Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން ގަތުލުއާންމު

ޣައްޒާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލަން މަޝްހޫރު ރެޕަރު މެކްލެމޯގެ ޚާއްސަ ޓުއާއެއް ފަށަނީ

25 ސެޕްޓެމްބަރު 2026 | ހުކުރު 07:21

ފަލަސްތީނުގެ ހައްގުގައި އަޑުއުފުލުމުން އެޑް ޝީރަންގެ ޓުއާއިން ވަކިކުރި ރެޕަރު މެކްލެމޯ، ފަލަސްތީނަށް އެހީވުމަށް 'ފްރީ ޕަލަސްޓައިން' ގެ ނަމުގައި ޚާއްސަ ޓުއާއެއް ބާއްވަން ނިންމައިފި. އަންނަ އޮކްޓޫބަރު މަހު ޔޫރަޕްގެ ގައުމުތަކުގައި ބާއްވާ މި ޝޯތަކުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރާނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކަށް

ނިއުސް ޓީމް
ނިއުސް ޓީމް | 25 ސެޕްޓެމްބަރު 2026 | ހުކުރު 07:21
މަޝްހޫރު ރެޕަރު މެކްލެމޯ ޝޯއެއްގައި ހުށަހަޅައިދެނީ. އޭނާއަކީ ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަމުންދާ ފަންނާނެއް

މަޝްހޫރު ރެޕަރު މެކްލެމޯ ޝޯއެއްގައި ހުށަހަޅައިދެނީ. އޭނާއަކީ ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަމުންދާ ފަންނާނެއް | ގެޓީ އިމޭޖަސް

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލުމާ ގުޅިގެން މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ އެމެރިކާ ޓުއާއިން ވަކިކުރުމުން އުފެދުނު ބޮޑު ޚިޔާލުތަފާތުވުންތަކަށް ފަހު، ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ އެމެރިކާގެ ރެޕަރު މެކްލެމޯ ފަލަސްތީނުގެ ހައްގުގައި ޚާއްސަ ޝޯތަކެއް ބާއްވަން ނިންމައި އެ ކަން އިއުލާނުކޮށްފި އެވެ.

މަހެއްގެ ތެރޭގައި ސްޕޮޓިފައިއިން 40 މިލިޔަން އެހުންތެރިން ގެއްލުނު 43 އަހަރުގެ މެކްލެކޯ ބުރާސްފަތި ދުވަހު ބުނީ، ފަލަސްތީނުގެ ހައްގުތަކަށް ގޮވާލާ އަޑު އުފުލުމަށް 'ފްރީ ޕަލަސްޓައިން' ގެ ނަމުގައި ޚާއްސަ ޓުއާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ޓުއާގެ ޝޯތައް އަންނަ އޮކްޓޫބަރު މަހުގެ ފަހުކޮޅު ޑަބްލިން، ޕެރިސް އަދި ލަންޑަންގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކަން ވެސް އޭނާ އިއުލާނު ކުރި އެވެ.

Advertisement - worldAdvertisement

މި ޝޯތަކުގައި އެހެން މިއުޒީޝަނުން ވެސް އޭނާއާ އެކު ބައިވެރިވާނެ ކަމަށާއި، އެ ފަރާތްތަކުގެ ނަންތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް މެކްލެމޯ ބުންޏެވެ. އަދި، އެމެރިކާގައި ބާއްވާ ޝޯތައް އިންތިޒާމުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް އޭނާ ބުންޏެވެ.

މި ޓުއާއިން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށާއި ފަލަސްތީނުގެ މިނިވަންކަމުގެ ހަރަކާތްތަކަށް އެހީތެރިވާ ފަރާތްތަކަށް ކަމަށް އޭނާ ހާމަކުރި އެވެ. "މިދިޔަ ދެ ތިން ހަފުތާއިން އެއްވެސް ކަމެއް ހާމަވެގެންދިޔަ ނަމަ، އެއީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކަންކަމަށް ބަދަލެއް އަތުވެއްޖެކަން،” މެކްލެމޯ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

"ފަލަސްތީނު މިނިވަންކުރުމާ ގުޅޭ ގޮތުންނާއި، އެ ގޮވާލުން ހުއްޓުވަން މަސައްކަތްކުރާ ބިލިއަނަރުންގެ ނުފޫޒާ މެދު، އަދި މި ދަނޑިވަޅުގައި ފަންނާނުންގެ ކިބައިން އުންމީދުކުރެވޭ ކަންކަމާ މެދު އާންމުންގެ މެދުގައި ވަނީ  ހޭލުންތެރިކަމެއް އުފެދިފައި. މިއީ، 2026 ވަނަ އަހަރު. ގަތުލުއާންމެއް ހިނގަމުންދާއިރު ސިޔާސީ ކަންކަމާ ދުރުގައި ވަކިފަރާތަކަށް ނުޖެހި ހުރުމަކީ ދެން ކުރެވޭނެ ކަމެއް ނޫން،” މެކްލެމޯ ބުންޏެވެ.

"އާންމުން މިއަދު ފަންނާނުންގެ ކިބައިން އެދެނީ ކަންކަމުގައި ބައިވެރިވުމަށާއި، ކަންކަން އޮޅުންފިލުވައި ދަސްކުރުމަށާއި، މުޖުތަމައާއެކު ދެމިތިބުމަށް. ސްޓޭޖަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ވުރެ މާ މަތީ ކަމަކަށް ބޭނުންކުރާ ތަނަކަށް ހެދުމަށް. ފަލަސްތީނު މިނިވަންކުރުމަށް ގޮވާލާ ގޮވާލުމުގެ އަޑު ކަނޑުވާލަން މަސައްކަތްކުރާ ހާލަތްތަކުގައި އެ ކަމާ ދެކޮޅަށް ތެދުވުމަށް،” މެކްލެމޯ ބުންޏެވެ.

އިނގިރޭސި ޕަންކް ރެޕް ޑުއޯ ބޮބް ވައިލަން ވެސް ވަނީ މެކްލެމޯގެ އިންސްޓަގްރާމް ޕޯސްޓަށް ހިތެއްގެ އިމޯޖީއަކުން ރައްދުދީ، މި ޓުއާއަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ. އަދި، އިންސްޓަގްރާމުގައި ހަތަރު މިލިއަނަށް ވުރެ ގިނަ ފޮލޮވަރުން ތިބޭ އިނގިރޭސި ޔޫޓިއުބަރު އަދި އިންފްލުއެންސަރު ޗަންކްޒް ވެސް ވަނީ މެކްލެމޯއަށް ތައުރީފުކޮށްފަ އެވެ.

މެކްލެމޯގެ އަޑު ކަނޑުވާލަން ކުރި މަސައްކަތްތައް

ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ސެޕްޓެންބަރު 4 ވަނަ ދުވަހު އޮތް ކޮންސެޓުގައި، މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ ޝޯ ފެށުމުގެ ގޮތުން ޕާފޯމްކުރި މެކްލެމޯ ވަނީ ފަލަސްތީނަށް ތާއީދުކޮށް ވާހަކަދައްކާފަ އެވެ. އަދި، އެއާއެކު އޭނާ ޓޫއާއިން ބޭރު ކުރުމަށް އެޑް ޝީރަން ވަނީ ނިންމާފަ އެވެ.

"އަހަރެން މި ޓުއާގައި ބައިވެރިވާން އެންމެ ބޮޑަށް ބޭނުންވި އެއް ސަބަބަކީ، މި ފަދަ ސްޓޭޑިއަމްތަކުގައި ހުރެ، އަޅުގަނޑުގެ ހިތާ އެންމެ ގާތް ދެ ލަފުޒު ކަމަށްވާ 'ފްރީ ޕަލަސްޓައިން' މި ހެން ބުނުމުގެ ފުރުސަތު ހޯދުން... އަޅުގަނޑުގެ މެސެޖަކީ ސުލްހައިގެ މެސެޖެއް؛ ހުރިހާ އިންސާނުންނާމެދު ވެސް ކަރާމާތާއި، އިހުތިރާމާއި، ހަމަހަމަކަމާ އެކު މުއާމަލާތުކުރުމަށް އޮތް ލޯބީގެ މެސެޖެއް،” އެޑް ޝީރަންގެ ޝޯ ފަށައިދިނުމުގެ ގޮތުން މެކްލެމޯ ބުންޏެވެ.

މި ހާދިސާއަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވެ، ޝީރަންގެ ޓުއާއިން އޭނާ ވަކިކޮށްފައިވާ ކަން މެކްލެމޯ ވަނީ ހާމަކޮށްފަ އެވެ. ޓޫއާއިން މެކްލެމޯ ވަކިކުރުމަށް އެޑް ޝީރަން ނިންމީ، އިސްރާއީލަށް ތާއީދުކުރާ ބިލިޔަނަރު ރޮބަޓް ކްރާފްޓެވެ. އޭނާވަނީ، ޓުއާގައި މެކްލެމޯ ބައިވެރިވާ ނަމަ މެސެޗުސެޓްސްގެ ފޮކްސްބަރޯގައި ހުންނަ އޭނާގެ ޖިލެޓް ސްޓޭޑިއަމްގައި ޝޯ ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެ އެޑް ޝީރަންއަށް އިންޒާރު ދީފަ އެވެ.

ކްރާފްޓަކީ ޔަހޫދީ ދަރިކޮޅަށް ނިސްބަތްވާ އެމެރިކާގެ ބިލިއަނަރެއް ކަމަށް ވާއިރު، އޭނާ ވަނީ އިސްރާއީލްގެ އެކި ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން (އައިސީސީ) ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ 2019 ވަނަ އަހަރު ވަނީ އޭނާއަށް އެންމެ "ވަފާތެރި އެކުވެރިއަކީ" ކްރާފްޓް ކަމަށް ބުނެފަ އެވެ. ޝީރަން އަދި އޭނާގެ ޓީމުން މެކްލެމޯ ޓުއާއިން ވަކިކުރީ ކްރާފްޓްގެ ފަރާތުން ކުރިމަތިވި ޕްރެޝަރާ ހުރެ ކަމަށް މެކްލެމޯ ބުނި ނަމަވެސް، އެޑް ޝީރަން އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.

މެކްލެމޯ ބައިވެރިވާ ޝޯތައް ކެންސަލް ކުރުމަށް ކްރާފްޓް ވަނީ ސްޓޭޑިޔަމްތަކުގެ ވެރިންނަށާއި އެހެން ބިލިޔަނަރުންނަށް ގުޅައި، ޕްރެޝަރު ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެޑް ޝީރާން ބުނީ، ޓޫއާއިން މެކްލެމޯ ވަކިކުރުމަށް ނިންމާފައި ވަނީ ޓުއާ ޕްރޮމޯޓު ކުރުމުގެ މަސައްކަތް ކުރި ކުންފުނިން ކަމަށެވެ. ނަމަވެސް، މެކްލެމޯ ވަކިކުރި މައްސަލައިގައި އެޑް ޝީރަން ފަހުން ވަނީ މާފަށް އެދިފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އިޒްރޭލް-ޣައްޒާއެޑް ޝީރަންމެކްލެމޯފަލަސްތީނުރޮބަޓް ކްރާފްޓްބެންޖަމިން ނަތަންޔާހޫ

އެންމެ ހިނގާ

1

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

2

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

3

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

4

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

5

ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

ޣައްޒާ އާރާސްތުކުރުމަށް ބޯޑް އޮފް ޕީސްއިން 2.4 ބިލިއަން ޑޮލަރުގެ ޕްލޭނެއް!

24 ސެޕްޓެމްބަރު 2026
ޣައްޒާ އާރާސްތުކުރުމަށް ބޯޑް އޮފް ޕީސްއިން 2.4 ބިލިއަން ޑޮލަރުގެ ޕްލޭނެއް!
22 ސެޕްޓެމްބަރު 2026

ޓްރަމްޕާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެމެރިކާގެ ސެނެޓަރަކު ގޮވާލައްވައިފި

22 ސެޕްޓެމްބަރު 2026
ޓްރަމްޕާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެމެރިކާގެ ސެނެޓަރަކު ގޮވާލައްވައިފި
20 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހަށް ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ނުދިނުމަށް އެމެރިކާއިން ނިންމި ނިންމުމާމެދު އީޔޫއިން ހިތާމަފާޅުކޮށްފި

20 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހަށް ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ނުދިނުމަށް އެމެރިކާއިން ނިންމި ނިންމުމާމެދު އީޔޫއިން ހިތާމަފާޅުކޮށްފި
17 ސެޕްޓެމްބަރު 2026

އިސްރާއީލަށް 2.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ހައުސްގައި ހުރަަސްއަޅަނީ

17 ސެޕްޓެމްބަރު 2026
އިސްރާއީލަށް 2.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ހައުސްގައި ހުރަަސްއަޅަނީ
16 ސެޕްޓެމްބަރު 2026

ޣައްޒާގައި ކުޑަކުދިން ޝަހީދުކުރަމުންދާއިރު ބަލަން ނުތިބެވޭނެ: އިނގިރޭސިވިލާތް

16 ސެޕްޓެމްބަރު 2026
ޣައްޒާގައި ކުޑަކުދިން ޝަހީދުކުރަމުންދާއިރު ބަލަން ނުތިބެވޭނެ: އިނގިރޭސިވިލާތް
16 ސެޕްޓެމްބަރު 2026

ހުޅަނގު އައްސޭރިން ރިޕޯޓުކުރަމުންދިޔަ އެމެރިކާގެ ނޫސްވެރިއަކު ހައްޔަރުކޮށްފި

16 ސެޕްޓެމްބަރު 2026
ހުޅަނގު އައްސޭރިން ރިޕޯޓުކުރަމުންދިޔަ އެމެރިކާގެ ނޫސްވެރިއަކު ހައްޔަރުކޮށްފި
16 ސެޕްޓެމްބަރު 2026

ބަޖެޓުގެ ދެބަސްވުމަކާ ހުރެ އިސްރާއީލުން ވައިގެ ދިފާއީ މިސައިލް ގަތުން ހުއްޓުމަކަށް

16 ސެޕްޓެމްބަރު 2026
ބަޖެޓުގެ ދެބަސްވުމަކާ ހުރެ އިސްރާއީލުން ވައިގެ ދިފާއީ މިސައިލް ގަތުން ހުއްޓުމަކަށް
09 ސެޕްޓެމްބަރު 2026

ޤުދުސްގައި ހުންނަ އިނގިރޭސިވިލާތުގެ ކޮންސިއުލޭޓް ބަންދުކުރަން އިސްރާއީލުން އަންގައިފި

09 ސެޕްޓެމްބަރު 2026
ޤުދުސްގައި ހުންނަ އިނގިރޭސިވިލާތުގެ ކޮންސިއުލޭޓް ބަންދުކުރަން އިސްރާއީލުން އަންގައިފި
08 ސެޕްޓެމްބަރު 2026

ފަލަސްތީނު ރައްޔިތުން ގަދަބާރުން ގައުމުން ބޭލުމާ އަރަބި ލީގުން ދެކޮޅު!

08 ސެޕްޓެމްބަރު 2026
ފަލަސްތީނު ރައްޔިތުން ގަދަބާރުން ގައުމުން ބޭލުމާ އަރަބި ލީގުން ދެކޮޅު!
08 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިންނާ ވިޔަފާރިކުރުން އިނގިރޭސިވިލާތުން ހުއްޓާލަނީ

08 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިންނާ ވިޔަފާރިކުރުން އިނގިރޭސިވިލާތުން ހުއްޓާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް