Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެލް ނީނިއޯ

އެލްނީނޯއާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ސަމާލުވުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި!

9 ސެޕްޓެމްބަރު 2026 | ބުދަ 10:18

އެލްނީނޯގެ ސަބަބުން ކާބޯތަކެތީގެ އަގު އުފުލި، ފެނާއި ހަކަތައަށް އޮތް ޑިމާންޑް ބޮޑުވުމުގެ އިތުރުން މަސްވެރިކަމާއި ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް އެންޑީއެމްއޭ އިން ލަފާކުރޭ. އެހެންކަމުން، މުހިންމު ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ދައުލަތުގެ ހުރިހާ އިދާރާތަކުން ގުޅިގެން ދުރާލައި ތައްޔާރުވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 9 ސެޕްޓެމްބަރު 2026 | ބުދަ 10:18
މާލެއަށް ބޯކޮށް ވާރޭ ވެހެނީ

މާލެއަށް ބޯކޮށް ވާރޭ ވެހެނީ | ރާއްޖެއެމްވީ

އެލްނީނޯ ކްލައިމެޓް ފެނޯމިނާ ނުވަތަ މޫސުމީ ބަދަލާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެލްނީނޯގެ ސަބަބުން ދުނިޔޭގެ މޫސުމަށާއި ކަނޑުތަކުގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ އެކި ދާއިރާތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް އެ އޮތޯރިޓީން ވަނީ ލަފާކޮށްފަ އެވެ.

Advertisement - newsAdvertisement

އެންޑީއެމްއޭ އިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެލްނީނޯގެ ސަބަބުން ރާއްޖެއަށް އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ދާއިރާއަކީ ކާބޯތަކެތީގެ ރައްކާތެރިކަމެވެ. އެގޮތުން ހަނޑޫ، ތަރުކާރީ އަދި ކައްކާ ތެޔޮ ފަދަ ޒަރޫރީ ތަކެތީގެ އަގު އުފުލި، ތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވެ އެވެ. މީގެ އިތުރުން ދުނިޔޭގެ ޝިޕިންގް ރޫޓުތަކަށް ބަދަލު އައުމާއި މުދާ އުފުލުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ލޮޖިސްޓިކަލް ގޮންޖެހުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ފެނާއި ހަކަތައިގެ ދާއިރާއަށް ބަލާއިރު، ހޫނުގަދަވުމުގެ ސަބަބުން ފެނުގެ ޑިމާންޑް އިތުރުވެ، ފެން އުފެއްދުމަށްޓަކައި ޑީސެލިނޭޝަން ޕްލާންޓްތަކަށް ކުރާ ބާރު ބޮޑުވާނެ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ. މީގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ، ތެޔޮ އެތެރެކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުވެގެންދާނެ ކަމަށް އެންޑީއެމްއޭ އިން ފާހަގަކުރެ އެވެ. ހަމައެއާއެކު، ކަނޑުގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމަށް ނޭދެވޭ އަސަރުކޮށް، މަސް ފެންނަ ސަރަހައްދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް މިކަމުގެ ސަބަބުން އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެ އެވެ. ޚާއްސަކޮށް ރިސޯޓުތަކަށް ބޭނުންވާ ފެނާއި ކާބޯތަކެތި ސަޕްލައި ކުރުމުގައާއި، ދަތުރުފަތުރުގެ ނިޒާމަށް ބުރޫއެރުމުގެ ފުރުސަތު އޮތްކަން އެންޑީއެމްއޭ އިން ވަނީ ހާމަކޮށްފައެވެ. އަދި ހޫނުގަދަވުމުގެ ސަބަބުން ސިއްހީ އެކި މައްސަލަތައް ކުރިމަތިވުމުގެ ނުރައްކާ ބޮޑުވުމާއެކު، ބަނދަރުތަކާއި އެއާޕޯޓުތައް ފަދަ މުހިންމު އިންފްރާސްޓްރަކްޗާތަކުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ދުރާލައި ތައްޔާރުވުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެ އޮތޯރިޓީން ފާހަގަކުރެ އެވެ.

އެންޑީއެމްއޭ އިން ބުނެފައިވަނީ އެލްނީނޯއަށް ތައްޔާރުވުމަކީ ހަމައެކަނި މޫސުމަށް ބަލައިގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، މިއީ މުޅި ދައުލަތުގެ ހުރިހާ ދާއިރާއަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން މުހިންމު ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މިހާރުން ފެށިގެން ރޭވުންތައް ބައްޓަންކުރުމަށް އެ އޮތޯރިޓީން ވަނީ ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދީފަ އެވެ.

އެލް ނީނިއޯމޯލްޑިވްސް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

އިތުރަށް ކިޔާލަން

28 އޯގަސްޓު 2026

ސެޕްޓެންބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިން ހުންނާނީ މަތީގައި، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވާނެ!

28 އޯގަސްޓު 2026
ސެޕްޓެންބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިން ހުންނާނީ މަތީގައި، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވާނެ!
27 އޯގަސްޓު 2026

ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނައިން ހަކުރު އުފައްދާ އިންޑިއާއިން ދިހަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ހަކުރު އިމްޕޯޓް ކުރަނީ

27 އޯގަސްޓު 2026
ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނައިން ހަކުރު އުފައްދާ އިންޑިއާއިން ދިހަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ހަކުރު އިމްޕޯޓް ކުރަނީ
24 އޯގަސްޓު 2026

ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 41 މީހަކަށް ވަގުތީ އެހީތެރިކަން ފޯރުކޮށްދެވިފައިވޭ: އެންޑީއެމްއޭ

24 އޯގަސްޓު 2026
ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 41 މީހަކަށް ވަގުތީ އެހީތެރިކަން ފޯރުކޮށްދެވިފައިވޭ: އެންޑީއެމްއޭ
21 އޯގަސްޓު 2026

މިހާރު އުފެދެމުންދާ "އެލް ނީނިއޯ" އަކީ އިންސާނުންގެ ހަނދާނުގައި އުފެދޭ އެންމެ ބާރުގަދަ މިފަދަ ހާދިސާއަށް ވުމުގެ ފުރުސަތު ބޮޑު: ތަޖުރިބާކާރުން

21 އޯގަސްޓު 2026
މިހާރު އުފެދެމުންދާ "އެލް ނީނިއޯ" އަކީ އިންސާނުންގެ ހަނދާނުގައި އުފެދޭ އެންމެ ބާރުގަދަ މިފަދަ ހާދިސާއަށް ވުމުގެ ފުރުސަތު ބޮޑު: ތަޖުރިބާކާރުން
21 އޯގަސްޓު 2026

މ. ބާޑްލައިން ގޭގެ 8 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 އޯގަސްޓު 2026
މ. ބާޑްލައިން ގޭގެ 8 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
16 އޯގަސްޓު 2026

ހ. ފަހިވައި ގޭގައި ރޯވުން: ހާދިސާއާ ގުޅިގެން 4 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް!

16 އޯގަސްޓު 2026
ހ. ފަހިވައި ގޭގައި ރޯވުން: ހާދިސާއާ ގުޅިގެން 4 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް!
10 އޯގަސްޓު 2026

ދުނިޔޭގެ ކަނޑުތަކުގެ ހޫނުމިން ޖުލައިގައި ރެކޯޑް މިންވަރަކަށް އުފުލި ތިމާވެށީގެ ނުރައްކާތައް އިތުރުވަނީ

10 އޯގަސްޓު 2026
ދުނިޔޭގެ ކަނޑުތަކުގެ ހޫނުމިން ޖުލައިގައި ރެކޯޑް މިންވަރަކަށް އުފުލި ތިމާވެށީގެ ނުރައްކާތައް އިތުރުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް