Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެޔާގެ ނިއުކްލިއާ ޕްރޮގްރާމް

ދެކުނު ކޮރެޔާގެ ރައީސް ގޮވާލެއްވީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދޭން

22 ސެޕްޓެމްބަރު 2026 | އަންގާރަ 06:45

އުތުރު ކޮރެޔާއިން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލުމުގެ ބަދަލެއްގެ ގޮތުން، އެ ގައުމަށް ދީފައިވާ އަދަބުތަކަށް ލުއިދިނުމަށް ދެކުނު ކޮރެޔާގެ ރައީސް ލީ ޖޭ މަޔޮންގް އެމެރިކާއަށް ގޮވާލައްވައިފި. އުތުރު ކޮރެޔާގެ ހަތިޔާރުގެ ގާބިލުކަން އިތުރުވަމުންދާތީ، މަޝްވަރާގެ މޭޒަށް ދިއުމަކީ ސަރަހައްދީ ސުލްހައަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި. އަދި، މި މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމަށް އދ. މެދުވެރިކޮށް ހާއްސަ ތަސައްވުރެއް ހުށަހެޅުއްވުމަށް ވެސް ލީ ވަނީ ނިންމަވާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 22 ސެޕްޓެމްބަރު 2026 | އަންގާރަ 06:45
ދެކުނު ކޮރެޔާގެ ރައީސް ލީ ޖޭ މަޔޮންގް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ

ދެކުނު ކޮރެޔާގެ ރައީސް ލީ ޖޭ މަޔޮންގް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ | ރޮއިޓާސް

އުތުރު ކޮރެޔާގެ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމް ހުއްޓުމަކަށް ގެނައުމަށް ޕިޔޮންގޔަންގާއެކު ވެވޭ އެއްބަސްވުމެއްގެ ބަދަލެއްގެ ގޮތުން، އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށް ދެކުނު ކޮރެޔާގެ ރައީސް ލީ ޖޭ މަޔޮންގ އެމެރިކާއަށް ގޮވާލައްވައިފި އެވެ.

"ކޮންމެއަކަސް އެހާ ބޮޑު އަސަރެއް ނުކުރާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، އިތުރު ނިއުކްލިއާ ހަތިޔާރާއި ދުރު ބައްރުތަކަށް ދަތުރުކުރެވޭ ބެލިސްޓިކް މިސައިލް ޓެކްނޮލޮޖީ އުފެއްދުން ހުއްޓާލުމާ ދެމެދު ކުރެވޭ މުއާމަލާތުގައި ބޮޑު އަގެއް އޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ލީ ވިދާޅުވި އެވެ. މީގެއިތުރުން، މިހާރު އޮތް ހާލަތުގެ ދަށުން ނިއުކްލިއާ ހަތިޔާރު އެއްކޮށް ނައްތާލުމަށް މަސައްކަތް ކުރުމަކީ އެއްވެސް ނަތީޖާއެއް ހާސިލުވާނެ ކަމެއް ނޫން ކަމަށް ވެސް ލީ ވިދާޅުވި އެވެ.

Advertisement - worldAdvertisement

ނިއުކްލިއާ ހަތިޔާރު އުފެއްދުން މަޑުޖައްސާލުމުގެ އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، ދެ ފަރާތުން ބަދަލުގައި ދޭ އިނާޔަތްތަކާއި ދޫދިނުންތަކުގެ ޒަރިއްޔާއިން އިތުބާރު ބިނާކުރެވިދާނެ ކަމަށް ލީ ވިދާޅުވި އެވެ. އަދި، އޭގެ ސަބަބުން ނިއުކްލިއާ ހަތިޔާރުގެ މިންވަރު މަދުކުރުމަށް އުތުރު ކޮރެޔާއަށް ވިސްނައިދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އުތުރު ކޮރެޔާއިން އަހަރަކު އިތުރު 10 އާއި 20 އާ ދެމެދުގެ އަދަދަކަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން މިހާރު ލިބިފައިވާ ކަމަށް ނުވަތަ މިހާރު ވެސް އުފައްދަމުންދާ ކަމަށް ދެކުނު ކޮރެޔާގެ ދިރާސާތަކުން ދައްކާ ކަމަށް ލީ ވިދާޅުވި އެވެ. އެހެންކަމުން، މިހާރު އުފެދިފައިވާ މި މައްސަލަ އެ ގޮތުގައި ކުރިއަށް ދިޔުމަށް ދޫކޮށްލުމަކީ ނުރައްކާ އިންތިހާއަށް ބޮޑު ކަމެއް ކަމަށް އޭނާ ބަޔާންކުރެއްވި އެވެ. "އެ ޤައުމުގެ ދެމިއޮތުން ކަށަވަރުކުރެވޭ ވަރަށް ނިއުކްލިއާ ހަތިޔާރާއި މިސައިލް އެއްކުރެވިއްޖެ ކަމަށް ގަބޫލުކުރެވޭ ހިސާބުން، ފައިސާ ހޯދުމަށް ޓަކައި އެ ތަކެތި ބޭރުކުރުމުގެ ވަސްވާސް އެ ޤައުމަށް ވަންނާނެ،" ލީ ވިދާޅުވި އެވެ. "އެއީ ހަގީގަތުގައި ވެސް ނުރައްކާތެރި ވަގުތުކޮޅަކަށް ވާނެ."

ދެކުނު ކޮރެޔާއިން އުތުރު ކޮރެޔާއާ މެދު ގެންގުޅޭ ސިޔާސަތު "ފުރަތަމަ ނިއުކްލިއާ ހަތިޔާރު ނައްތާލުން" މި އުސޫލުން ބަދަލުކޮށް، "ފުރަތަމަ ސުލްހަ" ގާއިމުކުރުމުގެ މިސްރާބަކަށް ބަދަލުކުރަމުންދާ ކަމަށް އެ ޤައުމުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. މި ގޮތުން، އުތުރު ކޮރެޔާގެ ނިޒާމަށް އިހުތިރާމްކުރުމަށާއި، ޕިޔޮންގޔަންގއާއެކު ސުލްހަވެރިކަމާ އެކު އެކުގައި އުޅުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވޭތުވެދިޔަ އަހަރު ލީ ވަނީ ވައުދުވެވަޑައިގަންނަވާފަ އެވެ.

ނަމަވެސް، ދެ ކޮރެޔާގެ މެދުގައިވާ ގުޅުން އަދިވެސް އޮތީ ހީނަރުވެ، ކުރިއަށް ނުގޮސް ހުއްޓިފަ އެވެ. އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ޕިޔޮންގޔަންގއިން ދެ ކޮރެޔާ އެއްބައިވަންތަކުރުމަށް ގެންގުޅުނު ސިޔާސަތު ދޫކޮށްލައްވައި، ދެކުނު ކޮރެޔާއަކީ އެ ޤައުމުގެ އެންމެ ބޮޑު ދުޝްމަނުގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި، ކުރީ ސަފުގެ ދިފާއީ އައްޑަނަތައް ވަރުގަދަކުރުމަށް ވެސް އޭނާ ވަނީ އަމުރުކުރައްވާފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކިމްއާއެކު އާ ބައްދަލުވުމެއް ބޭއްވެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އިރު، މި މަޝްވަރާތައް ބޭއްވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް ދެކުނު ކޮރެޔާގެ ރައީސް ވަނީ ވިދާޅުވެފަ އެވެ. މީގެއިތުރުން، މި ހަފުތާގައި ބާއްވާ އދ. ގެ އާންމު މަޖިލީހުގައި، ކޮރެއަން ޕެނިންސިއުލާގައި ސުލްހައާއި ސުލްހަވެރިކަމާއެކު އެކުގައި އުޅުމާ ގުޅޭ ގޮތުން ގެންގުޅުއްވާ ތަސައްވުރު އދ. އަށް ހުށަހެޅުއްވުމަށް ލީ ވަނީ ގަސްދުކުރައްވާފަ އެވެ.

މަސްދަރު: ސީއެންއޭ

އުތުރު ކޮރެޔާ-ދެކުނު ކޮރެޔާލީ ޖޭ-މިޔުންގްކިމް ޖޮންގ އަންޑޮނަލްޑް ޓްރަމްޕްނިއުކްލިއަރ ހަތިޔާރުޔޫންއެން ޖެނެރަލް އެސެމްބްލީ

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

5

80 މިލިއަން ޚަރަދުކުރި ޕީއެންސީގެ ކޮންގްރެސް: ނުފޯރާ ފޮތިން ފޫގަޅައިގެން ބޭރު ގައުމުތަކަށް ދައްކަން އުޅުނީ ނެތް މުއްސަނދިކަމެއް

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟

22 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟
22 ސެޕްޓެމްބަރު 2026

އިނގިރޭސިވިލާތުން ސައުދީ އަރަބިއްޔާއަށް "ދިފާއީ ގޮތުން" އަސްކަރީ އެހީތެރިކަން ފޯރުކޮށްދެނީ

22 ސެޕްޓެމްބަރު 2026
އިނގިރޭސިވިލާތުން ސައުދީ އަރަބިއްޔާއަށް "ދިފާއީ ގޮތުން" އަސްކަރީ އެހީތެރިކަން ފޯރުކޮށްދެނީ
22 ސެޕްޓެމްބަރު 2026

ޓްރަމްޕާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެމެރިކާގެ ސެނެޓަރަކު ގޮވާލައްވައިފި

22 ސެޕްޓެމްބަރު 2026
ޓްރަމްޕާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެމެރިކާގެ ސެނެޓަރަކު ގޮވާލައްވައިފި
22 ސެޕްޓެމްބަރު 2026

ރަޝިޔާގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލާނެ ޝަރުތުތައް ޒެލެންސްކީ ހާމަކުރައްވައިފި

22 ސެޕްޓެމްބަރު 2026
ރަޝިޔާގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލާނެ ޝަރުތުތައް ޒެލެންސްކީ ހާމަކުރައްވައިފި
21 ސެޕްޓެމްބަރު 2026

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

21 ސެޕްޓެމްބަރު 2026
އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން
21 ސެޕްޓެމްބަރު 2026

މަޝްވަރާތަކަށް އެނބުރި އައުމުގެ "ދޮރު އީރާނަށް ހުޅުވިފައި": އެމެރިކާ

21 ސެޕްޓެމްބަރު 2026
މަޝްވަރާތަކަށް އެނބުރި އައުމުގެ "ދޮރު އީރާނަށް ހުޅުވިފައި": އެމެރިކާ
21 ސެޕްޓެމްބަރު 2026

އީރާން-އެމެރިކާ ސުލްހައިގެ މަޝްވަރާތައް އަލުން ފަށަށް ގަތަރުން މަސައްކަތް ކުރަނީ

21 ސެޕްޓެމްބަރު 2026
އީރާން-އެމެރިކާ ސުލްހައިގެ މަޝްވަރާތައް އަލުން ފަށަށް ގަތަރުން މަސައްކަތް ކުރަނީ
20 ސެޕްޓެމްބަރު 2026

ރިޔާޟަށް ދިން ހަމަލާއާއެކު ސައުދީއާއި ހޫޘީންގެ ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު!

20 ސެޕްޓެމްބަރު 2026
ރިޔާޟަށް ދިން ހަމަލާއާއެކު ސައުދީއާއި ހޫޘީންގެ ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު!
20 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހަށް ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ނުދިނުމަށް އެމެރިކާއިން ނިންމި ނިންމުމާމެދު އީޔޫއިން ހިތާމަފާޅުކޮށްފި

20 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހަށް ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ނުދިނުމަށް އެމެރިކާއިން ނިންމި ނިންމުމާމެދު އީޔޫއިން ހިތާމަފާޅުކޮށްފި
20 ސެޕްޓެމްބަރު 2026

ސައުދީ ވެރިރަށް ރިޔާޟަށް ހޫޘީންގެ ނުރައްކާތެރި ހަމަލާއެއް އަރައިފި

20 ސެޕްޓެމްބަރު 2026
ސައުދީ ވެރިރަށް ރިޔާޟަށް ހޫޘީންގެ ނުރައްކާތެރި ހަމަލާއެއް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް