Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ-ހޫޘީންގެ ކުރިމަތިލުން

ރިޔާޟަށް ދިން ހަމަލާއާއެކު ސައުދީއާއި ހޫޘީންގެ ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު!

20 ސެޕްޓެމްބަރު 2026 | އާދީއްތަ 10:09

ޔަމަނުގެ ހޫޘީން ސައުދީގެ ވެރިރަށް ރިޔާޟަށާއި އަރާމްކޯގެ ވަސީލަތްތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފި. މި ހަމަލާތައް ސައުދީގެ ދިފާއީ ބާރުތަކުން ނާކާމިޔާބުކޮށްލާފައިވާއިރު، މަސްރަހު ގޯސްވުމާ ގުޅިގެން އެމެރިކާއިން ވަނީ ސައުދީއަށް އެފް-35 މަރުކާގެ އަސްކަރީ ބޯޓުތަކެއް ވިއްކުމުގެ ހުއްދަ ދީފައި. މި ހާދިސާއާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެ، ދުނިޔޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 20 ސެޕްޓެމްބަރު 2026 | އާދީއްތަ 10:09
ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ ތެޔޮ ރައްކާކުރާ ގުދަނުން ކަޅު ދުންގަނޑެއް އަރަމުންދާ މަންޒަރު

ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ ތެޔޮ ރައްކާކުރާ ގުދަނުން ކަޅު ދުންގަނޑެއް އަރަމުންދާ މަންޒަރު | ރޮއިޓާސް

ޔަމަނުގެ ހަނގުރާމަ އަލުން ފެށުނު ފަހުން ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ދިނުމާ ގުޅިގެން، ސައުދީއާއި އީރާނުގެ މަދަދު ލިބޭ ހޫޘީންގެ ދެމެދުގައި އުފެދިފައިވާ ދެކޮޅުވެރިކަން "ވަރަށް ބާރަށް ފުޅާވެގެން ގޮސްދާނެ" ކަމުގެ އިންޒާރު އެމެރިކާއިން ހޮނިހިރު ދުވަހު ދީފަ އެވެ.

މި ނުރައްކާތެރި ހާލަތާ ގުޅިގެން، މެރީލެންޑްގެ ރަށްފުށުގައި ރައީސުން ވަޑައިގަންނަވާ އެކަހެރި ރިޔާސީ ކޮމްޕްލެކްސްއެއް ކަމަށްވާ ކޭމްޕް ޑޭވިޑްގައި ހަފުތާ ބަންދު ހޭދަކުރައްވަމުން ގެންދެވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އެ މުއްދަތު ކުރުކުރެއްވުމަށްފަހު ހޮނިހިރު ދުވަހު ކުއްލި ގޮތަކަށް ވައިޓް ހައުސްއަށް އެނބުރި ވަޑައިގަންނަވާފަ އެވެ. ޓްރަމްޕް ކުއްލި ގޮތަކަށް އެނބުރި ވަޑައިގެންނެވި ސަބަބެއް ވައިޓް ހައުސްއިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، މި ދަތުރުފުޅު ކުރުކުރައްވާފައި މި ވަނީ، ސައުދީ އަރަބިއްޔާއާއި، ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލްކޮށް ރިޔާޟުން އިސްވެ އޮންނަ ކޯލިޝަނުން ތާއީދުކުރާ ސަރުކާރުގެ ފައުޖުތަކާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ހޫޘީންނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުން އައު މަރުހަލާއަކަށް ފުޅާވެފައިވާ ދަނޑިވަޅެއްގަ އެވެ.

Advertisement - worldAdvertisement

ސައުދީގެ ވެރިރަށުގައި ހޮނިހިރު ދުވަހު ބާރުގަދަ ގޮވުމެއްގެ އަޑު ދެ ފަހަރެއްގެ މަތިން އިވިގެން ދިޔަ އެވެ. އަދި، އެ ސިޓީގެ ވައިގެ ބަނދަރު ކައިރީގައި، ތެލުގެ ބޮޑު ކުންފުނި އަރާމްކޯގެ ލޯގޯ ޖަހާފައިވާ ތެޔޮ ތާނގީއެއްގައި ރޯވެ އަނދަމުންދާތަން އޭއެފްޕީގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

"މި އަސްކަރީ ހަމަނުޖެހުން ވަރަށް ބާރަށް ފުޅާވެގެން ދިއުމުގެ ފުރުޞަތު އެބައޮތް،" އެމެރިކާގެ ޚާރިޖީ ވުޒާރާއިން އިންޒާރު ދިނެވެ. މެދުއިރުމަތިން ބޭރުގައި ތިބި އެމެރިކާގެ ރައްޔިތުން "އެ ސަރަހައްދަށް އަދި އެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރުމާމެދު ސީރިއަސްކޮށް އަލުން ވިސްނަން" ޖެހޭނެ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ. ޔަމަނުގެ ބޮޑެތި ބިންތަކެއް ހިފުމަށް ފަހުގެ ހަފުތާތަކުގައި ހޫޘީން ފެށި ވިދުވަރެއް ފަދަ ހަލުވި ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު، 110،000 އަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް އދ. އިން ވަނީ ހާމަކޮށްފަ އެވެ.

ހަމަލާތައް ހުއްޓުވި ކަމަށް ސައުދީ ކޯލިޝަނުން ބުނުން

މި ކުރިމަތިލުންތަކާއި، އޭގެ ފަހުން ސައުދީ ރަސްކަމާ ދެކޮޅަށް ހިންގި އަދާވާތްތެރި އަމަލުތަކުގެ ސަބަބުން، ދުނިޔޭގައި އެންމެ ގިނައިން ސާފުނުކުރާ ތެޔޮ ސަޕްލައިކުރާ ސައުދީ އަރަބިއްޔާގެ އެކްސްޕޯޓަށާއި، ކަނޑު ދަތުރުފަތުރަށް މިހާރުވެސް ވަނީ ބުރޫއަރައިފަ އެވެ.

ވެރިރަށާ ދިމާއަށް ހޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް "ކާމިޔާބުކަމާއެކު ހުއްޓުވައި، ގޮއްވާލާފައިވާ" ކަމަށް ރިޔާޟުން އިސްނަގައިގެން އުފައްދާފައިވާ ކޯލިޝަނުން ހޮނިހިރު ދުވަހުގެ ހަވީރު އެކްސްގައި ކަށަވަރުކޮށްދެމުން ބުންޏެވެ. އީރާނަށް ތާއީދުކުރާ ހަނގުރާމަވެރިން ސައުދީގެ ހުޅަނގުގެ ބައެއް ސިޓީތަކުގައި ހުރި "އާންމުންނަށާއި އާންމު ޚިދުމަތްދޭ ތަންތަނަށް" ހަމަލާތައް އަމާޒުކުރަން މަސައްކަތްކޮށްފައިވާ ކަމަށް ކޯލިޝަނުން ބުންޏެވެ. އޭގެ ތެރޭގައި ސައުދީ ތެޔޮ ބޭރުކުރާ މުހިންމު މަރުކަޒެއް ކަމަށްވާ ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ޔަންބުޢު ބަނދަރުވެސް ހިމެނޭ ކަމަށް ކޯލިޝަނުން ފާހަގަކުރި އެވެ . މި ޙަމަލާތައް "ގަލްފުގެ ރަސްކަމުގެ ވައިގެ ދިފާއީ ބާރުތަކުން ނާކާމިޔާބު ކޮށްލާފައިވާ" ކަމަށްވެސް ކޯލިޝަނުން ވަނީ ބަޔާންކޮށްފަ އެވެ.

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ދިންކަމަށް ބުނާ ހަމަލާތަކުގައި މައި އެއާޕޯޓު ކައިރީގައި އޮތް ސަރަހައްދަކުން ކަޅު ދުން އަރަމުންދާ މަންޒަރު

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ދިންކަމަށް ބުނާ ހަމަލާތަކުގައި މައި އެއާޕޯޓު ކައިރީގައި އޮތް ސަރަހައްދަކުން ކަޅު ދުން އަރަމުންދާ މަންޒަރު | އެކްސް

ހޫޘީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ވައިގެ މަގުން އެތައް ހަމަލާތަކެއް ދީގެން ސައުދީ އަރަބިއްޔާއިން ރައްދު ދިން ނަމަވެސް، އެ ޖަމާއަތުގެ ކުރިއެރުން ހުއްޓުވުމުގައި ނާކާމިޔާބުވެފައިވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އަނެއްކޮޅުން، ފަހަކަށް އައިސް ސައުދީން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން "ގިނަ އަދަދެއްގެ ބެލިސްޓިކް އަދި ކްރޫޒް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އަސްކަރީ ކާމިޔާބު ދެ އޮޕަރޭޝަނެއް" ހިންގާފައިވާ ކަމަށް ހޫޘީން ވަނީ ބުނެފަ އެވެ . އެ ޖަމާއަތުގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީޢު ނެރުއްވި ބަޔާނެއްގައި ބުނީ، "ފުރަތަމަ އޮޕަރޭޝަން އަމާޒުކުރީ ސައުދީގެ ވެރިރަށް ރިޔާޟުގެ ނާޒުކު ތަންތަނަށް، އަދި ދެވަނަ އޮޕަރޭޝަން އަމާޒުކުރީ ޔަންބުޢުގައި ހުރި އަރާމްކޯގެ ވަސީލަތްތަކަށް" ކަމަށެވެ.

އިޤްތިޞާދަށް ކުރިމަތިވި ލޮޅުމާއި ބިރުވެރިކަން

ސައުދީގެ ކަމާބެހޭ އިދާރާތަކުން ކުރިން ވަނީ ރޭގަނޑުގެ ވަގުތެއްގައި ވައިގެ ހަމަލާއެއްގެ އިންޒާރު ނެރެފަ އެވެ . ހެނދުނު ކުރީކޮޅު ދިން އިންޒާރަށް ފަހު އެތައް ގަޑިއިރެއް ފަހުން، ސައުދީގެ ވެރިރަށުގެ އެކި ހިސާބުތަކުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވުނު ކަމަށް ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރިޔާޟުގެ ރައްޔިތަކުން އޭއެފްޕީ ނޫސް އޭޖެންސީއަށް މައުލޫމާތު ދެމުން ބުންޏެވެ. މިއީ ޔަމަނުގެ ދާޚިލީ ހަނގުރާމަ އަލުން ފެށުނު ފަހުން، ސައުދީގެ ވެރިރަށަށް ނުރައްކާވާ ފަދަ ހަމަލާތަކެއް ދިން ފުރަތަމަ ފަހަރެވެ. މި ކަމުގެ ސަބަބުން، އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަތް މަސް ދުވަހުގެ ހަނގުރާމައިގެ ސަބަބުން މިހާރުވެސް ލޮޅުން އަރާފައިވާ ދުނިޔޭގެ އިޤްތިޞާދަށް އިތުރު ޕްރެޝަރެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.

ރިޔާޟުގެ ރައްޔިތުން ގޭތެރޭގައި ތިބުމަށް އިލްތިމާސްކޮށް، ފަތިހު 3:00 ގެ ކުޑައިރުކޮޅެއް ކުރިން ލިބުނު މެސެޖެއްގައި ވަނީ، "މި ސަރަހައްދަށް ދުޝްމަނުންގެ ވައިގެ ނުރައްކަލެއް އެބައޮތް" ކަމަށް އިންޒާރު ދީފަ އެވެ . އޭގެ ފަހުން އޭއެފްޕީގެ ނޫސްވެރިންނަށް ދެ ގޮވުމެއްގެ އަޑު އިވުނުއިރު، އޭގެ ބައިގަޑިއިރު ފަހުން ސައުދީގެ ސިވިލް ޑިފެންސް އެޖެންސީން ވަނީ އެ އިންޒާރު އުވާލާފަ އެވެ.

"އަހަންނަށް އިންޒާރުގެ އަޑު އިވުނު، އޭގެ ފަހުން ކުޑަދޮރުތައް ތަޅުވައިގަތް،" ރިޔާޟުގެ ރައްޔިތަކު އޭއެފްޕީއަށް މައުލޫމާތުދެމުން ބުނެފައިވާއިރު، އެހެން ރައްޔިތަކު އެ ހަމަލާ ސިފަކޮށްފައިވަނީ "ބިރުވެރި" ކަމެއްގެ ގޮތުގަ އެވެ.

އަސްކަރީ އެހީއާއި ހަނގުރާމައިގެ ފަސްމަންޒަރު

މި ހާދިސާ ހިނގާފައި މި ވަނީ، ކޮންމެ އަހަރަކު އެތައް މިލިއަން ޙައްޖުވެރިންނަކަށް މަރުޙަބާ ކިޔާ އިސްލާމްދީނުގެ މާތް ސިޓީ ކަމަށްވާ މައްކާއަށް އަމާޒުކޮށް ބުދަ ދުވަހު ހޫޘީން ހަމަލާދިން ކަމަށް ބުނެ، އެއީ "ފިނޑި ޓެރަރިސްޓް ހަމަލާއެއް" ކަމަށް ސިފަކޮށް ރިޔާޟުން ހޫޘީންގެ މައްޗަށް ތުހުމަތުކުރިތާ މަދު ދުވަސްކޮޅެއް ފަހުންނެވެ. މި ތުހުމަތުތައް ހޫޘީން ވަނީ ދޮގުކޮށް، އެއީ "ބާވެފައިވާ ދޮގެއް" ކަމަށް ބުނެފަ އެވެ. ރަތް ކަނޑުގެ އައްސޭރިފަށުގެ ކޮންޓްރޯލް ހޯދައި، މުހިންމު ބާބު އަލް-މަންދަބު ކަނޑުއޮޅީގެ ބާރު ހޯދުމަށް ހޫޘީން މި މަހު ފެށި ހަމަލާތަކަށްފަހު، ރިޔާޟުން ކޮންމެ ދުވަހަކުވެސް ބަދަލުހިފުމުގެ އެތައް ހަމަލާއެއް ދެމުންދާ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.

ހޫޘީންނަށް ހަމަލާދިނުމަށް ސައުދީން އެދުނު އެދުމަށް އެމެރިކާއިން މިދިޔަ ހަފުތާގައި ދެކޮޅު ހަދާފައިވާ ކަމަށް، އެމެރިކާގެ ޚަބަރު ފަތުރާ މަންސަ، އެކްސިއޮސްއިން ވަނީ ރިޕޯޓްކޮށްފަ އެވެ. ނަމަވެސް، "މިހާރުގެ އަދި ކުރިމަގުގެ ނުރައްކާތަކުން ދިފާއުވުމަށް" ރިޔާޟަށް އެހީތެރިވުމުގެ ގޮތުން، 24.3 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި 48 އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓު އެ ޤައުމަށް ވިއްކުމުގެ ހުއްދަ ވޮޝިންގޓަނުން ބުރާސްފަތި ދުވަހު ދީފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.

ޔަމަނުގެ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު ހޫޘީން އެ ޤައުމުގެ ވެރިރަށް ޞަންޢާއާއި އެހެނިހެން ސަރަހައްދުތަކުގެ ކޮންޓްރޯލް އަތުލުމާ ގުޅިގެންނެވެ. މިއާއެކު، 2015 ވަނަ އަހަރުގެ މާރިޗު މަހު ސައުދީ އަރަބިއްޔާ އިސްވެ އަސްކަރީ ގޮތުން ވަނީ އެ މައްސަލައިގެ ތެރެއަށް ވަދެފަ އެވެ. ހަނގުރާމަކުރާ ފަރާތްތަކުގެ ދެމެދުގައި 2022 ވަނަ އަހަރު ވެވުނު ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޖުލައި މަހު ރޫޅުނީ، ޔަމަނުގެ ވައިގެ ސަރަހައްދު ކޮންޓްރޯލްކުރުމަށް ރިޔާޟުން ކަނޑައަޅާފައިވާ އުސޫލުތަކަށް ގޮންޖަހައި، އީރާނުގެ މަތިންދާބޯޓެއް ޔަމަނަށް ޖެއްސުމުގެ ހުއްދަ ހޫޘީން ދިނުމާ ގުޅިގެންނެވެ.

މި ހަމަލާ ދީފައި މި ވަނީ، ޔަމަނުގެ ރަތް ކަނޑުގެ އައްސޭރިފަށުން އަލަށް ހިފި ސަރަހައްދުތަކުގައި ހޫޘީންގެ ދިފާއީ ބާރު ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެ ޖަމާއަތުގެ މެންބަރުން އޭއެފްޕީއަށް ބުނީ، އެ ސަރަހައްދުތަކުގައި ރާޑަރު ހަރުކޮށް ބިންގަރާސްތައް ކޮންނަމުންދާ ކަމަށެވެ.

މަސްދަރު: ސީއެންއޭ

ޔަމަންއެމެރިކާ-ސައުދީ އަރަބިއްޔާހޫޡީއީރާންޑޮނަލްޑް ޓްރަމްޕްރިޔާޟް

އެންމެ ހިނގާ

1

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

4

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

5

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2026

ޔަމަނަކީ އީރާނުގެ މަސްލަހަތު ހިމާޔަތްކުރާ "ބާގެއިނިންގ ޗިޕެއް" ނޫން: އަލް-ޒޫބާ

20 ސެޕްޓެމްބަރު 2026
ޔަމަނަކީ އީރާނުގެ މަސްލަހަތު ހިމާޔަތްކުރާ "ބާގެއިނިންގ ޗިޕެއް" ނޫން: އަލް-ޒޫބާ
20 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާތަކުން ސައުދީ ދިފާއުކޮށްދޭން އަސްކަރީ އެހީ ދިނުމާ މެދު ތުރުކީވިލާތުން ވިސްނަނީ

20 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާތަކުން ސައުދީ ދިފާއުކޮށްދޭން އަސްކަރީ އެހީ ދިނުމާ މެދު ތުރުކީވިލާތުން ވިސްނަނީ
20 ސެޕްޓެމްބަރު 2026

ސައުދީ ވެރިރަށް ރިޔާޟަށް ހޫޘީންގެ ނުރައްކާތެރި ހަމަލާއެއް އަރައިފި

20 ސެޕްޓެމްބަރު 2026
ސައުދީ ވެރިރަށް ރިޔާޟަށް ހޫޘީންގެ ނުރައްކާތެރި ހަމަލާއެއް އަރައިފި
19 ސެޕްޓެމްބަރު 2026

ޗައިނާގެ ރައީސް ޝީ އެމެރިކާއަށް، އެއާޕޯޓުން މަރުހަބާ ދަންނަވާނީ ސީދާ ޓްރަމްޕް

19 ސެޕްޓެމްބަރު 2026
ޗައިނާގެ ރައީސް ޝީ އެމެރިކާއަށް، އެއާޕޯޓުން މަރުހަބާ ދަންނަވާނީ ސީދާ ޓްރަމްޕް
19 ސެޕްޓެމްބަރު 2026

ސީއެންއެން، އެމްއެސް ނައު އަދި ޕޮލިޓިކޯ ވައިޓް ހައުސްއަށް ވަނުން މަނާކުރަން ޓްރަމްޕް ނިންމަވައިފި

19 ސެޕްޓެމްބަރު 2026
ސީއެންއެން، އެމްއެސް ނައު އަދި ޕޮލިޓިކޯ ވައިޓް ހައުސްއަށް ވަނުން މަނާކުރަން ޓްރަމްޕް ނިންމަވައިފި
19 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ވެރިރަށުގައި އިންޒާރުގެ އެލާޓް ނެރެފި

19 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ވެރިރަށުގައި އިންޒާރުގެ އެލާޓް ނެރެފި
19 ސެޕްޓެމްބަރު 2026

މައްކާގެ މުގައްދަސް ބިމަށް ހަމަލާދޭން އުޅުނު ކަމަށް ސައުދީން ފަތުރާ ޚަބަރުތައް ދޮގުކޮށް ޔަމަނުގައި މިލިއަނަށްވުރެ ގިނަ މީހުން މުޒާހަރާކޮށްފި

19 ސެޕްޓެމްބަރު 2026
މައްކާގެ މުގައްދަސް ބިމަށް ހަމަލާދޭން އުޅުނު ކަމަށް ސައުދީން ފަތުރާ ޚަބަރުތައް ދޮގުކޮށް ޔަމަނުގައި މިލިއަނަށްވުރެ ގިނަ މީހުން މުޒާހަރާކޮށްފި
19 ސެޕްޓެމްބަރު 2026

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސައުދީން ވިލާތަށް ތެޔޮ ފޯރުކޮށްދިނުން މެދުކަނޑާލަނީ

19 ސެޕްޓެމްބަރު 2026
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސައުދީން ވިލާތަށް ތެޔޮ ފޯރުކޮށްދިނުން މެދުކަނޑާލަނީ
19 ސެޕްޓެމްބަރު 2026

ހޫޘީން ސައުދީއަށާއި ކަނޑު އުޅަނދުފަހަރަށް ދޭ ހަމަލާތައް އދގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި

19 ސެޕްޓެމްބަރު 2026
ހޫޘީން ސައުދީއަށާއި ކަނޑު އުޅަނދުފަހަރަށް ދޭ ހަމަލާތައް އދގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި
19 ސެޕްޓެމްބަރު 2026

ޔަމަނުގައި ހަނގުރާމަ ފުޅާވެ ސައުދީގެ ވަރުގަދަ ހަމަލާތަކެއް، 24 ގަޑިއިރުތެރޭ 26 ތަނަށް ބޮންއެޅި

19 ސެޕްޓެމްބަރު 2026
ޔަމަނުގައި ހަނގުރާމަ ފުޅާވެ ސައުދީގެ ވަރުގަދަ ހަމަލާތަކެއް، 24 ގަޑިއިރުތެރޭ 26 ތަނަށް ބޮންއެޅި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް