Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ-ހޫޘީންގެ ކުރިމަތިލުން

ހޫޘީން އަނެއްކާ ވެސް ރިޔާޟަށް ހަމަލާދީފި، ސައުދީން ވަނީ ޑްރޯންތައް ވައްޓާލާފައި

26 ސެޕްޓެމްބަރު 2026 | ހޮނިހިރު 02:51

ޔަމަނުގެ ހޫޘީންނާއި ސައޫދީގެ ތާއީދު އޮންނަ ސަރުކާރުގެ ސިފައިންނާ ދެމެދު ކުރިމަތިލުންތައް ވަރުގަދަވެ، ތައީޒު ޕްރޮވިންސްގައި ހުރި ހޫޘީންގެ މަގާމުތަކަށް ސަރުކާރު ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފިއި. މި ހަމަލާތަކަކީ ހޫޘީން ކަނޑުމަގުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން ދިން ހަމަލާތަކެއް ކަމަށްވާއިރު، ސައޫދީ ކޯލިޝަނުން ވެސް ދަނީ ޔަމަނުގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދެމުން

ނިއުސް ޓީމް
ނިއުސް ޓީމް | 26 ސެޕްޓެމްބަރު 2026 | ހޮނިހިރު 02:51
ސައުދީ އަރަބިއްޔާއިން ވާގިދޭ ޔަމަނުގެ އަސްކަރިއްޔާގެ ސިފައިން ހޫޘީ ޖަމާއަތުގެ ހަނގުރާމަވެރިންގެ އަމާޒުތަކަށް ހަމަލާދެނީ

ސައުދީ އަރަބިއްޔާއިން ވާގިދޭ ޔަމަނުގެ އަސްކަރިއްޔާގެ ސިފައިން ހޫޘީ ޖަމާއަތުގެ ހަނގުރާމަވެރިންގެ އަމާޒުތަކަށް ހަމަލާދެނީ | އޭއެފްޕީ

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ދެ ޑްރޯން ދިފާއުކޮށް ވައްޓާލާފައިވާނެ ކަމަށް ސައުދީ ދިފާއީ ބާރުތަކުން ހާމަކޮށްފި އެވެ. ސައޫދީ އަރަބިއްޔާއަށް އަމާޒުވާ މިސައިލާއި ޑްރޯންގެ ނުރައްކާތައް އެ ގައުމުގެ އަސްކަރިއްޔާއިން ވަރަށް ގާތުން މޮނިޓަރު ކުރަމުންދާ ކަމަށް، ޔަމަނުގައި ހަރަކާތްތެރިވާ ސައޫދީ އަސްކަރީ ކޯލިޝަނުގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ ވިދާޅުވި އެވެ. އަދި، ރިޔާޟުގެ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ދެ ޑްރޯން ވައިގެ ދިފާއީ ނިޒާމުން ދެނެގަނެ، ގޮއްވާލައި ހަލާކުކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޫޘީން ރިޔާޟާ ދެކޮޅަށް ކަނޑުމަގުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައި، ހިސާރެއް އިއުލާނުކުރުމާ ގުޅިގެން ޔަމަނުގެ ދާޚިލީ ހަނގުރާމަ މިދިޔަ ޖުލައި މަހު އަލުން ހޫނުވި ފަހުން، ސައޫދީގެ ތާއީދު އޮންނަ ސަރުކާރުގެ ސިފައިންނާއި ހޫޘީންނާ ދެމެދު ވަނީ ކުރިމަތިލުންތައް ވަރުގަދަވެފަ އެވެ.

Advertisement - worldAdvertisement

މިއާއެކު، ޔަމަނުގެ ހުޅަނގު ދެކުނުގައި އޮންނަ ތައީޒު ޕްރޮވިންސްގައި ހުރި ހޫޘީންގެ މަގާމުތަކަށާއި ސަޕްލައި ލައިންތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް، އެ ގައުމުގެ ސަރުކާރުގެ ސިފައިން ހުކުރު ދުވަހު ވަނީ ހާމަކޮށްފަ އެވެ. ސިފައިންގެ ތަރުޖަމާނު މަޖީދު އަބްދުﷲ އަލް-ނާޒިލީ ވިދާޅުވީ، އެއީ ތައީޒުގެ އެކި ސަރަހައްދުތަކާއި ދުބާބުގައި ތިބި ހޫޘީ ހަނގުރާމަވެރިންނަށާއި އެ މީހުންގެ ސަޕްލައި މަގުތަކަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށެވެ.

ދުބާބަކީ އިސްތިރާޖީ ގޮތުން މުހިންމު ބާބު އަލް-މަންދަބް ކަނޑުއޮޅީގެ އުތުރުގައި ރަތް ކަނޑުގެ އައްސޭރިފަށުގައި އޮތް އަވަށެކެވެ. މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވި ނުވަތަ ޒަޚަމްވި ކަމުގެ ތަފުސީލެއް، އަދި ލިބުނު ގެއްލުމުގެ މައުލޫމާތެއް އަލް-ނާޒިލީ ހާމަކުރައްވާފައެއް ނުވެ އެވެ.

މި ހަމަލާތަކާ ގުޅިގެން ހޫޘީން ނެރުނު ބަޔާނެއްގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ސައޫދީ އަސްކަރީ މަތިންދާބޯޓުތަކުން ތައީޒާއި، އިމްރާނާއި، މައުރިބް އަދި ސައުދާ ޕްރޮވިންސަށް 14 ވައިގެ ހަމަލާއާއި މިސައިލް ހަމަލާ ދީފައިވާ ކަމަށް، ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ބުންޏެވެ.

ޔަމަނު އަހުލީހަނގުރާމައެއްގެ ތެރެއަށް ވެއްޓިގެން ދިޔައީ 2014 ވަނަ އަހަރު ހޫޘީ ޖަމާއަތުން އެ ގައުމުގެ ވެރިރަށް ސަންއާއާއި ބައެއް ޕްރޮވިންސްތައް ހިސާރުކޮށް ހިފުމާ ގުޅިގެންނެވެ. މިއާ ގުޅިގެން، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރަށް އެހީތެރިވުމަށް ޓަކައި، ސައޫދީ އަރަބިއްޔާއިން އިސްވެ އޮންނަ އަރަބި ކޯލިޝަނުން 2015 ވަނަ އަހަރު ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ. ހޫޘީން ރިޔާޟާ ދެކޮޅަށް ކަނޑުގެ ހިސާރެއް އިއުލާނުކުރުމާ އެކު، އަލުން ހަނގުރާމަ ފެށިފައިވަނީ މިދިޔަ ޖުލައި މަހު އެވެ. މި ގޮތުން، ރަތް ކަނޑުގެ އައްސޭރިފަށާއި ބާބު އަލް-މަންދަބް ކަނޑުއޮޅީގައި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ހޫޘީން ދާދި ފަހުން ދައުވާކޮށްފައިވާއިރު، އެ ޖަމާއަތުން ވަނީ ސައޫދީ އަރަބިއްޔާގެ ތެލުގެ އުމްރާނީ ވަސީލަތްތަކަށް  އަމާޒުކޮށް ވެސް ހަމަލާތައް ދީފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޔަމަން-ސައުދީ އަރަބިއްޔާހޫޡީރިޔާޟްބާބުލް މަންދަބުޞަންޢާ

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

4

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

5

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2026

އީރާނުން ހަނގުރާމަކުރަން ބޭނުމެއް ނޫން، އެއްބަސްވުމެއް ހަދަން ތައްޔާރު: ޕީޒިޝްކިއާން

25 ސެޕްޓެމްބަރު 2026
އީރާނުން ހަނގުރާމަކުރަން ބޭނުމެއް ނޫން، އެއްބަސްވުމެއް ހަދަން ތައްޔާރު: ޕީޒިޝްކިއާން
22 ސެޕްޓެމްބަރު 2026

ބާބު އަލް-މަންދަބުގެ ނުތަނަވަސްކަމާއެކު މިސްރުގެ ސުވައިސް ކޯރަށް އޮތީ ކޮން ނުރައްކަލެއް؟

22 ސެޕްޓެމްބަރު 2026
ބާބު އަލް-މަންދަބުގެ ނުތަނަވަސްކަމާއެކު މިސްރުގެ ސުވައިސް ކޯރަށް އޮތީ ކޮން ނުރައްކަލެއް؟
22 ސެޕްޓެމްބަރު 2026

ރަތް ކަނޑަށް އިތުރު މަނަވަރުތައް ފޮނުވައިދޭން އީޔޫއިން ގޮވާލައިފި

22 ސެޕްޓެމްބަރު 2026
ރަތް ކަނޑަށް އިތުރު މަނަވަރުތައް ފޮނުވައިދޭން އީޔޫއިން ގޮވާލައިފި
22 ސެޕްޓެމްބަރު 2026

އިނގިރޭސިވިލާތުން ސައުދީ އަރަބިއްޔާއަށް "ދިފާއީ ގޮތުން" އަސްކަރީ އެހީތެރިކަން ފޯރުކޮށްދެނީ

22 ސެޕްޓެމްބަރު 2026
އިނގިރޭސިވިލާތުން ސައުދީ އަރަބިއްޔާއަށް "ދިފާއީ ގޮތުން" އަސްކަރީ އެހީތެރިކަން ފޯރުކޮށްދެނީ
21 ސެޕްޓެމްބަރު 2026

ހޫޘީންނަށް ރައްދު ދޭނެ ސާފު ރޭވުމެއް ސައޫދީއާއި އެމެރިކާގެ ނެތް، ހާލަތު އިތުރަށް ގޯސްވެދާނެ!

21 ސެޕްޓެމްބަރު 2026
ހޫޘީންނަށް ރައްދު ދޭނެ ސާފު ރޭވުމެއް ސައޫދީއާއި އެމެރިކާގެ ނެތް، ހާލަތު އިތުރަށް ގޯސްވެދާނެ!
20 ސެޕްޓެމްބަރު 2026

ރިޔާޟަށް ދިން ހަމަލާއާއެކު ސައުދީއާއި ހޫޘީންގެ ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު!

20 ސެޕްޓެމްބަރު 2026
ރިޔާޟަށް ދިން ހަމަލާއާއެކު ސައުދީއާއި ހޫޘީންގެ ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު!
20 ސެޕްޓެމްބަރު 2026

ޔަމަނަކީ އީރާނުގެ މަސްލަހަތު ހިމާޔަތްކުރާ "ބާގެއިނިންގ ޗިޕެއް" ނޫން: އަލް-ޒޫބާ

20 ސެޕްޓެމްބަރު 2026
ޔަމަނަކީ އީރާނުގެ މަސްލަހަތު ހިމާޔަތްކުރާ "ބާގެއިނިންގ ޗިޕެއް" ނޫން: އަލް-ޒޫބާ
20 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާތަކުން ސައުދީ ދިފާއުކޮށްދޭން އަސްކަރީ އެހީ ދިނުމާ މެދު ތުރުކީވިލާތުން ވިސްނަނީ

20 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާތަކުން ސައުދީ ދިފާއުކޮށްދޭން އަސްކަރީ އެހީ ދިނުމާ މެދު ތުރުކީވިލާތުން ވިސްނަނީ
20 ސެޕްޓެމްބަރު 2026

ސައުދީ ވެރިރަށް ރިޔާޟަށް ހޫޘީންގެ ނުރައްކާތެރި ހަމަލާއެއް އަރައިފި

20 ސެޕްޓެމްބަރު 2026
ސައުދީ ވެރިރަށް ރިޔާޟަށް ހޫޘީންގެ ނުރައްކާތެރި ހަމަލާއެއް އަރައިފި
19 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ވެރިރަށުގައި އިންޒާރުގެ އެލާޓް ނެރެފި

19 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ވެރިރަށުގައި އިންޒާރުގެ އެލާޓް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް