Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންސީ

ޕީއެންސީ އިން މިއަދު އަމަލުކުރަމުން ދަނީ މާޒީގައި ނާޒީން އަމަލުކުރި ގޮތަށް: ކުރީގެ ނައިބު ރައީސް ޖަމީލު

19 ސެޕްޓެމްބަރު 2026 | ހޮނިހިރު 08:09

ޕީއެންސީގެ މެންބަރަކަށް ވެގެން ނޫނީ ވަޒީފާގެ ރައްކާތެރިކަން ނުލިބޭނެ ފަދަ މާހައުލެއް އުފައްދަމުންދާ ކަމަށް ވިދާޅުވެ، ޑރ. ޖަމީލު ވަނީ ސަރުކާރު ހިންގާ ޕާޓީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. ނާޒީންގެ ވެރިކަމުގައި ވަކި ބަޔަކަށް ތަފާތުކުރުންތައް ގެންގުޅުނު މިސާލު ދައްކަވަމުން، މިއަދު އެއަރޕޯޓް ފަދަ ތަންތަނުން ވަޒީފާ ލިބުން ބިނާވެފައި ވަނީ ސިޔާސީ ފިކުރަށް ކަމަށް ޑރ. ޖަމީލު ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 19 ސެޕްޓެމްބަރު 2026 | ހޮނިހިރު 08:09
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ޕީއެންސީ

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު އަމަލުކުރަމުން ދަނީ މާޒީގައި ނާޒީން އަމަލުކުރި ގޮތަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ، ޖަރުމަނުގައި ނާޒީންގެ ވެރިކަމުގައި ކަންކަން ހިންގި ގޮތުގެ މިސާލުތައް ފޮތްތަކުން ފެންނަން އެބަހުރި ކަމަށެވެ. އެގޮތުން އޭރު ވަކި ބަޔަކަށް ތަފާތުކުރުންތައް ގެންގުޅުނު ކަމަށް ޑރ. ޖަމީލު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޑރ.ޖަމީލު ވިދާޅުވީ ޕީއެންސީ އިން ވެސް މިއަދު ކުރަމުންދާ ކަމަކީ އެ ޕާޓީއަށް ނިސްބަތްނުވާ މީހުންނަށް ވަޒީފާ ނުލިބޭނެ ގޮތް ހަދައި، ޕާޓީއަށް ވަނުމަށް މަޖުބޫރުކުރުން ކަމަށެވެ. އަދި ޕީއެންސީގެ މެންބަރަކަށް ވެގެން ނޫނީ ވަޒީފާއާއި ރައްކާތެރިކަން ނުލިބޭނެ ފަދަ މާހައުލެއް އުފައްދަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންވީމާ ޕީއެންސީ ވެސް މިއަދު މި ކުރާ ކަމަކީ ހަމަ އޭރު ނާޒީން ހިންގި ގޮތަށް ހަގީގަތުގައި އެއްކަލަ ބުނާހެން އެ ޕާޓީން ނޫން ކޮންމެ މީހަކަށް ހަމަ އެ ގޮތަށް ހަމަ މިއަށް ވަންނާށޭ އެހެން ނޫނިއްޔާ ވަޒީފާ ނުލިބޭނެ
ޑރ. މުހައްމަދު ޖަމީލު އަހުމަދު

މީގެ އިތުރުން ޑރ. ޖަމީލު ވިދާޅުވީ މިއަދު އެއަރޕޯޓް ފަދަ ތަންތަނުން ވަޒީފާ ލިބުމާއި ރައްކާތެރިކަން ލިބުން ބިނާވެފައިވަނީ ޕީއެންސީގެ މެންބަރަކަށް ވުމުގެ މައްޗަށް ކަމަށެވެ.

ޑރ. ޖަމީލު މިމޭރުން ވާހަކަފުޅު ދެއްކެވިއިރު، ނާޒީން އަކީ 1920 އިން 1945 އަށް ޖަރުމަނުވިލާތުގައި އޮތް "ނޭޝަނަލް ސޯޝަލިސްޓް ޖާމަން ވަރކާސް ޕާޓީ" (ނާޒީ ޕާޓީ) އަށް ނިސްބަތްވި މީހުންނެވެ. މި ޕާޓީގެ ލީޑަރަކީ އެޑޮލްފް ހިޓްލަރެވެ. 1933 އިން 1945 އަށް ނާޒީން ވަނީ ޖަރުމަނުގައި ޚުދުމުހުތާރު ވެރިކަމެއް ހިންގާފަ އެވެ. މިއަށް ތާރީޚުގައި "ނާޒީ ޖަރުމަނު" ނުވަތަ "ތާޑް ރައިޝް" އޭ ކިޔަ އެވެ. އަދި ނާޒީން ގަބޫލުކުރި ގޮތުގައި ޖަރުމަނު މީހުންނަކީ ދުނިޔޭގައިވާ އެންމެ މަތިވެރި ނަސްލު ކަމަށް ދައުވާކުރި އިރު، ޔަހޫދީންނާއި، އެހެނިހެން ބައެއް ނަސްލުތަކަކީ ދަށު ދަރަޖައިގެ ބައެއްގެ ގޮތުގައި އެމީހުން ދެކުނެވެ.

މީގެ އިތުރުން ނާޒީންގެ ވެރިކަމުގައި، ނަސްލީ ގޮތުން ސާފުކުރުމުގެ ނަމުގައި 6 މިލިއަނަށްވުރެ ގިނަ ޔަހޫދީންނާއި އެހެން ނަސްލުތަކުގެ މިލިއަނުން މީހުން އަނިޔާވެރިކަމާއެކު މަރާލާފައިވާ ކަމަށް ރިކޯޑުތަކުން ދައްކަ އެވެ. އަދި ނާޒީ ޖަރުމަނުން އެހެން ގައުމުތަކަށް އަރައިގަނެ، ދުނިޔޭގެ ބާރު ހޯދަން ކުރި މަސައްކަތުގެ ސަބަބުން ދެވަނަ ބޮޑު ހަނގުރާމަ ފެށުނެވެ.

ނާޒީޖަރުމަނުޕީއެންސީޑރ. މުޙައްމަދު ޖަމީލް އަޙުމަދު

އެންމެ ހިނގާ

1

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

2

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

3

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

4

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

5

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުގެ ފާޑު ކިޔުން ކުރީގެ ރައީސް ޔާމީނަށް: އެވެރިކަމުގައި ފަނޑިޔާރުން ނިދާފައި ތިއްބާ ރަހީނު ކުރި!

19 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުގެ ފާޑު ކިޔުން ކުރީގެ ރައީސް ޔާމީނަށް: އެވެރިކަމުގައި ފަނޑިޔާރުން ނިދާފައި ތިއްބާ ރަހީނު ކުރި!
19 ސެޕްޓެމްބަރު 2026

ކުށްކުރާ މީހަކީ ކާކުތޯ ނުވަތަ ކޮން ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ނުބަލައި، އަދުލުވެރިކަން ގާއިމުކުރާނަން: ރައީސް މުއިއްޒު

19 ސެޕްޓެމްބަރު 2026
ކުށްކުރާ މީހަކީ ކާކުތޯ ނުވަތަ ކޮން ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ނުބަލައި، އަދުލުވެރިކަން ގާއިމުކުރާނަން: ރައީސް މުއިއްޒު
18 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު އަށް ހީފުޅުވަނީ މުޅި މި ގައުމަކީ އެމަނިކުފާނުގެ މިލްކެކޭ، މިވަރަށް ރައްޔިތުން އަޅުވެތިވެ ނިކަމެތިވި ވެރިކަމެއް ނާދޭ: ޑރ. ޖަމީލް

18 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު އަށް ހީފުޅުވަނީ މުޅި މި ގައުމަކީ އެމަނިކުފާނުގެ މިލްކެކޭ، މިވަރަށް ރައްޔިތުން އަޅުވެތިވެ ނިކަމެތިވި ވެރިކަމެއް ނާދޭ: ޑރ. ޖަމީލް
16 ސެޕްޓެމްބަރު 2026

ދުވާލެއްގެ މައްޗަށް 25 އެއްހާ މުވައްޒަފުން ވަކިކުރޭ، އޭގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ބަޔަކު އެ ވަޒީފާތަކަށް ދަނީ އައްޔަނުކުރަމުން: އައިކް

16 ސެޕްޓެމްބަރު 2026
ދުވާލެއްގެ މައްޗަށް 25 އެއްހާ މުވައްޒަފުން ވަކިކުރޭ، އޭގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ބަޔަކު އެ ވަޒީފާތަކަށް ދަނީ އައްޔަނުކުރަމުން: އައިކް
15 ސެޕްޓެމްބަރު 2026

އޮފީހުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ދޭން ސިވިލް މުވައްޒަފުން ޕީއެންސީގެ ކޮންގްރެސްގެ މަސައްކަތަށް ނެރެވޭނެ: ސީއެސްސީގެ ރައީސް

15 ސެޕްޓެމްބަރު 2026
އޮފީހުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ދޭން ސިވިލް މުވައްޒަފުން ޕީއެންސީގެ ކޮންގްރެސްގެ މަސައްކަތަށް ނެރެވޭނެ: ސީއެސްސީގެ ރައީސް
15 ސެޕްޓެމްބަރު 2026

ޕީއެންސީގެ ކޮންގްރެސްއާ ދިމާކޮށް، މިނިސްޓްރީތަކުގެ ސިވިލް މުވައްޒަފުން ގަޑިބަހައިގެން ކޮންގްރެސްގެ މަސައްކަތަށް ނުކުންނަން މަޖުބޫރުކޮށްފި

15 ސެޕްޓެމްބަރު 2026
ޕީއެންސީގެ ކޮންގްރެސްއާ ދިމާކޮށް، މިނިސްޓްރީތަކުގެ ސިވިލް މުވައްޒަފުން ގަޑިބަހައިގެން ކޮންގްރެސްގެ މަސައްކަތަށް ނުކުންނަން މަޖުބޫރުކޮށްފި
11 ސެޕްޓެމްބަރު 2026

އަޅުގަނޑު މަގުފުރައްދަން ނޫޅޭ!: "ޑޯންޓް ޓްރައި ޓު ޓްރެކް މީ އިންޓު ދަ ރޯންގް ޑައިރެކްޝަން"

11 ސެޕްޓެމްބަރު 2026
އަޅުގަނޑު މަގުފުރައްދަން ނޫޅޭ!: "ޑޯންޓް ޓްރައި ޓު ޓްރެކް މީ އިންޓު ދަ ރޯންގް ޑައިރެކްޝަން"
10 ސެޕްޓެމްބަރު 2026

ރައްޔިތުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބައިގެން ދައުރެއް ނިންމާލަނީ؛ މިއީ ކިހިނެއް ހިސާބު ޖަހާ ސަރުކާރެއް؟

10 ސެޕްޓެމްބަރު 2026
ރައްޔިތުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބައިގެން ދައުރެއް ނިންމާލަނީ؛ މިއީ ކިހިނެއް ހިސާބު ޖަހާ ސަރުކާރެއް؟
08 ސެޕްޓެމްބަރު 2026

ޕީއެންސީ އަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރުން: ސްޓެލްކޯގެ އެމްޑީއާ ސުވާލުކުރުމުން ކޮމެންޓުކުރަން ދެކޮޅު ހެދުމަށްފަހު ފޯނު ކަނޑާލައިފި!

08 ސެޕްޓެމްބަރު 2026
ޕީއެންސީ އަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރުން: ސްޓެލްކޯގެ އެމްޑީއާ ސުވާލުކުރުމުން ކޮމެންޓުކުރަން ދެކޮޅު ހެދުމަށްފަހު ފޯނު ކަނޑާލައިފި!
06 ސެޕްޓެމްބަރު 2026

ތިން މިނިސްޓަރުންގެ މެސެޖު ރައީސް ޔާމީން އަށް

06 ސެޕްޓެމްބަރު 2026
ތިން މިނިސްޓަރުންގެ މެސެޖު ރައީސް ޔާމީން އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް