Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން ގަތުލުއާންމު

ހުޅަނގު އައްސޭރިން ރިޕޯޓުކުރަމުންދިޔަ އެމެރިކާގެ ނޫސްވެރިއަކު ހައްޔަރުކޮށްފި

16 ސެޕްޓެމްބަރު 2026 | ބުދަ 03:29

އީރާނުގެ މީޑިއާއަކަށް މަސައްކަތްކުރާ އެމެރިކާގެ ނޫސްވެރިޔާ ނަގާ ހާމިދު، ޖާސޫސްކުރުމުގެ ތުހުމަތުގައި އިސްރާއީލް ސިފައިން ހުޅަނގު އައްސޭރިން ހައްޔަރުކޮށްފި. މި އޮޕަރޭޝަންތަކުގައި ފަލަސްތީނުގެ އިތުރު ތިން ނޫސްވެރިންވެސް ހައްޔަރުކޮށްފައިވާއިރު، މިއީ ނޫސްވެރިކަމުގެ މަސައްކަތަށް ހުރަސްއެޅުމަށް ހިންގި އަމަލެއްކަމަށް އާއިލާއިން ތުހުމަތުކުރޭ

ނިއުސް ޓީމް
ނިއުސް ޓީމް | 16 ސެޕްޓެމްބަރު 2026 | ބުދަ 03:29

އީރާނުގެ ޕްރެސް ޓީވީގައި މަސައްކަތްކުރާ އެމެރިކާގެ ނޫސްވެރިޔާ ނަގާ ހާމިދު ހައްޔަރުކޮށްފައިވާ ކަމުގެ ރިޕޯޓު ޕްރެސް ޓީވީން ކުރަނީ | އެކްސް

އިސްތިއުމާރު ކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ދެކުނުގެ ސަރަހައްދުތަކުގައި އިސްރާއީލް ސިފައިން އަންގާރަ ދުވަހު ހިންގި ވަކިވަކި އޮޕަރޭޝަންތަކެއްގައި، އެމެރިކާގެ ނޫސްވެރިއަކު ހައްޔަރުކޮށްފި އެވެ. މި އޮޕަރޭޝަންތަކުގައި އެ ނޫސްވެރިޔާގެ އިތުރުން ފަލަސްތީނުގެ ތިން ނޫސްވެރިން ވެސް ހައްޔަރުކޮށްފައިވާ ކަމަށް މަންޒަރު ފެނުނު މީހުން ވަނީ ބުނެފަ އެވެ.

ރާމަﷲގެ އިރުއުތުރުން އޮންނަ ސިލްވާދުގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ފްރީލާންސް ނޫސްވެރިޔާ ނަގާ ހާމިދު ހައްޔަރުކޮށްފައިވަނީ، އަލް-ޚަލީލްގައި އިސްރާއީލު ސިފައިން ހިންގާފައިވާ ޖަރީމާތަކެއްގެ ވީޑިއޯތަކެއް ރެކޯޑުކުރުމަށްފަހު އެނބުރި ދަނިކޮށެވެ. ބަޔިތުލަހްމުގެ ދެކުނުން އޮންނަ ތަގޫޢު ކައިރީގައި ގާއިމުކޮށްފައިވާ އަސްކަރީ ޗެކްޕޮއިންޓަކުން އިސްރާއީލް ސިފައިން މީޑިއާ ޓީމެއް ހުއްޓުވައި ހާމިދު ހައްޔަރުކުރި ނަމަވެސް، އެ ޓީމުގައި ހިމެނޭ އެހެން މީހުން ވަނީ ދޫކޮށްލާފަ އެވެ.

Advertisement - worldAdvertisement

އިސްރާއީލްގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހާމިދަކީ އެމެރިކާގެ ރައްޔިތެއް ނަމަވެސް އޭނާއަކީ އީރާނުގެ ދައުލަތުގެ މީޑިއާ ކަމަށްވާ 'ޕްރެސް ޓީވީ' އަށް ރިޕޯޓުކޮށްދޭ ނޫސްވެރިއެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ ބަޔިތުލަހްމުގެ އިރުދެކުނުގައި ގާއިމުކޮށްފައިވާ ވަގުތީ ޗެކްޕޮއިންޓެއް ކައިރިންނެވެ. އިސްރާއީލްގެ އަސްކަރީ މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ބުނީ، ހާމިދު ހައްޔަރުކުރީ އީރާނުގެ މީޑިއާއަށް މަސައްކަތް ކުރާތީ ކަމަށާއި، "ދުޝްމަން ޖަމާއަތަކަށް" އެހީތެރިވުމާއި ޖާސޫސްކުރުމުގެ ތުހުމަތުގައި އޭނާގެ މައްސަލަ ތަހުގީގު ކުރަމުންދާތީ ކަމަށެވެ.

ހާމިދުގެ އާއިލާއިން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ ހުޅަނގު އައްސޭރީގައި ނޫސްވެރިކަމުގެ މަސައްކަތެއް ނިންމާލުމަށްފަހު އެނބުރި ދަނިކޮށް ކަމަށެވެ. އަދި، މީގެ ކުރިން އިސްރާއީލްގެ އިސްތިއުމާރީ ބާރުތަކުން ހަމަލާދީފައިވާ ފަލަސްތީނުގެ ގުސްރާ އަވަށާ ގުޅޭގޮތުން އޭނާ ތައްޔާރުކުރި ރިޕޯޓުތަކާ ގުޅިގެން، އިސްރާއީލުން އޭނާއަށް އަމާޒުކޮށް ފިޔަވަޅު އަޅަމުންދާ ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފަ އެވެ.

އަނަދޯލް ނޫސް އޭޖެންސީއަށް މައުލޫމާތު ދިން މަންޒަރު ފެނުނު މީހުން ބުނީ، މި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި ފަލަސްތީނުގެ ތިން މީހުން ހައްޔަރުކޮށްފައިވަނީ އަލް-ޚަލީލްގެ ދެކުނުން އޮންނަ އަލް-މަޖްދު އަވަށުގެ ކައިރީގައި ހުރި އެ މީހުންގެ އަމިއްލަ ބިންތަކެއްގައި ތިއްބައެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ އެކު، އިސްތިއުމާރުކޮށްފައި އޮތް ހުޅަނގު އައްސޭރީގައި ވެސް އިސްރާއީލް ސިފައިން ވަނީ އޮޕަރޭޝަންތައް ވަރުގަދަކޮށްފަ އެވެ. މީގެ ތެރޭގައި އިރުމަތީ ގުދުސް ހިމެނޭހެން މީހުން ޝަހީދުކުރުމާއި، ހައްޔަރުކުރުމާއި، މަޖުބޫރުން މީހުން ގެދޮރުން ބޭރުކުރުމާއި، ގެދޮރު ސުންނާފަތިކުރުމުގެ އިތުރުން ޣައިރުގާނޫނީ ޔަހޫދީ ވަޒަންވެރިން ދިރިއުޅޭ އާބާދީތައް ފުޅާކުރުން ހިމެނެ އެވެ.

މަސްދަރު: އަނަދޯލް އޭޖެންސީ

ފަލަސްތީނުއިސްރާއީލްވެސްޓް ބޭންކްޕްރެސް ޓީވީޣައްޒާ

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

4

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

5

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2026

ބަޖެޓުގެ ދެބަސްވުމަކާ ހުރެ އިސްރާއީލުން ވައިގެ ދިފާއީ މިސައިލް ގަތުން ހުއްޓުމަކަށް

16 ސެޕްޓެމްބަރު 2026
ބަޖެޓުގެ ދެބަސްވުމަކާ ހުރެ އިސްރާއީލުން ވައިގެ ދިފާއީ މިސައިލް ގަތުން ހުއްޓުމަކަށް
15 ސެޕްޓެމްބަރު 2026

އެއްބަސްވުމާ ޚިލާފުވެ އިސްރާއީލްގެ ސިފައިން ޣައްޒާއަށް ދިން އާ ހަމަލާތަކެއްގައި ދެ މީހުން ޝަހީދުކޮށްލައިފި

15 ސެޕްޓެމްބަރު 2026
އެއްބަސްވުމާ ޚިލާފުވެ އިސްރާއީލްގެ ސިފައިން ޣައްޒާއަށް ދިން އާ ހަމަލާތަކެއްގައި ދެ މީހުން ޝަހީދުކޮށްލައިފި
14 ސެޕްޓެމްބަރު 2026

އިސްރާއީލްގެ އުދުވާނާއި "ވަޒަންވެރިންގެ ޓެރަރިޒަމް" އާ ދެކޮޅަށް ބްރިކްސްއިން ތެދުވަންޖެހޭ: އަންވަރު އިބްރާހީމް

14 ސެޕްޓެމްބަރު 2026
އިސްރާއީލްގެ އުދުވާނާއި "ވަޒަންވެރިންގެ ޓެރަރިޒަމް" އާ ދެކޮޅަށް ބްރިކްސްއިން ތެދުވަންޖެހޭ: އަންވަރު އިބްރާހީމް
10 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ސަރުކާރާ ދެކޮޅު ހަދާ ޑިމޮކްރެޓުންގެ އަދަދު ވަރަށް ބޮޑު: ނިއުސަމް

10 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ސަރުކާރާ ދެކޮޅު ހަދާ ޑިމޮކްރެޓުންގެ އަދަދު ވަރަށް ބޮޑު: ނިއުސަމް
09 ސެޕްޓެމްބަރު 2026

އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު

09 ސެޕްޓެމްބަރު 2026
އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު
09 ސެޕްޓެމްބަރު 2026

ޤުދުސްގައި ހުންނަ އިނގިރޭސިވިލާތުގެ ކޮންސިއުލޭޓް ބަންދުކުރަން އިސްރާއީލުން އަންގައިފި

09 ސެޕްޓެމްބަރު 2026
ޤުދުސްގައި ހުންނަ އިނގިރޭސިވިލާތުގެ ކޮންސިއުލޭޓް ބަންދުކުރަން އިސްރާއީލުން އަންގައިފި
09 ސެޕްޓެމްބަރު 2026

އިސްރާއީލުން ދަނީ ފަލަސްތީނުގެ ނަސްލު ނައްތާލަމުން: އިނގިރޭސިވިލާތް

09 ސެޕްޓެމްބަރު 2026
އިސްރާއީލުން ދަނީ ފަލަސްތީނުގެ ނަސްލު ނައްތާލަމުން: އިނގިރޭސިވިލާތް
08 ސެޕްޓެމްބަރު 2026

ފަލަސްތީނު ރައްޔިތުން ގަދަބާރުން ގައުމުން ބޭލުމާ އަރަބި ލީގުން ދެކޮޅު!

08 ސެޕްޓެމްބަރު 2026
ފަލަސްތީނު ރައްޔިތުން ގަދަބާރުން ގައުމުން ބޭލުމާ އަރަބި ލީގުން ދެކޮޅު!
08 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިންނާ ވިޔަފާރިކުރުން އިނގިރޭސިވިލާތުން ހުއްޓާލަނީ

08 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިންނާ ވިޔަފާރިކުރުން އިނގިރޭސިވިލާތުން ހުއްޓާލަނީ
08 ސެޕްޓެމްބަރު 2026

ހަމާސް: އިސްރާއީލުން ޣައްޒާ ގަތުލުއާންމުގެ ހެކި ނައްތާލަނީ

08 ސެޕްޓެމްބަރު 2026
ހަމާސް: އިސްރާއީލުން ޣައްޒާ ގަތުލުއާންމުގެ ހެކި ނައްތާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް