Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން ގަތުލުއާންމު

ޤުދުސްގައި ހުންނަ އިނގިރޭސިވިލާތުގެ ކޮންސިއުލޭޓް ބަންދުކުރަން އިސްރާއީލުން އަންގައިފި

9 ސެޕްޓެމްބަރު 2026 | ބުދަ 08:04

އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގާ ޣައިރުގާނޫނީ އާބާދީތަކާ ދެކޮޅަށް އިނގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، އެ ތަންތަނުން އުފައްދާ މުދާ އެތެރެކުރުން މަނާކުރުމަށް ވަނީ ނިންމާފައި. މި ނިންމުމާ ގުޅިގެން އިސްރާއީލުން ވަނީ ޤުދުސްގައި ހުންނަ އިނގިރޭސިވިލާތުގެ ކޮންސިއުލޭޓް ބަންދުކުރަން އަންގާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 9 ސެޕްޓެމްބަރު 2026 | ބުދަ 08:04
އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ އިރުމަތީ ޤުދުސްގައި ހުންނަ އިނގިރޭސިވިލާތުގެ ކޮންސިއުލޭޓުގެ ނަންބޯޑު

އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ އިރުމަތީ ޤުދުސްގައި ހުންނަ އިނގިރޭސިވިލާތުގެ ކޮންސިއުލޭޓުގެ ނަންބޯޑު | އަނަދޮލޫ

އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގައި ހުންނަ އިނގިރޭސިވިލާތުގެ ކޮންސިއުލޭޓް، 30 ދުވަހުގެ ތެރޭގައި ބަންދުކުރުމަށް އަންގާފައިވާ ކަމަށް އިސްރާއީލުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފި އެވެ. އިސްރާއީލުން މި ފިޔަވަޅު އަޅާފައި މި ވަނީ، އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ޣައިރުގާނޫނީ ވަޒަންވެރިންނާއި ކުންފުނިތަކުން އުފައްދާ މުދާ އިނގިރޭސިވިލާތަށް އެތެރެކުރުން މަނާކުރަން ނިންމާފައިވާ ކަން އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އެޑް މިލިބެންޑް އިއުލާނު ކުރެއްވުމުން އެ ކަމާ ހިތްހަމަނުޖެހިގެންނެވެ.

މީގެ އިތުރުން، އިސްރާއީލުގެ ޣައިރުގާނޫނީ އާބާދީތައް ފުޅާކުރުމުގައި ބައިވެރިވާ ކުންފުނިތަކާއި ފަރުދުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވެސް އިނގިރޭސިވިލާތުން ވަނީ ނިންމާފަ އެވެ. އިސްރާއީލުގެ ދައުލަތުގެ މީޑިއާއިން ބުނީ، ޤުދުސްގައި ހުންނަ އިނގިރޭސިވިލާތުގެ ކޮންސިއުލޭޓް ބަންދުކުރުމަށް ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވުމުން، އެ ތަނުގައި ތިބޭ އިނގިރޭސިވިލާތުގެ ޑިޕްލޮމޭޓުންނަށް ދީފައިވާ ހުއްދަތައް ނުވަތަ އެކްރެޑިޓޭޝަން ވެސް ބާތިލުވާނެ ކަމަށެވެ.

އަންގާރަ ދުވަހު އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގޭގައި ވާހަކަފުޅު ދައްކަވަމުން މިލިބެންޑް ވަނީ، ހުޅަނގު އައްސޭރީގެ ޣައިރުގާނޫނީ އާބާދީތަކުގައި ދިރިއުޅޭ ވަޒަންވެރިންނާ އެ ބިންތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކުން އުފައްދާ ތަކެތި އިނގިރޭސިވިލާތަށް އެތެރެކުރުން މަނާކުރުމުގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ޖަރީމާތައް ހިންގުމަށް ހިތްވަރުދޭ އިސްރާއީލުގެ ހަރުކަށި ރައްޔިތުންނާ ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، އިސްރާއީލުން ހިންގާ އިސްތިއުމާރީ ޖަރީމާތަކަށް އެހީތެރިވެދޭ ފަދަ ހަތިޔާރު އެކްސްޕޯޓްކުރުމުގެ އާ ހުއްދަތައް ދޫނުކުރާނެ ކަމަށާއި، މިހާރު ވެސް ސަސްޕެންޑްކޮށްފައިވާ ހަތިޔާރު އެކްސްޕޯޓްކުރުމުގެ 30 ލައިސަންސް އެ ގޮތުގައި ދަމަހައްޓާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި، އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ސިފައިންނާއި "ޓެރަރިސްޓް ވަޒަންވެރިން" ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް "ނަސްލު ނައްތާލުމުގެ" ނަސްލުހޭދެއް ހިންގަމުންދާ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ގަބޫލުކުރާ ކަމަށް ވެސް މިލިބެންޑް އިއުލާނު ކުރެއްވި އެވެ.

ނަތަންޔާހޫގެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އިސްރާއީލު އެކަހެރިވަނީ

އިސްރާއީލުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ ސިޔާސަތުތަކާއި ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން އިސްރާއީލު ބައިނަލްއަގުވާމީ މުޖުތަމައުން އެކަހެރިވަމުންދާ ކަމަށް، އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ބުނަމުންނެވެ. އަދި، އެ ފަރާތްތަކުން ދަނީ ނަތަންޔާހޫގެ ސަރުކާރަށް ފާޑުކިޔަމުންނެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ނަތަންޔާހޫ އަމިއްލައަށް ވެސް ވަނީ، އިސްރާއީލު އެކަހެރިވަމުންދާ ކަމަށް އެއްބަސްވެފަ އެވެ. ފަލަސްތީނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2022 ވަނަ އަހަރުގެ ފަހުކޮޅު ނަތަންޔާހޫގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން، ހުޅަނގު އައްސޭރީގައި އަލަށް 104 ޣައިރުގާނޫނީ އާބާދީއެއް ހެދުމުގެ ހުއްދަ ދީފައިވާ އިރު، ދަނޑުވެރިކަމަށް ޚާއްސަ 160 އައުޓްޕޯސްޓް ވަނީ ގާއިމުކޮށްފަ އެވެ.

ފަލަސްތީނުގެ ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަނުން ބުނާ ގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އިސްރާއީލުގެ ހައްދުފަހަނައެޅި ވަޒަންވެރިން ވަނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް 3,488 ހަމަލާއެއް ދީފަ އެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ 17 މީހަކު ޝަހީދުކޮށްލާފައިވާއިރު، ބަދަވީ ދަރިކޮޅުގެ 26 އާއިލާއެއް އެ މީހުންގެ ގެދޮރުން ބޭރުކޮށްފައިވެ އެވެ. މީގެ އިތުރުން، އަލަށް 42 ޣައިރުގާނޫނީ އައުޓްޕޯސްޓް ގާއިމުކޮށްފައިވާ ކަން ވެސް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

ފަލަސްތީނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިސްތިއުމާރު ކޮށްފައިވާ އިރުމަތީ ޤުދުސް ހިމެނޭހެން ހުޅަނގު އައްސޭރީގެ 194 ޣައިރުގާނޫނީ އާބާދީއާއި 400 އައުޓްޕޯސްޓެއްގައި، އިސްރާއީލުގެ ގާތްގަނޑަކަށް 750,000 ވަޒަންވެރިން މިހާރު ދިރިއުޅެ އެވެ. 1967 ވަނަ އަހަރުން ފެށިގެން އިރުމަތީ ޤުދުސް ހިމެނޭހެން ހުޅަނގު އައްސޭރިއަށް އިސްރާއީލުން އަތްގަދަ ކޮށްފައިވާއިރު، އެ ސަރަހައްދުތަކުގައި އިސްރާއީލުން ގާއިމުކޮށްފައިވާ އާބާދީތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ތަންތަން ކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރެ އެވެ. ނަމަވެސް، އިސްރާއީލުން މި ނިންމުންތަކަށް އިންކާރު ކުރެ އެވެ.

މަސްދަރު: އަނަދޯލް އޭޖެންސީ

އިރުމަތީ ޤުދުސްވެސްޓް ބޭންކްއެޑް މިލިބޭންޑްބެންޖަމިން ނަތަންޔާހޫފަލަސްތީނު

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

5

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2026

އިސްރާއީލުން ދަނީ ފަލަސްތީނުގެ ނަސްލު ނައްތާލަމުން: އިނގިރޭސިވިލާތް

09 ސެޕްޓެމްބަރު 2026
އިސްރާއީލުން ދަނީ ފަލަސްތީނުގެ ނަސްލު ނައްތާލަމުން: އިނގިރޭސިވިލާތް
08 ސެޕްޓެމްބަރު 2026

ފަލަސްތީނު ރައްޔިތުން ގަދަބާރުން ގައުމުން ބޭލުމާ އަރަބި ލީގުން ދެކޮޅު!

08 ސެޕްޓެމްބަރު 2026
ފަލަސްތީނު ރައްޔިތުން ގަދަބާރުން ގައުމުން ބޭލުމާ އަރަބި ލީގުން ދެކޮޅު!
08 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިންނާ ވިޔަފާރިކުރުން އިނގިރޭސިވިލާތުން ހުއްޓާލަނީ

08 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިންނާ ވިޔަފާރިކުރުން އިނގިރޭސިވިލާތުން ހުއްޓާލަނީ
08 ސެޕްޓެމްބަރު 2026

ހަމާސް: އިސްރާއީލުން ޣައްޒާ ގަތުލުއާންމުގެ ހެކި ނައްތާލަނީ

08 ސެޕްޓެމްބަރު 2026
ހަމާސް: އިސްރާއީލުން ޣައްޒާ ގަތުލުއާންމުގެ ހެކި ނައްތާލަނީ
06 ސެޕްޓެމްބަރު 2026

ގަތަރަށް ބޮން އެޅުމަކީ ފަޚުރުވެރިވާ ކަމެއްކަން ނަތަންޔާހޫ ހާމަކޮށްފި

06 ސެޕްޓެމްބަރު 2026
ގަތަރަށް ބޮން އެޅުމަކީ ފަޚުރުވެރިވާ ކަމެއްކަން ނަތަންޔާހޫ ހާމަކޮށްފި
05 ސެޕްޓެމްބަރު 2026

ގަތުލުއާންމާ ގުޅިގެން މެދުކަނޑާލުމަށްފަހު ފަލަސްތީނުގައި ފުޓުބޯޅަ މުބާރާތެއް ފަށައިފި

05 ސެޕްޓެމްބަރު 2026
ގަތުލުއާންމާ ގުޅިގެން މެދުކަނޑާލުމަށްފަހު ފަލަސްތީނުގައި ފުޓުބޯޅަ މުބާރާތެއް ފަށައިފި
05 ސެޕްޓެމްބަރު 2026

ގުދުސްއަށް އިސްރާއީލު ސިފައިންގެ ޖަރީމާތައް ފުޅާކޮށް ފަލަސްތީނުގެ އެކަކު ޝަހީދުކޮށްލައިފި

05 ސެޕްޓެމްބަރު 2026
ގުދުސްއަށް އިސްރާއީލު ސިފައިންގެ ޖަރީމާތައް ފުޅާކޮށް ފަލަސްތީނުގެ އެކަކު ޝަހީދުކޮށްލައިފި
03 ސެޕްޓެމްބަރު 2026

ނަތަންޔާހޫ: އިރާނުގެ ސަރުކާރު ވަރަށް އަވަހަށް ވެއްޓިދާނެ

03 ސެޕްޓެމްބަރު 2026
ނަތަންޔާހޫ: އިރާނުގެ ސަރުކާރު ވަރަށް އަވަހަށް ވެއްޓިދާނެ
03 ސެޕްޓެމްބަރު 2026

އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ހަމަލާދީ ހުޅަނގު އައްސޭރިން ދެ ޒުވާނުން ޝަހީދުކޮށްލައިފި

03 ސެޕްޓެމްބަރު 2026
އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ހަމަލާދީ ހުޅަނގު އައްސޭރިން ދެ ޒުވާނުން ޝަހީދުކޮށްލައިފި
02 ސެޕްޓެމްބަރު 2026

އޮގަސްޓްގައި އިސްރާއީލުގެ 5،209 ވަޒަންވެރިން އަލްއަޤްޞާ މިސްކިތަށް ވަދެގަތް

02 ސެޕްޓެމްބަރު 2026
އޮގަސްޓްގައި އިސްރާއީލުގެ 5،209 ވަޒަންވެރިން އަލްއަޤްޞާ މިސްކިތަށް ވަދެގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް