Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ-ހޫޘީންގެ ކުރިމަތިލުން

މައްކާ ދިފާއީ އެއްބަސްވުން: ސައޫދީއަށް އެހީވާން ދިފާއީ އޮފިޝަލުންގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

25 ސެޕްޓެމްބަރު 2026 | ހުކުރު 02:37

ސައޫދީ އަރަބިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް 'މައްކާ ދިފާއީ އެއްބަސްވުމުގެ' ދަށުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭގޮތުން ސައޫދީ، ޕާކިސްތާން އަދި ތުރުކީގެ ޚާރިޖީ ވަޒީރުން ނިއުޔޯކުގައި މަޝްވަރާކުރެއްވި. މި ބައްދަލުވުމުގައި ސައޫދީގެ އާންމުންނާއި އިގުތިސާދީ ވަސީލަތްތަކަށް އަމާޒުކޮށްދޭ ހަމަލާތައް ކުށްވެރިކޮށް، ސަރަހައްދީ ހަމަޖެހުމާއި ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވި

ނިއުސް ޓީމް
ނިއުސް ޓީމް | 25 ސެޕްޓެމްބަރު 2026 | ހުކުރު 02:37
މައްކާ ދިފާއީ އެއްބަސްވުމުގެ ބައިވެރިން ކަމަށްވާ ޕާކިސްތާނާއި، ސައުދީ އަރަބިއްޔާ އަދި ތުރުކީވިލާތުގެ ޚާރިޖީ ވަޒީރުން ނިއު ޔޯކުގައި ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

މައްކާ ދިފާއީ އެއްބަސްވުމުގެ ބައިވެރިން ކަމަށްވާ ޕާކިސްތާނާއި، ސައުދީ އަރަބިއްޔާ އަދި ތުރުކީވިލާތުގެ ޚާރިޖީ ވަޒީރުން ނިއު ޔޯކުގައި ބޭއްވެވި ބައްދަލުވުމުގެ ތެރެއިން | އަނަދޮލު އޭޖެންސީ

މައްކާ ދިފާއީ އެއްބަސްވުމުގެ ދަށުން ސައޫދީ އަރަބިއްޔާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ދިރާސާކުރުމަށް ޓަކައި، ސައޫދީ އަރަބިއްޔާއާއި ޕާކިސްތާން އަދި ތުރުކީގެ ޗީފްސް އޮފް ސްޓާފުންގެ ކުއްލި ބައްދަލުވުމެއް ބޭއްވުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން އެ ތިން ގައުމުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި އެވެ. މި ކަން ފުރަތަމަ ރިޕޯޓު ކޮށްފައި ވަނީ ސައުދީ ގެޒެޓު ނޫހުންނެވެ.

ނިއު ޔޯކުގައި ހުންނަ ސައުދީ އަރަބިއްޔާގެ މިޝަނުގައި ބޭއްވެވި މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވީ، ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާންއާއި، ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގު ދާރު އަދި ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހަކާން ފިދާން އެވެ.

Advertisement - worldAdvertisement

މި ބައްދަލުވުމުގައި ވަޒީރުން ވަނީ، ދިފާއީ އެއްބަސްވުމުގެ ދަށުން ވެފައިވާ ވައުދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސައޫދީ އަރަބިއްޔާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމުތައް ދިރާސާކުރުމަށް ބާއްވާ އަސްކަރީ ވެރިންގެ ބައްދަލުވުމުގެ ތައްޔާރީތައް މުރާޖާ ކުރައްވާފަ އެވެ. މައްކާ އެއްބަސްވުމުގެ އެއްވެސް ބައިވެރިއަކަށް ދެވޭ ހަމަލާއަކީ ހުރިހާ ބައިވެރިންނަށް ވެސް ދެވޭ ހަމަލާއެއް ކަމަށް އެ އެއްބަސްވުމުގައި ބަޔާންކުރެ އެވެ.

މި ބައްދަލުވުމުގައި ވަޒީރުން ވަނީ، މައްކާގެ އިތުރުން ސައޫދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ތަންތަނަށާއި އިގުތިސާދީ ވަސީލަތްތަކަށް އަމާޒުކޮށް ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތުން ދޭން އުޅުނު ހަމަލާތައް "ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ" ކަމަށް ވިދާޅުވި އެވެ.

ސަރަހައްދުގެ އެންމެ ފަހުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވަމުން ވަޒީރުން ވަނީ، ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، އަވައްޓެރިކަމުގެ ރަނގަޅު ގުޅުން ދެމެހެއްޓުމަށާއި، ދައުލަތްތަކުގެ ސިޔާދަތަށް އެއް ގައުމުން އަނެއް ގައުމަށް އިހުތިރާމުކުރުމުގެ އިތުރުން، އެތެރޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްނުބޭނުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅުއްވާފަ އެވެ. އަދި, ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަމާއި މިނިވަންކަން ކަށަވަރުކުރުމުގެ މުހިންމުކަން ވެސް ވަޒީރުން ފާހަގަކުރެއްވި އެވެ.

މިއާއެކު, މި ސަރަހައްދުގައި ދެމެހެއްޓެނިވި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް މަސައްކަތްކުރުމަށާއި، މަސްރަހުގެ ނުތަނަވަސްކަން ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ އިތުރުން، މިހާރު ހިނގަމުންދާ ކާރިސާތަކަށް ސުލްހަވެރި ހައްލުތައް ހޯދުމަށް މަސައްކަތްކުރުމަށް ވެސް ވަޒީރުން ވަނީ ވެވަޑައިގެންފައިވާ އަހުދު އާކުރައްވާފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

މައްކާ ދިފާއީ އެއްބަސްވުންއެމެރިކާ-ސައުދީ އަރަބިއްޔާޕާކިސްތާންތުރުކީނިއުޔޯކް

އެންމެ ހިނގާ

1

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

2

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

3

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

4

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

5

ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް

24 ސެޕްޓެމްބަރު 2026
އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް
24 ސެޕްޓެމްބަރު 2026

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެންނަން ތުރުކީވިލާތުން ތައްޔާރު: އުރުދުޣާން

24 ސެޕްޓެމްބަރު 2026
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެންނަން ތުރުކީވިލާތުން ތައްޔާރު: އުރުދުޣާން
23 ސެޕްޓެމްބަރު 2026

ތުރުކީވިލާތުގެ ސްކޫލެއް ކައިރީގައި ބަޑީގެ ހަމަލާއެއްދީ 11 މީހުން ޒަޚަމްކޮށްލައިފި

23 ސެޕްޓެމްބަރު 2026
ތުރުކީވިލާތުގެ ސްކޫލެއް ކައިރީގައި ބަޑީގެ ހަމަލާއެއްދީ 11 މީހުން ޒަޚަމްކޮށްލައިފި
22 ސެޕްޓެމްބަރު 2026

ޕީއެންސީގެ 16 މަޖިލިސް މެންބަރުން ޕާކިސްތާނަށް!

22 ސެޕްޓެމްބަރު 2026
ޕީއެންސީގެ 16 މަޖިލިސް މެންބަރުން ޕާކިސްތާނަށް!
22 ސެޕްޓެމްބަރު 2026

ބާބު އަލް-މަންދަބުގެ ނުތަނަވަސްކަމާއެކު މިސްރުގެ ސުވައިސް ކޯރަށް އޮތީ ކޮން ނުރައްކަލެއް؟

22 ސެޕްޓެމްބަރު 2026
ބާބު އަލް-މަންދަބުގެ ނުތަނަވަސްކަމާއެކު މިސްރުގެ ސުވައިސް ކޯރަށް އޮތީ ކޮން ނުރައްކަލެއް؟
22 ސެޕްޓެމްބަރު 2026

ރަޝިޔާގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލާނެ ޝަރުތުތައް ޒެލެންސްކީ ހާމަކުރައްވައިފި

22 ސެޕްޓެމްބަރު 2026
ރަޝިޔާގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލާނެ ޝަރުތުތައް ޒެލެންސްކީ ހާމަކުރައްވައިފި
21 ސެޕްޓެމްބަރު 2026

ހޫޘީންނަށް ރައްދު ދޭނެ ސާފު ރޭވުމެއް ސައޫދީއާއި އެމެރިކާގެ ނެތް، ހާލަތު އިތުރަށް ގޯސްވެދާނެ!

21 ސެޕްޓެމްބަރު 2026
ހޫޘީންނަށް ރައްދު ދޭނެ ސާފު ރޭވުމެއް ސައޫދީއާއި އެމެރިކާގެ ނެތް، ހާލަތު އިތުރަށް ގޯސްވެދާނެ!
20 ސެޕްޓެމްބަރު 2026

ރިޔާޟަށް ދިން ހަމަލާއާއެކު ސައުދީއާއި ހޫޘީންގެ ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު!

20 ސެޕްޓެމްބަރު 2026
ރިޔާޟަށް ދިން ހަމަލާއާއެކު ސައުދީއާއި ހޫޘީންގެ ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު!
20 ސެޕްޓެމްބަރު 2026

ޔަމަނަކީ އީރާނުގެ މަސްލަހަތު ހިމާޔަތްކުރާ "ބާގެއިނިންގ ޗިޕެއް" ނޫން: އަލް-ޒޫބާ

20 ސެޕްޓެމްބަރު 2026
ޔަމަނަކީ އީރާނުގެ މަސްލަހަތު ހިމާޔަތްކުރާ "ބާގެއިނިންގ ޗިޕެއް" ނޫން: އަލް-ޒޫބާ
20 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާތަކުން ސައުދީ ދިފާއުކޮށްދޭން އަސްކަރީ އެހީ ދިނުމާ މެދު ތުރުކީވިލާތުން ވިސްނަނީ

20 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާތަކުން ސައުދީ ދިފާއުކޮށްދޭން އަސްކަރީ އެހީ ދިނުމާ މެދު ތުރުކީވިލާތުން ވިސްނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް