Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް

24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 04:08

އެމެރިކާއާއި އީރާނުގެ މަސްރަހު ފިނިކުރުމަށް ޕާކިސްތާނުން އިޚްލާސްތެރި މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ކަމަށް ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވި. އިސްލާމްއާބާދު ފަހުމުނާމާގެ ދަށުން ހަނގުރާމަ ހުއްޓާލުމަށް ކުރި މަސައްކަތަށްފަހު އަލުން ނުތަނަވަސްކަން އުފެދުނު ނަމަވެސް، ސުލްހަ ގާއިމުކުރުމަށް ކުރާ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި

ނިއުސް ޓީމް
ނިއުސް ޓީމް | 24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 04:08
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ނިއު ޔޯކުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ނިއު ޔޯކުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ | އަނަދޮލު އޭޖެންސީ

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ކުޑަކޮށް، މަސްރަހު ފިނިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުން ކުރިއެރުން ހޯދުމަށް ޕާކިސްތާނުން އޮތީ "ސާބިތުކަމާއެކު" ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.

އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް ނިއު ޔޯކުގައި ހުންނަވައި، އދ. ގެ މައި މަރުކަޒުގައި ތިބި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން، ޕާކިސްތާނުން އަދާކުރަމުން ދަނީ "އަޅުގަނޑުމެންގެ އަވައްޓެރި ޤައުމު ކަމަށްވާ އީރާނާއި އެމެރިކާއާ ދެމެދު އިޚްލާސްތެރި އަދި ތެދުވެރި މެދުވެރިއެއްގެ ދައުރު" ކަމަށް ޝަރީފް ވިދާޅުވި އެވެ.

Advertisement - worldAdvertisement

'އިސްލާމްއާބާދު ފަހުމުނާމާ' ގައި ސޮއިކުރައްވާފައި ވަނީ އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަން ހަނދާން އާކޮށްދެއްވަމުން، އެއްބަސްވުމުގައި ސޮއިކުރުމަށްފަހު "ބަދުނަސީބަކުން، އޭގެ ފަހުން ކަންކަން ހިނގައިދިޔައީ ލަފާކުރަން ދަތި ގޮތަކަށް" ކަމަށް ޝަރީފް ހިތާމައާއެކު ވިދާޅުވި އެވެ.

"ޕާކިސްތާން އޮތީ މި ކަމަށް ފުރިހަމައަށް ސަމާލުކަން ދީގެން. އަޅުގަނޑުމެން އުންމީދު ކަނޑައެއް ނުލަން؛ މަސްރަހު ފިނިކުރުމަށް އިތުރު މަސައްކަތްތަކެއް ކޮށް، ކުރިއެރުން ހޯދުމަށް އަޅުގަނޑުމެން މި ތިބީ ސާބިތުކަމާއެކު ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

ފެބުރުވަރީ 28 ގައި އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، އެޕްރީލް 8 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވާސިލުވުމަށް ޕާކިސްތާނުން ވަނީ އެހީތެރިވެދީފަ އެވެ. އަދި، އޭގެ ފަހުން އެމެރިކާއާއި އީރާނުގެ އޮފިޝަލުންގެ މެދުގައި 20 ގަޑިއިރަށްވުރެ ދިގު ވަގުތަކަށް ދެމިގެންދިޔަ މަޝްވަރާތަކެއް ވެސް ޕާކިސްތާނުން ވަނީ އިސްލާމްއާބާދުގައި ބާއްވާފަ އެވެ.

ހަފުތާތަކަކަށް ދެމިގެންދިޔަ މަސައްކަތްތަކަށްފަހު، ޖޫން 18 ގައި ސޮއިކުރެވުނު އިސްލާމްއާބާދު ފަހުމުނާމާ ހާސިލުކުރުމަށް ޕާކިސްތާނާއި ޤަޠަރުން އެހީތެރިވި އެވެ. މި ފަހުމުނާމާގެ ދަށުން ހަނގުރާމަކުރަމުންދާ ދެ ފަރާތަށް މަސައްކަތްކުރާނެ އޮނިގަނޑެއް އެކަށައެޅިގެން ދިޔައިރު، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަމާޒުކޮށް ދާއިމީ އެއްބަސްވުމަކަށް ވާސިލުވުމުގެ މަޝްވަރާތަކަށް 60 ދުވަހުގެ މުއްދަތަކަށް ވެސް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.

ނަމަވެސް، ދެ ފަރާތުން މާގިނަ ދުވަސްތަކެއް ނުވެ ބަދަލުހިފުމުގެ ހަމަލާތައް އަލުން ފަށައި، މަސްރަހުގެ ނުތަނަވަސްކަން ވަނީ ދެމިގެން ގޮސްފަ އެވެ. މި މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އަންގާރަ ދުވަހު ނިއު ޔޯކުގައި ބާއްވާ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި އީރާނާއި އެމެރިކާގެ މަންދޫބުން ވަނީ ނުސީދާ މަޝްވަރާތަކެއް ވެސް ބާއްވާފަ އެވެ.

މުސްތަގުބަލުގައި އިތުރު ބައްދަލުވުންތަކެއް ބޭއްވުމުގެ ފުރުސަތު އެބައޮތްތޯ ސުވާލު ދެންނެވުމުން، މިއީ "މެދުކެނޑުމެއްނެތި ކުރިއަށްދާ މަރުހަލާއެއް" ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި، ސުލްހަ ޤާއިމުކުރުމަށް ޓަކައި "ހުރިހާ އެކުވެރި ގައުމުތަކުން ވެސް ހިއްސާވަމުންދާ" ކަން އޭނާ ފާހަގަކުރެއްވި އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

އެމެރިކާ-އީރާންޕާކިސްތާންޝެހްބާޒް ޝަރީފް ޔޫންއެން ޖެނެރަލް އެސެމްބްލީއިސްލާމްއާބާދު މެމޮރެންޑަމްޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

2

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

3

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

4

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

5

ބޮލުން ގުޅިފައިވާ އެއްމާބަނޑު ދެބެން ކާމިޔާބުކަމާއެކު ވަކިކޮށްފި

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

ޖީ20 ސަމިޓަށް ރަޝިޔާގެ ޕުޓިންއަށް ޓްރަމްޕް ދައުވަތު އަރުވައިފި

24 ސެޕްޓެމްބަރު 2026
ޖީ20 ސަމިޓަށް ރަޝިޔާގެ ޕުޓިންއަށް ޓްރަމްޕް ދައުވަތު އަރުވައިފި
24 ސެޕްޓެމްބަރު 2026

ޣައްޒާ އާރާސްތުކުރުމަށް ބޯޑް އޮފް ޕީސްއިން 2.4 ބިލިއަން ޑޮލަރުގެ ޕްލޭނެއް!

24 ސެޕްޓެމްބަރު 2026
ޣައްޒާ އާރާސްތުކުރުމަށް ބޯޑް އޮފް ޕީސްއިން 2.4 ބިލިއަން ޑޮލަރުގެ ޕްލޭނެއް!
24 ސެޕްޓެމްބަރު 2026

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެންނަން ތުރުކީވިލާތުން ތައްޔާރު: އުރުދުޣާން

24 ސެޕްޓެމްބަރު 2026
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެންނަން ތުރުކީވިލާތުން ތައްޔާރު: އުރުދުޣާން
23 ސެޕްޓެމްބަރު 2026

އިސްރާއީލުން ހަމަލާދީ، ބިންތައް ހިފަމުންދާއިރު ގުޅުން ގާއިމެއް ނުކުރެވޭނެ: ސޫރިޔާގެ ޝަރްޢު

23 ސެޕްޓެމްބަރު 2026
އިސްރާއީލުން ހަމަލާދީ، ބިންތައް ހިފަމުންދާއިރު ގުޅުން ގާއިމެއް ނުކުރެވޭނެ: ސޫރިޔާގެ ޝަރްޢު
23 ސެޕްޓެމްބަރު 2026

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، އީރާނުން ބަޣުދާދާއި މަސްޤަތަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި

23 ސެޕްޓެމްބަރު 2026
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، އީރާނުން ބަޣުދާދާއި މަސްޤަތަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި
23 ސެޕްޓެމްބަރު 2026

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

23 ސެޕްޓެމްބަރު 2026
އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟
23 ސެޕްޓެމްބަރު 2026

އިސްރާއީލްގެ ޖަރީމާތައް ހައްލުކުރުމުގެ ބަދަލުގައި ބައިނަލްއަގްވާމީ މުޖުތަމައުން އޮތީ ބަލަން: އުރުދުންގެ ރަސްގެފާނު

23 ސެޕްޓެމްބަރު 2026
އިސްރާއީލްގެ ޖަރީމާތައް ހައްލުކުރުމުގެ ބަދަލުގައި ބައިނަލްއަގްވާމީ މުޖުތަމައުން އޮތީ ބަލަން: އުރުދުންގެ ރަސްގެފާނު
22 ސެޕްޓެމްބަރު 2026

ޕީއެންސީގެ 16 މަޖިލިސް މެންބަރުން ޕާކިސްތާނަށް!

22 ސެޕްޓެމްބަރު 2026
ޕީއެންސީގެ 16 މަޖިލިސް މެންބަރުން ޕާކިސްތާނަށް!
22 ސެޕްޓެމްބަރު 2026

ދެކުނު ކޮރެޔާގެ ރައީސް ގޮވާލެއްވީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދޭން

22 ސެޕްޓެމްބަރު 2026
ދެކުނު ކޮރެޔާގެ ރައީސް ގޮވާލެއްވީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދޭން
22 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟

22 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް