Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ-ހޫޘީންގެ ކުރިމަތިލުން

ހޫޘީންގެ ހަމަލާތަކުން ސައުދީ ދިފާއުކޮށްދޭން އަސްކަރީ އެހީ ދިނުމާ މެދު ތުރުކީވިލާތުން ވިސްނަނީ

20 ސެޕްޓެމްބަރު 2026 | އާދީއްތަ 03:11

ސައުދީ އަރަބިއްޔާގެ ދިފާއުގައި ތުރުކީވިލާތާއި ޕާކިސްތާނުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ މި ތިން ގައުމުގެ މެދުގައި އެކުލަވާލާފައިވާ 'މައްކާ ޑިފެންސް އެލަޔަންސް' ގެ ދަށުން. މި އިއްތިހާދުގެ މައިގަނޑު އަމާޒަކީ މެންބަރު ގައުމަކަށް ދެވޭ ހަމަލާއަކީ ތިން ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން

ނިއުސް ޓީމް
ނިއުސް ޓީމް | 20 ސެޕްޓެމްބަރު 2026 | އާދީއްތަ 03:11
ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހަކާން ފިދާން އިސްތަންބޫލުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހަކާން ފިދާން އިސްތަންބޫލުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ | ގެޓީ އިމޭޖަސް

ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކާ ގުޅިގެން ސައުދީ އަރަބިއްޔާއަށް ބޭނުންވާ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާ މެދު ތުރުކީވިލާތުން ވިސްނަމުންދާ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ހަކާން ފިދާން ހާމަކުރައްވައިފި އެވެ. ތުރުކީވިލާތާއި ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނުގެ މެދުގައި ވެފައިވާ ދިފާއީ އެއްބަސްވުމުގެ ދަށުން، ސައުދީއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލާނެ ކަމަށް ފިދާން ވިދާޅުވި އެވެ.

އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް ސައުދީ އަރަބިއްޔާ ދަމައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް، ތުރުކީގެ އެންޓީވީ ބްރޯޑްކާސްޓަރަށް ހުކުރު ދުވަހު ދެއްވި ބަސްދީގަތުމެއްގައި ފިދާން ވިދާޅުވި އެވެ. ހަމަމިއާއެކު، މި ހަނގުރާމައިގައި ބައިވެރިވުމުގެ އެއްވެސް ޝައުގުވެރިކަމެއް ރިޔާޟުގެ ނެތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ހަނގުރާމަ ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން ހުރިހާ ފަރާތްތަކަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށް ފިދާން ވިދާޅުވި އެވެ. ނަމަވެސް، އެ ހުށަހެޅުންތަކުގެ އެއްވެސް ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

Advertisement - worldAdvertisement

އީރާނުގެ މަދަދުލިބޭ ހޫޘީ ހަނގުރާމަވެރިންނާއި ސައުދީ އަރަބިއްޔާއާ ދެމެދު ޔަމަނުގައި ކުރަމުންދާ ހަނގުރާމަ އިތުރަށް ވަރުގަދަވެ ދެ ފަރާތުން ހަމަލާތައް ބަދަލުކުރަމުންދާއިރު، ހޫޘީން ހޯދަމުންދާ ކުރިއެރުންތަކާއެކު ރަތް ކަނޑުގެ އައްސޭރިފަށުގެ ބޮޑު ސަރަހައްދަކާއި އިސްތިރާޖީ ގޮތުން މުހިންމު ބާބު އަލް-މަންދަބު ކަނޑުއޮޅި މިހާރު އޮތީ އެ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގަ އެވެ.

މައްކާ ދިފާއީ އެއްބަސްވުމުގެ ދަށުން ސައުދީ އަރަބިއްޔާ ދިފާއުކޮށްދިނުމަށް ޕާކިސްތާނުން ވެސް ވަނީ މި ފަދަ ވައުދެއް ވެފަ އެވެ. ސައުދީ އަރަބިއްޔާ ދިފާއުކޮށްދިނުމަށް "ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް" ޕާކިސްތާނުން ވެސް ތައްޔާރަށް އޮތް ކަމަށާއި، އޭގެ ތެރޭގައި އަމަލީ ގޮތުން އަސްކަރީ ހަރަކާތްތަކުގައި ބައިވެރިވުން ވެސް ހިމެނޭ ކަމަށް، ބުރާސްފަތި ދުވަހު ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނެންޓް ޖެނެރަލް އަހުމަދު ޝަރީފް ޗައުދަރީ ވިދާޅުވި އެވެ. ނަމަވެސް، އިތުރު ސިފައިން ފޮނުވުމަށް ރިޔާޟުން އެދިފައިވާ ކަން ނުވަތަ ނޫން ކަން އޭނާ ހާމައެއް ނުކުރައްވަ އެވެ. މި އެއްބަސްވުމުގެ ދަށުން އަސްކަރީ ފިޔަވަޅެއް އެޅުމާ މެދު މި ވަގުތު މަޝްވަރާ ކުރަމުން ނުދާ ކަމަށާއި، އެހެން ނަމަވެސް "ވަގުތު ޖެހުމުން" އިސްލާމްއާބާދުން ފިޔަވަޅު އަޅާނެ ކަމަށް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ ބުނެފަ އެވެ.

'މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް' ގެ ނަމުގައި ތިން ގައުމުގެ މެދުގައި ވެވުނު މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު މައްކާގަ އެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި، ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ. އިސްތަންބޫލްގައި މި ތިން ގައުމުގެ އިސްވެރިން ބޭއްވެވި ބައްދަލުވުމަކަށް ފަހު، އޮގަސްޓް 31 ވަނަ ދުވަހު މި އިއްތިހާދަށް ރަސްމީކޮށް 'މައްކާ ޑިފެންސް އެލަޔަންސް' ގެ ނަން ވަނީ ދީފަ އެވެ. އަދި، ރިޔާޟުގައި މި އިއްތިހާދުގެ ސެކްރެޓޭރިއަޓެއް ގާއިމުކުރުމަށް ނިންމާފައިވާއިރު، އެންމެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާނީ ޕާކިސްތާނުގެ ބޭފުޅެއް ކަމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި އިއްތިހާދުގެ އަސާސީ އުސޫލަކީ، މީގެ ތެރޭގައި ހިމެނޭ ކޮންމެ ގައުމަކަށް ދެވޭ ހަތިޔާރު އެޅި ހަމަލާއަކީ ތިން ގައުމަށް ވެސް ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލައިގަތުން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. މި އިއްތިހާދު ބިނާވެފައި ވަނީ އެހެން ގައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތާއި، ސަރަހައްދީ ނަޒާހަތްތެރިކަމަށް އިހުތިރާމްކުރުމުގެ މައްޗަށް ކަމަށާއި، އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމާ ނުބެހޭނެ ކަމަށް އެއިރު ފިދާން ވިދާޅުވި އެވެ. އަދި، އެހެން ގައުމުތަކަށް ވެސް މި އިއްތިހާދާ ގުޅުމުގެ ފުރުސަތު އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މި އެއްބަސްވުމުގެ އަމަލީ ބާރުވެރިކަމާ މެދު ދިރާސާކުރާ ފަރާތްތަކުން ސުވާލު އުފައްދަ އެވެ. ނޭޓޯ ފަދަ އިއްތިހާދުތަކުގައި އޮންނަ ފަދަ ވަރުގަދަ އަސްކަރީ އޮނިގަނޑެއް ނުވަތަ ދާއިމީ ސިފައިންގެ ލަޝްކަރެއް މި އިއްތިހާދުގައި ނެތް ކަން އެ ފަރާތްތަކުން ފާހަގަކުރެ އެވެ. މީގެ އިތުރުން، މި އިއްތިހާދުގެ މުއައްސަސާތަކުގެ ސިފަޔާއި، އެއް ގައުމުން އަނެއް ގައުމު ދިފާއުކުރުމުގެ މާއްދާއަށް އަމަލީ ސިފަ އަންނާނީ ކޮން ހާލަތެއްގައި ކަން އަދިވެސް ސާފެއް ނުވެ އެވެ.

މި ތިން ގައުމުގެ އެއްބަސްވުން ގާއިމުކޮށްފައި މި ވަނީ، އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ފުޅާ ހަނގުރާމައިގެ ތެރެއަށް ގަލްފުގެ ގައުމުތައް ވަދެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. ފެބުރުވަރީ މަހު ވޮޝިންޓަނާއި އިސްރާއީލުން ފުރަތަމަ ފަހަރަށް އީރާނަށް ހަމަލާދިން ފަހުން، މި ހަމަނުޖެހުންތަކަށް މިހާރު ވަނީ ހަ މަހަށް ވުރެ ގިނަ ދުވަސް ވެފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

ޔަމަންހޫޡީއެމެރިކާ-ސައުދީ އަރަބިއްޔާތުރުކީހަކަން ފިދާންމައްކާ ދިފާއީ އިއްތިހާދު

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

4

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

5

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2026

ސައުދީ ވެރިރަށް ރިޔާޟަށް ހޫޘީންގެ ނުރައްކާތެރި ހަމަލާއެއް އަރައިފި

20 ސެޕްޓެމްބަރު 2026
ސައުދީ ވެރިރަށް ރިޔާޟަށް ހޫޘީންގެ ނުރައްކާތެރި ހަމަލާއެއް އަރައިފި
19 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ވެރިރަށުގައި އިންޒާރުގެ އެލާޓް ނެރެފި

19 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ވެރިރަށުގައި އިންޒާރުގެ އެލާޓް ނެރެފި
19 ސެޕްޓެމްބަރު 2026

މައްކާގެ މުގައްދަސް ބިމަށް ހަމަލާދޭން އުޅުނު ކަމަށް ސައުދީން ފަތުރާ ޚަބަރުތައް ދޮގުކޮށް ޔަމަނުގައި މިލިއަނަށްވުރެ ގިނަ މީހުން މުޒާހަރާކޮށްފި

19 ސެޕްޓެމްބަރު 2026
މައްކާގެ މުގައްދަސް ބިމަށް ހަމަލާދޭން އުޅުނު ކަމަށް ސައުދީން ފަތުރާ ޚަބަރުތައް ދޮގުކޮށް ޔަމަނުގައި މިލިއަނަށްވުރެ ގިނަ މީހުން މުޒާހަރާކޮށްފި
19 ސެޕްޓެމްބަރު 2026

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސައުދީން ވިލާތަށް ތެޔޮ ފޯރުކޮށްދިނުން މެދުކަނޑާލަނީ

19 ސެޕްޓެމްބަރު 2026
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސައުދީން ވިލާތަށް ތެޔޮ ފޯރުކޮށްދިނުން މެދުކަނޑާލަނީ
19 ސެޕްޓެމްބަރު 2026

ހޫޘީން ސައުދީއަށާއި ކަނޑު އުޅަނދުފަހަރަށް ދޭ ހަމަލާތައް އދގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި

19 ސެޕްޓެމްބަރު 2026
ހޫޘީން ސައުދީއަށާއި ކަނޑު އުޅަނދުފަހަރަށް ދޭ ހަމަލާތައް އދގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި
19 ސެޕްޓެމްބަރު 2026

ޔަމަނުގައި ހަނގުރާމަ ފުޅާވެ ސައުދީގެ ވަރުގަދަ ހަމަލާތަކެއް، 24 ގަޑިއިރުތެރޭ 26 ތަނަށް ބޮންއެޅި

19 ސެޕްޓެމްބަރު 2026
ޔަމަނުގައި ހަނގުރާމަ ފުޅާވެ ސައުދީގެ ވަރުގަދަ ހަމަލާތަކެއް، 24 ގަޑިއިރުތެރޭ 26 ތަނަށް ބޮންއެޅި
18 ސެޕްޓެމްބަރު 2026

މައްކާއާއި މަދީނާއަށް ހަމަލާ ނުދޭ ކަމަށް ހޫޘީން ބުނެފައިވަނިކޮށް، ހޫޘީން ހަމަލާދިން ކަމަށް ރާއްޖެ އިން ނިންމައި ޚުތުބާގައި އެވާހަކަ ހިމަނައިފި

18 ސެޕްޓެމްބަރު 2026
މައްކާއާއި މަދީނާއަށް ހަމަލާ ނުދޭ ކަމަށް ހޫޘީން ބުނެފައިވަނިކޮށް، ހޫޘީން ހަމަލާދިން ކަމަށް ރާއްޖެ އިން ނިންމައި ޚުތުބާގައި އެވާހަކަ ހިމަނައިފި
18 ސެޕްޓެމްބަރު 2026

ސައުދީ އަރަބިއްޔާއަށް 48 އެފް-35 މަތިންދާބޯޓު ވިއްކުމުގެ ހުއްދައަށް ޓްރަމްޕްގެ ސަރުކާރުން އެދެފި

18 ސެޕްޓެމްބަރު 2026
ސައުދީ އަރަބިއްޔާއަށް 48 އެފް-35 މަތިންދާބޯޓު ވިއްކުމުގެ ހުއްދައަށް ޓްރަމްޕްގެ ސަރުކާރުން އެދެފި
18 ސެޕްޓެމްބަރު 2026

މެދުއިރުމަތީގެ ސުލްހައަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިސްރާއީލް: ސޫރިޔާ

18 ސެޕްޓެމްބަރު 2026
މެދުއިރުމަތީގެ ސުލްހައަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިސްރާއީލް: ސޫރިޔާ
17 ސެޕްޓެމްބަރު 2026

ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލާފައިވާ ވީޑިއޯ އާންމުކޮށްފި

17 ސެޕްޓެމްބަރު 2026
ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލާފައިވާ ވީޑިއޯ އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް