Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ހާލަންޑުގެ ދެ ލަނޑުން ޕޯޓޯ ބަލިކޮށް، ސިޓީގެ ފެށުން ވަރުގަދަކޮށްފި

9 ސެޕްޓެމްބަރު 2026 | ބުދަ 04:51

މި ސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅެފައިވާ ތިން މެޗުން ވެސް ސިޓީ މޮޅުވެފައިވާއިރު، އެ ޓީމުގެ ފޯމު ފެންނަނީ ރަނގަޅަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ސެޕްޓެމްބަރު 2026 | ބުދަ 04:51
މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ހާލަންޑު އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ހާލަންޑު އުފާ ފާޅުކުރަނީ | ރޮއިޓާސް

އައު ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ޕޯޓޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ސިޓީ އިން މުބާރާތުގެ ފެށުން ވަރުގަދަކޮށްފި އެވެ.

ޕޯޓޯގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެރޭ ދަންވަރު ކުޅުނު މެޗު ސިޓީ އިން ކާމިޔާބުކޮށްފައި ވަނީ 2-0 އިންނެވެ. މެޗުގައި ސިޓީ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ސިޓީ އިން ރަނގަޅަށް ކުޅެމުން ދިޔައިރު، ފުރަތަމަ ހާާފުގައި ވެސް އެ ޓީމަށް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފައި އެވެ. ނަމަވެސް، އެ ޓީމަށް އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ސިޓީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ނޯވޭގެ އާލިން ހާލަންޑު އެވެ. އެ ލަނޑު ޖަހަން ހާާލަންޑަށް ފުރުސަތު ތަނަވަސްކޮށްދިނީ މި ސީޒަންގައި ސިޓީ އަށް ބަދަލުވި އާޖެންޓީނާގެ އެންޒޯ ފެނާންޑޭސް އެވެ. 

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ހާލަންޑު ވަނީ ސިޓީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފައި އެވެ. އެއީ ރަޔަން އައިޓް ނޫރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހާލަންޑު ޖެހި ލަނޑެކެވެ. 

މޮޅާ އެކު ސިޓީ އިން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅު ކޮށްފައިވާއިރު، ޗެމްޕިއަންސް ލީގުގައި ދެން އެ ޓީމަށް އޮންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާާމަން (ޕީއެސްޖީ)އާ ދެކޮޅަށް ކުޅޭ މެޗެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅެފައިވާ ތިން މެޗުން ވެސް ސިޓީ މޮޅުވެފައިވާއިރު، އެ ޓީމުގެ ފޯމު ފެންނަނީ ރަނގަޅަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުމެންޗެސްޓަރ ސިޓީޕޯޓޯއާލިން ހާލަންޑް

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2026

ހާލަންޑުގެ ލަނޑުން މޮޅުވެ، ސިޓީގެ ރެކޯޑު ކުރިއަށް

06 ސެޕްޓެމްބަރު 2026
ހާލަންޑުގެ ލަނޑުން މޮޅުވެ، ސިޓީގެ ރެކޯޑު ކުރިއަށް
02 ސެޕްޓެމްބަރު 2026

އެންޒޯ ފެނާންޑޭސް ސިޓީ އަށް ސޮއިކޮށްފި

02 ސެޕްޓެމްބަރު 2026
އެންޒޯ ފެނާންޑޭސް ސިޓީ އަށް ސޮއިކޮށްފި
24 އޯގަސްޓު 2026

އައު ސީޒަނަށް ހާާލަންޑު އޭނާގެ މަޝްހޫރު އިސްތަށިގަނޑު ދޫކޮށްލައި، ބޯ ކޮށާފައި ހުރި ގޮތުން އެތައް ބައެއްގެ ސަމާލުކަން

24 އޯގަސްޓު 2026
އައު ސީޒަނަށް ހާާލަންޑު އޭނާގެ މަޝްހޫރު އިސްތަށިގަނޑު ދޫކޮށްލައި، ބޯ ކޮށާފައި ހުރި ގޮތުން އެތައް ބައެއްގެ ސަމާލުކަން
24 އޯގަސްޓު 2026

ފަހު ވަގުތު ބޯންމައުތު ބަލިކޮށް، ސިޓީ އިން ފެށުން ރަނގަޅުކޮށްފި

24 އޯގަސްޓު 2026
ފަހު ވަގުތު ބޯންމައުތު ބަލިކޮށް، ސިޓީ އިން ފެށުން ރަނގަޅުކޮށްފި
18 އޯގަސްޓު 2026

ސިޓީ އިން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް މަރެސްކާ އެއްބަސްވެއްޖެ

18 އޯގަސްޓު 2026
ސިޓީ އިން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް މަރެސްކާ އެއްބަސްވެއްޖެ
17 އޯގަސްޓު 2026

އެންމެ ފަހުން ރޮޑްރީ ހޯދުމުގެ ޑީލް ބާސެލޯނާ އިން ކާމިޔާބުކޮށްފި

17 އޯގަސްޓު 2026
އެންމެ ފަހުން ރޮޑްރީ ހޯދުމުގެ ޑީލް ބާސެލޯނާ އިން ކާމިޔާބުކޮށްފި
17 އޯގަސްޓު 2026

ސިޓީ ބަލިކޮށް، އާސެނަލް އިން ކޮމިއުނިޓީ ޝީލްޑު ކާމިޔާބުކޮށްފި

17 އޯގަސްޓު 2026
ސިޓީ ބަލިކޮށް، އާސެނަލް އިން ކޮމިއުނިޓީ ޝީލްޑު ކާމިޔާބުކޮށްފި
08 އޯގަސްޓު 2026

ރޮޑްރީ ހޯދުމަށް ބާސެލޯނާ އިން ހުށަހެޅި 38.5 މިލިއަން ޕައުންޑުގެ ބިޑު ސިޓީ އިން ރިޖެކްޓުކޮށްފި

08 އޯގަސްޓު 2026
ރޮޑްރީ ހޯދުމަށް ބާސެލޯނާ އިން ހުށަހެޅި 38.5 މިލިއަން ޕައުންޑުގެ ބިޑު ސިޓީ އިން ރިޖެކްޓުކޮށްފި
25 ޖުލައި 2026

ވޯލްޑް ކަޕްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ ބުރަކަށީގެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ

25 ޖުލައި 2026
ވޯލްޑް ކަޕްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ ބުރަކަށީގެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - އެންމެ މޮޅު ކުޅުންތެރިޔާ ސްޕެއިންގެ ރޮޑްރީ އަށް ގޯލްޑަން ބޯލް ގެ އިނާމު

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - އެންމެ މޮޅު ކުޅުންތެރިޔާ ސްޕެއިންގެ ރޮޑްރީ އަށް ގޯލްޑަން ބޯލް ގެ އިނާމު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް