Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ޗައިނާ ގުޅުން

އެމެރިކާ-ޗައިނާ ރަހުމަތްތެރިކަމާއި ރައީސް ޝީއަށް ޓްރަމްޕްގެ ތާރީފު!

25 ސެޕްޓެމްބަރު 2026 | ހުކުރު 03:12

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވޮޝިންގޓަންގައި ބޭއްވި ރަސްމީ ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި ހުރި ޚިޔާލުތަފާތުވުންތަކާ އެކުވެސް ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާކުރައްވައިފިއެވެ. ދުނިޔޭގެ ނުފޫޒުގަދަ ވިޔަފާރިވެރިން ބައިވެރިވި މި ދަތުރުފުޅުގައި، ދެ ލީޑަރުން ވަނީ އަންނަން އޮތް ޖީލުތަކަށް ފާގަތިކަން ގެނެސްދޭނެ ގުޅުމެއް ބިނާކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 25 ސެޕްޓެމްބަރު 2026 | ހުކުރު 03:12

ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއި އޭނާގެ އަނބިކަނބަލުން ވައިޓް ހައުސްއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އަނބިކަނބަލުންނާއެކު ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ | ވައިޓް ހައުސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ޝަރަފުގައި ވޮޝިންގޓަންގައި ރަސްމީ ޖާފަތެއް ދެއްވައިފި އެވެ. މި ޖާފަތުގައި ޓެކްނޮލޮޖީ ދާއިރާގެ ގިނަ އަދަދެއްގެ އިސްވެރިންނާއި، ބިލިއަނަރުންނާއި، ވޮޝިންގޓަންގެ ނުފޫޒުގަދަ ސިޔާސީ ފަރާތްތަކުގެ އިތުރުން ވިޔަފާރިވެރިން ވެސް ބައިވެރިވި އެވެ. މި ހަފުލާ އިންތިޒާމުކޮށްފައި ވަނީ، ޕާޓީތައް ބޭއްވުމަށް އަބަދުވެސް ޚާއްސަ ޝައުގުވެރިކަމެއް ބަހައްޓަވާ ކަމަށް މަޝްހޫރު ވެފައިވާ ޓްރަމްޕް އެންމެ ގަޔާވާ ފަދަ ކުލަގަދަ ހަރަކާތްތަކާ އެކުގަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މި ފަރިއްކޮޅަކީ، ދެ ގައުމުގެ ލީޑަރުންގެ މެދުގައި އެ ދުވަހު ކުރިއަށްދިޔަ މަޝްވަރާތައް ނިންމަވާލެއްވުމަށް ބޭއްވި ޖާފަތެކެވެ. ފާއިތުވި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ޝީ ވޮޝިންގޓަނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަކީ، ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ ލީޑަރުންގެ މެދުގައި މި އަހަރު ބޭއްވުނު ދެވަނަ ބައްދަލުވުމެވެ.

Advertisement - worldAdvertisement

ބުރާސްފަތި ދުވަހުގެ ކުރީކޮޅު ޓްރަމްޕް ވަނީ، ޝީއާ އެކު ބޭއްވުނީ "ކާމިޔާބު ބައްދަލުވުމެއް" ކަމަށް ސިފަކުރައްވައި އެ ބައްދަލުވުމަށް ތަޢުރީފު ކުރައްވާފަ އެވެ. ދުނިޔޭގެ ބޮޑު ދެ ބާރުގެ މެދުގައި އީރާނާއި، ތައިވާނާއި، އާޓިފިޝަލް އިންޓެލިޖެންސް އަދި ވިޔަފާރީގެ މައްސަލަތަކުގައި ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް، ދެ ގައުމުން ވެސް އަންނަނީ އިތުރަށް މަޝްވަރާކޮށް ވާހަކަތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.

"ރައީސް ޝީ އަދި އަޅުގަނޑަށް ވެސް އެނގޭ، އަޅުގަނޑުމެން މި ތަމްސީލުކުރަނީ ތަފާތު ދެ ނިޒާމެއްކަން. ނަމަވެސް، އަޅުގަނޑުމެންގެ ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮތް ގުޅުން ދެމިއޮންނާނެ. އަދި ދުވަހަކު ވެސް އަޅުގަނޑުމެންގެ ގުޅުން މިހާ ބަދަހިވި ދުވަސްވަރެއް ނާދޭ،” ބުރާސްފަތި ދުވަހުގެ ރޭގެ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ. މީގެ އިތުރުން، "އެކުގައި މަސައްކަތްކޮށްގެން، އަންނަން އޮތް ޖީލުތަކަށް ފާގަތިކަމާއި ރައްކާތެރިކަން ގެނެސްދޭނެ ގުޅުމެއް ބިނާކުރުމުގައި އަޅުގަނޑުމެންނަށް ދެމިތިބެވިދާނެ،" ޓްރަމްޕް ވިދާޅުވި އެވެ.

ޚިޔާލުތަފާތުވުންތަކާއި ޒާތީ ގުޅުން

ޗައިނާގެ ރައީސް ވޮޝިންގޓަނަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި ޝީގެ ހިތްޕުޅު އަތުލެއްވުމަށް ޓްރަމްޕް ވަނީ ކުރެއްވެން އޮތް އެންމެ ބޮޑު މަސައްކަތެއް ކުރައްވާފަ އެވެ. އަދި, ނޮވެންބަރު މަހު ބާއްވާ މިޑްޓާމް އިންތިޚާބާ ދިމާކޮށް ޑިމޮކްރެޓިކް ޕާޓީގެ އިސް ކެންޑިޑޭޓުންނަކީ "ކޮމިއުނިސްޓުން" ގެ ގޮތުގައި ސިފަކުރައްވައި ޓްރަމްޕް ފާޑުވިދާޅުވި ނަމަވެސް، ޝީއާ ދެމެދު އޮތް ގާތް ޒާތީ ގުޅުމަށް އޭނާ ވަނީ ތަޢުރީފު ކުރައްވާފަ އެވެ.

ރަސްމީ މަޝްވަރާތަކުގައި ޝީ އަދި ޓްރަމްޕް ވަނީ ތައިވާނުގެ ނުތަނަވަސްކަމާއި، ވިޔަފާރި، އަދި އާޓިފިޝަލް އިންޓެލިޖެންސާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ، ވައިޓް ހައުސްއަށް ވަނުމުގެ ފުރުސަތު ނޫސްވެރިންނަށް ދިނުމާ މެދު އެމެރިކާގެ ގާނޫނުއަސާސީއާ ގުޅޭ ބޮޑު ބަހުސެއް ހިނގަމުންދިޔަ ދަނޑިވަޅެއްގަ އެވެ.

ނަމަވެސް، ބުރާސްފަތި ދުވަހުގެ މެންދުރުފަހު ޓްރަމްޕް އިސްކަން ދެއްވީ ވައިޓް ހައުސްއަށް ގެންނެވި ބަދަލުތައް ޝީއަށް ދައްކަވާލެއްވުމަށެވެ. މި ގޮތުން، ރިޔާސީ ހެލިކޮޕްޓަރު 'މެރިން ވަން' އާއި، އެ ހެލިކޮޕްޓަރަށް ޓަކައި އަލަށް ހެއްދެވި ހެލިޕެޑް ދައްކަވާލެއްވުން ހިމެނުނު އެވެ. އޭގެ ފަހުން، މުޅި ސަމާލުކަން ހުއްޓިގެން ދިޔައީ މި ކުލަގަދަ ފަރިއްކޮޅުގެ ޚާއްސަ ކަންކަމަށެވެ.

މި ޖާފަތުގެ ތެރެއިން ވައިޓް ހައުސްގައި ޓްރަމްޕްގެ އަމުރަށް ބިނާކުރަމުންދާ 'ބޯލް ރޫމް' ގެ މަސައްކަތް ހިނގަމުންދާ ސަރަހައްދުގެ ވެސް ޖާފަތުގައި ބައިވެރިވެ ވަޑައިގެންނެވި މެހެމާނުންނަށް ޓްރަމްޕް ދައްކަވާލެއްވި އެވެ. ވޮޝިންގޓަންގެ އުމްރާނީ ވަސީލަތްތައް އަލުން ބިނާކުރެއްވުމަށް ބޮޑު ސަމާލުކަމެއް ދެއްވާ ރައީސަކަށް ބަލާއިރު، އިމާރާތްކުރުމުގެ މިފަދަ މަޝްރޫއުތަކަކީ އާންމުކޮށް ވެސް އޭނާގެ ސަމާލުކަން އެ ދިމާއަކަށް އެނބުރޭ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ޝީގެ ތަގުރީރާއި ޖާފަތުގެ ބައިވެރިން

ޝީ ވެސް ވަނީ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަލިއަޅުއްވާލައްވާފަ އެވެ. "ރައީސް ޓްރަމްޕް ވަނީ އެމެރިކާ އަލުން މަތިވެރި ކުރެއްވުމަށް ވައުދުވެ ވަޑައިގަންނަވާފައި. އަޅުގަނޑުމެން ވެސް މި ދަނީ ޗައިނާގެ ގައުމިއްޔަތު އަލުން އިޔާދަކޮށް ފާގަތިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުން،" ޝީ ވިދާޅުވިއެވެ. "މި ދެ ލަނޑުދަނޑިއަކީ ވެސް ވަރަށް އުންމީދީ ދެ ލަނޑުދަނޑި. މި ދެ ކަމަކީ ވެސް އެއް ކަމަކުން އަނެއް ކަމަކަށް ބާރުދޭނެ ކަންކަން."

މި ޖާފަތުގައި ބައިވެރިވެ ވަޑައިގެންނެވި އިސް ބޭފުޅުންގެ ތެރޭގައި އޯޕަންއޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން، އެމެޒަންގެ ބާނީ ޖެފް ބޭޒޯސް، ޓެސްލާ އަދި ސްޕޭސްއެކްސްގެ ސީއީއޯ އީލޮން މަސްކް، އެންވިޑިއާގެ ސީއީއޯ ޖެންސަން ހުއާންގ އަދި ފަރަންސޭސިވިލާތުގެ ލަގްޒަރީ މުދާ އުފައްދާ ކުންފުނި އެލްވީއެމްއެޗްގެ ސީއީއޯ ބާނާޑް އަރްނޯ ހިމެނެ އެވެ.

މި ޖާފަތް ބާއްވާފައި މި ވަނީ، ބުދަ ދުވަހު ވޮޝިންގޓަންގެ ބޭރުގައި އޮންނަ ޖޮއިންޓް ބޭސް އެންޑްރޫސްއަށް ޝީ އަދި އޭނާ އަނބިކަނބަލުން ވަޑައިގަތުމުން، އެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމަށް ސިދާ ޓްރަމްޕް ވަޑައިގެންނެވުމަށް ފަހު އެވެ. އާންމު އުސޫލުން ބަލާއިރު، އެމެރިކާގެ ރައީސުން މެހެމާނުންނަށް ރަސްމީކޮށް މަރުހަބާ ދަންނަވަނީ، އެ ބޭފުޅުން ވައިޓް ހައުސްއަށް ވަޑައިގެންނެވުމުންނެވެ.

މަސްދަރު: އަލް ޖަޒީރާ

ޑޮނަލްޑް ޓްރަމްޕްޝީ ޖިންޕިންއެމެރިކާ-ޗައިނާވޮޝިންޓަންތައިވާންއާޓިފިޝަލް އިންޓެލިޖެންސް

އެންމެ ހިނގާ

1

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

2

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

3

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

4

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

5

ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2026

އީރާނުން ހަނގުރާމަކުރަން ބޭނުމެއް ނޫން، އެއްބަސްވުމެއް ހަދަން ތައްޔާރު: ޕީޒިޝްކިއާން

25 ސެޕްޓެމްބަރު 2026
އީރާނުން ހަނގުރާމަކުރަން ބޭނުމެއް ނޫން، އެއްބަސްވުމެއް ހަދަން ތައްޔާރު: ޕީޒިޝްކިއާން
24 ސެޕްޓެމްބަރު 2026

އޭއައި އޭޖެންޓެއް އޮސްޓްރޭލިއާގެ ސިއްހީ ޑޭޓާބޭސް ހެކްކޮށްފި

24 ސެޕްޓެމްބަރު 2026
އޭއައި އޭޖެންޓެއް އޮސްޓްރޭލިއާގެ ސިއްހީ ޑޭޓާބޭސް ހެކްކޮށްފި
24 ސެޕްޓެމްބަރު 2026

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

24 ސެޕްޓެމްބަރު 2026
އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި
24 ސެޕްޓެމްބަރު 2026

ވައިޓް ހައުސްއަށް ވަނުން މަނާކޮށްފައިވާ ސީ.އެން.އެން، އެމް.އެސް ނައު އަދި ޕޮލިޓިކޯގެ ނޫސްވެރިންނަށް އަލުން އެ ފުރުސަތު ވަގުތުން ހަމަޖައްސައިދިނުމަށް އެމެރިކާގެ ކޯޓަކުން ޓްރަމްޕްގެ ސަރުކާރުގެ މައްޗަށް އަމުރުކޮށްފި

24 ސެޕްޓެމްބަރު 2026
ވައިޓް ހައުސްއަށް ވަނުން މަނާކޮށްފައިވާ ސީ.އެން.އެން، އެމް.އެސް ނައު އަދި ޕޮލިޓިކޯގެ ނޫސްވެރިންނަށް އަލުން އެ ފުރުސަތު ވަގުތުން ހަމަޖައްސައިދިނުމަށް އެމެރިކާގެ ކޯޓަކުން ޓްރަމްޕްގެ ސަރުކާރުގެ މައްޗަށް އަމުރުކޮށްފި
24 ސެޕްޓެމްބަރު 2026

ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޓްރަމްޕް ވޮޝިންގޓަނުން ޝީއަށް ހޫނު މަރުހަބާއެއް

24 ސެޕްޓެމްބަރު 2026
ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޓްރަމްޕް ވޮޝިންގޓަނުން ޝީއަށް ހޫނު މަރުހަބާއެއް
24 ސެޕްޓެމްބަރު 2026

އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް

24 ސެޕްޓެމްބަރު 2026
އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް
24 ސެޕްޓެމްބަރު 2026

ޖީ20 ސަމިޓަށް ރަޝިޔާގެ ޕުޓިންއަށް ޓްރަމްޕް ދައުވަތު އަރުވައިފި

24 ސެޕްޓެމްބަރު 2026
ޖީ20 ސަމިޓަށް ރަޝިޔާގެ ޕުޓިންއަށް ޓްރަމްޕް ދައުވަތު އަރުވައިފި
24 ސެޕްޓެމްބަރު 2026

ޣައްޒާ އާރާސްތުކުރުމަށް ބޯޑް އޮފް ޕީސްއިން 2.4 ބިލިއަން ޑޮލަރުގެ ޕްލޭނެއް!

24 ސެޕްޓެމްބަރު 2026
ޣައްޒާ އާރާސްތުކުރުމަށް ބޯޑް އޮފް ޕީސްއިން 2.4 ބިލިއަން ޑޮލަރުގެ ޕްލޭނެއް!
23 ސެޕްޓެމްބަރު 2026

އިސްރާއީލުން ހަމަލާދީ، ބިންތައް ހިފަމުންދާއިރު ގުޅުން ގާއިމެއް ނުކުރެވޭނެ: ސޫރިޔާގެ ޝަރްޢު

23 ސެޕްޓެމްބަރު 2026
އިސްރާއީލުން ހަމަލާދީ، ބިންތައް ހިފަމުންދާއިރު ގުޅުން ގާއިމެއް ނުކުރެވޭނެ: ސޫރިޔާގެ ޝަރްޢު
23 ސެޕްޓެމްބަރު 2026

ހަކަތައިގެ ލޮޅުންތަކާއި ހަނގުރާމަތައް: ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވީ ކިހާ މިންވަރެއްގެ ހީނަރުކަމެއް؟

23 ސެޕްޓެމްބަރު 2026
ހަކަތައިގެ ލޮޅުންތަކާއި ހަނގުރާމަތައް: ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވީ ކިހާ މިންވަރެއްގެ ހީނަރުކަމެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް