Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނުގެ ގަތުލުއާންމު

އިސްރާއީލަށް 2.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ހައުސްގައި ހުރަަސްއަޅަނީ

17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 02:51

އިސްރާއީލަށް 2.8 ބިލިއަން ޑޮލަރުގެ ނުރައްކާތެރި ހަތިޔާރު ވިއްކުމަށް ހުއްދަ ނުދެއްވާނެކަން އެމެރިކާގެ ހައުސް ފޮރިން އެފެއާޒް ކޮމިޓީގެ މެންބަރު ގްރެގަރީ މީކްސް ހާމަކުރައްވައިފި. މީކްސް މި ނިންމެވުން ނިންމެވީ ޣައްޒާއާއި ލުބުނާނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި މި ހަތިޔާރު ބޭނުންކޮށްފާނެ ކަމުގެ ބޮޑު ކަންބޮޑުވުމެއް އޮތުމުން، އެމެރިކާގެ ޒިންމާ އަދާކުރުމުގެ ގޮތުން

ނިއުސް ޓީމް
ނިއުސް ޓީމް | 17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 02:51
އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެންބަރު އަދި ފޮރިން އެފެއާޒް ކޮމިޓީގެ އިސް މެންބަރު ގްރެގަރީ މީކްސް

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެންބަރު އަދި ފޮރިން އެފެއާޒް ކޮމިޓީގެ އިސް މެންބަރު ގްރެގަރީ މީކްސް | ގެޓީ އިމޭޖަސް

އެމެރިކާގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވެދާނެ ކަމުގެ ކަންބޮޑުވުންތަކާ ހުރެ، ރަައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިސްރާއީލް އަށް ވިއްކަން ހުށަހަޅާފައިވާ 2.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ހުއްދަ ނުދެއްވާނެކަން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ މެންބަރު ގްރެގަރީ މީކްސް ބުދަ ދުވަހު ހާމަކުރައްވައިފި އެވެ.

އެމެރިކާގެ ހަތިޔާރު ގުދަންތަކުގައި ހުރި އެންމެ ނުރައްކާތެރި ހަތިޔާރުގެ ތެރޭގައި ހިމެނޭ 2،000 ޕައުންޑްގެ 40،000 ބޮން އިސްރާއީލަށް ވިއްކުމުގެ މި މުއާމަލާތާ ގުޅޭގޮތުން، ހައުސް ފޮރިން އެފެއާޒް ކޮމިޓީގެ އިސް މެންބަރުގެ މަގާމުގައި ހުންނެވި މީކްސް ވިދާޅުވީ، އިސްރާއީލްގެ ސަލާމަތާއި ސަރަހައްދީ ނުރައްކާތަކުން ދިފާއުވުމުގެ ގާބިލުކަމަށް އޭނާ އަބަދުވެސް ތާއީދުކުރައްވާ ކަމަށެވެ. ނަމަވެސް، ޣައްޒާއާއި ލުބުނާނުގައި ގިނަ އަދަދެއްގެ އާންމުން އާބާދުވެފައިވާ ސަރަހައްދުތަކުގައި މި ފަދަ ބާރުގަދަ ހަތިޔާރު ބޭނުންކޮށްފާނެ ގޮތަކާމެދު ހައްލުނުކުރެވި ހުރި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

Advertisement - worldAdvertisement

އާންމު ރައްޔިތުން ހިމާޔަތްކުރުމާ ގުޅޭގޮތުން ނުވަތަ އިސްރާއީލް ސަރުކާރުން މި ހަތިޔާރު ބޭނުންކުރާނެ ހާލަތްތަކާ ގުޅޭގޮތުން އެމެރިކާ ސަރުކާރުން އެކަށީގެންވާ ޔަގީންކަމެއް ދީފައިނުވާކަން ފާހަގަކުރައްވައި މީކްސ ވިދާޅުވީ، "އެހެންކަމުން، މި ވަގުތު މި ވިޔަފާރިއަށް އަޅުގަނޑު ހުއްދައެއް ނުދޭނަން. މި ނިންމުމަކީ އިސްރާއީލުގެ ގާނޫނީ ދިފާއީ ބޭނުންތަކަށް ކޮންގްރެސްއިން އޮތް ތާއީދު ކުޑަވެގެން ނިންމި ނިންމުމެއް ނޫން. މިއީ، އެމެރިކާގެ ފައިސާއިން ގަންނަ ހަތިޔާރު ބޭނުންކުރަނީ ގާނޫނީ އިމުގެ ތެރެއިން، ޒިންމާދާރުކަމާއެކު، އަދި އިންސާނީ ފުރާނައަށް ރައްކާތެރިވާނެ ފަދަ އުސޫލުތަކެއްގެ ދަށުންކަން ކަށަވަރުކުރުމަށް ކޮންގްރެސްގެ މައްޗަށް އޮތް ޒިންމާ އަދާކުރުން،" ކަމަށެވެ.

މި ދަނޑިވަޅުގައި، ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސްއިން (ކީއޭއައިއާރް) ވަނީ މީކްސްގެ ނިންމެވުމަށް މަރުހަބާ ކިޔާފަ އެވެ. ކީއޭއައިއާރްއިން ނެރުނު ބަޔާނެއްގައި ބުނީ، އެތައް އަހަރެއް ވަންދެން އާންމު ރައްޔިތުން ޝަހީދުކުރަމުން ދިއުމާއި، ނިޒާމީ ގޮތުން ރާވައިގެން ޣައްޒާ ސުންނާފަތި ކުރަމުންދާ ދިއުމަށް ބަލާއިރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ނަސްލީ ތަފާތުކުރުން ބޮޑު އަދި ނަސްލު ނައްތާލުމަށް ފާޅުގައި މަސައްކަތްކުރާ ސަރުކާރުން މި ހަތިޔާރު ބޭނުންކުރާނެ ގޮތް ނޭނގޭ ކަމަށް ބުނެވޭނެ އެއްވެސް ބުއްދިވެރި މީހަކު ނުހުންނާނެ ކަމަށެވެ.

މީކްސްގެ ނިންމެވުމަކީ "މުހިންމު ފުރަތަމަ ފިޔަވަޅެއް" ކަމަށް ސިފަކުރި ނަމަވެސް، މި ހަތިޔާރު ފޮނުވުން ދާއިމީކޮށް ހުއްޓުވުމަށް އެ ޖަމުއިއްޔާއިން ވަނީ ކޮންގްރެސްއަށް ގޮވާލާފަ އެވެ. "ކޮންގްރެސްއިން ޖެހޭނީ ބުއްދި ގަބޫލުނުކުރެވޭ މި ހަތިޔާރު ފޮނުވުމުގެ މުއާމަލާތް ދާއިމީކޮށް ހުއްޓުވައި، އިސްރާއީލު ސަރުކާރުގެ ޖަރީމާތަކަށް އެއްވެސް ޝަރުތަކާ ނުލައި އެހީތެރިވުން ހުއްޓާލަން. އިތުރު ބޮމެއް ދީގެން ނުވާނެ،" އެ ޖަމުއިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާ ގައި ހިންގަމުންދާ ގަތުލުއާންމުގައި އިސްރާއީލަށް އެހީތެރިކަން ފޯރުކޮށްދޭތީ އެމެރިކާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. މި ހަނގުރާމައިގައި މިހާތަނަށް 73,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މިދިޔަ އޮކްޓޫބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އެ އެއްބަސްވުމާ ތަކުރާރުކޮށް ދަނީ ޚިލާފުވަމުންނެވެ.

މަސްދަރު: އަނަދޯލް އޭޖެންސީ

ޑޮނަލްޑް ޓްރަމްޕްގްރެގަރީ މީކްސްއިސްރާއީލްޣައްޒާބެންޖަމިން ނަތަންޔާހޫ

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2026

އީރާނުން ވޮޝިންގޓަނަށް ސީދާ ގުޅައި، އެއްބަސްވުމަކަށް ދާން ހުށަހަޅައިފި: ޓްރަމްޕް

17 ސެޕްޓެމްބަރު 2026
އީރާނުން ވޮޝިންގޓަނަށް ސީދާ ގުޅައި، އެއްބަސްވުމަކަށް ދާން ހުށަހަޅައިފި: ޓްރަމްޕް
16 ސެޕްޓެމްބަރު 2026

ޣައްޒާގައި އިމާރާތެއް ވެއްޓި 21 މީހުން މަރުވެއްޖެ

16 ސެޕްޓެމްބަރު 2026
ޣައްޒާގައި އިމާރާތެއް ވެއްޓި 21 މީހުން މަރުވެއްޖެ
16 ސެޕްޓެމްބަރު 2026

އީރާނާ ދެކޮޅަށް ޓްރަމްޕް ކުރައްވާ ހަނގުރާމަ ހުއްޓުވަން ހަނގުރާމައިގެ ބާރުތަކާ ބެހޭ ގަރާރު ތިންވަނަ ފަހަރަށް ފާސްކޮށްފި

16 ސެޕްޓެމްބަރު 2026
އީރާނާ ދެކޮޅަށް ޓްރަމްޕް ކުރައްވާ ހަނގުރާމަ ހުއްޓުވަން ހަނގުރާމައިގެ ބާރުތަކާ ބެހޭ ގަރާރު ތިންވަނަ ފަހަރަށް ފާސްކޮށްފި
16 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރު ރިޒާވް ހުސްވެ، ތަކެތީގެ އަގު އިންތިހާއަށް!

16 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރު ރިޒާވް ހުސްވެ، ތަކެތީގެ އަގު އިންތިހާއަށް!
16 ސެޕްޓެމްބަރު 2026

ޣައްޒާގައި ކުޑަކުދިން ޝަހީދުކުރަމުންދާއިރު ބަލަން ނުތިބެވޭނެ: އިނގިރޭސިވިލާތް

16 ސެޕްޓެމްބަރު 2026
ޣައްޒާގައި ކުޑަކުދިން ޝަހީދުކުރަމުންދާއިރު ބަލަން ނުތިބެވޭނެ: އިނގިރޭސިވިލާތް
16 ސެޕްޓެމްބަރު 2026

ހުޅަނގު އައްސޭރިން ރިޕޯޓުކުރަމުންދިޔަ އެމެރިކާގެ ނޫސްވެރިއަކު ހައްޔަރުކޮށްފި

16 ސެޕްޓެމްބަރު 2026
ހުޅަނގު އައްސޭރިން ރިޕޯޓުކުރަމުންދިޔަ އެމެރިކާގެ ނޫސްވެރިއަކު ހައްޔަރުކޮށްފި
16 ސެޕްޓެމްބަރު 2026

ބަޖެޓުގެ ދެބަސްވުމަކާ ހުރެ އިސްރާއީލުން ވައިގެ ދިފާއީ މިސައިލް ގަތުން ހުއްޓުމަކަށް

16 ސެޕްޓެމްބަރު 2026
ބަޖެޓުގެ ދެބަސްވުމަކާ ހުރެ އިސްރާއީލުން ވައިގެ ދިފާއީ މިސައިލް ގަތުން ހުއްޓުމަކަށް
15 ސެޕްޓެމްބަރު 2026

އައިއޭއީއޭގެ ބައްދަލުވުމަށް އީރާނުގެ ނިއުކްލިއާ އިދާރާގެ ވެރިޔާ ކުރައްވަން އުޅުއްވި ދަތުރުފުޅަށް އެމެރިކާއިން ހުރަސްއަޅައިފި

15 ސެޕްޓެމްބަރު 2026
އައިއޭއީއޭގެ ބައްދަލުވުމަށް އީރާނުގެ ނިއުކްލިއާ އިދާރާގެ ވެރިޔާ ކުރައްވަން އުޅުއްވި ދަތުރުފުޅަށް އެމެރިކާއިން ހުރަސްއަޅައިފި
15 ސެޕްޓެމްބަރު 2026

ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ރަޝިޔާއިން އިހުތިރާމްކުރާނެ ކަމުގެ ޔަގީންކަމެއް ނެތް: ޒެލެންސްކީ

15 ސެޕްޓެމްބަރު 2026
ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ރަޝިޔާއިން އިހުތިރާމްކުރާނެ ކަމުގެ ޔަގީންކަމެއް ނެތް: ޒެލެންސްކީ
15 ސެޕްޓެމްބަރު 2026

އެއްބަސްވުމާ ޚިލާފުވެ އިސްރާއީލްގެ ސިފައިން ޣައްޒާއަށް ދިން އާ ހަމަލާތަކެއްގައި ދެ މީހުން ޝަހީދުކޮށްލައިފި

15 ސެޕްޓެމްބަރު 2026
އެއްބަސްވުމާ ޚިލާފުވެ އިސްރާއީލްގެ ސިފައިން ޣައްޒާއަށް ދިން އާ ހަމަލާތަކެއްގައި ދެ މީހުން ޝަހީދުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް