Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރަޝިއާއާއި ޔޫކްރެއިނުން އަލުން ސުލްހައިގެ މަޝްވަރާތައް ފަށަން އެމެރިކާއިން ބާރުއަޅަނީ

7 ސެޕްޓެމްބަރު 2026 | ހޯމަ 09:05

ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން ކުރާ މަސައްކަތުގެ ދަށުން، ރަޝިއާއާއި ޔޫކްރެއިން ބައިވެރިވާ ސީދާ މަޝްވަރާތައް އަލުން ފެށުމަށް އެމެރިކާގެ މަންދޫބުން ބާރުއަޅުއްވައިފި. މި ބައްދަލުވުންތަކާ ގުޅިގެން ދެ ގައުމުގެ ވެރިރަށަށް ހަމަލާދިނުން ވަގުތީގޮތުން މެދުކަނޑާލާފައިވީ ނަމަވެސް، ޔޫކްރެއިންގެ އެހެން ސަރަހައްދުތަކަށް ރަޝިއާއިން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުން

ނިއުސް ޓީމް
ނިއުސް ޓީމް | 7 ސެޕްޓެމްބަރު 2026 | ހޯމަ 09:05

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ، އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އަދި ޖެރަޑް ކުޝްނާއާ ޔޫކްރެއިންގެ ވެރިރަށް ކީވްގައި ބައްދަލުކުރައްވަނީ | އެކްސް

އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފްއާއި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރަޑް ކުޝްނާ، ޔޫކްރެއިންގެ ކީވްއަށް ވަޑައިގަންނަވައި އެ ގައުމުގެ އިސްވެރިންނާ އެކު މުހިންމު މަޝްވަރާތަކެއް ބާއްވަވައިފި އެވެ. މި ބައްދަލުވުންތަކަށްފަހު މި ބޭފުޅުން ވަނީ އެމެރިކާއާއި ރަޝިއާ އަދި ޔޫކްރެއިން ބައިވެރިވާ ތިން ފަރާތުގެ މަޝްވަރާތައް އަލުން ފެށުމަށް ބާރުއަޅުއްވާފަ އެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން މި ދެ ބޭފުޅުން ކީވްއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު އެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ، މިއީ އެ ގައުމުން އިންތިޒާރު ކުރާތާ ގިނަ ދުވަސް ވެފައިވާ ބައްދަލުވުމެއް ކަމަށެވެ. ވިޓްކޮފްއާއި ކުޝްނާ ގެ މި ދަތުރުފުޅު ކުރައްވާފައި މި ވަނީ ރަޝިއާއިން މެދުނުކެނޑި ކީވްއަށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންދާ ވަގުތެއްގަ އެވެ. މި މަޝްވަރާތަކަށްފަހު ވަކި ބޮޑު ނިންމުމެއް ނިންމާފައި ނުވި ނަމަވެސް، މައްސަލައަށް ރަނގަޅު ހައްލެއް ލިބޭނެ ކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ވިޓްކޮފް ވިދާޅުވި އެވެ. އަދި، ދެ ފަރާތާ އެކު ގުޅުން ނުބޭއްވޭ ނަމަ، ސުލްހަވެރި ހައްލެއް ހޯދުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުންތަކަކީ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރަޝިއާގެ ރައީސް ވްލަޑީމިއާ ޕުޓިންއާއެކު މޮސްކޯގައި ބޭއްވި ބައްދަލުވުމަށްފަހު ކުރިއަށްގެންދިޔަ މަޝްވަރާތަކެކެވެ. ވިޓްކޮފް ވިދާޅުވީ، ޕުޓިންއާ އެކު ބޭއްވީ ވަރަށް ތަފުސީލީ އަދި ބިނާކުރަނިވި ބައްދަލުވުމެއް ކަމަށެވެ. ޒެލެންސްކީ ވިދާޅުވީ، އެމެރިކާގެ ވަފުދާއެކު ބޭއްވި "ކާމިޔާބު މަޝްވަރާތަކުގައި" އާ ކަންތައްތަކެއްގެ މައްޗަށް ވާހަކަދެކެވުނު ކަމަށެވެ. ނަމަވެސް، އެ ކަންކަމުގެ ތަފުސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކުޝްނާ ވިދާޅުވީ، މީގެ ހަ މަސް ކުރިން އަމަލުކުރި ގޮތަށް ތިން ގައުމުގެ މެދުގައި މަޝްވަރާތަކަށް އަލުން ރުޖޫއަވުމަކީ ނަތީޖާ ނެރެވޭނެ ގޮތް ކަމަށެވެ. އަދި، އެމެރިކާއިން އެހެން ގައުމެއްގެ ފަރާތުން ވާހަކަދެއްކުމުގެ ބަދަލުގައި، ހުރިހާ ފަރާތްތަކަށް ސީދާ މުއާމަލާތް ކުރުމުގެ ފުރުސަތު ލިބޭތީ އެ ގޮތް މާ ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިން ބޭއްވި ބައްދަލުވުންތަކުގައި އެންމެން ވެސް ވާހަކަދެއްކީ ރަޝިއާ ބަހުން ކަމަށާއި، މަޝްވަރާތައް ދިޔައީ އެކުވެރި މާހައުލެއްގައި ކަމަށް ވެސް ކުޝްނާ ވިދާޅުވި އެވެ. މި ހުށަހެޅުމާ މެދު ދެ ގައުމާ އެކު ވެސް ވާހަކަދެކެވިފައިވާއިރު، ވަރަށް އަވަހަށް ކުރިއެރުމެއް ލިބޭނެ ކަމަށް އޭނާ އުންމީދު ކުރައްވަ އެވެ. ނަމަވެސް، ބިމުގެ މިލްކުވެރިކަމާއި ސަލާމަތީ ކަންކަމުގައި ކުރިން އެއްބަސްވުމަކަށް އާދެވިފައެއް ނުވާ ކަން މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެ އެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ، އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އަދި ޖެރަޑް ކުޝްނާއާ ޔޫކްރެއިންގެ ވެރިރަށް ކީވްގައި ބައްދަލުކުރައްވަނީ | އެކްސް/ޒެލެންސްކީ

އާދީއްތަ ދުވަހުގެ މަޝްވަރާތަކާ ގުޅޭ ގޮތުން ޔޫކްރެއިންގެ ރިޔާސީ އޮފީހުގެ އިސް އޮފިޝަލް، ކީރީލޯ ބުދަނޮވް ވިދާޅުވީ، މި ބައްދަލުވުންތަކުގައި އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. ޒެލެންސްކީ ވިދާޅުވީ، ތިން ގައުމުގެ މެދުގައި ސީދާ މަޝްވަރާތައް ނުވަތަ ވިލާތުގެ ބައިވެރިންނާ އެކު ބާއްވާ ބައްދަލުވުންތައް ކުރިއަށްގެންދަން ހުރިހާ މަސައްކަތެއް ކުރަންޖެހޭ ކަމަށާއި، ރަޝިއާއިން އެއްބަސްވަނީ ކޮން ކަމަކަށްތޯ ބަލަންޖެހޭ ކަމަށެވެ. މީގެ އިތުރުން، ޔޫކްރެއިނާއި ވިލާތުގެ ގައުމުތަކުގެ އިތުރުން އެމެރިކާ ގުޅިގެން ވަރަށް އަވަހަށް ބައްދަލުވުމެއް ބޭއްވުމަށް ރާވާފައިވާ ކަން އޭނާ ހާމަކުރެއްވި އެވެ.

ޒެލެންސްކީ ފާހަގަކުރެއްވި ގޮތުގައި، އެ ގައުމުން ބޭނުންވަނީ އާންމުންގެ ފުރާނަ ސަލާމަތްކޮށް، އިންސާފުވެރި ގޮތަކަށް ހަނގުރާމަ ނިންމާލުމަށެވެ. އަދި، ރަޝިއާގެ މި ފަދަ އުދުވާނެއް ދެން ދުވަހަކު ވެސް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ހަނގުރާމަ ނިމުމަކީ އުންމީދު ކަމަށާއި، މި ފަދަ ކޮންމެ ބައްދަލުވުމަކީ އެ އަމާޒަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، މި ދަތުރުފުޅު ސަލާމަތީ ގޮތުން ހަމަޖައްސަވައިދެއްވިކަމަށް ޓަކައި ޒެލެންސްކީ ވަނީ ޓްރަމްޕަށް ޝުކުރު އަދާކުރައްވާފަ އެވެ.

ވައިގެ ހަމަލާތަކުން ދިފާއުވާނެ މިސައިލް މަދުވުމަކީ ޔޫކްރެއިންގެ އެންމެ ބޮޑު ނުތަނަވަސްކަން ކަމަށާއި، މީގެ ސަބަބުން ބެލިސްޓިކް މިސައިލްގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް ޒެލެންސްކީ ފާހަގަކުރެއްވި އެވެ. ނަމަވެސް، އަންނަ އަހަރު އެމެރިކާއިން 'ޕެޓްރިއަޓް' މަރުކާގެ މިސައިލް އުފައްދާ މިންވަރު އިތުރުކުރާނެ ކަމަށާއި، ގައުމު ދިފާއުކުރުމަށް އެ ތަކެތި ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިޓްކޮފްއާއި ކުޝްނާގެ ދަތުރުފުޅާ ދިމާކޮށް، ދެ ގައުމުގެ ވެރިރަށް ކަމަށްވާ ކީވްއާއި މޮސްކޯއަށް ވައިގެ ހަމަލާ ދިނުން 72 ގަޑިއިރަށް މެދުކަނޑާލުމުގެ ވަގުތީ ސުލްހައަކަށް ރަޝިއާއާއި ޔޫކްރެއިން ވަނީ އެއްބަސްވެފަ އެވެ. ހުކުރު ދުވަހުގެ ދަންވަރުން ފެށިގެން އަމަލުކުރަން ފެށި މި ސުލްހަ، ހަފުތާ ބަންދުގެ މަސައްކަތްތައް ނިމެންދެން ދެމިއޮންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް، މިއީ ހަމައެކަނި ދެ ގައުމުގެ ވެރިރަށަށް ހިނގާ އެއްބަސްވުމެކެވެ. މި ގޮތުން އާދީއްތަ ދުވަހުގެ ރޭ ރަޝިއާއިން ވަނީ 108 ޑްރޯން ބޭނުންކޮށްގެން ޔޫކްރެއިންގެ ބައެއް އެހެން ސަރަހައްދުތަކަށް ބޮން އަޅާފަ އެވެ. މި ހަމަލާތަކުގައި މަދުވެގެން ތިން މީހުން މަރުވެ، ކީވް ސަރަހައްދުގެ ބައެއް އުމްރާނީ ވަސީލަތްތަކަށް ގެއްލުންވިކަމަށް ރިޕޯޓުތައް ބުނެ އެވެ.

މަސްދަރު: ސީއެންއެން

ސްޓީވް ވިޓްކޮފްޖަރެޑް ކުޝްނަރވުލަޑިމިއަރ ޒެލެންސްކީޔޫކްރެއިން-ރަޝިޔާކީވްވްލަޑިމިއަރ ޕުޓިން

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2026

ޒެލެންސްކީ: ހަނގުރާމަ ފިނިމޫސުމާ ހަމައަށް ދެމިގެންދާނެ

07 ސެޕްޓެމްބަރު 2026
ޒެލެންސްކީ: ހަނގުރާމަ ފިނިމޫސުމާ ހަމައަށް ދެމިގެންދާނެ
06 ސެޕްޓެމްބަރު 2026

އެމެރިކާގެ މަންދޫބުންނާއި ބައްދަލުކުރައްވައި ޕުޓިން "ބިނާކުރަނިވި" މަޝްވަރާތަކެއް ކުރައްވައިފި

06 ސެޕްޓެމްބަރު 2026
އެމެރިކާގެ މަންދޫބުންނާއި ބައްދަލުކުރައްވައި ޕުޓިން "ބިނާކުރަނިވި" މަޝްވަރާތަކެއް ކުރައްވައިފި
05 ސެޕްޓެމްބަރު 2026

ރަޝިއާ-ޔޫކްރެއިން މަޝްވަރާތައް އަލުން ފަށަން ޓްރަމްޕްގެ މަންދޫބުން އެ ދެ ގައުމަށް ވަޑައިގަންނަވަނީ

05 ސެޕްޓެމްބަރު 2026
ރަޝިއާ-ޔޫކްރެއިން މަޝްވަރާތައް އަލުން ފަށަން ޓްރަމްޕްގެ މަންދޫބުން އެ ދެ ގައުމަށް ވަޑައިގަންނަވަނީ
04 ސެޕްޓެމްބަރު 2026

ރަޝިޔާގެ ޑްރޯންއަކުން ޔޫކްރެއިންގެ ސެކިއުރިޓީ ސާވިސް ގެ މައި މަރުކަޒަށް ސީދާ ހަމަލާއެއް ދީފި

04 ސެޕްޓެމްބަރު 2026
ރަޝިޔާގެ ޑްރޯންއަކުން ޔޫކްރެއިންގެ ސެކިއުރިޓީ ސާވިސް ގެ މައި މަރުކަޒަށް ސީދާ ހަމަލާއެއް ދީފި
04 ސެޕްޓެމްބަރު 2026

އިންޑިއާގެ ޚާރިޖީ ވަޒީރު ޔޫކްރެއިނަށް، ޒެލެންސްކީއާއެކު މުހިންމު މަޝްވަރާތަކެއް

04 ސެޕްޓެމްބަރު 2026
އިންޑިއާގެ ޚާރިޖީ ވަޒީރު ޔޫކްރެއިނަށް، ޒެލެންސްކީއާއެކު މުހިންމު މަޝްވަރާތަކެއް
02 ސެޕްޓެމްބަރު 2026

ޕުޓިން: ޔޫކްރެއިންގެ ސަރުކާރާ މަޝްވަރާކުރުމަކީ ކުރެވޭނެކަމެއް ނޫން

02 ސެޕްޓެމްބަރު 2026
ޕުޓިން: ޔޫކްރެއިންގެ ސަރުކާރާ މަޝްވަރާކުރުމަކީ ކުރެވޭނެކަމެއް ނޫން
02 ސެޕްޓެމްބަރު 2026

އުރުދުޣާނާއި ޕުޓިންގެ ބައްދަލުވުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަނީ

02 ސެޕްޓެމްބަރު 2026
އުރުދުޣާނާއި ޕުޓިންގެ ބައްދަލުވުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަނީ
01 ސެޕްޓެމްބަރު 2026

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މި ދަނޑިވަޅުގައި އީރާނުގެ ރައްޔިތުންނާ އެކު ސާބިތުވެ ހުންނެވިކަން ރަޝިޔާގެ ރައީސް ހާމަކުރައްވައިފި

01 ސެޕްޓެމްބަރު 2026
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މި ދަނޑިވަޅުގައި އީރާނުގެ ރައްޔިތުންނާ އެކު ސާބިތުވެ ހުންނެވިކަން ރަޝިޔާގެ ރައީސް ހާމަކުރައްވައިފި
01 ސެޕްޓެމްބަރު 2026

ޔޫކްރެއިންގެ ކީވްއަށް ރަޝިއާއިން ދިން ހަމަލާތަކެއްގައި 12 މީހުން މަރުވެއްޖެ

01 ސެޕްޓެމްބަރު 2026
ޔޫކްރެއިންގެ ކީވްއަށް ރަޝިއާއިން ދިން ހަމަލާތަކެއްގައި 12 މީހުން މަރުވެއްޖެ
01 ސެޕްޓެމްބަރު 2026

ޝީ، މޯދީ އަދި ޕޫޓިން އެސް.ސީ.އޯ ސަމިޓުގައި: އެޖެންޑާގައި އޮތީ ކޮން ކަންތައްތަކެއް؟

01 ސެޕްޓެމްބަރު 2026
ޝީ، މޯދީ އަދި ޕޫޓިން އެސް.ސީ.އޯ ސަމިޓުގައި: އެޖެންޑާގައި އޮތީ ކޮން ކަންތައްތަކެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް