Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެއަރ ކޮލިޓީ މޮނިޓަރިންގ

އެއަރ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަންތައް ބެހެއްޓުމުގެ މަސައްކަތްދަނީ ކުރަމުން، 4 ސްޓޭޝަނެއް މި އަހަރު ނިމުމުގެ ކުރިން ބަހައްޓާ ނިމޭނެ: މިނިސްޓަރު

24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:03

އިރުވައި މޫސުމާ ދިމާކޮށް ރާއްޖޭގެ ވައިގެ ފެންވަރު ދެނެގަތުމަށްޓަކައި، މި އަހަރު ނިމުމުގެ ކުރިން އިތުރު ހަތަރު މޮނިޓަރިންގ ސްޓޭޝަން ބެހެއްޓުމަށް ސަރުކާރުން ވަނީ ނިންމާފައި. މި ސްޓޭޝަންތަކުން ލިބޭ މައުލޫމާތު އާންމުންނަށް ފެންނާނެހެން ޑިސްޕްލޭ ކުރެވޭނެ ކަމަށާއި، މީގެ ސަބަބުން ވައި ނުސާފުވާ ވަގުތުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފަސޭހަވާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނޭ

އަމްނާ އިމާދު
އަމްނާ އިމާދު | 24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:03
ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި  މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފް ވާހަކަ ދައްކަވަނީ

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައިގެ ކޮލިޓީ ދެނެގަތުމަށް އެއަރ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަންތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، 4 ސްޓޭޝަނެއް މި އަހަރު ނިމުމުގެ ކުރިން ބަހައްޓާ ނިމޭނެ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝަރީފް ވިދާޅުވީ، ސެޕްޓެންބަރު ނިމި އޮކްޓޫބަރު އަދި ނޮވެންބަރު ފެށި އިރުވައި މޫސުމަށް އެޅުމުން ހޭޒް ނުވަތަ ދުންފިނީގެ މައްސަލަ އަނެއްކާ ވެސް އިތުރުވާން ފަށާނެ ކަމަށެވެ. އަދި މިދިޔަ އަހަރު ވެސް މި މައްސަލަ ވަރަށް ބޮޑުވެ، ވިސިބިލިޓީ ދަށްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބައެއް އެޑްވައިޒަރީތައް ނެރެފައިވާކަން ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

މިނިސްޓަރު ޝަރީފް ވިދާޅުވީ، މި މައްސަލައިގައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވައިގެ ކޮލިޓީ ހުރި މިންވަރު ބަލައި، އެއީ ކިހާ ވަރެއްގެ ރައްކާތެރި މިންގަނޑެއްގައި ހުރި އެއްޗެއްތޯ ބެލުމަށްފަހު އެ މައުލޫމާތު މެދުކެނޑުމެއްނެތި އާންމުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެ މައުލޫމާތުގެ އަލީގައި ދޭންޖެހޭ އެޑްވައިޒަރީތައް އެންމެ ފުރިހަމަ ގޮތުގައި ނެރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި މަސައްކަތުގެ ދަށުން، މި އަހަރު ނިމުމުގެ ކުރިން މޮނިޓަރ ކުރާ ހަތަރު ސްޓޭޝަނެއް ބަހައްޓައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ޝަރީފް ވިދާޅުވި އެވެ.

އެގޮތުން ގަލޮޅުގައި މިހާރު ސްޓޭޝަނެއްގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މިފަހަރު ބަހައްޓާ ސްޓޭޝަންތަކުގައި، ކުރިއާ ޚިލާފަށް އާންމުންނަށް ފެންނާނެހެން އެއަރ ކޮލިޓީ ދައްކައިދޭ ޑިސްޕްލޭއެއް ހުންނާނެ ކަމަށް މިނިސްޓަރު ޝަރީފް ފާހަގަކުރެއްވި އެވެ.

ދެން މީގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ ބޮޑަށް މި އެއާގެ ވައިގެ ކޮލިޓީ ހުރި މިންވަރު ބަލާފައި އާންމުންނަށް އޭތި އެއީ ނަގާ މި ކިހާ ސޭފްޓީ މިންގަނޑެއްގައި މިއަދުގެ ވައިގެ ކޮލިޓީ ހުރިތޯ؟ ނެތްތޯ؟ އެ މައުލޫމާތު ކޮންޓިނިއުއަސްލީ ފޯރުކޮށްދެވުނީމާ އަޅުގަނޑުމެންނަށް އޭތީގައި ދޭންޖެހޭ ބައެއް އެޑްވައިޒަރީތައް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަޅުގަނޑުމެންނަށް ނެރެވޭނީ. އެހެންވެގެން އަޅުގަނޑުމެން މިހާރު މި އެކި ސަރަހައްދުތަކުގައި ރާއްޖޭގައި މި ދަނީ އެއާކުއަލިޓީ މޮނިޓަރިންގ ސްޓޭޝަންސްތަކެއް ބަހައްޓަމުން. އެ ގޮތުން މޮނިޓަރކުރާ ހަތަރު ސްޓޭޝަނެއް މި އަހަރު ނިމުމުގެ ކުރިން ބަހައްޓާ ނިމޭތޯ މި ބަލަނީ. މި ގޮތުން ގަލޮޅުގައި މިހާރު އެއް ސްޓޭޝަން ވަނީ އަޅުގަނޑުމެން ފައްޓާފައި
އަލީ ޝަރީފް 

މީގެއިތުރުން، މިހާރުވެސް ރާއްޖޭގެ 6 ސަރަހައްދެއްގައި މިފަދަ ސެންޓަރުތައް ގާއިމުކުރެވިފައިވާ ކަމަށް މިނިސްޓަރު ޝަރީފް ވިދާޅުވި އެވެ. އޭގެ ތެރޭގައި ކ. ވިލިނގިލި، ށ. ފުނަދޫ، ލ. ގަން، ދ. ކުޑަހުވަދޫގެ އިތުރުން ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީ ހިމެނެ އެވެ.

އަލީ ޝަރީފުމިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

އެންމެ ހިނގާ

1

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

2

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

3

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

4

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

5

ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި

އިތުރަށް ކިޔާލަން

04 ޖުލައި 2026

2030 ވަނަ އަހަރު އަންނައިރު ތިމާވެއްޓާ ގުޅުންހުރި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ނުވާނެ!

04 ޖުލައި 2026
2030 ވަނަ އަހަރު އަންނައިރު ތިމާވެއްޓާ ގުޅުންހުރި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ނުވާނެ!
10 ޖޫން 2026

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުމާކުރި ލެގޫން ކްލީނިންގ ވެސެލް، "ސާސޭ ސީ ސްކައުޓް" ރަސްމީކޮށް އިފްތިތާހުކޮށްފި

10 ޖޫން 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުމާކުރި ލެގޫން ކްލީނިންގ ވެސެލް، "ސާސޭ ސީ ސްކައުޓް" ރަސްމީކޮށް އިފްތިތާހުކޮށްފި
19 މެއި 2026

ގޮނޑުދޮށް ހިމާޔަތްކުރުމާއި ގުޅޭ ޤައުމީ ސިޔާސަތެއް ދަނީ އެކުލަވާލަމުން: މިނިސްޓަރ

19 މެއި 2026
ގޮނޑުދޮށް ހިމާޔަތްކުރުމާއި ގުޅޭ ޤައުމީ ސިޔާސަތެއް ދަނީ އެކުލަވާލަމުން: މިނިސްޓަރ
05 މެއި 2026

ތިމާވެއްޓަށް ނުބަލާ މަޝްރޫއުތައް ހިންގުން އެއީ ޑަބަލް ސްޓޭންޑަރޑް ނޫންތޯ އެހުމުން މިނިސްޓަރަށް ޖަވާބެއް ނުދެއްވުނު!

05 މެއި 2026
ތިމާވެއްޓަށް ނުބަލާ މަޝްރޫއުތައް ހިންގުން އެއީ ޑަބަލް ސްޓޭންޑަރޑް ނޫންތޯ އެހުމުން މިނިސްޓަރަށް ޖަވާބެއް ނުދެއްވުނު!
30 އެޕްރީލު 2026

އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

30 އެޕްރީލު 2026
އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ
28 އެޕްރީލު 2026

ހަޑި ހުތުރު ބަސްތައް ބޭނުންކޮށް، އެކި ފަރާތްތަކަށް ފުރައްސާރަ ކޮށްފައިވާ މައްސަލައިގައި މައާފަށް އެދެން މިނިސްޓަރު ޝަރީފް ބޭނުންފުޅެއް ނުވި

28 އެޕްރީލު 2026
ހަޑި ހުތުރު ބަސްތައް ބޭނުންކޮށް، އެކި ފަރާތްތަކަށް ފުރައްސާރަ ކޮށްފައިވާ މައްސަލައިގައި މައާފަށް އެދެން މިނިސްޓަރު ޝަރީފް ބޭނުންފުޅެއް ނުވި
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް