Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ސިޓީއާ ދެކޮޅަށް މަކަރު ހެދުމުގެ 115 މައްސަލަ ސާބިތުވާ ކަމަށް ނިންމުމުން، ރައްދުގައި ސިޓީ އިން އިންޒާރެއް ދީފި

30 ސެޕްޓެމްބަރު 2026 | ބުދަ 04:18

މި މައްސަލައިގެ އަސްލަކީ ކުލަބުގެ ވެރިޔާގެ އަމިއްލަ ފައިސާ އަބޫދާބީގެ ސްޕޮންސަރުން މެދުވެރިކޮށް ސިއްރިއްޔާތުގައި ކުލަބަށް ވައްދާފައިވާ ކަމަށް ބުނެ ކުރާ ދޮގު ތުހުމަތެއް ކަމަށް ސިޓީ އިން ފާހަގަކުރޭ. އެ ކުލަބުން ބުނީ އެފަދަ ކަމެއް ހިނގާފައި ނުވާކަން ސާބިތުކޮށްދިނުމަށް ބޭންކު ސްޓޭޓްމަންޓުތަކާއި، ފައިސާ ފޮނުވި ރެކޯޑުތަކާއި، ހެކިންގެ ބަޔާންތައް ހިމެނޭހެން ވަރުގަދަ ހެކިތަކެއް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ސެޕްޓެމްބަރު 2026 | ބުދަ 04:18
މެންޗެސްޓަރ ސިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ފެރާން ސޮރިއާނޯ

މެންޗެސްޓަރ ސިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ފެރާން ސޮރިއާނޯ | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުރިއަށްގެންދާ އަދަބު ދިނުމުގެ މަރުހަލާގެ ތެރެއިން، އެ ކުލަބާ ދެކޮޅަށް ކޮމިޝަނުން ނެރުނު ނިންމުން ޤަބޫލުނުކުރާ ކަމަށާއި، އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް އެ ކުލަބުން ބުނެފި އެވެ.

މެންޗެސްޓަރ ސިޓީ އިން ބުނި ގޮތުގައި ޕްރިމިއާ ލީގުގެ ކޮމިޝަނުން ނެރުނު ރިޕޯޓަކީ ކުލަބުގެ މަސްލަހަތަށް އުނިކަން އަންނަ ގޮތަށް، ހަގީގަތާ ޚިލާފު ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ނެރެފައިވާ ނިންމުމެކެވެ.

މި މައްސަލައިގެ އަސްލަކީ ކުލަބުގެ ވެރިޔާގެ އަމިއްލަ ފައިސާ އަބޫދާބީގެ ސްޕޮންސަރުން މެދުވެރިކޮށް ސިއްރިއްޔާތުގައި ކުލަބަށް ވައްދާފައިވާ ކަމަށް ބުނެ ކުރާ ދޮގު ތުހުމަތެއް ކަމަށް ސިޓީ އިން ފާހަގަކުރެ އެވެ. އެ ކުލަބުން ބުނީ އެފަދަ ކަމެއް ހިނގާފައި ނުވާކަން ސާބިތުކޮށްދިނުމަށް ބޭންކު ސްޓޭޓްމަންޓުތަކާއި، ފައިސާ ފޮނުވި ރެކޯޑުތަކާއި، ހެކިންގެ ބަޔާންތައް ހިމެނޭހެން ވަރުގަދަ ހެކިތަކެއް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ނަމަވެސް ކޮމިޝަނުން އެ ހެކިތަކަށް ފުރަގަސްދީ، ޕްރިމިއާ ލީގުން އުފައްދާފައިވާ ހަގީގަތެއް ނެތް ވާހަކަތަކަކަށް ބުރަވެފައިވާތީ އެކަމާ ހައިރާންވާ ކަމަށް ވެސް އެ ކުލަބުން ބުނެފައިވެ އެވެ.

މެންޗެސްޓަރ ސިޓީގެ ޤާނޫނީ ޓީމުން މިހާރު ތައްޔާރުވަމުންދަނީ މި ނިންމުން އިސްތިއުނާފު ކުރުމަށެވެ. އެ ކުލަބުން ބުނާ ގޮތުގައި ކޮމިޝަނުގެ ނިންމުމުގައި ޤާނޫނީ ގޮތުންނާއި، އުސޫލީ ގޮތުން އަދި ހަގީގީ މައުލޫމާތުގެ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވެ އެވެ. އަދި މިއީ ކުލަބާ ދެކޮޅަށް ރޭވިގެން ހިންގާ ކަމެއްގެ ގޮތުގައި ސިޓީ އިން ސިފަކުރެ އެވެ.

މީގެ ކުރިން 2020 ވަނަ އަހަރު ވެސް މިފަދަ މައްސަލަތަކެއްގައި ސިޓީއާ ދެކޮޅަށް ނިންމުންތަކެއް ނިންމި ނަމަވެސް، މިނިވަން މުއައްސަސާއެއް ކަމަށްވާ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ކާސް) އަށް މައްސަލަ ހުށަހަޅައިގެން އެ ކުލަބުން ވަނީ ކާމިޔާބު ހޯދާފަ އެވެ. އެހެންކަމުން މިފަހަރު ވެސް މިނިވަން އިސްތިއުނާފީ މަރުހަލާގެ ތެރެއިންނާއި، ޤާނޫނީ ހުރިހާ މަގަކުން ކުލަބުގެ ދިފާއުގައި މަސައްކަތްކޮށް، ކާމިޔާބު ހޯދާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް އެ ކުލަބުން ބުނެ އެވެ.

މީގެ އިތުރުން، ކުލަބުގެ އަބުރަށް ހުތުރުވާ ގޮތަށް އަމަލުކުރާ ފަރާތްތަކުގެ ކިބައިން ބަދަލު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ އިންޒާރު ވެސް ސިޓީ އިން ވަނީ ދީފަ އެވެ. މި މައްސަލައަކީ ކުލަބުގެ ސަމާލުކަން ގެއްލުވާލުމަށް ކުރިމަތިވެފައިވާ ހުރަހެއް ނަމަވެސް، ކުލަބުގެ މުވައްޒަފުންނާއި ސަޕޯޓަރުން އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް މެނޭޖުމަންޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި މިއީ ކުލަބުގެ ތާރީޚުގައި ކުރިމަތިވި އެހެން ގޮންޖެހުންތަކެކޭ އެއްފަދައިން، އެންމެން ގުޅިގެން ކާމިޔާބުކުރާނެ މަރުހަލާއެއްގެ ގޮތުގައި ސިޓީ އިން ދެކެ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީ

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

5

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2026

އުނދަގޫ މޮޅާ އެކު، ސިޓީ އަށް ތިން ޕޮއިންޓުގެ ލީޑެއް

21 ސެޕްޓެމްބަރު 2026
އުނދަގޫ މޮޅާ އެކު، ސިޓީ އަށް ތިން ޕޮއިންޓުގެ ލީޑެއް
20 ސެޕްޓެމްބަރު 2026

ބްރައިޓަން އަތުން ހިތްދަތި ގޮތަކަށް ބަލިވެ، އާސެނަލް އަށް ލީޑު ފުޅާނުކުރެވުނު

20 ސެޕްޓެމްބަރު 2026
ބްރައިޓަން އަތުން ހިތްދަތި ގޮތަކަށް ބަލިވެ، އާސެނަލް އަށް ލީޑު ފުޅާނުކުރެވުނު
19 ސެޕްޓެމްބަރު 2026

ބްރެންޓްފޯޑު އަތުން ޗެލްސީ އަށް ލަދުވެތި ބައްޔެއް

19 ސެޕްޓެމްބަރު 2026
ބްރެންޓްފޯޑު އަތުން ޗެލްސީ އަށް ލަދުވެތި ބައްޔެއް
14 ސެޕްޓެމްބަރު 2026

ޔުނައިޓެޑު ބަލިކޮށް، ސިޓީގެ ރެކޯޑު ކުރިއަށް

14 ސެޕްޓެމްބަރު 2026
ޔުނައިޓެޑު ބަލިކޮށް، ސިޓީގެ ރެކޯޑު ކުރިއަށް
09 ސެޕްޓެމްބަރު 2026

ހާލަންޑުގެ ދެ ލަނޑުން ޕޯޓޯ ބަލިކޮށް، ސިޓީގެ ފެށުން ވަރުގަދަކޮށްފި

09 ސެޕްޓެމްބަރު 2026
ހާލަންޑުގެ ދެ ލަނޑުން ޕޯޓޯ ބަލިކޮށް، ސިޓީގެ ފެށުން ވަރުގަދަކޮށްފި
06 ސެޕްޓެމްބަރު 2026

ހާލަންޑުގެ ލަނޑުން މޮޅުވެ، ސިޓީގެ ރެކޯޑު ކުރިއަށް

06 ސެޕްޓެމްބަރު 2026
ހާލަންޑުގެ ލަނޑުން މޮޅުވެ، ސިޓީގެ ރެކޯޑު ކުރިއަށް
02 ސެޕްޓެމްބަރު 2026

އެންޒޯ ފެނާންޑޭސް ސިޓީ އަށް ސޮއިކޮށްފި

02 ސެޕްޓެމްބަރު 2026
އެންޒޯ ފެނާންޑޭސް ސިޓީ އަށް ސޮއިކޮށްފި
01 ސެޕްޓެމްބަރު 2026

އެސްޓަން ވިލާ ބަލިކޮށް، އާސެނަލް ފޯމުގައި

01 ސެޕްޓެމްބަރު 2026
އެސްޓަން ވިލާ ބަލިކޮށް، އާސެނަލް ފޯމުގައި
31 އޯގަސްޓު 2026

ދެ ވަނަ މެޗުގައި ޗެލްސީ އިން ބްރައިޓަން ވެސް ބަލިކޮށްފި

31 އޯގަސްޓު 2026
ދެ ވަނަ މެޗުގައި ޗެލްސީ އިން ބްރައިޓަން ވެސް ބަލިކޮށްފި
30 އޯގަސްޓު 2026

އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް ކައިރިން ލިވަޕޫލް ސަލާމަތްވީ ކިރިޔާ

30 އޯގަސްޓު 2026
އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް ކައިރިން ލިވަޕޫލް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް