Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިޗް ރޭޓިންގސް

ފިޗް ރޭޓިންގ މަތިވެގެން އުފާވެގެން އުޅޭވަރެއް އަދި ނުވޭ، ބީ އަށް ނާރަންޏާ އަދި ހަމަ ބޮލުގައި ފެންފޮތި އަޅައިގެން ތިބެންވީ: ޒަރިޔަންދު

26 ޖުލައި 2026 | އާދީއްތަ 14:00

ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގްއަށް ގެނައި ބަދަލަކީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، މިއީ އުފާކުރަންޖެހޭ ފަދަ ރަނގަޅު ހާލަތެއް ނޫން ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށް ވާ ޒަރިޔަންދު ވިދާޅުވެއްޖެ. ރާއްޖެ މިހާރު އޮތް 'ސީ' ގްރޭޑަކީ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރުވެރިކަން އޮތް ނުރައްކާތެރި ދަރަޖައެއްކަން ފާހަގަކޮށް، އިގްތިސާދު ހަމަމަގަށް އެޅުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ތަޖުރިބާކާރުން ދަނީ ގޮވާލަމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 ޖުލައި 2026 | އާދީއްތަ 14:00
މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ރާއްޖެ ޓީވީ އިން ގެނަސްދިން "މިނިވަން ކަމުން އަޅުވެތިކަމަށް - މާލީ އަދި އިގްތިސާދީ އަޅުވެތިކަން" ޕްރޮގްރާމްގައި، މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށް ވާ އިސްމާއީލް ޒަރިޔަންދު

މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ރާއްޖެ ޓީވީ އިން ގެނަސްދިން "މިނިވަން ކަމުން އަޅުވެތިކަމަށް - މާލީ އަދި އިގްތިސާދީ އަޅުވެތިކަން" ޕްރޮގްރާމްގައި، މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށް ވާ އިސްމާއީލް ޒަރިޔަންދު | ރާއްޖެއެމްވީ

ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއަރ ޑިފޯލްޓް ރޭޓިންގް (އައި.ޑީ.އާރް) 'ސީ.ސީ' އިން 'ސީ.ސީ.ސީ މައިނަސް' އަށް މަތިކުރި ނަމަވެސް، އަދި އުފާވެގެން އުޅޭ ވަރު ނުވާ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ. 

މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ރާއްޖެ ޓީވީ އިން ގެނަސްދިން "މިނިވަން ކަމުން އަޅުވެތިކަމަށް - މާލީ އަދި އިގްތިސާދީ އަޅުވެތިކަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވަނީ މި ސަރުކާރުގެ މާލީ އަދި އިގްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އެގޮތުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ޑަބަލް ސީ އިން ޓްރިޕަލް ސީ އަށް މައްޗަށް ޖެހިލީ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަމަށާއި ސަރުކާރުގެ އަމާޒަކީ ވެސް މިއަށްވުރެ ރަނގަޅު ކުރުން ކަމަށް ސަރުކާރުން ބުނަމުންދާ ދިއުމަށް ރައްދުދެއްވައި ޒަރިޔަންދު ވިދާޅުވީ މިއީ އުފާވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.  

ފިޗް ރޭޓިންގ އަކީ ރާއްޖެއަށް އިންވެސްޓު ކުރާ ފަރާތްތަކާއި ރާއްޖެއަށް ލޯނު ދޭ ފަރާތްތަކާއި، ބޮންޑު ވިއްކާ ފަރާތްތަކާ ރާއްޖެއަށް ފައިސާގެ ދަރަނި ދޭ ފަރާތްތަކަށް އެމީހުން ނެރޭ އިންޑިކޭޓަރ އެއް. އެމީހުންނަށް އަންގާދެނީ ކަލޭމެންނަކީ ދަރަނި ދޭން އުޅޭ ތަނަކީ ދަރަނި ދެއްކޭވަރު ބައެކޭ. އެހެންވީމަ އެކަމާ އުފާވާކަށް ނުޖެހޭ. ދެން އަނެއްކާ މިހާރު އިން ގްރޭޑަށް ބަލާއިރު ސީ ގައި އިނީ. އެހެންވީމާ ސީސީ ގައި އިނދެފަ، ސީސީސީ ގައި އިނދެފަ އެގޮތަށް މި ބަދަލުވިިޔަސް އޭގެ މާނައަކީ، ސީ އަކުރު އިނދެއްޖެޔާ އޭގެ މާނައަކީ ދަރަންޏެއް ނުދެއްކެއޭ އެމީހުންނަކަށް. ވަރަށް ބިރުވެރި ބައެކޭ ތީ. ދަރަންޏެއް ނުދެއްކެއޭ
އިސްމާއީލް ޒަރިޔަންދު

ޒަރިޔަންދު ވިދާޅުވީ މިސާލަކަށް ސީ ދެ ފަހަރު އިންނަ ނަމަ އޭގެ މާނައަކީ ވަރަށް ނުރައްކާ ކަން ކަމަށާއި ޓްރިޕްލް ސީ އަކީ ވެސް ހަމަ ނުރައްކަލުގެ އިންޒާރެއް ކަމަށެވެ. ޑީ އާ ހަމައަށް އައިމުން ގައުމެއް އޮންނާނީ ޑިފޯލްޓުގައި ކަމަށާއި އެހެންކަމުން ގައުމު އަދި މި އޮތީ މާ ބޮޑަަށް އުފާ ކުރަން ޖެހޭ ހާލަތެއްގައި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ސްރީލަންކާ، މެއި 2022 ވަނަ އަހަރު ބަނގުރޫޓު ވީއިރުގައި ސްރީލަންކާ އޮތީ ޓްރިޕަލް ސީ ގައި ޑިސެމްބަރުގައި. ހަމަ ރާއްޖެ މިއޮތް ހަމައިގައި އޮތީ.  އޮވެފަ އެމީހުން ހަމަ އެއްވެސް ކަމެއް ނުވެއޭ ބަނގުރޫޓެއް ނުވެއޭ. ސީ ވަރަށް މޮޅޭ ކިޔައިގެން އެތަނުގެ ނޫސްތަކުގައި ވެސް ހަމަ ލިޔުނު. އެމީހުން ވެސް ލިޔެގެން އެ ވާހަކަތައް ދައްކަނިކޮށް 4 މަސް ތެރޭ ބަނގުރޫޓުވެފައި އޮތީ. ބީ އަށް ނާރަންޏާ އަދި ހަމަ ފެންފޮތި އަޅައިގެން ތިބެންވީ ބޮލުގައި
 އިސްމާއީލް ޒަރިޔަންދު

ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ފިޗް ރޭޓިންގ ދަށްވެފައި އޮތީ މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ނޫންކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން ފިޗް ރޭޓިންގ އަށް އަލިއަޅުވާލައްވަމުން މުންދު އިތުރަށް ވިދާޅުވީ، ސަރުކާރުން ފެށުނީއްސުރެ މަސައްކަތް ކުރަނީ ވާރުތަވި ދަރަނި އަދާކޮށް އިޤްތިސާދު ހަރުދަނާ ކުރުމަށް ކަމަށެވެ. އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ޑަބަލް ސީ އިން ޓްރިޕަލް ސީ އަށް މައްޗަށް ޖެހިލީ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށާއި ސަރުކާރުގެ އަމާޒަކީ ވެސް މިއަށްވުރެ ރަނގަޅު ކުރުން ކަމަށް މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ، ފިޗް ރޭޓިންގ މިއަށްވުރެ ރަނގަޅު ވެގެން ދިއުމުން ރާއްޖެއާމެދު އަދި އިޤްތިސާދާމެދު ތަރައްޤީގެ ބައިވެރިން ދެކޭ ގޮތް ބަދަލުވާނެ ކަމަށެވެ. އޭރުން ރާއްޖެއަށް އިތުރު އިންވެސްޓުމަންޓުތައް ވެސް އަންނާނެކަމަށާއި އެކަންކަން ވާން ފެށުމުން ހަވާ ވެސް އަރުވާނެކަމަށް މުންދު ވިދާޅުވި އެވެ.

ރާއްޖޭގެ ރޭޓިންގ 2023 ވަނަ އަހަރު އައު ސަރުކާރު ހުރިއިރު ހުރީ މިހާރަށްވުރެ ރަނގަޅު ހާލަތެއްގައި އެވެ. އެހެންކަމުން އެ ހާލަތަށް ފިޗްގެ ރޭޓިންގ ގެންދިއުމަށްޓަކައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ފިޗް ރޭޓިންސްކްރެޑިޓް ރޭޓިންގއިސްމާއިލް ޒަރިޔަންދުމާލީ ހާލަތުއިގްތިސޯދީ މާހިރުން

އިތުރަށް ކިޔާލަން

20 ޖުލައި 2026

މިސަރުކާރުގައި ސިޔާސީ ބޭނުމަށް މުވައްޒަފުން ނަގާ މިންވަރު އެޗްޑީސީގެ އޮޑިޓް ރިޕޯޓުން އެކަނިވެސް!

20 ޖުލައި 2026
މިސަރުކާރުގައި ސިޔާސީ ބޭނުމަށް މުވައްޒަފުން ނަގާ މިންވަރު އެޗްޑީސީގެ އޮޑިޓް ރިޕޯޓުން އެކަނިވެސް!
15 ޖުލައި 2026

ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ޚިދުމަތްފަށައި، ބޭންކިންގ ވިއުގަ 55 ބްރާންޗަށް

15 ޖުލައި 2026
ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ޚިދުމަތްފަށައި، ބޭންކިންގ ވިއުގަ 55 ބްރާންޗަށް
12 ޖުލައި 2026

ރައީސް މުއިއްޒުގެ ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިންތިހާއަށް މައްޗަށް

12 ޖުލައި 2026
ރައީސް މުއިއްޒުގެ ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިންތިހާއަށް މައްޗަށް
23 ޖޫން 2026

ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހިން ގެންގުޅެން މި ސަރުކާރުން ބޭނުންވަނީ: ޒަރިޔަންދު

23 ޖޫން 2026
ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހިން ގެންގުޅެން މި ސަރުކާރުން ބޭނުންވަނީ: ޒަރިޔަންދު
20 ޖޫން 2026

2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: ވޯލްޑް ބޭންކް

20 ޖޫން 2026
2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: ވޯލްޑް ބޭންކް
08 ޖޫން 2026

ފުލުފުލުގެ ނާކާމިޔާބީތަކާއި، ކުއްލި އިސްތިއުފާތައް: މުއިއްޒުގެ ސަރުކާރަށް ލޮޅުމަކަށް ފަހު ލޮޅުމެއް؟

08 ޖޫން 2026
ފުލުފުލުގެ ނާކާމިޔާބީތަކާއި، ކުއްލި އިސްތިއުފާތައް: މުއިއްޒުގެ ސަރުކާރަށް ލޮޅުމަކަށް ފަހު ލޮޅުމެއް؟
08 ޖޫން 2026

ބީއެމްއެލްއަށް ފިޗްއިން 'ސީސީސީ މައިނަސް' ރޭޓިންގް ދީފި

08 ޖޫން 2026
ބީއެމްއެލްއަށް ފިޗްއިން 'ސީސީސީ މައިނަސް' ރޭޓިންގް ދީފި
06 ޖޫން 2026

ފިޗް ރޭޓިންގ ގައި ދަށްވެފައި އޮތީ ކުރީ ސަރުކާރުގެ ސަބަބުން: މުންދު

06 ޖޫން 2026
ފިޗް ރޭޓިންގ ގައި ދަށްވެފައި އޮތީ ކުރީ ސަރުކާރުގެ ސަބަބުން: މުންދު
06 ޖޫން 2026

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކޮށްފި

06 ޖޫން 2026
ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކޮށްފި
17 މެއި 2026

ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައި، ފުރަތަމަ ބައްދަލުވުން ހޯމަ ދުވަހު

17 މެއި 2026
ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައި، ފުރަތަމަ ބައްދަލުވުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް