Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނުގެ އަހުލީހަނގުރާމަ

އިނގިރޭސިވިލާތުން ސައުދީ އަރަބިއްޔާއަށް "ދިފާއީ ގޮތުން" އަސްކަރީ އެހީތެރިކަން ފޯރުކޮށްދެނީ

22 ސެޕްޓެމްބަރު 2026 | އަންގާރަ 05:05

ހޫޘީންގެ ހަމަލާތަކުން ދިފާއުވުމަށް ސައުދީ އަރަބިއްޔާއިން އެދިފައިވާތީ، އެ ގައުމުގެ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ މަގުން ތެޔޮ އެޅުމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން ވަނީ ނިންމާފައި. އިނގިރޭސި ސަރުކާރުން މި ފިޔަވަޅު އެޅީ ސަރަހައްދީ މަސްލަހަތު ހިމާޔަތްކުރުމަށާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަތުވެދާނެ ބަދަލުތަކުން ސަލާމަތްވުމުގެ ބޭނުމުގައި. މި އެހީތެރިކަން ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި ދިނުމަށް ވަނީ ހަމަޖެހިފައި

ނިއުސް ޓީމް
ނިއުސް ޓީމް | 22 ސެޕްޓެމްބަރު 2026 | އަންގާރަ 05:05
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބަރނަމް ނަންބަރ 10 ޑައުނިންގ ސްޓްރީޓްގައި ހުންނަ އޭނާގެ އޮފީހުން ނިކުމެވަޑައިގަންނަވަނީ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބަރނަމް ނަންބަރ 10 ޑައުނިންގ ސްޓްރީޓްގައި ހުންނަ އޭނާގެ އޮފީހުން ނިކުމެވަޑައިގަންނަވަނީ | އަނަދޮލު އޭޖެންސީ

ޔަމަނުގެ ހޫޘީ ޖަމާއަތުން ސައުދީ އަރަބިއްޔާއަށް ދިން ހަމަލާތަކަކާ ގުޅިގެން، އެ ޤައުމަށް "ޑިފެންސިވް އެއާ-ޓު-އެއާ ރިފިޔުލިންގ" ނުވަތަ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ މަގުން ތެޔޮ އަޅައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބަރނަމް ހާމަކުރައްވައިފި އެވެ.

މި ނިންމެވުން ނިންމެވީ ސައުދީ އަރަބިއްޔާއިން އަސްކަރީ އެހީތެރިކަމަށް އެދުމާ ގުޅިގެން ކަމަށް ބަރނަމް ވިދާޅުވި އެވެ . އަދި، އޭނާ މި އެދުމަށް ހުއްދަ ދެއްވީ ދިފާއީ ވަޒީރު ވެސް ސްޓްރީޓިންގ އަދި ޚާރިޖީ ވަޒީރު އެޑް މިލިބެންޑްގެ ލަފާފުޅު ލިބިވަޑައިގަތުމުން ކަމަށް ވެސް އޭނާ ހާމަކުރެއްވި އެވެ. މި އެހީތެރިކަމަކީ ވަކި މުއްދަތަކަށް ދެވޭ އެހީއެއް ކަމަށާއި، ފުރަތަމަ މަރުހަލާގައި މި އެހީތެރިކަން ދެމިގެންދާނީ މަދު ހަފުތާތަކަކަށް ކަމަށް ބެލެވޭ ކަމަށް ސަރުކާރުގެ އޮފިޝަލުން ވިދާޅުވި އެވެ.

Advertisement - worldAdvertisement

ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި، ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރާ ދެކޮޅަށް ހޫޘީން ހަނގުރާމަކުރަމުންދާއިރު، ސައުދީ އަރަބިއްޔާއިން ދަނީ އެ ސަރުކާރަށް ވާގިވެރިވަމުންނެވެ. މި ފަހަކަށް އައިސް، ސައުދީގެ ވެރިރަށް ރިޔާޟަށާއި، ރަތް ކަނޑުގެ އައްސޭރިފަށުގައި ހުރި އެ ޤައުމުގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް ދިން ޑްރޯން އަދި ބެލިސްޓިކް މިސައިލް ހަމަލާތަކުގެ ޒިންމާ ހޫޘީން ވަނީ އުފުލާފަ އެވެ . އިނގިރޭސިވިލާތުގެ އޮފިޝަލުން މި ދިފާއީ އެހީތެރިކަން ސިފަކުރައްވަނީ، ހޫޘީން ފޮނުވާލާ މިސައިލްތަކާއި ޑްރޯންތައް ހުއްޓުވައި ނައްތާލުމުގައި ސައުދީގެ އަސްކަރީ މަތިންދާބޯޓުތަކަށް އެހީތެރިވެދޭނެ ވަސީލަތެއްގެ ގޮތުގަ އެވެ.

ނިއު ޔޯކުގައި ބާއްވާ އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޑައިގަންނަވަމުން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ބަރނަމް ވަނީ، މި ނިންމެވުމަކީ އިނގިރޭސިވިލާތުގެ ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތަކާ ގުޅޭ ކަންބޮޑުވުންތަކާއި، އިނގިރޭސިވިލާތުގެ މަސްލަހަތުތައް ހިމާޔަތްކުރުމާ ގުޅިފައިވާ ނިންމެވުމެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ .

"ދިރިއުޅުމުގެ ޚަރަދުތަކުގެ ފިއްތުންތަކާ ގުޅޭގޮތުންނާއި، އިނގިރޭސިވިލާތާއި މި ސަރަހައްދުގެ މަސްލަހަތުތައް ހިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން އަޅުގަނޑު ދެއްކި ވާހަކަތަކަށް އަލުން ތަކުރާރުކުރަން،" އޭނާ ވިދާޅުވި އެވެ .

"ސަބަބަކީ، ޝައްކެއްވެސް ނެތްގޮތުގައި ސައުދީ އަރަބިއްޔާއަށް ހަމަލާތައް އަމާޒުވަމުންދާތީއާއި، އިތުރު ބުރޫއެރުންތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ. އަދި، އެ މަގުތައް [ބާބް އަލް-މަންދަބް ކަނޑުއޮޅި] ހުޅުވިފައި ބޭއްވުމަށް އަޅުގަނޑުމެން ބޭނުންވާތީ، މި އެދުމަށް އަޅުގަނޑުމެން އެއްބަސްވީ."

މަސްދަރު: އަނަދޮލު އޭޖެންސީ

ޔަމަން-ސައުދީ އަރަބިއްޔާހޫތީ ޖަމާއަތްއެންޑީ ބާންހަމްއިނގިރޭސިވިލާތްރިޔާޟްޔޫންއެން ޖެނެރަލް އެސެމްބްލީ

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

5

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2026

ރަޝިޔާގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލާނެ ޝަރުތުތައް ޒެލެންސްކީ ހާމަކުރައްވައިފި

22 ސެޕްޓެމްބަރު 2026
ރަޝިޔާގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލާނެ ޝަރުތުތައް ޒެލެންސްކީ ހާމަކުރައްވައިފި
21 ސެޕްޓެމްބަރު 2026

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

21 ސެޕްޓެމްބަރު 2026
އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން
20 ސެޕްޓެމްބަރު 2026

ރިޔާޟަށް ދިން ހަމަލާއާއެކު ސައުދީއާއި ހޫޘީންގެ ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު!

20 ސެޕްޓެމްބަރު 2026
ރިޔާޟަށް ދިން ހަމަލާއާއެކު ސައުދީއާއި ހޫޘީންގެ ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު!
20 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހަށް ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ނުދިނުމަށް އެމެރިކާއިން ނިންމި ނިންމުމާމެދު އީޔޫއިން ހިތާމަފާޅުކޮށްފި

20 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހަށް ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ނުދިނުމަށް އެމެރިކާއިން ނިންމި ނިންމުމާމެދު އީޔޫއިން ހިތާމަފާޅުކޮށްފި
20 ސެޕްޓެމްބަރު 2026

ސައުދީ ވެރިރަށް ރިޔާޟަށް ހޫޘީންގެ ނުރައްކާތެރި ހަމަލާއެއް އަރައިފި

20 ސެޕްޓެމްބަރު 2026
ސައުދީ ވެރިރަށް ރިޔާޟަށް ހޫޘީންގެ ނުރައްކާތެރި ހަމަލާއެއް އަރައިފި
19 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ވެރިރަށުގައި އިންޒާރުގެ އެލާޓް ނެރެފި

19 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ވެރިރަށުގައި އިންޒާރުގެ އެލާޓް ނެރެފި
18 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް އީރާނުގެ ވަފުދަށް އެމެރިކާއިން ވިސާ ދޫކޮށްފި

18 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް އީރާނުގެ ވަފުދަށް އެމެރިކާއިން ވިސާ ދޫކޮށްފި
16 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާތަކުން ދިފާއުކޮށްދޭން ސައުދީން އެދުމުން، އަސްކަރީ އެހީ ފޯރުކޮށްދޭން އިނގިރޭސިވިލާތުން ވިސްނަނީ

16 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާތަކުން ދިފާއުކޮށްދޭން ސައުދީން އެދުމުން، އަސްކަރީ އެހީ ފޯރުކޮށްދޭން އިނގިރޭސިވިލާތުން ވިސްނަނީ
16 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލިކަން ޔަގީންކޮށްދީފި

16 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލިކަން ޔަގީންކޮށްދީފި
16 ސެޕްޓެމްބަރު 2026

ޣައްޒާގައި ކުޑަކުދިން ޝަހީދުކުރަމުންދާއިރު ބަލަން ނުތިބެވޭނެ: އިނގިރޭސިވިލާތް

16 ސެޕްޓެމްބަރު 2026
ޣައްޒާގައި ކުޑަކުދިން ޝަހީދުކުރަމުންދާއިރު ބަލަން ނުތިބެވޭނެ: އިނގިރޭސިވިލާތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް