Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ޗައިނާ ގުޅުން

ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޓްރަމްޕް ވޮޝިންގޓަނުން ޝީއަށް ހޫނު މަރުހަބާއެއް

24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 04:41

ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅާ ދިމާކޮށް، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ ނިންމާފައި. މި ޒިޔާރަތުގައި ވިޔަފާރިއާއި، ޓައިވާން އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ މުހިންމު ދާއިރާތަކުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާއިރު، މިއީ ދެ ގައުމުގެ ގުޅުން ބަދަހިވަމުންދާ ކަމުގެ ހެކިލިބޭ ތާރީޚީ ދަތުރުފުޅެއް

ނިއުސް ޓީމް
ނިއުސް ޓީމް | 24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 04:41

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އަނބިކަނބަލުން ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއި އޭނާގެ އަނބިކަނބަލުންނަށް ވޮޝިންގޓަނުން މަރުހަބާ ދަންނަވަނީ | ވައިޓް ހައުސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް ވޮޝިންގޓަނުން މަރުހަބާ ދަންނަވައިފި އެވެ. ޝީ ވޮޝިންގޓަނަށް މި ވަޑައިގެންނެވީ ވިޔަފާރިއާއި ޓައިވާން އަދި އާޓިފިޝަލް އިންޓެލިޖެންސްއާ (އޭއައި) ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ތިން ދުވަހުގެ ދަތުރުފުޅެއްގަ އެވެ.

އެމެރިކާގެ ވެރިރަށުގެ ބޭރުގައި އޮންނަ ޖޮއިންޓް ބޭސް އެންޑްރޫސްއަށް ޝީ ބުދަ ދުވަހު ވަޑައިގެންނެވިއިރު، ދެ ގައުމުގެ ދެމެދުގައި އަޅާފައިވާ ބޮޑެތި ޓެރިފްތަކަށް ވަގުތީ ލުޔެއް ގެނެސްދިން 11 މަސް ދުވަހުގެ ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް އެއްބަސްވެފައިވާ ކަން ޓްރަމްޕްގެ ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.

Advertisement - worldAdvertisement

ޝީ އެއާބޭސްއަށް ފައިބައިވަޑައިގެންނެވުމުން، ޓްރަމްޕް ވަނީ އެ ތަނަށް ވަޑައިގަންނަވައި އޭނާ އަށް މަރުހަބާ ދަންނަވާފަ އެވެ. މިއީ، އެމެރިކާގެ ރައީސުން އާންމުކޮށް ކުރައްވާ ކަމެއް ނޫނެވެ. ފާއިތުވި 11 އަހަރުގެ ތެރޭގައި އެމެރިކާގެ ރައީސަކު ބޭރު ގައުމެއްގެ ލީޑަރަކަށް އެ ބޭސްއިން މަރުހަބާ ދެންނެވި މިއީ ފުރަތަމަ ފަހަރު ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެ އެވެ.

މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ދެ ގައުމުގެ ލީޑަރުންނާއި އެ ބޭފުޅުންގެ އަނބިކަނބަލުން ސަލާމްކުރައްވައި، މަދު މިނެޓުކޮޅަކަށް ވާހަކަފުޅު ދައްކަވައި، ފޮޓޯއެއް ނެންގެވި އެވެ. އެ ވަގުތު މިލިޓަރީ ބޭންޑެއް ކުޅެމުން ދިޔައިރު، ބަޑީގެ ސަލާމް އަރުވައި، އަސްކަރީ ބީ-1 ބޮންއަޅާ މަތިންދާބޯޓެއް ވަނީ އެ ސަރަހައްދުން ދަތުރުކޮށްފަ އެވެ.

މަރުހަބާ ދެންނެވުމުގެ ހަރަކާތްތަކަށް ފަހު ނެރުއްވި ބަޔާނެއްގައި، ޗައިނާއާއި އެމެރިކާއަކީ ވާދަވެރިންގެ ބަދަލުގައި ޕާޓްނަރުންގެ ގޮތުގައި ތިބެންޖެހޭ ބައެއް ކަމަށް ޝީ ވިދާޅުވި ކަމަށް ޗައިނާގެ ދައުލަތުގެ ޝިންހުއާ ނޫސް އޭޖެންސީން ރިޕޯޓްކުރި އެވެ. "ޗައިނާ އަލުން އާރާސްތުކުރުމާއި އެމެރިކާއަކީ ވަރުގަދަ ގައުމަކަށް ހެދުމުގެ މަސައްކަތް އެކުއެކީގައި ކުރިއަށް ގެންދެވިދާނެ ކަމަށާއި، އެއް ކަމަކުން އަނެއް ކަމަށް ފުރިހަމަކަން ގެނެސްދީ މުޅި ދުނިޔެއަށް އޭގެ ފައިދާ ކުރާނެ،" ކަމަށް ޝީ ވިދާޅުވި ކަމަށް ޝިންހުއާއިން ރިޕޯޓްކޮށްފައިވެ އެވެ.

ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުން

ވޮޝިންގޓަނުން ބެއިޖިންގއާއެކު އޮންނަ ގުޅުމަށް ދޭ މުހިންމުކަން، ޓްރަމްޕް އަމިއްލަފުޅަށް އެއާޕޯޓަށް ވަޑައިގަންނަވައި ޝީއަށް މަރުހަބާ ދެންނެވި ދެންނެވުމުން ހާމަވެ އެވެ. ފާއިތުވި ދަހަރުތަކުގައި ޗައިނާއިން ހޯދި ހަލުވި އިގްތިސާދީ ކުރިއެރުމާއެކު، އެ ގައުމު ވަނީ އެމެރިކާއާ ވާދަކުރުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާ ދުނިޔޭގެ ބޮޑު ބާރަކަށް ބަދަލުވެފަ އެވެ. ޝީ އެމެރިކާއަށް ވަޑައިގަންނަވާފައި މި ވަނީ، މެއި މަހު ޓްރަމްޕް ބެއިޖިންގއަށް ކުރެއްވި ދަތުރުފުޅަކަށް ފަހު އެވެ.

ވޮޝިންގޓަންގައި ޝީގެ ޝެޑިއުލްގައި އެމެރިކާގެ ނުފޫޒުގަދަ ޓެކްނޮލޮޖީ ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ރަސްމީ ޖާފަތަކާއި، ވައިޓް ހައުސްގައި ބާއްވާ އަސްކަރީ ރަސްމިއްޔާތެއްގެ އިތުރުން ނޭޝަނަލް އާކައިވްސްއަށް ކުރައްވާ ޒިޔާރަތެއް ހިމެނެ އެވެ. ނޭޝަނަލް އާކައިވްސްއަކީ އެމެރިކާގެ ގާނޫނުއަސާސީ އަދި މިނިވަންކަމުގެ އިގުރާރު ފަދަ ތާރީހީ އަދި ސަގާފީ މުހިންމު ލިޔެކިޔުންތައް ރައްކާކޮށްފައި ހުންނަ ތަނެކެވެ.

ޓްރަމްޕާއެކު ބާއްވާ މަޝްވަރާތަކުގައި، އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލް ކުރަމުންދާ ހަނގުރާމައާއި، އެމެރިކާ-ޗައިނާ ވިޔަފާރީގެ އެއްބަސްވުމާއި، އޭއައި އަދި އަމިއްލަ ވެރިކަމެއް ކުރަމުން އަންނަ އަދި ޗައިނާގެ ސަރަހައްދެއް ކަމަށް ދައުވާކުރާ ޓައިވާނާ އެމެރިކާއިން ބާއްވާ ގުޅުމުގެ މައްޗަށް އަލިއަޅުވާލާނެ ކަމަށް މަސްރަހު ދިފާސާކުރާ ފަރާތްތަކުން ވިދާޅުވި އެވެ.

ޝީގެ ދަތުރުފުޅުގެ ކުރިން އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވަނީ ޗައިނާގެ ޕްރިމިއާގެ ނައިބު ހީ ލައިފޮންގއާ ބައްދަލުކުރައްވާ، ދެ ގައުމުގެ ދެމެދުގައި އިގުތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން މަޝްވަރާ ކުރައްވާފަ އެވެ. އެ ބައްދަލުވުމުގެ ބޭނުމަކީ "ކުދިކުދި ކަންތައްތަކެއްގެ ސިލްސިލާއެއްގެ ބަދަލުގައި، ބޮޑު އެއްބަސްވުމެއް ގާއިމުކުރެވިދާނެތޯ ބެލުން" ކަމަށް ބެސެންޓް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން މިވަނީ ބޫސާން އެއްބަސްވުމުގެ ގޮތުގައި އަޅުގަނޑުމެން މި ކިޔާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް އެއްބަސްވެފައި،" ބެސެންޓް ވިދާޅުވި އެވެ. ނޮވެމްބަރު 10 ގައި މުއްދަތު ހަމަވާ ގޮތަށް އޮތް މި އެއްބަސްވުމުގެ މުއްދަތު މިހާރު ވަނީ އަންނަ އަހަރުގެ ޖަނަވަރީ 10 ގެ ނިޔަލަށް އިތުރުކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތާރީހުގައި ވެސް ހިނގާފައިނުވާ ފަދަ ޒިޔާރަތެއް

މި އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަކީ، ދެ ގައުމުގެ ދެމެދުގައި ފުޅާ އަދި ދެމެހެއްޓެނިވި އެއްބަސްވުމެއް އެކުލަވައިލަން މަޝްވަރާކުރަމުންދާ ކަމުގެ އިޝާރާތެއް ކަމަށް ސްޓިމްސަން ސެންޓަރުގެ ޗައިނާ ޕްރޮގްރާމްގެ ޑިރެކްޓަރު އަދި ސީނިއާ ފެލޯ ޔުން ސަން ވިދާޅުވި އެވެ. "ވިޔަފާރީގެ އެއްބަސްވުންތަކަށް ބަލާއިރު ދެ ފަރާތަށް ވެސް މަޝްވަރާކުރާނެ ފުޅާ ދާއިރާއެއް އެބައޮތް. ފަންނީ ކަންކަމާ މެދު މަޝްވަރާކުރުމަށް އިތުރު ވަގުތު ބޭނުންވޭ" އޭނާ ވިދާޅުވި އެވެ. ޝީގެ ދަތުރުފުޅު ފެށުމުގެ ކުރިން ވެސް، ދެ ގައުމުގެ ދެމެދުގައި އިމްޕޯޓުޑިޔުޓީ ބޮޑު ކުރުމުގެ ވާދަވެރިކަން ވަގުތީ ގޮތުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ދެމިއޮންނާނެ ކަމަށް ބެލެވުނު ކަމަށް ވެސް ސަން ވިދާޅުވި އެވެ.

ޝީ އެމެރިކާއަށް ކުރައްވާ ދަތުރުފުޅަކީ "ތާރީހުގައި ވެސް ހިނގާފައިނުވާ ފަދަ" ކަމެއްގެ ގޮތުގައި ސަން ސިފަކުރެއްވި އެވެ. "އެއް އަހަރެއްގެ ތެރޭގައި ދެ ގައުމުގެ އެންމެ އިސް ދެ ލީޑަރުން އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ގައުމަށް ޒިޔާރަތްކުރެއްވުމަކީ އެމެރިކާ-ޗައިނާ ގުޅުމުގެ ތާރީހުގައި ވެސް ދުވަހަކު ވެސް ހިނގާފައިވާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ. ދެ ގައުމުގެ ގުޅުން ހަމައަކަށް އެޅެމުންދާ ދިއުމަކީ "ވަރަށް ފާހަގަކޮށްލެވޭ އަދި ވަރަށް އަސަރުގަދަ" ކަމެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ. މި ގޮތުން، މީގެ 12 މަސްދުވަސް ކުރިން ދެ ގައުމުން ވެސް ދިޔައީ އެއް ގައުމު އަނެއް ގައުމާ ދެކޮޅަށް ޓެރިފްތަކާއި އެކްސްޕޯޓް ކޮންޓްރޯލްތައް އިތުރުކުރަމުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޓައިވާނާ ގުޅޭ ގޮތުން ސަން ވިދާޅުވީ، ބެއިޖިންގގެ މައިގަނޑު އަމާޒަކަށް ވާނީ މި އަހަރުގެ ކުރީކޮޅު ކޮންގްރެސްއިން ފާސްކުރި، ނަމަވެސް ޓްރަމްޕްގެ ސަރުކާރުން ކުރިއަށް ގެންދަން ބޭނުންނުވާ 14 ބިލިއަން ޑޮލަރުގެ ހަތިޔާރުގެ ޕެކޭޖް ހުއްޓުވުން ނުވަތަ އެ ކަން ލަސްކުރުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ. އެންމެ ބޮޑު ކުރިއެރުމެއް ފެންނާނެ ކަމަށް ލަފާކުރެވެނީ އޭއައިގެ ދާއިރާއިން ކަމަށާއި، އެ ދާއިރާއިން މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތްތަކަކާ މެދު ދެ ސަރުކާރަށް އެއްބަސްވެވިދާނެ ކަމަށް ވެސް ސަން ވިދާޅުވި އެވެ.

"އެ ގައުމެއްގައި އޭއައިއާ ގުޅުން ހުރި ސަލާމަތީ ބޮޑު ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ، އެއް ގައުމުން އަނެއް ގައުމަށް އެންގުމަށް ހޮޓްލައިން ނިޒާމެއް ގާއިމުކުރުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަން އަޅުގަނޑުމެންނަށް އެނގޭ،" ސަން ވިދާޅުވި އެވެ. "މި މުހިންމު މައްސަލައިގައި ދެ ލީޑަރުންނަށް ކުރިއެރުމެއް ހޯއްދެވިދާނެތޯ އަޅުގަނޑުމެން ބަލަންޖެހޭނެ."

މަސްދަރު: އަލް ޖަޒީރާ

ޑޮނަލްޑް ޓްރަމްޕްޝީ ޖިންޕިންއެމެރިކާ-ޗައިނާތައިވާންއާޓިފިޝަލް އިންޓެލިޖެންސްވޮޝިންޓަން

އެންމެ ހިނގާ

1

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

2

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

3

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

4

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

5

ބޮލުން ގުޅިފައިވާ އެއްމާބަނޑު ދެބެން ކާމިޔާބުކަމާއެކު ވަކިކޮށްފި

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް

24 ސެޕްޓެމްބަރު 2026
އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް
24 ސެޕްޓެމްބަރު 2026

ޖީ20 ސަމިޓަށް ރަޝިޔާގެ ޕުޓިންއަށް ޓްރަމްޕް ދައުވަތު އަރުވައިފި

24 ސެޕްޓެމްބަރު 2026
ޖީ20 ސަމިޓަށް ރަޝިޔާގެ ޕުޓިންއަށް ޓްރަމްޕް ދައުވަތު އަރުވައިފި
24 ސެޕްޓެމްބަރު 2026

ޣައްޒާ އާރާސްތުކުރުމަށް ބޯޑް އޮފް ޕީސްއިން 2.4 ބިލިއަން ޑޮލަރުގެ ޕްލޭނެއް!

24 ސެޕްޓެމްބަރު 2026
ޣައްޒާ އާރާސްތުކުރުމަށް ބޯޑް އޮފް ޕީސްއިން 2.4 ބިލިއަން ޑޮލަރުގެ ޕްލޭނެއް!
23 ސެޕްޓެމްބަރު 2026

އިސްރާއީލުން ހަމަލާދީ، ބިންތައް ހިފަމުންދާއިރު ގުޅުން ގާއިމެއް ނުކުރެވޭނެ: ސޫރިޔާގެ ޝަރްޢު

23 ސެޕްޓެމްބަރު 2026
އިސްރާއީލުން ހަމަލާދީ، ބިންތައް ހިފަމުންދާއިރު ގުޅުން ގާއިމެއް ނުކުރެވޭނެ: ސޫރިޔާގެ ޝަރްޢު
23 ސެޕްޓެމްބަރު 2026

ހަކަތައިގެ ލޮޅުންތަކާއި ހަނގުރާމަތައް: ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވީ ކިހާ މިންވަރެއްގެ ހީނަރުކަމެއް؟

23 ސެޕްޓެމްބަރު 2026
ހަކަތައިގެ ލޮޅުންތަކާއި ހަނގުރާމަތައް: ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވީ ކިހާ މިންވަރެއްގެ ހީނަރުކަމެއް؟
23 ސެޕްޓެމްބަރު 2026

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، އީރާނުން ބަޣުދާދާއި މަސްޤަތަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި

23 ސެޕްޓެމްބަރު 2026
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، އީރާނުން ބަޣުދާދާއި މަސްޤަތަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި
23 ސެޕްޓެމްބަރު 2026

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

23 ސެޕްޓެމްބަރު 2026
އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟
22 ސެޕްޓެމްބަރު 2026

ދެކުނު ކޮރެޔާގެ ރައީސް ގޮވާލެއްވީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދޭން

22 ސެޕްޓެމްބަރު 2026
ދެކުނު ކޮރެޔާގެ ރައީސް ގޮވާލެއްވީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދޭން
22 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟

22 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟
22 ސެޕްޓެމްބަރު 2026

ޓްރަމްޕާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެމެރިކާގެ ސެނެޓަރަކު ގޮވާލައްވައިފި

22 ސެޕްޓެމްބަރު 2026
ޓްރަމްޕާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެމެރިކާގެ ސެނެޓަރަކު ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް