Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ހާލަންޑުގެ ލަނޑުން މޮޅުވެ، ސިޓީގެ ރެކޯޑު ކުރިއަށް

6 ސެޕްޓެމްބަރު 2026 | އާދީއްތަ 04:33

މެޗުން މޮޅުވެ ސިޓީ އިން ވަނީ، މިހާތަނަށް ލީގުގައި އެ ޓީމުން ކުޅެފައިވާ ތިން މެޗުން ވެސް މޮޅުވެފައި. ލީގުގައި ދެން ސިޓީ އަށް އޮތީ ރަށުން ބޭރުގައި ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ސެޕްޓެމްބަރު 2026 | އާދީއްތަ 04:33
މެޗުގައި ލަނޑު ޖެހުމަށް ފަހު ހާލަންޑު އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ހާލަންޑު އުފާ ފާޅުކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ކޮވެންޓްރީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ސިޓީ އިން އެ ޓީމުގެ މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފި އެވެ.

ސިޓީގެ އަމިއްލަ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފައި ވަނީ 1-0 އިންނެވެ. މެޗުގައި ސިޓީ އިން ލަނޑު ޖެހީ ފުރަތަމަ ހާާފުގަ އެވެ. 

މެޗު ފަށައިގެން ސިޓީ އިން ރަނގަޅަށް ކުޅެމުންދިޔައިރު، އާލިން ހާލަންޑު ފޮނުވާލި ބާރު ހަމަލާއެއް ކޮވެންޓްރީގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ސިޓީގެ ރަޔަން ޗާކީ އަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއާ އެވެ.

މެޗުގައި ސިޓީ އިން ލަނޑު ޖަހައި ލީޑު ނެގީ 26 ވަނަ މިނެޓުގައި އެވެ. އެއީ ސިޓީގެ އެންޓޮއިން ސެމެންޔޯ ހުރަސްކޮށްދިން ބޯޅައެއް، ބޮލުން ޖަހައި ގޯލަށް ވައްދާލައިގެން ހާލަންޑު ޖެހި ލަނޑެކެވެ. އެ ލަނޑާ އެކު ހާލަންޑު ވަނީ އޭނާގެ ކުލަބު ކެރިއަރުގައި 300 ލަނޑު ހަމަކޮށްފަ އެވެ.

އޭގެ ފަހުން ސިޓީ އަށް ލީޑު ފުޅާކޮށްދޭން ވެސް ހާލަންޑަށް ވަނީ ފުރުސަތު ލިބިފަ އެވެ. ހާލަންޑަށް ލިބުނު ދެ ފުރުސަތެއްގައި ވެސް އޭނާ ފޮނުވާލި ބޯޅަ ކޮވެންޓްރީގެ ކީޕަރު މަތަކުރި އެވެ. މެޗުގައި ކޮވެންޓްރީ އަށް ވެސް ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތު ލިބިފަ އެވެ. 

މެޗުން މޮޅުވެ ސިޓީ އިން ވަނީ، މިހާތަނަށް ލީގުގައި އެ ޓީމުން ކުޅެފައިވާ ތިން މެޗުން ވެސް މޮޅުވެފަ އެވެ. ލީގުގައި ދެން ސިޓީ އަށް އޮތީ ރަށުން ބޭރުގައި ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ކުރިން ޔުއެފާ ޗެމްޕިއަންސް ލީގުގައި ސިޓީ އިން ޕޯޓޯއާ ދެކޮޅަށް ކުޅޭނެ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީއާލިން ހާލަންޑް

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2026

އެންޒޯ ފެނާންޑޭސް ސިޓީ އަށް ސޮއިކޮށްފި

02 ސެޕްޓެމްބަރު 2026
އެންޒޯ ފެނާންޑޭސް ސިޓީ އަށް ސޮއިކޮށްފި
01 ސެޕްޓެމްބަރު 2026

އެސްޓަން ވިލާ ބަލިކޮށް، އާސެނަލް ފޯމުގައި

01 ސެޕްޓެމްބަރު 2026
އެސްޓަން ވިލާ ބަލިކޮށް، އާސެނަލް ފޯމުގައި
31 އޯގަސްޓު 2026

ދެ ވަނަ މެޗުގައި ޗެލްސީ އިން ބްރައިޓަން ވެސް ބަލިކޮށްފި

31 އޯގަސްޓު 2026
ދެ ވަނަ މެޗުގައި ޗެލްސީ އިން ބްރައިޓަން ވެސް ބަލިކޮށްފި
30 އޯގަސްޓު 2026

އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް ކައިރިން ލިވަޕޫލް ސަލާމަތްވީ ކިރިޔާ

30 އޯގަސްޓު 2026
އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް ކައިރިން ލިވަޕޫލް ސަލާމަތްވީ ކިރިޔާ
24 އޯގަސްޓު 2026

އައު ސީޒަނަށް ހާާލަންޑު އޭނާގެ މަޝްހޫރު އިސްތަށިގަނޑު ދޫކޮށްލައި، ބޯ ކޮށާފައި ހުރި ގޮތުން އެތައް ބައެއްގެ ސަމާލުކަން

24 އޯގަސްޓު 2026
އައު ސީޒަނަށް ހާާލަންޑު އޭނާގެ މަޝްހޫރު އިސްތަށިގަނޑު ދޫކޮށްލައި، ބޯ ކޮށާފައި ހުރި ގޮތުން އެތައް ބައެއްގެ ސަމާލުކަން
24 އޯގަސްޓު 2026

ފަހު ވަގުތު ބޯންމައުތު ބަލިކޮށް، ސިޓީ އިން ފެށުން ރަނގަޅުކޮށްފި

24 އޯގަސްޓު 2026
ފަހު ވަގުތު ބޯންމައުތު ބަލިކޮށް، ސިޓީ އިން ފެށުން ރަނގަޅުކޮށްފި
23 އޯގަސްޓު 2026

ހަލް ސިޓީ އަތް ދަށުވެ ޔުނައިޓެޑުގެ ފެށުން ގޯސްވެއްޖެ

23 އޯގަސްޓު 2026
ހަލް ސިޓީ އަތް ދަށުވެ ޔުނައިޓެޑުގެ ފެށުން ގޯސްވެއްޖެ
22 އޯގަސްޓު 2026

ޗެމްޕިއަން އާސެނަލް އަށް ވަރުގަދަ ފެށުމެއް

22 އޯގަސްޓު 2026
ޗެމްޕިއަން އާސެނަލް އަށް ވަރުގަދަ ފެށުމެއް
18 އޯގަސްޓު 2026

ސިޓީ އިން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް މަރެސްކާ އެއްބަސްވެއްޖެ

18 އޯގަސްޓު 2026
ސިޓީ އިން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް މަރެސްކާ އެއްބަސްވެއްޖެ
17 އޯގަސްޓު 2026

އެންމެ ފަހުން ރޮޑްރީ ހޯދުމުގެ ޑީލް ބާސެލޯނާ އިން ކާމިޔާބުކޮށްފި

17 އޯގަސްޓު 2026
އެންމެ ފަހުން ރޮޑްރީ ހޯދުމުގެ ޑީލް ބާސެލޯނާ އިން ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް