބެހޭ އާ ގަވާއިދާއި ބައިނަލްއަގުވާމީ މާލީ އެހީތެރިކަމާއެކު ރިޒާވް ވަރުގަދަވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ދަރަނީގެ ނުރައްކާ އަދިވެސް އޮތްކަން އެ އިދާރާއިން ފާހަގަކުރޭ.

ރާއްޖެ އެމްވީ | 6 ޖޫން 2026 | ހޮނިހިރު 10:59
ޔުނައިޓެޑް ކިންގްޑަމްގެ ލަންޑަންގައި ހުންނަ ކެނަރީ ވޯފް ފައިނޭންޝަލް ޑިސްޓްރިކްޓްގައި ގާއިމުކޮށްފައިވާ ފިޗް ރޭޓިންގްސްގެ އޮފީސް.

ޔުނައިޓެޑް ކިންގްޑަމްގެ ލަންޑަންގައި ހުންނަ ކެނަރީ ވޯފް ފައިނޭންޝަލް ޑިސްޓްރިކްޓްގައި ގާއިމުކޮށްފައިވާ ފިޗް ރޭޓިންގްސްގެ އޮފީސް. | ގެޓީ އިމޭޖަސް

ފިޗް ރޭޓިންގްސްއިން ދިވެހިރާއްޖޭގެ ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއަރ ޑިފޯލްޓް ރޭޓިންގް (އައި.ޑީ.އާރް) 'ސީ.ސީ' އިން 'ސީ.ސީ.ސީ މައިނަސް' އަށް މަތިކޮށްފިއެވެ. އާންމު އުސޫލުން 'ސީ.ސީ.ސީ ޕްލަސް' ނުވަތަ އެއަށްވުރެ ދަށް ރޭޓިންގްއެއް ދެވިފައިވާ ގައުމުތަކުގެ އިގްތިސާދީ ކުރިމަގު (އައުޓްލުކް) ފިޗްއިން ކަނޑައެއް ނާޅައެވެ.

ރާއްޖޭގެ ރޭޓިންގް މަތިކުރުމަށް ފިޗްއިން ނިންމީ، 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ ސުކޫކުގެ ފައިސާ އަނބުރާ ދެއްކުމުގައި ހުރި ނުރައްކާތައް ކުޑަވެފައިވާކަމަށް އެ އިދާރާއަށް ގަބޫލުކުރެވޭތީއެވެ. މީގެ އިތުރުން، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ގެންނަ އިސްލާހުތަކާއި، އަލަށް އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ސަބަބުން، ދައުލަތަށް ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވެ، ސަރުކާރުގެ މާލީ ގާބިލުކަން ވަރުގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ބޭރުގެ ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހޭދަ ކުޑަވުމާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އެކުވެރި ގައުމުތަކުގެ އެހީތެރިކަން މެދުނުކެނޑި ލިބެމުންދިއުމަކީ، ކުރިއަށް އޮތް ކުރު މުއްދަތުގައި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމެއް ކަމުގައި ފިޗުން ބުނެފައިވެއެވެ. އަދި މީގެ ސަބަބުން ދުރު މުއްދަތެއްގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އަލުން ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ. ނަމަވެސް، ރާއްޖޭގެ ރޭޓިންގް 'ސީ.ސީ.ސީ މައިނަސް' ގައި ބޭއްވުމަށް ނިންމީ، ބޭރުގެ ދަރަންޏާއި ދައުލަތުގެ މާލީ ހާލަތުގައި ހުރި ނުރައްކާތައް އަދިވެސް މަތީ މިންވަރެއްގައި ހުރުމުންނެވެ.

ފިޗް ރޭޓިންސްސްކޫކް

އިތުރަށް ކިޔާލަން

07 މެއި 2026

ބީއެމްއެލް އިން ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް މަރކެޓަށް ޑޮލަރު ސުކޫކެއް ވިއްކަނީ

07 މެއި 2026
 ބީއެމްއެލް އިން ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް މަރކެޓަށް ޑޮލަރު ސުކޫކެއް ވިއްކަނީ
04 މެއި 2026

ބަޖެޓް ތަންފީޒު ކުރުމުގެ މިންގަނޑުތަކާއި ދަރަނި ނެގުމުގެ ހުދޫދުތަކާ ސަރުކާރުން ތަކުރާރުކޮށް ވަނީ ޚިލާފުވެފައި: އޮޑިޓް އޮފީސް

04 މެއި 2026
ބަޖެޓް ތަންފީޒު ކުރުމުގެ މިންގަނޑުތަކާއި ދަރަނި ނެގުމުގެ ހުދޫދުތަކާ ސަރުކާރުން ތަކުރާރުކޮށް ވަނީ ޚިލާފުވެފައި: އޮޑިޓް އޮފީސް
17 އެޕްރީލު 2026

2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރި އެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: އޭޑީބީ

17 އެޕްރީލު 2026
2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރި އެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: އޭޑީބީ
15 އެޕްރީލު 2026

ރިޒާވްގައި ރުފިޔާއެއް ނެތް، ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގަ ހުރި ރައްޔިތުންގެ ޑިޕޮސިޓު ފައިސާ އިން: ޝަމްހީދު

15 އެޕްރީލު 2026
ރިޒާވްގައި ރުފިޔާއެއް ނެތް، ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގަ ހުރި ރައްޔިތުންގެ ޑިޕޮސިޓު ފައިސާ އިން: ޝަމްހީދު
01 އެޕްރީލު 2026

އޭޕްރީލް 8 ވަނަ ދުވަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނި މުއިއްޒުގެ ސަރުކާރަށް ދެއްކިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

01 އެޕްރީލު 2026
އޭޕްރީލް 8 ވަނަ ދުވަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނި މުއިއްޒުގެ ސަރުކާރަށް ދެއްކިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު