Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ-ހޫޘީންގެ ކުރިމަތިލުން

ރަތް ކަނޑުން ދަތުރުކުރާ އީޔޫގެ އުޅަނދަތަކަށް ހަމަލާދިނުމުގެ ނިޔަތެއް ނެތް: ހޫޘީން

26 ސެޕްޓެމްބަރު 2026 | ހޮނިހިރު 03:52

ރަތް ކަނޑުގެ ބާރުވެރިކަން ހޫޘީން ހޯދަމުންދާއިރު، ސައޫދީ އަރަބިއްޔާގެ ތެޔޮ ހޮޅިތަކަށް ދޭ ހަމަލާތަކުގެ ސަބަބުން ވިލާތުގެ ގައުމުތަކުގެ ހަކަތައިގެ ސަލާމަތަށް ވަނީ ނުރައްކާވެފައި. މި ނުރައްކަލުން ސަލާމަތްވުމަށް ފަރަންސޭސިވިލާތާއި ގްރީސް ފަދަ ގައުމުތަކުން ސައޫދީގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން ވަނީ ފަށާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 26 ސެޕްޓެމްބަރު 2026 | ހޮނިހިރު 03:52
ޔަމަނުގެ ހޫޘީ ޖަމާއަތަށް ތާއީދުކޮށް ސައުދީ އަރަބިއްޔާގެ ތުހުމަތުތަކަށް އިންކާރު ކުރުމުގެ ގޮތުން ސަންޢާގައި ބޭއްވި މުޒާހަރާއެއްގެ ބައިވެރިން

ޔަމަނުގެ ހޫޘީ ޖަމާއަތަށް ތާއީދުކޮށް ސައުދީ އަރަބިއްޔާގެ ތުހުމަތުތަކަށް އިންކާރު ކުރުމުގެ ގޮތުން ސަންޢާގައި ބޭއްވި މުޒާހަރާއެއްގެ ބައިވެރިން | އޭއެފްޕީ

ޔަމަނުގެ ހޫޘީ ޖަމާއަތުން ރަތް ކަނޑުގެ މައްޗަށް އޮތް ބާރު ގަދަކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ވިލާތުގެ އިއްތިހާދުގެ (އީޔޫ) މެންބަރު ގައުމުތަކުގެ އުޅަނދުފަހަރަށް ހަމަލާދިނުމުގެ ނިޔަތެއް ނުގެންގުޅޭ ކަމުގެ ޔަގީންކަން އެ ޖަމާއަތުން އީޔޫއަށް އަރުވައިފި އެވެ.

ރަތް ކަނޑުގެ އައްސޭރިފަށުގައި އޮތް ޔަމަނުގެ ސަރަހައްދުތަކަށް ހޫޘީން ވަނީ މި މަހުގެ ކުރީކޮޅު އަތްގަދަކޮށްފަ އެވެ. މީގެ ތެރޭގައި ރަތް ކަނޑުގެ އިސްތިރާޖީ ގޮތުން މުހިންމު މުޚާއާއި ބާބް އަލް-މަންދަބް ކަނޑުއޮޅީގެ އައްސޭރިފަށުގެ ސަރަހައްދުތައް ހިމެނެ އެވެ. މި ކަމާމެދު އީޔޫގެ ޚާރިޖީ ސިޔާސަތާއި ސަލާމަތާ ބެހޭ ގޮފީގެ ކަންބޮޑުވުންތައް ސާފުކޮށްދޭން ހޫޘީން އީޔޫއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކުރި އެވެ.

Advertisement - worldAdvertisement

މިއީ، މި ހަމަނުޖެހުމުގެ ތެރެއަށް އެހެން ގައުމުތައް ވަނަނުދީ ހިފަހައްޓައި، ސައޫދީ އަރަބިއްޔާ އެކަހެރިކުރުމަށް ހޫޘީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އަދި، ރަތް ކަނޑުގައި އެ ޖަމާއަތުން އަޅާފައިވާ ދަތުރުފަތުރުގެ ހުރަސްތަކަކީ ހަމައެކަނި ސައޫދީ އަރަބިއްޔާ އަދި އެ ގައުމުން ވާގިދޭ ޔަމަނުގެ ސަރުކާރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ވެސް ހޫޘީން ބުނެ އެވެ.

ރަތް ކަނޑުގެ ސަރަހައްދުގައި ހޫޘީން ބާރު ގަދަކުރަމުން ކުރިއަރަން ފެށުމުން އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް ސައޫދީ އަރަބިއްޔާއިން އެދުނު ނަމަވެސް، އެމެރިކާގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ލިބިފައެއް ނުވެ އެވެ. "ހޫޘީން އަޅުގަނޑުމެންނަށް ގުޅި، އަދި އެ ޖަމާއަތުން އަޅުގަނޑުމެންނާ ދެކޮޅަށް ހަނގުރާމަ ކުރަން ބޭނުމެއް ނުވޭ،" މި މަހުގެ ކުރީކޮޅު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި އެވެ. މިއާއެކު، އޮމާނުން މެދުވެރިއަކަށް ވެގެން ހޫޘީންގެ އޮފިޝަލުންނާއެކު އެމެރިކާއިން ބައްދަލުވުމެއް ބޭއްވި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އީޔޫއަށް ހޫޘީން ފޮނުވި މެސެޖުން، މި ކަނޑުގެ މަގަކީ ވިލާތުގެ ގައުމުތަކަށް ކިހާ މުހިންމު ސަރަހައްދެއްކަން ހާމަވެގެން ދިޔަ އެވެ. ހޫޘީންނާ ދެކޮޅަށް 2025 ވަނަ އަހަރު އެމެރިކާއިން ހަމަލާދޭން ފެށުމުގެ ކުރިން، ހޫޘީންނަށް ހަމަލާދިނުމަކީ ވިލާތުގެ ގައުމުތައް "ސަލާމަތްކޮށްދިނުން" ކަމަށް ސިފަކޮށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

ރަތް ކަނޑަކީ ގަލްފުގެ ގައުމުތަކުގައި އުފައްދާ ތެލާއި ގޭސް ވިލާތުގެ ގައުމުތަކަށް ފޯރުކޮށްދިނުމަށާއި، އިރުމަތީ އޭޝިއާއިން މުދާ އުފުލުމަށް ބޭނުންކުރާ ވަރަށް މުހިންމު މަގެކެވެ. މެދުއިރުމަތީގެ ހަނގުރާމަ ފެށުމުގެ ކުރިން، ދުނިޔޭގެ ކޮންޓެއިނަރު އުފުލާ އުޅަނދުފަހަރުގެ ދަތުރުތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ކުރަމުން ދިޔައީ ރަތް ކަނޑު ހުރަސްކޮށެވެ.

ސައޫދީ އަރަބިއްޔާގެ އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ 'އީސްޓް-ވެސްޓް' ތެޔޮ ހޮޅިލައިނަށް ހޫޘީން ދިން ހަމަލާތަކުގެ ނޭދެވޭ އަސަރު ވިލާތުގެ ގައުމުތަކަށް ކުރާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އެ ހަމަލާތަކާ ގުޅިގެން ހޮޅިލައިން ބަންދުކުރަން ޖެހުމާއެކު، ސައުދީ އަރަބިއްޔާގެ ދައުލަތުގެ ތެޔޮ ކުންފުނި، އަރަމްކޯއިން ވަނީ އޮކްޓޫބަރު މަހު ވިލާތުގެ ގައުމުތަކަށް ސާފުނުކުރާ ތެޔޮ ފޯރުކޮށްދިނުން ހުއްޓައިލަން ނިންމާފައިވާ ކަން އިއުލާނު ކޮށްފަ އެވެ. ނަމަވެސް، ހަމަލާތަކަށްފަހު އެ ހޮޅިލައިން އަލުން ހުޅުވާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް އެދުމުގެ އިތުރުން، 'މައްކާ ދިފާއީ އެއްބަސްވުމުގެ' ބައިވެރިން ކަމަށްވާ ޕާކިސްތާނާއި ތުރުކީވިލާތުގެ އެހީތެރިކަމަށް ވެސް ސައޫދީ އަރަބިއްޔާއިން އެދިފައިވެ އެވެ. ޕާކިސްތާނުގެ ބައެއް ސިފައިންނާއި ހަތިޔާރުގެ ނިޒާމުތައް ސައޫދީ އަރަބިއްޔާގައި ގާއިމުކޮށްފައި ހުރި ނަމަވެސް، ޕާކިސްތާނުން ވެސް އަދި ތުރުކީވިލާތުން ވެސް ޔަމަނުގެ މި ހަމަނުޖެހުމުގެ ތެރެއަށް ވަދެފައެއް ނުވެ އެވެ.

ނަމަވެސް، ވިލާތުގެ ގައުމުތަކުން މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭން ނިންމާފަ އެވެ. މި ގޮތުން، ރަތް ކަނޑުގެ ޔަންބުއު ބަނދަރުގައި ގްރީސްއިން މިހާރު ވެސް އަންނަނީ 'ޕޭޓްރިއަޓް' މަރުކާގެ ވައިގެ ދިފާއީ ނިޒާމެއް އޮޕަރޭޓު ކުރަމުންނެވެ. އަދި، ހޫޘީންގެ ހަމަލާތަކުން ޔަންބުއުގެ ތެޔޮ ޓާމިނަލް ހިމާޔަތްކުރުމަށް އެހީތެރިވުމުގެ ގޮތުން "އަސްކަރީ ވަސީލަތްތައް" ފޮނުއްވާނެ ކަމަށް ބުރާސްފަތި ދުވަހު ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޮން ވެސް ވަނީ ވިދާޅުވެފަ އެވެ.

ފަރަންސޭސިވިލާތުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މެކްރޮން ވިދާޅުވީ، އެ ގައުމުން ފޮނުވަނީ މި ސަރަހައްދު ހިމާޔަތްކުރުމަށް ޓަކައި ބޭނުންވާ "އަސްކަރީ ވަސީލަތްތައް، އެއީ ސިފައިންނާއި، ރާޑަރު ނިޒާމުތަކާއި، ދިފާއީ ނިޒާމުތައް" ކަމަށެވެ. ނަމަވެސް އެއީ "އެއްވެސް ހަމަނުޖެހުމެއްގެ ތެރެއަށް އަޅުގަނޑުމެން ވަނުމަށް ޓަކައި" ފޮނުވާ ސިފައިންނާއި ހަތިޔާރު ނޫން ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުން ވެސް ވަނީ، "ދިފާއީ" އޮޕަރޭޝަނެއްގެ ދަށުން ސައުދީ އަރަބިއްޔާގެ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ މަގުން ތެޔޮ އަޅައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.

މަސްދަރު: މިޑްލްއީސްޓް އައި

ޔަމަންހޫޡީރަތް ކަނޑުއެމެރިކާ-ސައުދީ އަރަބިއްޔާއީޔޫޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

4

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

5

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2026

ހޫޘީން އަނެއްކާ ވެސް ރިޔާޟަށް ހަމަލާދީފި، ސައުދީން ވަނީ ޑްރޯންތައް ވައްޓާލާފައި

26 ސެޕްޓެމްބަރު 2026
ހޫޘީން އަނެއްކާ ވެސް ރިޔާޟަށް ހަމަލާދީފި، ސައުދީން ވަނީ ޑްރޯންތައް ވައްޓާލާފައި
26 ސެޕްޓެމްބަރު 2026

ހަނގުރާމަ ހުއްޓާލަން އީރާނުން ހަތް ދުވަހުގެ މަގުޗާޓެއް ހުށަހަޅައިފި، އެމެރިކާއިން އެއްބަސްވެދާނެތަ؟

26 ސެޕްޓެމްބަރު 2026
ހަނގުރާމަ ހުއްޓާލަން އީރާނުން ހަތް ދުވަހުގެ މަގުޗާޓެއް ހުށަހަޅައިފި، އެމެރިކާއިން އެއްބަސްވެދާނެތަ؟
26 ސެޕްޓެމްބަރު 2026

މިޑްޓާމް އިންތިޚާބަށްފަހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ޓްރަމްޕް ރާއްވަވަނީ

26 ސެޕްޓެމްބަރު 2026
މިޑްޓާމް އިންތިޚާބަށްފަހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ޓްރަމްޕް ރާއްވަވަނީ
25 ސެޕްޓެމްބަރު 2026

އެމެރިކާ-ޗައިނާ ރަހުމަތްތެރިކަމާއި ރައީސް ޝީއަށް ޓްރަމްޕްގެ ތާރީފު!

25 ސެޕްޓެމްބަރު 2026
އެމެރިކާ-ޗައިނާ ރަހުމަތްތެރިކަމާއި ރައީސް ޝީއަށް ޓްރަމްޕްގެ ތާރީފު!
25 ސެޕްޓެމްބަރު 2026

މައްކާ ދިފާއީ އެއްބަސްވުން: ސައޫދީއަށް އެހީވާން ދިފާއީ އޮފިޝަލުންގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

25 ސެޕްޓެމްބަރު 2026
މައްކާ ދިފާއީ އެއްބަސްވުން: ސައޫދީއަށް އެހީވާން ދިފާއީ އޮފިޝަލުންގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ
25 ސެޕްޓެމްބަރު 2026

އީރާނުން ހަނގުރާމަކުރަން ބޭނުމެއް ނޫން، އެއްބަސްވުމެއް ހަދަން ތައްޔާރު: ޕީޒިޝްކިއާން

25 ސެޕްޓެމްބަރު 2026
އީރާނުން ހަނގުރާމަކުރަން ބޭނުމެއް ނޫން، އެއްބަސްވުމެއް ހަދަން ތައްޔާރު: ޕީޒިޝްކިއާން
24 ސެޕްޓެމްބަރު 2026

ވައިޓް ހައުސްއަށް ވަނުން މަނާކޮށްފައިވާ ސީ.އެން.އެން، އެމް.އެސް ނައު އަދި ޕޮލިޓިކޯގެ ނޫސްވެރިންނަށް އަލުން އެ ފުރުސަތު ވަގުތުން ހަމަޖައްސައިދިނުމަށް އެމެރިކާގެ ކޯޓަކުން ޓްރަމްޕްގެ ސަރުކާރުގެ މައްޗަށް އަމުރުކޮށްފި

24 ސެޕްޓެމްބަރު 2026
ވައިޓް ހައުސްއަށް ވަނުން މަނާކޮށްފައިވާ ސީ.އެން.އެން، އެމް.އެސް ނައު އަދި ޕޮލިޓިކޯގެ ނޫސްވެރިންނަށް އަލުން އެ ފުރުސަތު ވަގުތުން ހަމަޖައްސައިދިނުމަށް އެމެރިކާގެ ކޯޓަކުން ޓްރަމްޕްގެ ސަރުކާރުގެ މައްޗަށް އަމުރުކޮށްފި
24 ސެޕްޓެމްބަރު 2026

ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޓްރަމްޕް ވޮޝިންގޓަނުން ޝީއަށް ހޫނު މަރުހަބާއެއް

24 ސެޕްޓެމްބަރު 2026
ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޓްރަމްޕް ވޮޝިންގޓަނުން ޝީއަށް ހޫނު މަރުހަބާއެއް
24 ސެޕްޓެމްބަރު 2026

އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް

24 ސެޕްޓެމްބަރު 2026
އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް
24 ސެޕްޓެމްބަރު 2026

ޖީ20 ސަމިޓަށް ރަޝިޔާގެ ޕުޓިންއަށް ޓްރަމްޕް ދައުވަތު އަރުވައިފި

24 ސެޕްޓެމްބަރު 2026
ޖީ20 ސަމިޓަށް ރަޝިޔާގެ ޕުޓިންއަށް ޓްރަމްޕް ދައުވަތު އަރުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް