Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

ހަނގުރާމަ ހުއްޓާލަން އީރާނުން ހަތް ދުވަހުގެ މަގުޗާޓެއް ހުށަހަޅައިފި، އެމެރިކާއިން އެއްބަސްވެދާނެތަ؟

26 ސެޕްޓެމްބަރު 2026 | ހޮނިހިރު 02:32

އީރާނުން އެމެރިކާއަށް ހުށަހެޅި ހަތް ދުވަހުގެ މަގުޗާޓުގެ ދަށުން، ހުރްމުޒް ކަނޑުއޮޅި ހުޅުވައިލުމުގެ ބަދަލުގައި އީރާނުގެ ބަނދަރުތަކުގެ ހިސާރު އުވައިލުމަށާއި ފްރީޒްކޮށްފައިވާ ފައިސާ ދޫކޮށްލުމަށް ވަނީ ޝަރުތުކޮށްފައި. މި ޕްލޭނާމެދު ވޮޝިންގޓަނުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ބުނި ނަމަވެސް، ސަރަހައްދީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަދިވެސް ތިބީ މިކަމާ މެދު ޝައްކުގެ ނަޒަރެއްގައި

ނިއުސް ޓީމް
ނިއުސް ޓީމް | 26 ސެޕްޓެމްބަރު 2026 | ހޮނިހިރު 02:32

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާއަކަށް ފަހު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ | އެކްސް

އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ތެހްރާނުން ހަތް ދުވަހުގެ މަގުޗާޓެއް ހުށަހަޅައި، އެ ކަމުގައި ވޮޝިންގޓަން ގެ ޖަވާބަކަށް އިންތިޒާރު ކުރަމުންދާ ކަމަށް އީރާނުގެ އިސް ޑިޕްލޮމެޓު ހާމަކުރައްވައިފި އެޗެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ ބޭރުގައި ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ މި ޕްލޭންގެ ތަފުސީލުތައް ހާމަކުރައްވާފަ އެވެ. އަދި, މި ޕްލޭން ގަތަރު މެދުވެރިކޮށް ވޮޝިންގޓަނާ ހިއްސާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ހަތް ދުވަހުގެ މުއްދަތު ގުނަން ފަށާނީ އެމެރިކާއިން މި ޕްލޭން ބަލައިގަންނަ ހިސާބުން،” އޭނާ ވިދާޅުވި އެވެ.

Advertisement - worldAdvertisement

އަރާގްޗީ ވިދާޅުވީ، މި ޕްލޭންގެ ފުރަތަމަ މަރުހަލާތައް އެކުލަވައިލާ ތަންފީޒުކުރަން ފެށުމަށް ހަތަރެއް ނުވަތަ ފަސް ދުވަސް ހޭދަވާނެ ކަމަށެވެ. އަދި، ހަވަނަ ދުވަހު ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލާނެ ކަމަށާއި، "ހަތްވަނަ ދުވަހު، ދެ ފަރާތުން އެއްބަސްވާ ކަންކަމުގައި ފަހުގެ އެއްބަސްވުމަކަށް ވާސިލުވުމަށް އެމެރިކާއާއެކު މަޝްވަރާތައް ފެށޭނެ،" އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.

ތެހްރާންގެ އާ ހުށަހެޅުމާއި އޭގެ ޝަރުތުތައް

މި ޕްލޭންގެ ދަށުން، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައިވާ ކަނޑުގެ ހިސާރު އުވާލުމަށާއި، އީރާނުގެ ތެޔޮ ވިއްކުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށާއި، ފްރީޒްކޮށްފައިވާ އީރާނުގެ މުދަލާއި ފައިސާގެ ތެރެއިން ގާތްގަނޑަކަށް 12 ބިލިއަން ޑޮލަރު ދޫކޮށްލަން ޖެހެ އެވެ. މީގެ އިތުރުން، ލުބުނާނާއި ޔަމަނު ހިމެނޭހެން މުޅި ސަރަހައްދުގައި ހަނގުރާމަ ހުއްޓާލުމަށް ވޮޝިންގޓަނުން ބާރުއަޅަން ޖެހޭނެ އެވެ.

ބަދަލުގައި، އީރާނުން ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލާނެ އެވެ. ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގައި ވިޔަފާރިކުރާ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާފައި ވަނީ މި ކަނޑުއޮޅިންނެވެ. އަދި, ކަނޑުއޮޅި ބަންދުކޮށްފައި އޮތުމަކީ މި ވަގުތު ތެހްރާނަށް ލިބިފައިވާ މައިގަނޑު އެއް ބާރުގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެ އެވެ. "މިހާރު [ހަނގުރާމަ ނިމުމަކަށް ގެނައުމުގެ] އިޚްތިޔާރު އޮތީ އެމެރިކާގެ އަތްމަތީގައި،” އަރާގްޗީ ވިދާޅުވި އެވެ.

"މަޖުބޫރުކުރުމާއި، ބިރުދެއްކުމާއި އިންޒާރަށް އީރާނުން ބޯނުލަނބާނެ. ފިއްތުންތަކާ ހުރެ އީރާނުގެ އިސްތިގްލާލީ ހއްގތައް ދޫކޮށެއް ނުލާނެ،" އަރާގްޗީ ވިދާޅުވި އެވެ. "އެއްބަސްވުމަކަށް އައުމަށާއި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އެމެރިކާގެ ފަރާތުން ސީރިއަސްކަމެއް ހުރި ނަމަ، މިހާރު ހުރިހާ ކަމެއް ވެސް އޮތީ ތައްޔާރަށް ކަމަށް އަޅުގަނޑަށް ބުނެވިދާނެ."

ރިޕޯޓުތައް ބުނާ ގޮތުގައި، ޔަމަނާއި ލުބުނާން ހިމެނޭހެން މެދުއިރުމަތީގައި ހިނގަމުންދާ ހުރިހާ ހަމަނުޖެހުންތަކެއް ނިމުމަކަށް ގެނައުމަކީ ވެސް ތެހެރާނުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ނާކާމިޔާބުވި އެއްބަސްވުމެއްގެ ހަނދާންތައް އާކޮށްދޭ ޕްލޭނެއް

ހަތްވަނަ މަހަކަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަމާޒުކޮށްފައިވާ މި ހުށަހެޅުމަކީ، ގަތަރާއި ޕާކިސްތާނުގެ މެދުވެރިވުމާއެކު ޖޫން 17 ގައި ތެހެރާނާއި ވޮޝިންގޓަނާ ދެމެދު ސޮއިކުރި ފަހުމުނާމާއާ ވަރަށް އެއްގޮތް ހުށަހެޅުމެކެވެ. އެ ފަހުމުނާމާގެ ދަށުން މަޝްވަރާތަކަށް 60 ދުވަހުގެ މުއްދަތެއް ކަނޑައެޅި ނަމަވެސް، މަދު ހަފުތާތަކެއްގެ ތެރޭގައި އެމެރިކާއިން ވަނީ އެ އެއްބަސްވުން ރޫޅާލާފަ އެވެ.

އެ އެއްބަސްވުމާމެދު ޚިޔާލުތަފާތުވުން އުފެދުނީ، ހުރްމުޒް މަގުން ދަތުރުފަތުރު ކުރުން ކޮންޓްރޯލް ކުރުމާ ގުޅޭ ފަންނީ މާއްދާތައް ނުސާފުވުމުގެ ސަބަބުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. މި ގޮތުން، އީރާނުން ހުއްދަ ހޯދުމުގެ އުސޫލުތަކަށް ބޯނުލަނބާ ކަމަށް ބުނެ އުޅަނދުފަހަރަށް އީރާނުން ހަމަލާދޭން ފެށި ކަމަށް ވޮޝިންގޓަނުން ތުހުމަތުކުރާއިރު، އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރެއްވީ ޖުލައި މަހު އެވެ.

އެއަށްފަހު، އެމެރިކާއިން ދަނީ ދޭތެރެދޭތެރެއިން އީރާނުގެ އަމާޒުތަކަށް ހަމަލާ ދެމުންނެވެ. އަދި، އީރާނުން ވެސް ވަނީ ރައްދުގައި ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދޭން ފަށާފަ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި، އަރާގްޗީ ވަނީ އަންގާރަ ދުވަހު ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފްއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ. ވިޓްކޮފް ވިދާޅުވީ "ދިގު ދެމިގެންދިޔަ" މި  މަޝްވަރާތަކަކީ "އެދެވޭ އަދި އުންމީދީ" މަޝްވަރާތަކަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ހަފުތާގައި ފޮކްސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި، އީރާނުގެ ރައީސް މަސްއޫދު ޕީޒިޝްކިއާން ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އިޚްތިޔާރު މިހާރު އޮތީ ވޮޝިންގޓަނުގެ އަތްމަތީގައި ކަމަށެވެ. "މި ކަން ނިމުމަކަށް ގެންނަން ބޭނުންވޭތޯ ނުވަތަ ނޫންތޯ ނިންމަން ޖެހޭނީ އެމެރިކާއިން،" އޭނާ ވިދާޅުވި އެވެ.

ވައިޓް ހައުސްގެ އޮފިޝަލަކު ސީއެންއެންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މެދުވެރިންގެ އެހީގައި ޓްރަމްޕްގެ ސަރުކާރުން "އެދެވޭ އަދި ބިނާކުރަނިވި މަޝްވަރާތަކެއް" ކުރިއަށް ގެންދާ ކަމަށެވެ. މި ހުރިހާ ކަމެއް މިހެން ހުރި ނަމަވެސް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަދިވެސް ތިބީ މި ކަމާ މެދު ޝައްކުގެ ނަޒަރެއްގަ އެވެ.

ޖެނީވާ ގްރެޖުއޭޓް އިންސްޓިޓިއުޓްގެ ދާރިސް ސައިރަސް ޝަޔެގް ވިދާޅުވީ "އަސާސީ ގޮތުން އެއްވެސް ކަމެއް ބަދަލެއް ނުވޭ" ކަމަށެވެ. އަދި، އީރާނުން ބޭނުންވަނީ ހަނގުރާމައިގެ ތެރޭގައި ހޯދި ބާރު ދަމަހައްޓަން ކަމަށާއި، ޖޫން މަހުގެ އޮނިގަނޑަށް އަލުން ރުޖޫއަވުމަށް ވޮޝިންގޓަނުން ދެކޮޅު ހަދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޮވެންބަރު މަހު ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ކުރިން މި އާ އެއްބަސްވުމަށް ބޮޑު ކުރިއެރުމެއް ލިބުން ދުރު ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ. ނަމަވެސް، އިންތިޚާބުގެ ކުރިން އެއްބަސްވުމަކަށް އާދެވުމަކީ "އެންމެ ރަނގަޅު ގޮތް" ކަމަށް ހުކުރު ދުވަހު އަރާގްޗީ ވިދާޅުވި އެވެ.

މި މައްސަލައިގައި މައިގަނޑު މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުން ބުނީ، މަސްރަހު ފިނިކުރުމަށާއި އަލުން ވާހަކަތައް ފެށުމުގެ ޝަރުތުތަކާ ގުޅޭ ގޮތުން އެ ގައުމުގެ ޚާރިޖީ ވަޒީރު ހުކުރު ދުވަހު ޕީޒިޝްކިއާންއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއައްބާސް އަރަގްޗީހުރްމުޒް ކަނޑުއޮޅިޑޮނަލްޑް ޓްރަމްޕްގަތަރުމަސްއޫދު ޕެޒެޝްކިއާން

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

4

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

5

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2026

މިޑްޓާމް އިންތިޚާބަށްފަހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ޓްރަމްޕް ރާއްވަވަނީ

26 ސެޕްޓެމްބަރު 2026
މިޑްޓާމް އިންތިޚާބަށްފަހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ޓްރަމްޕް ރާއްވަވަނީ
25 ސެޕްޓެމްބަރު 2026

އެމެރިކާ-ޗައިނާ ރަހުމަތްތެރިކަމާއި ރައީސް ޝީއަށް ޓްރަމްޕްގެ ތާރީފު!

25 ސެޕްޓެމްބަރު 2026
އެމެރިކާ-ޗައިނާ ރަހުމަތްތެރިކަމާއި ރައީސް ޝީއަށް ޓްރަމްޕްގެ ތާރީފު!
25 ސެޕްޓެމްބަރު 2026

އީރާނުން ހަނގުރާމަކުރަން ބޭނުމެއް ނޫން، އެއްބަސްވުމެއް ހަދަން ތައްޔާރު: ޕީޒިޝްކިއާން

25 ސެޕްޓެމްބަރު 2026
އީރާނުން ހަނގުރާމަކުރަން ބޭނުމެއް ނޫން، އެއްބަސްވުމެއް ހަދަން ތައްޔާރު: ޕީޒިޝްކިއާން
24 ސެޕްޓެމްބަރު 2026

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

24 ސެޕްޓެމްބަރު 2026
އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި
24 ސެޕްޓެމްބަރު 2026

ވައިޓް ހައުސްއަށް ވަނުން މަނާކޮށްފައިވާ ސީ.އެން.އެން، އެމް.އެސް ނައު އަދި ޕޮލިޓިކޯގެ ނޫސްވެރިންނަށް އަލުން އެ ފުރުސަތު ވަގުތުން ހަމަޖައްސައިދިނުމަށް އެމެރިކާގެ ކޯޓަކުން ޓްރަމްޕްގެ ސަރުކާރުގެ މައްޗަށް އަމުރުކޮށްފި

24 ސެޕްޓެމްބަރު 2026
ވައިޓް ހައުސްއަށް ވަނުން މަނާކޮށްފައިވާ ސީ.އެން.އެން، އެމް.އެސް ނައު އަދި ޕޮލިޓިކޯގެ ނޫސްވެރިންނަށް އަލުން އެ ފުރުސަތު ވަގުތުން ހަމަޖައްސައިދިނުމަށް އެމެރިކާގެ ކޯޓަކުން ޓްރަމްޕްގެ ސަރުކާރުގެ މައްޗަށް އަމުރުކޮށްފި
24 ސެޕްޓެމްބަރު 2026

އަރާގްޗީ އީރާނުގެ 'ސާފު އަދި ދެފުށް ފެންނަ' ޝަރުތުތައް އެމެރިކާއަށް ހުށަހަޅުއްވައިފި: ތަރުޖަމާނު

24 ސެޕްޓެމްބަރު 2026
އަރާގްޗީ އީރާނުގެ 'ސާފު އަދި ދެފުށް ފެންނަ' ޝަރުތުތައް އެމެރިކާއަށް ހުށަހަޅުއްވައިފި: ތަރުޖަމާނު
24 ސެޕްޓެމްބަރު 2026

"ނިއުކްލިއާ ބޮން އޮތީ އިސްރާއީލުގައި، އިންސްޕެކްޓަރުން ތިބީ އީރާނުގައި" - ޕެޒެޝްކިއަން

24 ސެޕްޓެމްބަރު 2026
"ނިއުކްލިއާ ބޮން އޮތީ އިސްރާއީލުގައި، އިންސްޕެކްޓަރުން ތިބީ އީރާނުގައި" - ޕެޒެޝްކިއަން
24 ސެޕްޓެމްބަރު 2026

ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޓްރަމްޕް ވޮޝިންގޓަނުން ޝީއަށް ހޫނު މަރުހަބާއެއް

24 ސެޕްޓެމްބަރު 2026
ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޓްރަމްޕް ވޮޝިންގޓަނުން ޝީއަށް ހޫނު މަރުހަބާއެއް
24 ސެޕްޓެމްބަރު 2026

އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް

24 ސެޕްޓެމްބަރު 2026
އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް
24 ސެޕްޓެމްބަރު 2026

ޖީ20 ސަމިޓަށް ރަޝިޔާގެ ޕުޓިންއަށް ޓްރަމްޕް ދައުވަތު އަރުވައިފި

24 ސެޕްޓެމްބަރު 2026
ޖީ20 ސަމިޓަށް ރަޝިޔާގެ ޕުޓިންއަށް ޓްރަމްޕް ދައުވަތު އަރުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް