Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން ގަތުލުއާންމު

އިސްރާއީލްގެ ޖަރީމާތައް ހައްލުކުރުމުގެ ބަދަލުގައި ބައިނަލްއަގްވާމީ މުޖުތަމައުން އޮތީ ބަލަން: އުރުދުންގެ ރަސްގެފާނު

23 ސެޕްޓެމްބަރު 2026 | ބުދަ 02:31

އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގާ ލާއިންސާނީ އަމަލުތަކަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ސިފަކުރައްވައި، އުރުދުންގެ ރަސްގެފާނު ޢަބްދުﷲ އދ. ގައި ބައިނަލްއަގްވާމީ މުޖުތަމައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. ފަލަސްތީނުގެ ބިންތައް ފޭރިގަނެ، ރައްޔިތުން ގެދޮރުން ނެރެލުމަކީ އެ މީހުން ބޭރުކޮށްލުމަށް ހިންގާ ސިޔާސަތެއްކަން ފާހަގަކުރައްވައި، ޣައްޒާގެ ގަތުލުއާންމު ހުއްޓުވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 23 ސެޕްޓެމްބަރު 2026 | ބުދަ 02:31
އުރުދުންގެ ރަސްގެފާނު ޢަބްދުالله ދެވަނަ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރައްވަނީ

އުރުދުންގެ ރަސްގެފާނު ޢަބްދުالله ދެވަނަ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރައްވަނީ | އަނަދޮލު އޭޖެންސީ

ފަލަސްތީނާއި އިސްރާއީލްގެ މައްސަލަ ހައްލުކުރުމުން ބައިނަލްއަގްވާމީ މުޖުތަމައު ދުރުހެލިވެ، އޭގެ ބަދަލުގައި އިޚްތިޔާރުކޮށްފައި ވަނީ އެ މައްސަލައަށް ބަލަހައްޓައިގެން ތިބުމަށް ކަމަށް ވިދާޅުވެ، އދ. ގެ އާންމު މަޖިލީހުގައި އަންގާރަ ދުވަހު ތަގުރީރު ކުރައްވަމުން އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ބައިނަލްއަގްވާމީ މުޖުތަމައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

"ފަލަސްތީނާއި އިސްރާއީލްގެ މައްސަލައަށް ހައްލެއް ނުހޯދައި ދޫކޮށްލުމުގެ ނުރައްކަލާ މެދު މި މަޖިލީހުގެ ކުރިމަތީގައި އަޅުގަނޑު އިންޒާރު ދެމުން އަންނަތާ އެތައް ދަހަރެއް ވެއްޖެ. އެކަމަކު، ބައިނަލްއަގްވާމީ މުޖުތަމައުން އިޚްތިޔާރުކުރީ މައްސަލައާ ކުރިމަތިލުމުގެ ބަދަލުގައި، އެ މައްސަލަ މެނޭޖްކުރުމަށް،" ނިއު ޔޯކްގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައި ތަގުރީރު ކުރައްވަމުން ރަސްގެފާނު ޢަބްދުﷲ ވިދާޅުވި އެވެ.

Advertisement - worldAdvertisement

އިސްރާއީލްގެ ކޮންމެ އާ ޚިލާފުވުމަކާ މެދު ވެސް ފުރަތަމަ އަމަލުކުރެވުނީ އެއީ ވަގުތީ ކަމެއްގެ ގޮތުގައި ކަމަށާއި، އެއީ "ވަގުތީ ކަންކަން ދާއިމީ ކަންކަމަށް ވެ، އަދި ދާއިމީ ކަންކަން ސިޔާސަތަކަށް ބަދަލުވަންދެން" ބަލަން ތިބުން ކަމަށް ރަސްގެފާނު ވިދާޅުވި އެވެ.

އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރިން ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ގެދޮރުން ނެރެލުމަކީ "ހަނގުރާމައިގެ ޖަރީމާއެއް" ކަމަށް އުރުދުންގެ ރަސްގެފާނު ވިދާޅުވި އެވެ. އަދި، އެ ސަރަހައްދުގައި ހިނގަމުންދާ ކަންކަމަކީ ހަމައެކަނި މަސްރަހު ގޯސްވުމެއް ނޫން ކަމަށާއި، އެއީ "އަސާސީ ބަދަލެއް" ގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ހުޅަނގު އައްސޭރީގައި ނުގަވާއިދުން އިސްރާއީލުގެ ރައްޔިތުން ވަޒަންވެރިކުރުވުމަށް އިތުރު ބިންތައް ފޭރިގަނެ، ވަޒަންވެރިން ދިރިއުޅޭ ސަރަހައްދުތައް ފުޅާކުރަމުންދާ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުން "އަޅުވެތިކަމުގެ" ތެރޭގައި ބައިތިއްބަމުންދާ ކަން ރަސްގެފާނު ފާހަގަކުރެއްވި އެވެ. މި ގޮތުން، ހުއްޓުމެއް ނެތި ވަޒަންވެރިކުރުވުން އިތުރުކުރުމާއި، ހިންގާ އަނިޔާވެރިކަމާއި، މީހުން ގެދޮރުން ނެރެލުމަކީ ފަލަސްތީނު މީހުން އެ މީހުންގެ ބިމުން ބޭރުކޮށްލުމަށް އަމާޒުކޮށް ހިންގާ "އެއް ސިޔާސަތެއްގެ ބައިތައް" ކަމަށް ރަސްގެފާނު ޢަބްދުﷲ ވިދާޅުވި އެވެ.

ޣައްޒާގެ ގަތުލުއާންމު ހުއްޓާލުމަށް އެއްބަސްވި ފަހުން ފާއިތުވި ފުރަތަމަ 300 ވަރަކަށް ދުވަހުގެ ތެރޭގައި ވެސް ޣައްޒާއިން 300 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދު ކޮށްލާފައިވާ ކަން ރަސްގެފާނު ޢަބްދުالله ހާމަކުރެއްވި އެވެ. އަދި، ޣައްޒާގައި އުރުދުނުން ގާއިމުކޮށްދީފައިވާ ފީލްޑް ހޮސްޕިޓަލްތަކަށް އިސްރާއީލުގެ ސިފައިން ގަސްދުގައި ނިރުބަވެރި ހަމަލާތައް އަމާޒުކުރަމުންދާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ފަލަސްތީނު-އިސްރާއީލުއަބްދުﷲޔޫންއެން ޖެނެރަލް އެސެމްބްލީވެސްޓް ބޭންކްޣައްޒާއުރުދުން

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

3

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

4

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

5

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2026

ދެކުނު ކޮރެޔާގެ ރައީސް ގޮވާލެއްވީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދޭން

22 ސެޕްޓެމްބަރު 2026
ދެކުނު ކޮރެޔާގެ ރައީސް ގޮވާލެއްވީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދޭން
22 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟

22 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟
22 ސެޕްޓެމްބަރު 2026

އިނގިރޭސިވިލާތުން ސައުދީ އަރަބިއްޔާއަށް "ދިފާއީ ގޮތުން" އަސްކަރީ އެހީތެރިކަން ފޯރުކޮށްދެނީ

22 ސެޕްޓެމްބަރު 2026
އިނގިރޭސިވިލާތުން ސައުދީ އަރަބިއްޔާއަށް "ދިފާއީ ގޮތުން" އަސްކަރީ އެހީތެރިކަން ފޯރުކޮށްދެނީ
22 ސެޕްޓެމްބަރު 2026

ޓްރަމްޕާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެމެރިކާގެ ސެނެޓަރަކު ގޮވާލައްވައިފި

22 ސެޕްޓެމްބަރު 2026
ޓްރަމްޕާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެމެރިކާގެ ސެނެޓަރަކު ގޮވާލައްވައިފި
22 ސެޕްޓެމްބަރު 2026

ރަޝިޔާގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލާނެ ޝަރުތުތައް ޒެލެންސްކީ ހާމަކުރައްވައިފި

22 ސެޕްޓެމްބަރު 2026
ރަޝިޔާގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލާނެ ޝަރުތުތައް ޒެލެންސްކީ ހާމަކުރައްވައިފި
21 ސެޕްޓެމްބަރު 2026

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

21 ސެޕްޓެމްބަރު 2026
އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން
21 ސެޕްޓެމްބަރު 2026

މަޝްވަރާތަކަށް އެނބުރި އައުމުގެ "ދޮރު އީރާނަށް ހުޅުވިފައި": އެމެރިކާ

21 ސެޕްޓެމްބަރު 2026
މަޝްވަރާތަކަށް އެނބުރި އައުމުގެ "ދޮރު އީރާނަށް ހުޅުވިފައި": އެމެރިކާ
20 ސެޕްޓެމްބަރު 2026

ހުޅަނގު އައްސޭރީގެ ދެ ޗެކްޕޮއިންޓެއް ބަންދުކޮށް، 100 އަށް ވުރެ ގިނަ މުދައްރިސުންނަށް ހުރަސްއަޅައިފި

20 ސެޕްޓެމްބަރު 2026
ހުޅަނގު އައްސޭރީގެ ދެ ޗެކްޕޮއިންޓެއް ބަންދުކޮށް، 100 އަށް ވުރެ ގިނަ މުދައްރިސުންނަށް ހުރަސްއަޅައިފި
20 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހަށް ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ނުދިނުމަށް އެމެރިކާއިން ނިންމި ނިންމުމާމެދު އީޔޫއިން ހިތާމަފާޅުކޮށްފި

20 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހަށް ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ނުދިނުމަށް އެމެރިކާއިން ނިންމި ނިންމުމާމެދު އީޔޫއިން ހިތާމަފާޅުކޮށްފި
20 ސެޕްޓެމްބަރު 2026

ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި ސިއްހީ ވުޒާރާގެ ވެރިޔާގެ ދަރިފުޅާއެކު ހަތަރު މީހަކު ޝަހީދުކޮށްލައިފި

20 ސެޕްޓެމްބަރު 2026
ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި ސިއްހީ ވުޒާރާގެ ވެރިޔާގެ ދަރިފުޅާއެކު ހަތަރު މީހަކު ޝަހީދުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް