Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

މިޑްޓާމް އިންތިޚާބަށްފަހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ޓްރަމްޕް ރާއްވަވަނީ

26 ސެޕްޓެމްބަރު 2026 | ހޮނިހިރު 01:52

އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ފިޔަވަޅުތައް އުވާލައިފިނަމަ ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ހުށަހެޅި ހުށަހެޅުމަށް އެމެރިކާއިން ވަނީ ދެކޮޅު ހަދާފައި. އިގްތިސާދީ ދަތިތަކުގެ ސަބަބުން އީރާނުން އެމެރިކާގެ ޝަރުތުތަކަށް ބޯލަނބާނެ ކަމަށް ވޮޝިންގޓަނުން ބަލާއިރު، އީރާނުގެ ރިވޮލޫޝަނަރީ ގާޑްސްއިން ބުނަނީ އެ ފަރާތްތައް އޮތީ ދިގުދެމިގެންދާ ހަނގުރާމައަކަށް ތައްޔާރަށް ކަމަށް

ނިއުސް ޓީމް
ނިއުސް ޓީމް | 26 ސެޕްޓެމްބަރު 2026 | ހޮނިހިރު 01:52
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ | އަނަދޮލު އޭޖެންސީ

ހަތް ދުވަހަށް ހަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް އީރާނުން ހުށަހެޅި ހުށަހެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންކާރު ކުރައްވާފައިވާ ކަމަށް، އެމެރިކާގެ ނޫހެއް ކަމަށްވާ ދި ވޯލް ސްޓްރީޓް ޖާނަލުން (ޑަބްލިޔުއެސްޖޭ) ހުކުރު ދުވަހު ރިޕޯޓުކޮށްފި އެވެ. އެމެރިކާ ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ބުނީ، ނޮވެންބަރުގައި ބާއްވާ މިޑްޓާމް އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް އާ އަދި އިހުނަށްވުރެ ވަރުގަދަ ހަމަލާތަކެއް ދޭން ޓްރަމްޕް ރާއްވަވަމުން ގެންދަވާ ކަމަށެވެ.

ހަތް ދުވަހަށް ހަމަލާތައް ހުއްޓާލަން ތެހްރާނުން ހުށަހަޅާފައި ވަނީ ގަތަރުގެ މަންދޫބުން މެދުވެރިކޮށް ކަމަށް މި ކަމުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން ބުނެ އެވެ. އީރާނުގެ ބަނދަރުތަކަށް ވޮޝިންގޓަނުން އަޅާފައިވާ ކަނޑުގެ ހިސާރު ނިމުމަކަށް ގެނެސްފިނަމަ، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލައި، ނިއުކްލިއާ މަޝްވަރާތައް އަލުން ފެށުމަށް ވެސް ތެހްރާނުން ވަނީ ހުށަހަޅާފަ އެވެ.

Advertisement - worldAdvertisement

ނަމަވެސް، އެ ހިސާރު އުވާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އެމެރިކާގެ އޮފިޝަލުން ތެހެރާނަށާއި މެދުވެރިންނަށް އަންގާފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެމެރިކާއިން މި ގޮތަށް ނިންމީ، އީރާނަށް ކުރިމަތިވަމުންދާ އިގްތިސާދީ ދަތިތަކުގެ ސަބަބުން، ވޮޝިންގޓަނުން ބޭނުންވާ ޝަރުތުތަކާ އެއްގޮތަށް އެއްބަސްވުމަކަށް އައުމަށް އީރާނަށް މަޖުބޫރުވާނެ ކަމަށް ބަލައިގެން ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

ހަތް މަސްދުވަހަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައިގެ ތެރޭގައި، ޑިޕްލޮމެޓިކް ގުޅުންތަކާއި، އަސްކަރީ ފިޔަވަޅުތަކުގެ އިތުރުން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޭނުން ޓްރަމްޕް އެކި ފަހަރު މަތިން ހިއްޕަވަމުން ގެންދަވާ ކަމަށް އެ ނޫހުން ފާހަގަކުރި އެވެ. އަދި, އިންތިޚާބު ނިމުމުން އެއްބަސްވުމަކަށް އައުމަށް އީރާނުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ފާޅުގައި ޓްރަމްޕް ވިދާޅުވަމުން ގެންދެވި ނަމަވެސް، އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް އެއްކޮށް ހުއްޓާލުމަށް ތެހެރާނުން އެއްބަސްވާނެ ކަމާމެދު ޓްރަމްޕް ޝައްކު އުފައްދަވާފައިވާ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

މައްސަލަ ހައްލުކުރުމަށް ހުށަހެޅި އާ ޝަރުތުތައް އީރާނުގެ ރިވޮލޫޝަނަރީ ގާޑް ކޯއިން (އައިއާރްޖީސީ) ބަލައިނުގަނެ ދޫކޮށްލާފައިވާ ކަމަށް އެ ނޫހުން ބަޔާންކުރި އެވެ. އޭގެ ބަދަލުގައި، އެ ފަރާތުން އެދެނީ މިދިޔަ ޖޫން މަހު އެކުލަވާލި ވަގުތީ އެއްބަސްވުމުގެ ބައިތަކަށް އަލުން ރުޖޫއަވުމަށް ކަމަށް އެ ނޫހުން ހާމަކޮށްފައިވެ އެވެ. އަދި, ދިގުދެމިގެންދާ ހަނގުރާމައަކަށް އެ ލަޝްކަރު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް އައިއާރްޖީސީން ބުނެފައިވާ ކަމަށް ވެސް ޑަބްލިޔުއެސްޖޭގައި ރިޕޯޓުކޮށްފައިވެ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްގަތަރުހުރްމުޒް ކަނޑުއޮޅިރިވޮލިއުޝަނަރީ ގާޑްސްނިއުކްލިއަރ ޕްރޮގްރާމް

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

4

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

5

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2026

އެމެރިކާ-ޗައިނާ ރަހުމަތްތެރިކަމާއި ރައީސް ޝީއަށް ޓްރަމްޕްގެ ތާރީފު!

25 ސެޕްޓެމްބަރު 2026
އެމެރިކާ-ޗައިނާ ރަހުމަތްތެރިކަމާއި ރައީސް ޝީއަށް ޓްރަމްޕްގެ ތާރީފު!
25 ސެޕްޓެމްބަރު 2026

އީރާނުން ހަނގުރާމަކުރަން ބޭނުމެއް ނޫން، އެއްބަސްވުމެއް ހަދަން ތައްޔާރު: ޕީޒިޝްކިއާން

25 ސެޕްޓެމްބަރު 2026
އީރާނުން ހަނގުރާމަކުރަން ބޭނުމެއް ނޫން، އެއްބަސްވުމެއް ހަދަން ތައްޔާރު: ޕީޒިޝްކިއާން
24 ސެޕްޓެމްބަރު 2026

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

24 ސެޕްޓެމްބަރު 2026
އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި
24 ސެޕްޓެމްބަރު 2026

ވައިޓް ހައުސްއަށް ވަނުން މަނާކޮށްފައިވާ ސީ.އެން.އެން، އެމް.އެސް ނައު އަދި ޕޮލިޓިކޯގެ ނޫސްވެރިންނަށް އަލުން އެ ފުރުސަތު ވަގުތުން ހަމަޖައްސައިދިނުމަށް އެމެރިކާގެ ކޯޓަކުން ޓްރަމްޕްގެ ސަރުކާރުގެ މައްޗަށް އަމުރުކޮށްފި

އަރާގްޗީ އީރާނުގެ 'ސާފު އަދި ދެފުށް ފެންނަ' ޝަރުތުތައް އެމެރިކާއަށް ހުށަހަޅުއްވައިފި: ތަރުޖަމާނު

24 ސެޕްޓެމްބަރު 2026
އަރާގްޗީ އީރާނުގެ 'ސާފު އަދި ދެފުށް ފެންނަ' ޝަރުތުތައް އެމެރިކާއަށް ހުށަހަޅުއްވައިފި: ތަރުޖަމާނު
24 ސެޕްޓެމްބަރު 2026

"ނިއުކްލިއާ ބޮން އޮތީ އިސްރާއީލުގައި، އިންސްޕެކްޓަރުން ތިބީ އީރާނުގައި" - ޕެޒެޝްކިއަން

24 ސެޕްޓެމްބަރު 2026
"ނިއުކްލިއާ ބޮން އޮތީ އިސްރާއީލުގައި، އިންސްޕެކްޓަރުން ތިބީ އީރާނުގައި" - ޕެޒެޝްކިއަން
24 ސެޕްޓެމްބަރު 2026

ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޓްރަމްޕް ވޮޝިންގޓަނުން ޝީއަށް ހޫނު މަރުހަބާއެއް

24 ސެޕްޓެމްބަރު 2026
ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޓްރަމްޕް ވޮޝިންގޓަނުން ޝީއަށް ހޫނު މަރުހަބާއެއް
24 ސެޕްޓެމްބަރު 2026

އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް

24 ސެޕްޓެމްބަރު 2026
އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް
24 ސެޕްޓެމްބަރު 2026

ޖީ20 ސަމިޓަށް ރަޝިޔާގެ ޕުޓިންއަށް ޓްރަމްޕް ދައުވަތު އަރުވައިފި

24 ސެޕްޓެމްބަރު 2026
ޖީ20 ސަމިޓަށް ރަޝިޔާގެ ޕުޓިންއަށް ޓްރަމްޕް ދައުވަތު އަރުވައިފި
24 ސެޕްޓެމްބަރު 2026

ޣައްޒާ އާރާސްތުކުރުމަށް ބޯޑް އޮފް ޕީސްއިން 2.4 ބިލިއަން ޑޮލަރުގެ ޕްލޭނެއް!

24 ސެޕްޓެމްބަރު 2026
ޣައްޒާ އާރާސްތުކުރުމަށް ބޯޑް އޮފް ޕީސްއިން 2.4 ބިލިއަން ޑޮލަރުގެ ޕްލޭނެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް