Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަތް ކަނޑުގެ ނުވަތަނަސްކަން

ރަތް ކަނޑަށް އިތުރު މަނަވަރުތައް ފޮނުވައިދޭން އީޔޫއިން ގޮވާލައިފި

22 ސެޕްޓެމްބަރު 2026 | އަންގާރަ 09:08

ރަތް ކަނޑުގެ ސަލާމަތް ބެލެހެއްޓުމަށް ހިންގާ 'އޮޕަރޭޝަން އާސްޕިޑީސް' ވަރުގަދަކުރުމަށް އިތުރު މަނަވަރުތަކާއި އަސްކަރީ ވަސީލަތްތައް ބޭނުންވާކަމަށް އީޔޫގެ ޚާރިޖީ މުޝީރު ކާޔާ ކައްލާސް ވިދާޅުވި. ހޫޘީންގެ ހަމަލާތަކާ ގުޅިގެން ކަނޑު ދަތުރުފަތުރަށް އޮތް ނުރައްކާ ބޮޑުވަމުންދާތީ، މިހާރު ހަރަކާތްތެރިވާ 6 މަނަވަރުގެ ބަދަލުގައި މަދުވެގެން 10 މަނަވަރު ބޭނުންވާ ކަން އޭނާ ފާހަގަކުރެއްވި

ނިއުސް ޓީމް
ނިއުސް ޓީމް | 22 ސެޕްޓެމްބަރު 2026 | އަންގާރަ 09:08
ވިލާތުގެ އިއްތިހާދުގެ (އީޔޫ) ޚާރިޖީ ސިޔާސަތަ ބެހޭ އިސް މުޝީރު ކާޔާ ކައްލާސް ފިންލެންޑުގައި ބޭޢްވި ސަމިޓެއްގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

ވިލާތުގެ އިއްތިހާދުގެ (އީޔޫ) ޚާރިޖީ ސިޔާސަތަ ބެހޭ އިސް މުޝީރު ކާޔާ ކައްލާސް ފިންލެންޑުގައި ބޭޢްވި ސަމިޓެއްގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ | ރޮއިޓާސް

ރަތް ކަނޑުގައި ހިންގަމުންދާ ކަނޑުގެ ސަލާމަތީ މިޝަން ވަރުގަދަކުރުމަށް ޓަކައި، އިތުރު މަނަވަރުތަކާއި ވައިގެ އަސްކަރީ ވަސީލަތްތައް ފޮނުވައިދިނުމަށް ވިލާތުގެ އިއްތިހާދުގެ (އީޔޫ) މެންބަރު ޤައުމުތަކަށް އެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މުޝީރު ކާޔާ ކައްލާސް ގޮވާލައްވައިފި އެވެ. އަދި، މިހާރު އޮތް އަސްކަރީ ބާރަކީ އިތުރުވަމުންދާ ނުރައްކާތަކާ ކުރިމަތިލުމަށް އެކަށީގެންވާ މިންވަރެއް ނޫން ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވާފަ އެވެ.

ބާބު އަލް-މަންދަބު ކަނޑުއޮޅި ސަރަހައްދުގައި އުޅަނދުފަހަރަށް އޮތް ނުރައްކާތައް އިތުރުވަމުންދާތީ 'އޮޕަރޭޝަން އާސްޕިޑީސް' ފުޅާކުރަން ޖެހޭ ކަމަށް، އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި އަންގާރަ ދުވަހު ބޭއްވި އީޔޫގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކަށް ފަހު ނިއު ޔޯކުގައި ވާހަކަފުޅު ދައްކަވަމުން ކައްލާސް ވިދާޅުވި އެވެ.

Advertisement - worldAdvertisement

"ސަރަހައްދުގައި އޮތް ނުރައްކާތަކުގެ މިންވަރު މަތިވަމުންދާތީ، އެ ކަމަށް އިޖާބަދިނުމަށް މި އޮޕަރޭޝަނަށް އިތުރު ކަނޑުގެ ވަސީލަތްތަކާއި ވައިގެ އަސްކަރީ ވަސީލަތްތައް ބޭނުންވޭ،" ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ކައްލާސް ވިދާޅުވި އެވެ.

ކަޅު ކަނޑާއި، ހުރްމުޒް ކަނޑުއޮޅި އަދި ބާބު އަލް-މަންދަބަކީ ކަނޑު ދަތުރުފަތުރުގެ ނާޒުކު މުހިންމު މަގުތަކެއް ކަމަށާއި، އެ ތަންތަނުގެ ދަތުރުފަތުރަށް ބުރޫއަރައިފިނަމަ އޭގެ ނޭދެވޭ އަސަރު އެ ސަރަހައްދުތަކުން ބޭރަށް ވެސް ވަރަށް ބޮޑަށް ފޯރާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އީޔޫގެ އަސްކަރީ މިޝަނަށް ކުރިމަތިވެފައިވާ ފިއްތުންތައް ބޮޑުވަނީ

ޔަމަނުގެ ހޫޘީ ޖަމާއަތުން ދެމުންދާ ހަމަލާތަކުން ވިޔަފާރި އުޅަނދުފަހަރު ހަމާޔަތްކުރުމަށް އެހީތެރިވުމުގެ ގޮތުން 'އޮޕަރޭޝަން އާސްޕިޑީސް' ފެށީ 2024 ވަނަ އަހަރު އެވެ. ދިފާއީ މި މިޝަނުން ރަތް ކަނޑާއި އެ ސަރަހައްދުގެ ކަނޑުތަކުގައި ހަރަކާތްތެރިވަމުން އަންނަނީ ވިޔަފާރި އުޅަނދުތަކަށް ފާރަވެރިވެ، ރައްކާތެރިކަން ފޯރުކޮށްދިނުމުގަ އެވެ.

މިހާރު އޮތް ސަލާމަތީ މަސްރަހަށް އެކަށީގެންވާ ގޮތެއްގައި އިޖާބަދިނުމަށް ޓަކައި، މި އޮޕަރޭޝަނަށް 10 އަށްވުރެ ގިނަ މަނަވަރު ބޭނުންވާނެ ކަމަށް ކައްލާސް ވިދާޅުވި އެވެ. މި މިޝަންގައި މިހާރު ހަރަކާތްތެރިވަނީ ހަ މަނަވަރު ކަމަށާއި، މި މިޝަނަށް މައިގަނޑު ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދޭ ޤައުމުތަކުގެ ތެރޭގައި އިޓަލީވިލާތާއި ގްރީސް ހިމެނޭ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ކައްލާސްގެ އިލްތިމާސް އައިސްފައި ވަނީ، އީޔޫގެ މިޝަނަށް ދޭ އެހީތެރިކަން އިތުރުކުރުމަށް އިޓަލީވިލާތުން ވެސް ވަކިން އީޔޫގެ ބައިވެރިންނަށް ބާރުއަޅަމުންދާ ދަނޑިވަޅެއްގަ އެވެ. ވިޔަފާރި އުޅަނދުތަކުން އެދޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް މިހާރު ހުރި ވަސީލަތްތައް އެކަށީގެން ނުވާ ކަމަށް އިންޒާރު ދެއްވައި، އިތުރު މަނަވަރުތަކަށް އެދިވަޑައިގެންފައިވަނީ އިޓަލީވިލާތުގެ ދިފާޢީ ވަޒީރު ގުއިޑޯ ކްރޮސެއްޓޯ އެވެ. މިޝަން ވަރުގަދަކުރުމަށް މި ފަދަ ގޮވާލުންތަކެއް އޮތް ނަމަވެސް، މި އޮޕަރޭޝަން ފުޅާކުރުމަށް އީޔޫގެ މެންބަރު ޤައުމުތަކުން އަދި އެއްބަސްވެފައެއް ނުވެ އެވެ.

އާސްޕިޑީސް މިޝަން ފުރަތަމަ ރޭވި އިރު މަދުވެގެން 10 މަނަވަރު ބޭނުންވާނެ ކަމަށް ލަފާކުރެވުނު ކަމަށް ކައްލާސް ވިދާޅުވި އެވެ. އަދި، އޭގެ ފަހުން ސަލާމަތީ މަސްރަހު އިތުރަށް ގޯސްވެފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ސުވައިސް ކޯރު މެދުވެރިކޮށް އިންޑިއާ ކަނޑާއި މެޑިޓެރޭނިއަން ކަނޑު ގުޅުވައިދޭ މަގުގެ ނާޒުކުކަމާމެދު ވިލާތުގެ ކަންބޮޑުވުންތައް އިތުރުވަމުންދާ މިންވަރު، މި މަސައްކަތް އަލުން ވަރުގަދަކުރުމުން ހާމަވެގެން ގޮސްފައިވާކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. މި މަގުގެ ދަތުރުފަތުރަށް ބުރޫއަރައިފިނަމަ، އޭގެ ނޭދެވޭ އަސަރު މުދާ އުފުލުމަށާއި، ސަޕްލައި ޗެއިންތަކަށާއި، ހަކަތައިގެ ބާޒާރުތަކަށް ފޮރާނެކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

މަސްދަރު: ޓީއާރްޓީ ވަރލްޑް

ރަތް ކަނޑުކާޔާ ކާލާސްޔޫރަޕިއަން ޔޫނިއަންއޮޕަރޭޝަން އާސްޕިޑީސްބާބުލް މަންދަބުޔަމަން ހޫޘީން

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

5

80 މިލިއަން ޚަރަދުކުރި ޕީއެންސީގެ ކޮންގްރެސް: ނުފޯރާ ފޮތިން ފޫގަޅައިގެން ބޭރު ގައުމުތަކަށް ދައްކަން އުޅުނީ ނެތް މުއްސަނދިކަމެއް

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2026

ހޫޘީންނަށް ރައްދު ދޭނެ ސާފު ރޭވުމެއް ސައޫދީއާއި އެމެރިކާގެ ނެތް، ހާލަތު އިތުރަށް ގޯސްވެދާނެ!

21 ސެޕްޓެމްބަރު 2026
ހޫޘީންނަށް ރައްދު ދޭނެ ސާފު ރޭވުމެއް ސައޫދީއާއި އެމެރިކާގެ ނެތް، ހާލަތު އިތުރަށް ގޯސްވެދާނެ!
21 ސެޕްޓެމްބަރު 2026

އިޓަލީވިލާތުގެ މަދަރުސާތަކުގައި ބުރުގާއާއި ހިޖާބު މަނާކޮށް، ބޭރު ދަރިވަރުންގެ އަދަދު މަދުކުރަނީ

21 ސެޕްޓެމްބަރު 2026
އިޓަލީވިލާތުގެ މަދަރުސާތަކުގައި ބުރުގާއާއި ހިޖާބު މަނާކޮށް، ބޭރު ދަރިވަރުންގެ އަދަދު މަދުކުރަނީ
20 ސެޕްޓެމްބަރު 2026

ޔަމަނަކީ އީރާނުގެ މަސްލަހަތު ހިމާޔަތްކުރާ "ބާގެއިނިންގ ޗިޕެއް" ނޫން: އަލް-ޒޫބާ

20 ސެޕްޓެމްބަރު 2026
ޔަމަނަކީ އީރާނުގެ މަސްލަހަތު ހިމާޔަތްކުރާ "ބާގެއިނިންގ ޗިޕެއް" ނޫން: އަލް-ޒޫބާ
19 ސެޕްޓެމްބަރު 2026

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސައުދީން ވިލާތަށް ތެޔޮ ފޯރުކޮށްދިނުން މެދުކަނޑާލަނީ

19 ސެޕްޓެމްބަރު 2026
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސައުދީން ވިލާތަށް ތެޔޮ ފޯރުކޮށްދިނުން މެދުކަނޑާލަނީ
19 ސެޕްޓެމްބަރު 2026

ހޫޘީން ސައުދީއަށާއި ކަނޑު އުޅަނދުފަހަރަށް ދޭ ހަމަލާތައް އދގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި

19 ސެޕްޓެމްބަރު 2026
ހޫޘީން ސައުދީއަށާއި ކަނޑު އުޅަނދުފަހަރަށް ދޭ ހަމަލާތައް އދގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި
19 ސެޕްޓެމްބަރު 2026

ޔަމަނުގައި ހަނގުރާމަ ފުޅާވެ ސައުދީގެ ވަރުގަދަ ހަމަލާތަކެއް، 24 ގަޑިއިރުތެރޭ 26 ތަނަށް ބޮންއެޅި

19 ސެޕްޓެމްބަރު 2026
ޔަމަނުގައި ހަނގުރާމަ ފުޅާވެ ސައުދީގެ ވަރުގަދަ ހަމަލާތަކެއް، 24 ގަޑިއިރުތެރޭ 26 ތަނަށް ބޮންއެޅި
18 ސެޕްޓެމްބަރު 2026

އީޔޫގެ މިޝަނަށް އިންތިޒާރު ނުކޮށް އިޓަލީވިލާތުން ބާބުލް މަންދަބަށް މަނަވަރުތައް ފޮނުވަނީ

18 ސެޕްޓެމްބަރު 2026
އީޔޫގެ މިޝަނަށް އިންތިޒާރު ނުކޮށް އިޓަލީވިލާތުން ބާބުލް މަންދަބަށް މަނަވަރުތައް ފޮނުވަނީ
17 ސެޕްޓެމްބަރު 2026

ބޮޑު ހަނގުރާމައެއް ފަށައިގެން ސައުދީ އަރަބިއްޔާއަށް ޔަމަނުގެ ހޫޘީން ބަލިކުރެވިދާނެތަ؟

17 ސެޕްޓެމްބަރު 2026
ބޮޑު ހަނގުރާމައެއް ފަށައިގެން ސައުދީ އަރަބިއްޔާއަށް ޔަމަނުގެ ހޫޘީން ބަލިކުރެވިދާނެތަ؟
16 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާތަކުން ދިފާއުކޮށްދޭން ސައުދީން އެދުމުން، އަސްކަރީ އެހީ ފޯރުކޮށްދޭން އިނގިރޭސިވިލާތުން ވިސްނަނީ

16 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާތަކުން ދިފާއުކޮށްދޭން ސައުދީން އެދުމުން، އަސްކަރީ އެހީ ފޯރުކޮށްދޭން އިނގިރޭސިވިލާތުން ވިސްނަނީ
16 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލިކަން ޔަގީންކޮށްދީފި

16 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލިކަން ޔަގީންކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް