Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އީރާނުން ހަނގުރާމަކުރަން ބޭނުމެއް ނޫން، އެއްބަސްވުމެއް ހަދަން ތައްޔާރު: ޕީޒިޝްކިއާން

25 ސެޕްޓެމްބަރު 2026 | ހުކުރު 02:10

އެމެރިކާއާއެކު މަޝްވަރާގެ މަގުން އެއްބަސްވުމަކަށް ދިޔުމަށް އީރާނުން އަދިވެސް ތައްޔާރަށް އޮތްކަން ހާމަކުރައްވައި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން ނިއުކްލިއާ ޒިންމާތަކަށް ތަބާވާނެ ކަމުގެ ޔަގީންކަން ރައީސް މަސްޢޫދު ޕީޒިޝްކިއާން ދެއްވި. ފޮކްސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ އީރާނުން ހަނގުރާމައަކަށް ނޭދޭ ކަމަށާއި، ނަމަވެސް ހޫޘީން ފަދަ ޖަމާއަތްތަކުން އަމަލުކުރަނީ އަމިއްލަ މިނިވަންކަމާއެކު ކަމަށް

ނިއުސް ޓީމް
ނިއުސް ޓީމް | 25 ސެޕްޓެމްބަރު 2026 | ހުކުރު 02:10

އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިއާން އެމެރިކާގެ ފޮކްސް ނޫހަށް ދެއްވި ބަސްދިގަތުމެއްގައި ވާހަކަފުޅު ދައްކަވަނީ | އެކްސް

އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން މެދުކެނޑުމެއްނެތި ކުރިއަށްދާ މި ދަނޑިވަޅުގައި ވެސް، އީރާނުން އެމެރިކާއާއެކު ހަނގުރާމައެއް ކުރަން ބޭނުންނުވާ ކަމަށާއި މަޝްވަރާގެ މަގުން އެއްބަސްވުމަކަށް ދިޔުމަށް އަދިވެސް އޮތީ ތައްޔާރަށް ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިއާން ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

ފޮކްސް ނޫހަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި، އީރާނުން އިޚްތިޔާރު ކުރަނީ ހަނގުރާމަތޯ ނުވަތަ އެއްބަސްވުމެއްތޯ ސުވާލު ދެންނެވުމުން، "އަޅުގަނޑުމެން ހަނގުރާމައެއް އިޚްތިޔާރެއް ނުކުރަން. ހަނގުރާމައަކީ އަޅުގަނޑުމެންގެ މައްޗަށް މަޖުބޫރުކުރެވުނު ކަމެއް. އަޅުގަނޑުމެން ހަނގުރާމައަކަށް ނޭދެން،" ޕީޒިޝްކިއާން ވިދާޅުވި އެވެ.

Advertisement - worldAdvertisement

ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމާ ގުޅޭ ގޮތުން އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ނާކާމިޔާބުވި، 60 ދުވަހުގެ ތެރޭގައި ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ގޮވާލާފައިވާ ޖޫން މަހުގެ ފަހުމުނާމާއަށް އިޝާރާތް ކުރައްވަމުން، ވޮޝިންގޓަނާއެކު އެއްބަސްވުމަކާ ދިމާއަށް ކުރިއަށް ދިޔުމުގެ ޝައުގުވެރިކަން އަދިވެސް އީރާނުގެ އެބައޮތް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ތިޔަ ޤައުމުގެ ރައީސާއެކު [ޑޮނަލްޑް ޓްރަމްޕް] އެއްބަސްވުމަކާ ހަމައަށް ދިޔައިން،" އޭނާ ވިދާޅުވި އެވެ. "އޭގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެން މި ތިބީ އަދިވެސް ކުރިއަށްދާން ތައްޔާރަށް، އަދި، އެދެނީ އެ ގޮތަށް." ހަމަމިއާއެކު، ހަނގުރާމަ ނިމުމަކަށް ގެންނަން ބޭނުންވޭތޯ ނުވަތަ ނޫންތޯ އިޚްތިޔާރު ކުރަންޖެހޭނީ އެމެރިކާއިން ކަމަށް ވެސް އީރާނުގެ ރައީސް ވިދާޅުވި އެވެ.

އީރާނުން 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ދޫކޮށްލާނަންތޯ ސުވާލު ދެންނެވުމުން، ބައިނަލްއަގުވާމީ ޤާނޫނުތަކާއި ނިއުކްލިއާ ނަން-ޕްރޮލިފެރޭޝަން މުއާހަދާގެ ދަށުން އެ ޤައުމުން އަދާކުރަންޖެހޭ ޒިންމާތަކަށް އީރާނުން ތަބާވާނެ ކަމަށް ޕީޒިޝްކިއާން ހާމަކުރެއްވި އެވެ. "ލައްބަ،" އޭނާ ވިދާޅުވި އެވެ. "ބައިނަލްއަގުވާމީ ޤާނޫނުގެ އިމުގެ ތެރެއިން، ނަން-ޕްރޮލިފެރޭޝަން ޓްރީޓީގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެން ތަބާވާންޖެހޭ ކޮންމެ ކަމަކަށް ވެސް އަޅުގަނޑުމެން ތަބާވާނަން."

މި ބަސްދީގަތުމުގައި އީރާނުގެ ސަރަހައްދީ ގުޅުންތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައިވެ އެވެ. މި ގޮތުން ހިޒްބުﷲ އަދި ހޫޘީންނާއެކު އޮންނަ ގުޅުންތަކުގެ ވާހަކަ ހިމެނެ އެވެ. އެއްބަސްވުމެއްގެ ބައެއްގެ ގޮތުގައި ހިޒްބުﷲ އަދި ހޫޘީންނަށް ހަތިޔާރު ފޯރުކޮށްދިނުން އީރާނުން ހުއްޓާލާނެތޯ އަދި ސައުދީ އަރަބިއްޔާއަށް ހަމަލާދިނުން ހުއްޓާލުމަށް ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތަށް އަންގާނެތޯ ސުވާލު ކުރެއްވުމުން، ހޫޘީން އަމަލުކުރަނީ އަމިއްލަ މިނިވަންކަމާ އެކުގައި ކަމަށް ޕީޒިޝްކިއާން ވިދާޅުވި އެވެ. "ހޫޘީންގެ އަމަލުތަކަށް އެ ޖަމާއަތުން އަމިއްލައަށް ޒިންމާވާނެ،" އޭނާ ވިދާޅުވި އެވެ. "އެ ޖަމާއަތުން އަޅުގަނޑުމެންގެ ކިބައިން އިރުޝާދެއް ނުހޯދާ."

މިއާއެކު، ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލި، އިސްތިރާޖީ ގޮތުން މުހިންމު ކަނޑުގެ މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ވެސް ޕީޒިޝްކިއާން ވަނީ ދޮގުކުރައްވާފަ އެވެ.

ފެބުރުވަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލް ގުޅިގެން ދިން ހަމަލާތަކެއްގައި އަވަހާރަވި ބައްޕާފުޅު ޢަލީ ޚާމަނާއީގެ ބަދަލުގައި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އާންމުކޮށް ފެނިފައިނުވާ އެ ޤައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ މުޖްތަބާ ޚާމަނާއީއާ ގުޅޭ ގޮތުން ވެސް ފޮކްސް ނޫހުން ވަނީ ޕީޒިޝްކިއާންއާ ސުވާލު ކޮށްފަ އެވެ.

މި ކަމާ ގުޅިގެން ޕީޒިޝްކިއާން ވިދާޅުވީ، މީގެ ގާތްގަނޑަކަށް މަހެއްހާ ދުވަސް ކުރިން ޚާމަނާއީއާ ބައްދަލުކުރެއްވި ކަމަށާއި، އޭނާއާއެކު ގާތްގަނޑަކަށް ހަތް ގަޑިއިރު ހޭދަކުރެއްވި ކަމަށެވެ. އެންމެ މަތީ ވެރިޔާގެ ސިއްހީ ހާލުކޮޅު ރަނގަޅުތޯ އަދި ވެރިކަން ހިންގެވުމުގެ ގާބިލުކަން އެބަހުރިތޯ ސުވާލު ދެންނެވުމުން "ވަރަށް ބޮޑަށް، ފުރިހަމައަށް،" ކަމަށް ވިދާޅުވެ ޕީޒިޝްކިއާން ވަނީ ޚާމަނާއީގެ ހާލުކޮޅު ރަނގަޅު ކަމާއި، ވެރިކަން ކުރުމުގެ ފުރިހަމަ ގާބިލުކަން ހުރި ކަން ބަޔާންކޮށްދެއްވާފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

އީރާން-އެމެރިކާމަސްއޫދު ޕެޒެޝްކިއާންޑޮނަލްޑް ޓްރަމްޕްހުރްމުޒް ކަނޑުއޮޅިހޫޡީމުޖްތަބާ ޚާމަނާއީ

އެންމެ ހިނގާ

1

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

2

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

3

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

4

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

5

ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

24 ސެޕްޓެމްބަރު 2026
އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި
24 ސެޕްޓެމްބަރު 2026

ވައިޓް ހައުސްއަށް ވަނުން މަނާކޮށްފައިވާ ސީ.އެން.އެން، އެމް.އެސް ނައު އަދި ޕޮލިޓިކޯގެ ނޫސްވެރިންނަށް އަލުން އެ ފުރުސަތު ވަގުތުން ހަމަޖައްސައިދިނުމަށް އެމެރިކާގެ ކޯޓަކުން ޓްރަމްޕްގެ ސަރުކާރުގެ މައްޗަށް އަމުރުކޮށްފި

24 ސެޕްޓެމްބަރު 2026
ވައިޓް ހައުސްއަށް ވަނުން މަނާކޮށްފައިވާ ސީ.އެން.އެން، އެމް.އެސް ނައު އަދި ޕޮލިޓިކޯގެ ނޫސްވެރިންނަށް އަލުން އެ ފުރުސަތު ވަގުތުން ހަމަޖައްސައިދިނުމަށް އެމެރިކާގެ ކޯޓަކުން ޓްރަމްޕްގެ ސަރުކާރުގެ މައްޗަށް އަމުރުކޮށްފި
24 ސެޕްޓެމްބަރު 2026

އަރާގްޗީ އީރާނުގެ 'ސާފު އަދި ދެފުށް ފެންނަ' ޝަރުތުތައް އެމެރިކާއަށް ހުށަހަޅުއްވައިފި: ތަރުޖަމާނު

24 ސެޕްޓެމްބަރު 2026
އަރާގްޗީ އީރާނުގެ 'ސާފު އަދި ދެފުށް ފެންނަ' ޝަރުތުތައް އެމެރިކާއަށް ހުށަހަޅުއްވައިފި: ތަރުޖަމާނު
24 ސެޕްޓެމްބަރު 2026

"ނިއުކްލިއާ ބޮން އޮތީ އިސްރާއީލުގައި، އިންސްޕެކްޓަރުން ތިބީ އީރާނުގައި" - ޕެޒެޝްކިއަން

24 ސެޕްޓެމްބަރު 2026
"ނިއުކްލިއާ ބޮން އޮތީ އިސްރާއީލުގައި، އިންސްޕެކްޓަރުން ތިބީ އީރާނުގައި" - ޕެޒެޝްކިއަން
24 ސެޕްޓެމްބަރު 2026

ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޓްރަމްޕް ވޮޝިންގޓަނުން ޝީއަށް ހޫނު މަރުހަބާއެއް

24 ސެޕްޓެމްބަރު 2026
ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޓްރަމްޕް ވޮޝިންގޓަނުން ޝީއަށް ހޫނު މަރުހަބާއެއް
24 ސެޕްޓެމްބަރު 2026

އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް

24 ސެޕްޓެމްބަރު 2026
އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް
24 ސެޕްޓެމްބަރު 2026

ޖީ20 ސަމިޓަށް ރަޝިޔާގެ ޕުޓިންއަށް ޓްރަމްޕް ދައުވަތު އަރުވައިފި

24 ސެޕްޓެމްބަރު 2026
ޖީ20 ސަމިޓަށް ރަޝިޔާގެ ޕުޓިންއަށް ޓްރަމްޕް ދައުވަތު އަރުވައިފި
24 ސެޕްޓެމްބަރު 2026

ޣައްޒާ އާރާސްތުކުރުމަށް ބޯޑް އޮފް ޕީސްއިން 2.4 ބިލިއަން ޑޮލަރުގެ ޕްލޭނެއް!

24 ސެޕްޓެމްބަރު 2026
ޣައްޒާ އާރާސްތުކުރުމަށް ބޯޑް އޮފް ޕީސްއިން 2.4 ބިލިއަން ޑޮލަރުގެ ޕްލޭނެއް!
23 ސެޕްޓެމްބަރު 2026

އިސްރާއީލުން ހަމަލާދީ، ބިންތައް ހިފަމުންދާއިރު ގުޅުން ގާއިމެއް ނުކުރެވޭނެ: ސޫރިޔާގެ ޝަރްޢު

23 ސެޕްޓެމްބަރު 2026
އިސްރާއީލުން ހަމަލާދީ، ބިންތައް ހިފަމުންދާއިރު ގުޅުން ގާއިމެއް ނުކުރެވޭނެ: ސޫރިޔާގެ ޝަރްޢު
23 ސެޕްޓެމްބަރު 2026

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، އީރާނުން ބަޣުދާދާއި މަސްޤަތަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި

23 ސެޕްޓެމްބަރު 2026
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، އީރާނުން ބަޣުދާދާއި މަސްޤަތަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް