Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ގަތުލުއާންމު

ފަލަސްތީނު ރައްޔިތުން ގަދަބާރުން ގައުމުން ބޭލުމާ އަރަބި ލީގުން ދެކޮޅު!

8 ސެޕްޓެމްބަރު 2026 | އަންގާރަ 09:00

ފަލަސްތީނުގެ ރައްޔިތުން ވަޒަނުން ބޭރުކުރުމަށް އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތައް އަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ކުށްވެރިކުރައްވައި، އެ ކަން ހުއްޓުވަން ބައިނަލްއަގުވާމީ މުޖުތަމައުން ފިޔަވަޅު އެޅުމަށް ގޮވާލައްވައިފި. އަދި، ޣައްޒާ އާރާސްތުކުރުމުގެ ޕްލޭނަށް އެހީތެރިކަން ހޯދުމަށް ބައިނަލްއަގުވާމީ ކޮންފަރެންސެއް ބޭއްވުމަށާއި، އިސްރާއީލުން ހިންގާ ގަތުލުއާންމު ހުއްޓުވުމަށް އެކުލަވާލާފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމަށް ވެސް ވަޒީރުން ބާރުއެޅުއްވި

ނިއުސް ޓީމް
ނިއުސް ޓީމް | 8 ސެޕްޓެމްބަރު 2026 | އަންގާރަ 09:00
މިސްރުގެ ވެރިރަށް ގާހިރާގައި އަރަބި ލީގުގެ ޚާރިޖީ ވަޒީރުންގެ ސަމިޓް ކުރިއަށް ދަނީ

މިސްރުގެ ވެރިރަށް ގާހިރާގައި އަރަބި ލީގުގެ ޚާރިޖީ ވަޒީރުންގެ ސަމިޓް ކުރިއަށް ދަނީ | އަނަދޮލޫ

ފަލަސްތީނުގެ ރައްޔިތުން ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އަޅަންޖެހޭ ކަމަށް ބުނެ، ފަލަސްތީނުގެ ބިމުން އެ ގައުމުގެ ރައްޔިތުން ގަދަކަމުން ބޭރުކޮށްލަން ކުރާ އެއްވެސް މަސައްކަތަކަށް ތާއީދު ނުކުރާނެ ކަމަށް އަަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ވިދާޅުވެއްޖެ އެވެ. މި ގޮވާލުންތައް ހިމަނާފައި ވަނީ މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި އަރަބި ލީގުގެ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުން ނިންމާލުމަށްފަހު ވަނީ މިކަމާ ގުޅޭ ގަރާރުތަކެއް ފާސްކޮށްފަ އެވެ.

އިސްރާއީލުން ދެމުންދާ ޢުދުވާނީ ހަމަލާތަކުން ފަލަސްތީނުގެ ރައްޔިތުން ސަލާމަތްކުރަން ޖެހޭ ކަމަށް ވަޒީރުންގެ ގުޅިފައިވާ ގަރާރުގައި ވިދާޅުވި އެވެ. އަދި، އެ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ހިންގާ އަނިޔާވެރި އަމަލުތަކުން ފަލަސްތީނުގެ ރައްޔިތުން ރައްކާތެރިކުރަން ޖެހޭނެ ކަމަށް ވަޒީރުން ވިދާޅުވި އެވެ. އެހެންކަމުން، އދ. އާއި ސަލާމަތީ މަޖިލިސް ހިމެނޭހެން ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށް ވެސް ގަރާރުގައި ވަނީ ބާރުއަޅާފަ އެވެ.

ޣައްޒާ އަލުން އާރާސްތު ކުރުމަށާއި އެ ސަރަހައްދުގެ ހާލަތު ރަނގަޅުކުރުމަށް އަރަބި-އިސްލާމީ ޕްލޭނެއް މީގެ ކުރިން ވަނީ އެކުލަވާލާފަ އެވެ. މި ޕްލޭނަށް ސިޔާސީ، މާލީ އަދި ގާނޫނީ އެހީތެރިކަން ދިނުމަށް ވެސް އަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ގޮވާލެއްވި އެވެ. އަދި، މި ޕްލޭނަށް ބޭނުންވާ ފައިސާ ހޯދުމަށް ގާހިރާގައި ބައިނަލްއަގުވާމީ ކޮންފަރެންސެއް ބޭއްވުމަށް ވެސް ވަޒީރުން ވަނީ ތާޢީދު ކުރައްވާފަ އެވެ.

2025 ވަނަ އަހަރުގެ ޝަރްމުއްޝައިޚް ސުލްހައިގެ ސަމިޓުގައި ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލި އެވެ. މި އެއްބަސްވުމުގެ ހުރިހާ މަރުހަލާތަކެއް ފުރިހަމައަށް ތަންފީޒުކުރުމަށް އަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ އަލުން ގޮވާލައްވާފަ އެވެ. މީގެ ތެރޭގައި އިސްރާއީލުގެ ޢުދުވާނީ ހަމަލާތައް ހުއްޓާލުމާއި ޣައްޒާ އަލުން އާރާސްތުކުރުމުގެ މަޝްރޫއުތައް ފެށުން ހިމެނެ އެވެ.

އިސްރާއީލު ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ދީފައިވާ ޢުދުވާނީ ހަމަލާތަކުގައި ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ މަތިން ނަގާފައިވާ ވީޑިއޯއެއްގެ މަންޒަރުތައް | އެކްސް

ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކުރަން ކުރާ އެއްވެސް ކަމެއް ބަލައިނުގަންނާނެ ކަމަށް ވެސް ވަޒީރުން އިއްތިފާގުވެ ވަޑައިގެންނެވި އެވެ. އަދި، އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގެ އާބާދީގެ ތަރުތީބު ބަދަލުކުރަން އިސްރާއީލުން ކުރާ މަސައްކަތްތައް ބަލައިނުގަނެވޭނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ. މީގެ އިތުރުން، "އަމިއްލަ އިޚްތިޔާރުގައި ހިޖުރަކުރުމުގެ" ނަމުގައި، ޣައްޒާގެ ރައްޔިތުން އެ މީހުންގެ ބިމުން ބޭލުމަށް އިސްރާއީލުން ފަށާފައިވާ ސިޔާސަތު އަރަބި ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ ކުށްވެރި ކުރައްވާފަ އެވެ. ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިމުން ގަދަކަމުން ބޭރުކުރުމަކީ ނަސްލު ނައްތާލުމުގެ އަމަލެއް ކަމަށް ވަޒީރުން ސިފަ ކުރެއްވި އެވެ. އަދި، އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ބޮޑު ޖަރީމާއެއް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.

މީގެ އިތުރުން، އިސްރާއީލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ ޖަރީމާއެްއ ހިންގާތީ ވަޒީރުން ވަނީ ހަރުކަށި އިބާރާތުން އެ ކަން ކުށްވެރިކުރައްވާފަ އެވެ. އަދި، މީހުން ބަނޑަށް ޖެއްސުމާއި، ފަލަސްތީނުގެ ބިންތައް ހިސާރުކުރުމާއި، ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ވެސް ވަޒީރުން ކުށްވެރިކުރެއްވި އެވެ. އިސްރާއީލު ސިފައިންގެ އަނިޔާވެރި ގަތުލުއާންމުގައި މިހާތަނަށް 73,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފަ އެވެ. އަދި، 174,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފަ އެވެ. މި ގަތުލުއާންމުގެ ތެރެއިން ޣައްޒާގެ އާންމު ޚިދުމަތްތަކަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް ވެސް ވަނީ ސުންނާފަތިކޮށްލާފަ އެވެ.

މަސްދަރު: އަނަދޯލް އޭޖެންސީ

ފަލަސްތީނުއިސްރާއީލްޣައްޒާއަރަބި ލީގު

އެންމެ ހިނގާ

1

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިންނާ ވިޔަފާރިކުރުން އިނގިރޭސިވިލާތުން ހުއްޓާލަނީ

08 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިންނާ ވިޔަފާރިކުރުން އިނގިރޭސިވިލާތުން ހުއްޓާލަނީ
08 ސެޕްޓެމްބަރު 2026

ހަމާސް: އިސްރާއީލުން ޣައްޒާ ގަތުލުއާންމުގެ ހެކި ނައްތާލަނީ

08 ސެޕްޓެމްބަރު 2026
ހަމާސް: އިސްރާއީލުން ޣައްޒާ ގަތުލުއާންމުގެ ހެކި ނައްތާލަނީ
08 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ހަމަލާތައް ވަރުގަދަކޮށް ލުބްނާނުން 12 މީހުން ޝަހީދުކޮށްލައިފި

08 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ހަމަލާތައް ވަރުގަދަކޮށް ލުބްނާނުން 12 މީހުން ޝަހީދުކޮށްލައިފި
07 ސެޕްޓެމްބަރު 2026

ޣައްޒާ ގަތުލުއާންމުގައި ޝަހީދުކޮށްލާފައިވާ 100 އެއްހާ މީހުންގެ ޖަނާޒާ ބާއްވައިފި

07 ސެޕްޓެމްބަރު 2026
ޣައްޒާ ގަތުލުއާންމުގައި ޝަހީދުކޮށްލާފައިވާ 100 އެއްހާ މީހުންގެ ޖަނާޒާ ބާއްވައިފި
06 ސެޕްޓެމްބަރު 2026

ގަތަރަށް ބޮން އެޅުމަކީ ފަޚުރުވެރިވާ ކަމެއްކަން ނަތަންޔާހޫ ހާމަކޮށްފި

06 ސެޕްޓެމްބަރު 2026
ގަތަރަށް ބޮން އެޅުމަކީ ފަޚުރުވެރިވާ ކަމެއްކަން ނަތަންޔާހޫ ހާމަކޮށްފި
06 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ހަމަލާތަކުގައި ތިން އަހަރު ތެރޭ ލުބުނާނުން 8,900 މީހުން ޝަހީދުކޮށްލައިފި

06 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ހަމަލާތަކުގައި ތިން އަހަރު ތެރޭ ލުބުނާނުން 8,900 މީހުން ޝަހީދުކޮށްލައިފި
06 ސެޕްޓެމްބަރު 2026

އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާތައް އަރައި ގެއްލުންވި: އައިއާރްޖީސީ

06 ސެޕްޓެމްބަރު 2026
އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާތައް އަރައި ގެއްލުންވި: އައިއާރްޖީސީ
05 ސެޕްޓެމްބަރު 2026

ގަތުލުއާންމާ ގުޅިގެން މެދުކަނޑާލުމަށްފަހު ފަލަސްތީނުގައި ފުޓުބޯޅަ މުބާރާތެއް ފަށައިފި

05 ސެޕްޓެމްބަރު 2026
ގަތުލުއާންމާ ގުޅިގެން މެދުކަނޑާލުމަށްފަހު ފަލަސްތީނުގައި ފުޓުބޯޅަ މުބާރާތެއް ފަށައިފި
05 ސެޕްޓެމްބަރު 2026

ގުދުސްއަށް އިސްރާއީލު ސިފައިންގެ ޖަރީމާތައް ފުޅާކޮށް ފަލަސްތީނުގެ އެކަކު ޝަހީދުކޮށްލައިފި

05 ސެޕްޓެމްބަރު 2026
ގުދުސްއަށް އިސްރާއީލު ސިފައިންގެ ޖަރީމާތައް ފުޅާކޮށް ފަލަސްތީނުގެ އެކަކު ޝަހީދުކޮށްލައިފި
04 ސެޕްޓެމްބަރު 2026

ހަތް އަހަރު ދުވަހުގެ ތެރޭގައި ޣައްޒާގެ ހުރިހާ ފަލަސްތީނު ރައްޔިތުން އެ ސަރަހައްދުން ބޭރުކޮށް، ނަސްލު ނައްތާލުމުގެ ނުރައްކާތެރި ރޭވުމެއް ހާމަކޮށްފި

04 ސެޕްޓެމްބަރު 2026
ހަތް އަހަރު ދުވަހުގެ ތެރޭގައި ޣައްޒާގެ ހުރިހާ ފަލަސްތީނު ރައްޔިތުން އެ ސަރަހައްދުން ބޭރުކޮށް، ނަސްލު ނައްތާލުމުގެ ނުރައްކާތެރި ރޭވުމެއް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް