Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ދެ ވަނަ މެޗުގައި ޗެލްސީ އިން ބްރައިޓަން ވެސް ބަލިކޮށްފި

31 އޯގަސްޓު 2026 | ހޯމަ 03:11

މޮޅާ އެކު ޗެލްސީ ވަނީ މިހާތަނަށް ކުޅެފައިވާ ދެ މެޗުން ހަ ޕޮއިންޓު ހޯދާފައި. ލީގުގައި ޗެލްސީ އަށް ދެން އޮންނާނީ ރަށުން ބޭރުގައި ޗެމްޕިއަން އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 އޯގަސްޓު 2026 | ހޯމަ 03:11
މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަންގައި ޗެލްސީ އިން ކުޅުނު ދެ ވަނަ މެޗުގައި ބްރައިޓަން ބަލިކޮށް، އެ ޓީމުގެ ފޯމު ދަމަހައްޓައިފި އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފައި ވަނީ 4-3 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އިން ތިން ލަނޑު ޖެހިއިރު، ބްރައިޓަން އިން ވެސް ލަނޑެއް ޖެހި އެވެ. ދެ ވަނަ ހާފުގައި ޗެލްސީ އިން އަނެއް ލަނޑު ޖެހިއިރު، ބްރައިޓަން އިން ދެ ލަނޑު ޖެހި އެވެ. 

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޗެލްސީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ރޮމެއޯ ލަވިއާ އެވެ. އޭގެ ދިހަ މިނެޓު ފަހުން ޕެޑްރޯ ނެޓޯ ވަނީ ޗެލްސީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މެޗުގައި ޗެލްސީގެ ތިން ވަނަ ލަނޑު 32 ވަނަ މިނެޓުގައި ޖެހީ ޔާއޯ ޕެޑްރޯ އެވެ.

ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ބްރައިޓަންގެ ފުރަތަމަ ލަނޑު ޖެހީ މަލިކް ޔަލްކޫޔީ އެވެ. އޭގެ ފަހުން ދެ ވަނަ ހާފުގެ 63 ވަނަ މިނެޓުގައި ބްރައިޓަންގެ ދެ ވަނަ ލަނޑަކީ ޗެލްސީގެ ނެޓޯ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 72 ވަނަ މިނެޓުގައި ކޯލް ޕާމާ ވަނީ ޗެލްސީގެ ހަތަރު ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މެޗުގައި ބްރައިޓަންގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ޕަސްކަލް ގްރޮބް އެވެ.

މި މެޗުގައި ޗެލްސީގެ ގޯލު ބަލަހައްޓާފައި ވަނީ، އެސްޓަން ވިލާ ދޫކޮށް އެ ޓީމަށް ބަދަލުވި އެމިލިއާނޯ މާޓިނޭޒް އެވެ. މި މޮޅާ އެކު ޗެލްސީ ވަނީ މިހާތަނަށް ކުޅެފައިވާ ދެ މެޗުން ހަ ޕޮއިންޓު ހޯދައިފަ އެވެ. ލީގުގައި ޗެލްސީ އަށް ދެން އޮންނާނީ ރަށުން ބޭރުގައި ޗެމްޕިއަން އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗެވެ.

އިނގިރޭސި ޕްރިމިއަރ ލީގުޗެލްސީބްރައިޓަން

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

31 އޯގަސްޓު 2026

ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން މާޓިނޭޒް ޗެލްސީ އަށް ބަދަލުވެއްޖެ

31 އޯގަސްޓު 2026
ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން މާޓިނޭޒް ޗެލްސީ އަށް ބަދަލުވެއްޖެ
30 އޯގަސްޓު 2026

އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް ކައިރިން ލިވަޕޫލް ސަލާމަތްވީ ކިރިޔާ

30 އޯގަސްޓު 2026
އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް ކައިރިން ލިވަޕޫލް ސަލާމަތްވީ ކިރިޔާ
24 އޯގަސްޓު 2026

ފަހު ވަގުތު ބޯންމައުތު ބަލިކޮށް، ސިޓީ އިން ފެށުން ރަނގަޅުކޮށްފި

24 އޯގަސްޓު 2026
ފަހު ވަގުތު ބޯންމައުތު ބަލިކޮށް، ސިޓީ އިން ފެށުން ރަނގަޅުކޮށްފި
23 އޯގަސްޓު 2026

ހަލް ސިޓީ އަތް ދަށުވެ ޔުނައިޓެޑުގެ ފެށުން ގޯސްވެއްޖެ

23 އޯގަސްޓު 2026
ހަލް ސިޓީ އަތް ދަށުވެ ޔުނައިޓެޑުގެ ފެށުން ގޯސްވެއްޖެ
22 އޯގަސްޓު 2026

ޗެމްޕިއަން އާސެނަލް އަށް ވަރުގަދަ ފެށުމެއް

22 އޯގަސްޓު 2026
ޗެމްޕިއަން އާސެނަލް އަށް ވަރުގަދަ ފެށުމެއް
22 ޖުލައި 2026

20 އަހަރުގެ ކާމިޔާބު ކެރިއަރަށް ފަހު އެންތަނީ ޓޭލާ ރިޓަޔާކޮށްފި

22 ޖުލައި 2026
20 އަހަރުގެ ކާމިޔާބު ކެރިއަރަށް ފަހު އެންތަނީ ޓޭލާ ރިޓަޔާކޮށްފި
15 ޖޫން 2026

ރެއާލް އަށް ބަދަލުވާން ކުކުރޭލާ އެއްބަސްވެއްޖެ

15 ޖޫން 2026
ރެއާލް އަށް ބަދަލުވާން ކުކުރޭލާ އެއްބަސްވެއްޖެ
02 ޖޫން 2026

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން މިލްނާ އިއުލާން ކޮށްފި

02 ޖޫން 2026
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން މިލްނާ އިއުލާން ކޮށްފި
27 މެއި 2026

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް އާޓެޓާ ހޮވިއްޖެ

27 މެއި 2026
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް އާޓެޓާ ހޮވިއްޖެ
25 މެއި 2026

ޔުނައިޓެޑުން ބްރައިޓަން ބަލިކުރި އިރު، ފެނާންޑޭސް އަށް ރެކޯޑެއް

25 މެއި 2026
ޔުނައިޓެޑުން ބްރައިޓަން ބަލިކުރި އިރު، ފެނާންޑޭސް އަށް ރެކޯޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް