Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ-ހޫޘީންގެ ކުރިމަތިލުން

ސައުދީ ވެރިރަށް ރިޔާޟަށް ހޫޘީންގެ ނުރައްކާތެރި ހަމަލާއެއް އަރައިފި

20 ސެޕްޓެމްބަރު 2026 | އާދީއްތަ 02:54

ޔަމަނުގެ ހޫޘީން ސައުދީގެ ރިޔާޟާއި ތެޔޮ ބޭރުކުރާ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ސަންޢާއަށް ދިން ހަމަލާގެ ބަދަލުހިފުމެއް ކަމަށް އެ ޖަމާއަތުން ބުނެފި. މި ހަމަލާތަކާ ގުޅިގެން ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާތީ، ސައުދީގެ ދިފާއުގައި ތުރުކީވިލާތުން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތްކަން ހާމަކޮށްފައިވާއިރު، އދ. އިން ވެސް ވަނީ މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި

ނިއުސް ޓީމް
ނިއުސް ޓީމް | 20 ސެޕްޓެމްބަރު 2026 | އާދީއްތަ 02:54

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ދިންކަމަށް ބުނާ ހަމަލާތަކުގައި މައި އެއާޕޯޓު ކައިރީގައި އޮތް ސަރަހައްދަކުން ކަޅު ދުން އަރަމުންދާ މަންޒަރު | އެކްސް

ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތުން، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ސަރަހައްދުތަކަކަށް  މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފި އެވެ. މި ހަމަލާތަކާ ގުޅިގެން ރިޔާޟުގެ މައި އެއާޕޯޓް ކައިރީގައި އޮތް ސަރަހައްދެއްގައި ރޯވެ، ބޮޑު ދުންގަނޑެއް އަރަމުންދާ ކަމުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ހޫޘީން ސައުދީއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައި، ރިޔާޟުގެ ވަށައިގެންވާ ސަރަހައްދުތަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ސައުދީ އަރަބިއްޔާއިން ރޭގަނޑުގެ ވަގުތެއްގައި ވަނީ ނެރެފަ އެވެ.

މީޑިއާތަކަށް ލިބިފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރޯވެ ދުންއަރަމުން ދަނީ އެއާޕޯޓް ހައިވޭއާއި މައި ޓާމިނަލް އިމާރާތް އަދި އެހެނިހެން ވަސީލަތްތަކާ ދުރުނޫން ހިސާބަކުންނެވެ. އީރާނުގެ މަދަދު ލިބޭ ހޫޘީން މިދިޔަ ޖުލައި މަހުން ފެށިގެން ސައުދީ އަރަބިއްޔާއަށް ތަކުރާރުކޮށް ހަމަލާ ދެމުން ދިޔަ ނަމަވެސް، ހޮނިހިރު ދުވަހުގެ މި ހަމަލާއަކީ މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރޭގައި ރިޔާޟަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ފުރަތަމަ ފަހަރެވެ.

Advertisement - worldAdvertisement

ރިޔާޟުން ހަމަލާ އަމާޒުކުރި ވަކި ތަންތަނެއް ހޫޘީން ސާފުކޮށްދީފައެއް ނުވެ އެވެ. ނަމަވެސް، ރަތް ކަނޑުގެ އައްސޭރީގައި އޮންނަ، ސައުދީގެ ތެޔޮ ބޭރުކުރާ މައި މަރުކަޒެއް ކަމަށްވާ ޔަންބުޢުގައި ހުންނަ އަރަމްކޯގެ ވަސީލަތަކަށް ވެސް ހަމަލާދީފައިވާނެ ކަމަށް އެ ޖަމާއަތުން ބުނެފައިވެ އެވެ. ހޫޘީން ބުނީ، މި އޮޕަރޭޝަނަކީ ޔަމަނުގެ ވެރިރަށް ސަންޢާއަށް ދިން ހަމަލާއެއްގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.

ވައިގެ ދިފާއީ ރައްދާއި ސަލާމަތީ އިންޒާރުތައް

ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހޫޘީން ރިޔާޟަށް އަމާޒުކޮށް ފޮނުވާލި މިސައިލެއް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމު ބޭނުންކޮށް ވައްޓާލާފައިވާނެ ކަމަށް، އެ ޖަމާއަތާ ދެކޮޅަށް ހަނގުރާމަކުރާ ސައުދީ އިސްވެ އެކުލަވާލި އަސްކަރީ ކޯލިޝަނުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، ސައުދީގެ ހުޅަނގު ދެކުނުގައިވާ ބަޔިޝާއި ފަރަސާން، ހުޅަނގުގައިވާ ތާއިފް، އަދި ރަތް ކަނޑުގެ އައްސޭރީގައިވާ ޔަންބުޢުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާތަކެއް ވެސް ނާކާމިޔާބުކޮށްލާފައިވާ ކަމަށް، ކޯލިޝަނުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް، މި ހާދިސާތަކުގައި އެއްވެސް ގެއްލުމެއް ލިބުނު ކަމެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.

ރިޔާޟާއި، ވެރިރަށުގެ އިރުމަތީގައި އޮންނަ އަލް-ޚަރްޖް ސިޓީއަށް ވައިގެ މަގުން ހަމަލާއެއް އަތުވެދާނެ ކަމުގެ އިންޒާރު ސައުދީ ސިވިލް ޑިފެންސުން ވަނީ ފޯނު މެދުވެރިކޮށް ރޭގަނޑުގެ ވަގުތެއްގައި ފޮނުވާފަ އެވެ. އަދި، ހޮނިހިރު ދުވަހުގެ ހެނދުނު އެ ނުރައްކާ ފިލާފައިވާ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ. ރިޔާޟުގެ އުލާޔާ ސަރަހައްދުގައި ހުރި ރޮއިޓާސްގެ ނޫސްވެރިއަކަށް، ނުރައްކާ ފިލިކަމުގެ މެސެޖު ލިބުމުގެ ކުރިން ގޮވުންތަކެއްގެ އަޑު އިވިފައިވެ އެވެ. އެމެރިކާ-އީރާން ހަނގުރާމަ ފެށުނު ފަހުން މި އަހަރުގެ ކުރީކޮޅު ރިޔާޟުގައި ބައެއް އިންޒާރުތައް ނެރުނު ނަމަވެސް، މިއީ ޖުލައި މަހު ހޫޘީންނާއެކު ކުރިމަތިލުންތައް ވަރުގަދަވި ފަހުން މި ފަދަ އިންޒާރެއް ނެރުނު ފުރަތަމަ ފަހަރެވެ.

ހޫޘީންނާއި ސައުދީ އަރަބިއްޔާއާ ދެމެދު ހިނގަމުންދާ މި ހަނގުރާމަ މި ވަނީ، ފެބުރުވަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާއެކު ފެށުނު ފުޅާ ހަނގުރާމައިގެ އާ މައިދާނަކަށް ބަދަލުވެފަ އެވެ. ހޫޘީންނާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާއިން ސީދާ ގޮތުން ބައިވެރިވާން ސައުދީން އެދެމުންދިޔަ ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ކަމަށް އިންކާރު ކުރައްވާފަ އެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ކިންގ ޚާލިދު އެއާޕޯޓުގެ ބޭރުގައި އޮތް ތެޔޮ ރައްކާކުރާ ގުދަންތަކެއްގައި ރޯވެ، އަނދަމުންދާ މަންޒަރު

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ކިންގ ޚާލިދު އެއާޕޯޓުގެ ބޭރުގައި އޮތް ތެޔޮ ރައްކާކުރާ ގުދަންތަކެއްގައި ރޯވެ، އަނދަމުންދާ މަންޒަރު | ރޮއިޓާސް

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުންނަށް އަމާޒުކޮށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހޮނިހިރު ދުވަހު ނެރުނު ސެކިއުރިޓީ އެލާޓެއްގައި ހޫޘީންގެ ހަމަލާތަކުގެ އިންޒާރު ދީފައިވެ އެވެ. މި ގޮތުން އެ ސަރަހައްދުގައި ތިބި އެމެރިކާ ރައްޔިތުން އިތުރަށް "ސަމާލުވުމަށް" އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި، މެދުއިރުމަތިން ބޭރުގައި ތިބި އެމެރިކާ ރައްޔިތުން އެ ސަރަހައްދަށް ދަތުރުކުރުމާއި، އެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރުމާ މެދު ސީރިއަސްކޮށް އަލުން ވިސްނުމަށް ވެސް ވަނީ ބުނެފަ އެވެ.

ހުރްމުޒާއި ރަތްކަނޑުގެ ނުރައްކާ އަދި ސަރަހައްދީ ގުޅުންތައް

ޔަމަނުގެ އެންމެ އާބާދީ ބޮޑު ސަރަހައްދުތަކާއި އުތުރުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ހޫޘީން، ޖުލައި މަހު ސައުދީއާ ދެކޮޅަށް ކަނޑުގެ ހިސާރެއް އިއުލާންކުރި ފަހުން، ރަތް ކަނޑުގައި ދަތުރުކުރާ ސައުދީ އުޅަނދުތަކަށް އަމާޒުކޮށް ދަނީ ހަމަލާ ދެމުންނެވެ. މި ހަމަލާތައް ސައުދީގެ ސިޓީތަކަށާއި، ހަކަތަ އުފައްދާ ވަސީލަތްތަކަށާއި، މުދާ އުފުލާ ބޯޓުފަހަރަށް އަމާޒުވަމުންދާއިރު، މީގެ ސަބަބުން ދުނިޔޭގެ ތެޔޮ ސަޕްލައިއަށް އާ ނުރައްކާތަކެއް ވަނީ ކުރިމަތިވެފަ އެވެ. އަދި، ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުން، ގަލްފް ގައުމުތަކުގެ މުދާ ބޭރުކުރުމަށް އޮތް މައިގަނޑު މަގު ކަމަށްވާ ރަތް ކަނޑުގެ ބާބު އަލް-މަންދަބު ކަނޑުއޮޅި ވެސް މިހާރު އޮތީ ނުރައްކަލުގެ ތެރޭގަ އެވެ.

ހޫޘީންގެ ހަމަލާތައް ކުރިއަށްދާތީ ސައުދީ އަރަބިއްޔާއަށް އަސްކަރީ އެހީތެރިކަން ބޭނުންވެދާނެ ކަމަށާއި، ޕާކިސްތާން ވެސް ހިމެނޭ ތިން ގައުމުގެ ދިފާއީ އެއްބަސްވުމުގެ ދަށުން އެހީތެރިވުމަށް ތުރުކީވިލާތުން އޮތީ ތައްޔާރަށް ކަމަށް، އެ ގައުމުގެ ޚާރިޖީ ވަޒީރު ހަކާން ފިދާން ވިދާޅުވި އެވެ. ތުރުކީވިލާތުން ފޯރުކޮށްދޭނީ ކޮން ކަހަލަ އެހީތެރިކަމެއްކަން ސާފުނުވި ނަމަވެސް، ސައުދީއަށް ބޭނުންވާ ކަންކަމުގެ ތެރޭގައި "ބައެއް ފަންނީ ކަންކަން" ހިމެނިދާނެ ކަމަށް، އެންޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ފިދާން ވަނީ ވިދާޅުވެފަ އެވެ. މިދިޔަ މަހު ސޮއިކުރި މި ތިން ގައުމުގެ އެއްބަސްވުމުގައިވާ ގޮތުން، މީގެ ތެރެއިން ކޮންމެ ގައުމަކަށް ދޭ ހަތިޔާރު އެޅި ހަމަލާއަކީ ތިން ގައުމަށް ވެސް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެ އެވެ.

ސުލްހައިގެ ޝަރުތުތަކާއި ބައިނަލްއަގުވާމީ ފިޔަވަޅުތައް

ސައުދީއާއި ހޫޘީންގެ ހަނގުރާމަ ނިމުމަކަށް އަންނަން ތެހެރާނުން ބޭނުންވާ ކަމަށް، އީރާނުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ސެކްރެޓަރީ މުހްސިން ރިޒާއީ، ހޮނިހިރު ދުވަހު އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ. އަދި، ޔަމަނުގެ ރައްޔިތުން ވެސް ސައުދީއާއެކު އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެމެރިކާއާއެކު މެދުކެނޑިފައިވާ މަޝްވަރާތައް އަލުން ފެށުމަށް ޓަކައި އީރާނުން ހުށަހަޅާ ޝަރުތުތައް މެދުވެރިން މެދުވެރިކޮށް ވޮޝިންގޓަނާ ހިއްސާކޮށްފައިވާ ކަމަށް ރިޒާއީ ވިދާޅުވި އެވެ. އޭގެ ތެރޭގައި "ހުރިހާ މައިދާންތަކެއްގައި ކުރާ ހަނގުރާމަ ހުއްޓާލުން" ހިމެނެ އެވެ. ގަތަރާއި ޕާކިސްތާނު މެދުވެރިކޮށް މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ތެހެރާނުން އިންތިޒާރު ކުރަމުންދަނީ ޓްރަމްޕްގެ ޖަވާބަކަށް ކަމަށް ވެސް ރިޒާއީ ވިދާޅުވި އެވެ.

ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތައް، އދ. ގެ ސަލާމަތީ މަޖިލީހުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފަ އެވެ. މީގެ ތެރޭގައި އާންމުންނާއި ހަކަތަ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް ދޭ ހަމަލާތަކާއި، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އާންމުންނަށް އަނިޔާލިބޭ ހަމަލާތައް ހިމެނެ އެވެ. މީގެ އިތުރުން، ޔަމަނުގެ އެތެރޭގައި ހޫޘީން އަސްކަރީ ހަރަކާތްތައް ވަރުގަދަކުރަމުންދާ ދިއުން ވެސް ސަލާމަތީ މަޖިލީހުގެ ބަޔާނުގައި ވަނީ ކުށްވެރިކޮށްފަ އެވެ.

މަސްދަރު: ރޮއިޓަރސް

ޔަމަން-ސައުދީ އަރަބިއްޔާހޫޡީރިޔާޟްއީރާންޑޮނަލްޑް ޓްރަމްޕްތުރުކީ

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

4

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

5

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2026

ޗައިނާގެ ރައީސް ޝީ އެމެރިކާއަށް، އެއާޕޯޓުން މަރުހަބާ ދަންނަވާނީ ސީދާ ޓްރަމްޕް

19 ސެޕްޓެމްބަރު 2026
ޗައިނާގެ ރައީސް ޝީ އެމެރިކާއަށް، އެއާޕޯޓުން މަރުހަބާ ދަންނަވާނީ ސީދާ ޓްރަމްޕް
19 ސެޕްޓެމްބަރު 2026

ސީއެންއެން، އެމްއެސް ނައު އަދި ޕޮލިޓިކޯ ވައިޓް ހައުސްއަށް ވަނުން މަނާކުރަން ޓްރަމްޕް ނިންމަވައިފި

19 ސެޕްޓެމްބަރު 2026
ސީއެންއެން، އެމްއެސް ނައު އަދި ޕޮލިޓިކޯ ވައިޓް ހައުސްއަށް ވަނުން މަނާކުރަން ޓްރަމްޕް ނިންމަވައިފި
19 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ވެރިރަށުގައި އިންޒާރުގެ އެލާޓް ނެރެފި

19 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ވެރިރަށުގައި އިންޒާރުގެ އެލާޓް ނެރެފި
19 ސެޕްޓެމްބަރު 2026

މައްކާގެ މުގައްދަސް ބިމަށް ހަމަލާދޭން އުޅުނު ކަމަށް ސައުދީން ފަތުރާ ޚަބަރުތައް ދޮގުކޮށް ޔަމަނުގައި މިލިއަނަށްވުރެ ގިނަ މީހުން މުޒާހަރާކޮށްފި

19 ސެޕްޓެމްބަރު 2026
މައްކާގެ މުގައްދަސް ބިމަށް ހަމަލާދޭން އުޅުނު ކަމަށް ސައުދީން ފަތުރާ ޚަބަރުތައް ދޮގުކޮށް ޔަމަނުގައި މިލިއަނަށްވުރެ ގިނަ މީހުން މުޒާހަރާކޮށްފި
19 ސެޕްޓެމްބަރު 2026

ހޫޘީން ސައުދީއަށާއި ކަނޑު އުޅަނދުފަހަރަށް ދޭ ހަމަލާތައް އދގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި

19 ސެޕްޓެމްބަރު 2026
ހޫޘީން ސައުދީއަށާއި ކަނޑު އުޅަނދުފަހަރަށް ދޭ ހަމަލާތައް އދގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި
19 ސެޕްޓެމްބަރު 2026

ޔަމަނުގައި ހަނގުރާމަ ފުޅާވެ ސައުދީގެ ވަރުގަދަ ހަމަލާތަކެއް، 24 ގަޑިއިރުތެރޭ 26 ތަނަށް ބޮންއެޅި

19 ސެޕްޓެމްބަރު 2026
ޔަމަނުގައި ހަނގުރާމަ ފުޅާވެ ސައުދީގެ ވަރުގަދަ ހަމަލާތަކެއް، 24 ގަޑިއިރުތެރޭ 26 ތަނަށް ބޮންއެޅި
18 ސެޕްޓެމްބަރު 2026

އީރާނަށް ދިން ހަމަލާތަކުގައި އެމެރިކާއިން ހަނގުރާމައިގެ ކުށްތައް ހިންގި ކަމަށް ބެލެވޭ: އދ. ގެ މާހިރުން

18 ސެޕްޓެމްބަރު 2026
އީރާނަށް ދިން ހަމަލާތަކުގައި އެމެރިކާއިން ހަނގުރާމައިގެ ކުށްތައް ހިންގި ކަމަށް ބެލެވޭ: އދ. ގެ މާހިރުން
18 ސެޕްޓެމްބަރު 2026

މައްކާއާއި މަދީނާއަށް ހަމަލާ ނުދޭ ކަމަށް ހޫޘީން ބުނެފައިވަނިކޮށް، ހޫޘީން ހަމަލާދިން ކަމަށް ރާއްޖެ އިން ނިންމައި ޚުތުބާގައި އެވާހަކަ ހިމަނައިފި

18 ސެޕްޓެމްބަރު 2026
މައްކާއާއި މަދީނާއަށް ހަމަލާ ނުދޭ ކަމަށް ހޫޘީން ބުނެފައިވަނިކޮށް، ހޫޘީން ހަމަލާދިން ކަމަށް ރާއްޖެ އިން ނިންމައި ޚުތުބާގައި އެވާހަކަ ހިމަނައިފި
18 ސެޕްޓެމްބަރު 2026

ސައުދީ އަރަބިއްޔާއަށް 48 އެފް-35 މަތިންދާބޯޓު ވިއްކުމުގެ ހުއްދައަށް ޓްރަމްޕްގެ ސަރުކާރުން އެދެފި

18 ސެޕްޓެމްބަރު 2026
ސައުދީ އަރަބިއްޔާއަށް 48 އެފް-35 މަތިންދާބޯޓު ވިއްކުމުގެ ހުއްދައަށް ޓްރަމްޕްގެ ސަރުކާރުން އެދެފި
18 ސެޕްޓެމްބަރު 2026

މެދުއިރުމަތީގެ ސުލްހައަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިސްރާއީލް: ސޫރިޔާ

18 ސެޕްޓެމްބަރު 2026
މެދުއިރުމަތީގެ ސުލްހައަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިސްރާއީލް: ސޫރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް