Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަންގެ އަހުލީހަނގުރާމަ

ޔަމަނަކީ އީރާނުގެ މަސްލަހަތު ހިމާޔަތްކުރާ "ބާގެއިނިންގ ޗިޕެއް" ނޫން: އަލް-ޒޫބާ

20 ސެޕްޓެމްބަރު 2026 | އާދީއްތަ 05:27

ޔަމަނުގެ ދައުލަތުގެ މުއައްސަސާތައް އިއާދަކުރުމަކީ ސަރަހައްދީ ހަމަޖެހުމާއި ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ވިދާޅުވި. ހޫޘީންނާ ދެމެދު ކުރިމަތިލުންތައް ވަރުގަދަވެފައިވާ މި ދަނޑިވަޅުގައި، ގައުމުގެ ސިޔާދަތީ ބާރު ދަމަހައްޓައި ދިފާއީ ސިޔާސަތުތައް ވަރުގަދަކުރުމަށް ސަރުކާރުން އިސްކަންދޭކަން ވަޒީރު ފާހަގަކުރެއްވި

ނިއުސް ޓީމް
ނިއުސް ޓީމް | 20 ސެޕްޓެމްބަރު 2026 | އާދީއްތަ 05:27
ޔަމަނުގެ ޚާރިޖީ ވަޒީރު އަފްރާޙް އަލް-ޒޫބާ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ

ޔަމަނުގެ ޚާރިޖީ ވަޒީރު އަފްރާޙް އަލް-ޒޫބާ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ | އޭޕީ

ޔަމަނަކީ އީރާނުގެ މަސްލަހަތުތައް ހިމާޔަތްކުރުމަށް ބޭނުންކުރެވޭނެ "ބާގެއިނިންގ ޗިޕް" އެއް ނުވަތަ "މަޝްވަރާތަކުގައި ބޭނުންކުރެވޭނެ ހަތިޔާރެއް" ނޫން ކަމަށާއި، ސަރަހައްދީ ހަމަނުޖެހުންތަކުގެ ބަދަލުހިފާ މައިދާނަކަށް އެ ގައުމު ނުވާނެ ކަމަށް ޔަމަނުގެ ޚާރިޖީ ވަޒީރު އަފްރާޙް އަލް-ޒޫބާ ވިދާޅުވެއްޖެ އެވެ. އަދި، ސައުދީ އަރަބިއްޔާއާއެކު ޔަމަނުން ގާއިމުކޮށްފައިވާ އިސްތިރާތީޖީ ގުޅުމަކީ ވަރަށް ވަރުގަދަ އަދި ބަދަލުނުވާނެ ގުޅުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވި އެވެ.

ޔަމަނުގެ ރަސްމީ ނޫސް އޭޖެންސީ 'ސަބާ' އަށް ދެއްވި އިންޓަވިއުއެއްގައި އަލް-ޒޫބާ ވަނީ، ސަރުކާރުގެ ފައުޖުތަކާއި އީރާނުގެ މަދަދުލިބޭ ހޫޘީންނާ ދެމެދު އެކި ޕްރޮވިންސްތަކުގައި ވަރުގަދައަށް ހިނގަމުންދާ ކުރިމަތިލުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. ވަޒީރު ވިދާޅުވީ، ދައުލަތުގެ މުއައްސަސާތައް އަލުން އިއާދަކުރުމަކީ ޔަމަނުގެ ސަލާމަތާއި، ސަރަހައްދީ ހަމަޖެހުމާއި، ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި، ފަހަކަށް އައިސް ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން ކުރިމަތިވާ ނަތީޖާތަކާ ސަރުކާރުން ކުރިމަތިލަމުން ދަނީ ވަރަށް ޒިންމާދާރުކަމާއެކު، ގައުމީ ވާޖިބު އަދާކުރުމުގެ ރޫހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement - worldAdvertisement

ޔަމަނުގެ އިސްވާރުން މިހާރު ގެންގުޅެނީ 'އިންޓެގްރޭޓެޑް ޑިޓަރެންސް' ނުވަތަ ހުރިހާ ދާއިރާއަކުން ދިފާއުވުމުގެ ސިޔާސަތެއް ކަމަށް އަލް-ޒޫބާ ތަފްސީލުކޮށްދެއްވި އެވެ. މި ސިޔާސަތުގެ ތެރޭގައި އަސްކަރީ ހަރަކާތްތަކާއި، އާންމު ރައްޔިތުން ހިމާޔަތްކުރުމާއި، ދައުލަތުގެ މުއައްސަސާތައް އަލުން ބިނާކުރުމުގެ އިތުރުން، ޑިޕްލޮމެސީއާއި އިންސާނީ އެހީތެރިކަން ފުޅާކުރުން ހިމެނެ އެވެ.

ރަތް ކަނޑާއި ބާބު އަލް-މަންދަބަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އަލް-ޒޫބާ ވިދާޅުވީ، ވަކި ސަރަހައްދެއްގެ އަސްކަރީ ކޮންޓްރޯލް އޮތުމަކީ ކަނޑު ދަތުރުފަތުރުގެ މިނިވަންކަމަށް ބާރުފޯރުވުމަށް ލިބޭ ހައްގެއް ނޫން ކަމަށެވެ. ޔަމަނުގެ ބިމާއި ރަށްތަކުގެ މައްޗަށް އޮތް އެ ގައުމުގެ ސިޔާދަތީ ބާރު، ބާރުގެ ބޭނުންކޮށްގެން ބަދަލުނުކުރެވޭނެ ކަމަށް ވަަޒީރު ފާހަގަކުރެއްވި އެވެ. މިއާއެކު، ބިރުވެރިކަމެއްގެ ތެރޭގައި އުޅަނދެއް ދަތުރުކުރުމަކީ ކަނޑު ދަތުރުފަތުރުގެ މިނިވަންކަން އޮތް ކަމުގެ ހެއްކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައުދީ އަރަބިއްޔާއަށް ތައުރީފު ކުރައްވަމުން އަލް-ޒޫބާ ވިދާޅުވީ، އެ ގައުމާއެކު އޮތް ބައިވެރިވުމަކީ ވަރަށް ސާބިތު ގުޅުމެއް ކަމަށެވެ. އަދި، ޔަމަނުގެ ދައުލަތް ދަމަހައްޓައިދިނުމަށް ސައުދީ އަރަބިއްޔާއިން އަދާކުރާ ދައުރަކީ ޔަމަނުގެ ސަލާމަތާއި މުޅި ސަރަހައްދުގެ ހަމަޖެހުމަށް އޮތް މުހިންމު ބިންގަލެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ. މީގެ އިތުރުން، މިސްރާއެކު އޮތް ގުޅުން ހަރުދަނާކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި، އދ. ގެ ސަލާމަތީ މަޖިލީހުގައި ކަނޑު ދަތުރުފަތުރުގެ މިނިވަންކަން ދިފާއުކުރުމަށް ރަޝިޔާއިން ގެންގުޅޭ ސިޔާސަތަށް މަރުހަބާ ކިޔާ ކަމަށް ވެސް ވަޒީރު ބަޔާންކުރެއްވި އެވެ.

ހޫޘީންނަށް އީރާނުން ހަތިޔާރު ފޯރުކޮށްދޭ މައްސަލަ ކުށްވެރިކުރައްވަމުން އަލް-ޒޫބާ ވިދާޅުވީ، ޔަމަނަކީ އެހެން މައިދާނެއްގައި ބަޔަކަށް ލިބޭ ގެއްލުމެއްގެ ބަދަލު ހޯދާނެ ތަނެއް ނޫން ކަމަށެވެ. އަދި، އެއީ ބަދަލުހިފުމުގެ މައިދާނެއް ނޫން ކަމަށާއި، ސަރަހައްދީ ބާރުތަކުން އެ މީހުންގެ މަޝްވަރާތަކުގައި ބޭނުންކުރާނެ "ބާގެއިނިންގ ޗިޕް" އެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލް-ޒުބާ މި މޭރުމުން ވިދާޅުވެފައި މި ވަނީ ތާއިޒް، މަޢާރިބް، އަލް-ޖައުފް، އަލް-ބައިދާ އަދި ލަހްޖް ޕްރޮވިންސްތަކުގައި ވަރުގަދަ ހަނގުރާމައެއް ހިނގަމުންދާ ދަނޑިވަޅެއްގަ އެވެ. މިއީ، 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ފަހުން، އެ ގައުމުގައި ހިނގަމުންދާ އެންމެ ނުރައްކާތެރި ކުރިމަތިލުންތަކެވެ.

މަސްދަރު: ޓީއާރްޓީ ވަރލްޑް

ޔަމަންއީރާންއެމެރިކާ-ސައުދީ އަރަބިއްޔާއަފްރާހް އަލް-ޒޫބާހޫޡީބާބުލް މަންދަބު

އެންމެ ހިނގާ

1

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

5

ޑަޔާނާގެ މަތިން "މާ ގިނަ ދުވަސްތަކެއް ނުވެ ހަނދާން ނެތިދާނެ" ކަމަށް، އެކަމާނާ އަވަހާރަވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަސްގެފާނު ޗާލްސް ވިދާޅުވި: ޑަޔާނާގެ ކޮއްކޯފުޅު

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާތަކުން ސައުދީ ދިފާއުކޮށްދޭން އަސްކަރީ އެހީ ދިނުމާ މެދު ތުރުކީވިލާތުން ވިސްނަނީ

20 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާތަކުން ސައުދީ ދިފާއުކޮށްދޭން އަސްކަރީ އެހީ ދިނުމާ މެދު ތުރުކީވިލާތުން ވިސްނަނީ
20 ސެޕްޓެމްބަރު 2026

ސައުދީ ވެރިރަށް ރިޔާޟަށް ހޫޘީންގެ ނުރައްކާތެރި ހަމަލާއެއް އަރައިފި

20 ސެޕްޓެމްބަރު 2026
ސައުދީ ވެރިރަށް ރިޔާޟަށް ހޫޘީންގެ ނުރައްކާތެރި ހަމަލާއެއް އަރައިފި
19 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ވެރިރަށުގައި އިންޒާރުގެ އެލާޓް ނެރެފި

19 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ވެރިރަށުގައި އިންޒާރުގެ އެލާޓް ނެރެފި
19 ސެޕްޓެމްބަރު 2026

މައްކާގެ މުގައްދަސް ބިމަށް ހަމަލާދޭން އުޅުނު ކަމަށް ސައުދީން ފަތުރާ ޚަބަރުތައް ދޮގުކޮށް ޔަމަނުގައި މިލިއަނަށްވުރެ ގިނަ މީހުން މުޒާހަރާކޮށްފި

19 ސެޕްޓެމްބަރު 2026
މައްކާގެ މުގައްދަސް ބިމަށް ހަމަލާދޭން އުޅުނު ކަމަށް ސައުދީން ފަތުރާ ޚަބަރުތައް ދޮގުކޮށް ޔަމަނުގައި މިލިއަނަށްވުރެ ގިނަ މީހުން މުޒާހަރާކޮށްފި
19 ސެޕްޓެމްބަރު 2026

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސައުދީން ވިލާތަށް ތެޔޮ ފޯރުކޮށްދިނުން މެދުކަނޑާލަނީ

19 ސެޕްޓެމްބަރު 2026
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސައުދީން ވިލާތަށް ތެޔޮ ފޯރުކޮށްދިނުން މެދުކަނޑާލަނީ
19 ސެޕްޓެމްބަރު 2026

ހޫޘީން ސައުދީއަށާއި ކަނޑު އުޅަނދުފަހަރަށް ދޭ ހަމަލާތައް އދގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި

19 ސެޕްޓެމްބަރު 2026
ހޫޘީން ސައުދީއަށާއި ކަނޑު އުޅަނދުފަހަރަށް ދޭ ހަމަލާތައް އދގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި
19 ސެޕްޓެމްބަރު 2026

ޔަމަނުގައި ހަނގުރާމަ ފުޅާވެ ސައުދީގެ ވަރުގަދަ ހަމަލާތަކެއް، 24 ގަޑިއިރުތެރޭ 26 ތަނަށް ބޮންއެޅި

19 ސެޕްޓެމްބަރު 2026
ޔަމަނުގައި ހަނގުރާމަ ފުޅާވެ ސައުދީގެ ވަރުގަދަ ހަމަލާތަކެއް، 24 ގަޑިއިރުތެރޭ 26 ތަނަށް ބޮންއެޅި
18 ސެޕްޓެމްބަރު 2026

އީރާނަށް ދިން ހަމަލާތަކުގައި އެމެރިކާއިން ހަނގުރާމައިގެ ކުށްތައް ހިންގި ކަމަށް ބެލެވޭ: އދ. ގެ މާހިރުން

18 ސެޕްޓެމްބަރު 2026
އީރާނަށް ދިން ހަމަލާތަކުގައި އެމެރިކާއިން ހަނގުރާމައިގެ ކުށްތައް ހިންގި ކަމަށް ބެލެވޭ: އދ. ގެ މާހިރުން
18 ސެޕްޓެމްބަރު 2026

މައްކާއާއި މަދީނާއަށް ހަމަލާ ނުދޭ ކަމަށް ހޫޘީން ބުނެފައިވަނިކޮށް، ހޫޘީން ހަމަލާދިން ކަމަށް ރާއްޖެ އިން ނިންމައި ޚުތުބާގައި އެވާހަކަ ހިމަނައިފި

18 ސެޕްޓެމްބަރު 2026
މައްކާއާއި މަދީނާއަށް ހަމަލާ ނުދޭ ކަމަށް ހޫޘީން ބުނެފައިވަނިކޮށް، ހޫޘީން ހަމަލާދިން ކަމަށް ރާއްޖެ އިން ނިންމައި ޚުތުބާގައި އެވާހަކަ ހިމަނައިފި
18 ސެޕްޓެމްބަރު 2026

ސައުދީ އަރަބިއްޔާއަށް 48 އެފް-35 މަތިންދާބޯޓު ވިއްކުމުގެ ހުއްދައަށް ޓްރަމްޕްގެ ސަރުކާރުން އެދެފި

18 ސެޕްޓެމްބަރު 2026
ސައުދީ އަރަބިއްޔާއަށް 48 އެފް-35 މަތިންދާބޯޓު ވިއްކުމުގެ ހުއްދައަށް ޓްރަމްޕްގެ ސަރުކާރުން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް