Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއިންޑިއާ

ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނައިން ހަކުރު އުފައްދާ އިންޑިއާއިން ދިހަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ހަކުރު އިމްޕޯޓް ކުރަނީ

27 އޯގަސްޓު 2026 | ބުރާސްފަތި 05:27

އިންޑިއާގައި ހަކުރުގެ އަގު އުފުލުމާ ގުޅިގެން، އެ ގައުމުގެ ބާޒާރު ކޮންޓްރޯލް ކުރުމަށްޓަކައި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ހަކުރު އިމްޕޯޓް ކުރަން ސަރުކާރުން ވަނީ ނިންމާފައި. މޫސުމީ ބަދަލުތަކުގެ ސަބަބުން އުފެއްދުންތެރިކަން ދަށްވެފައިވާއިރު، މި ދަތިކަން ހައްލުކުރުމަށްޓަކައި އެކްސްޕޯޓް ކުރުން މަޑުޖައްސާލައި، ހަކުރު ރައްކާކުރެވޭ މިންވަރު ވަނީ ކަނޑައަޅާފައި

ރާއްޖެ އެމްވީ | 27 އޯގަސްޓު 2026 | ބުރާސްފަތި 05:27
އިންޑިއާގައި މަގުބޫލު ފޮނިކާއެއްޗެއް ކަމަށްވާ ކޮކޮނަޓް ލައްޑޫ

އިންޑިއާގައި މަގުބޫލު ފޮނިކާއެއްޗެއް ކަމަށްވާ ކޮކޮނަޓް ލައްޑޫ | އެލަމީ

ދުނިޔޭގައި އެންމެ ގިނައިން ހަކުރު ބޭނުންކުރާ އިންޑިއާއިން، ހަކުރުގެ އަގު އަތްނުފޯރާ ފަށަށް ދިޔަ ނުދީ ހިފެހެއްޓުމަށް ހަކުރު އިމްޕޯޓުކުރަން ނިންމައިފި އެވެ.

ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި ހަކުރުގެ އަގު ގާތްގަނޑަކަށް 40 އިންސައްތަ އުފުލިފައިވާއިރު، މީގެ ސަބަބުން ސަރުކާރުން ވަނީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެއް މިލިއަން ޓަނުގެ ހަކުރު އިމްޕޯޓް ކުރުމަށް ނިންމާފަ އެވެ.

މި ނިންމުން ނިންމާފައިވަނީ އޮގަސްޓް މަހުން ފެށިގެން ހަކުރަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ގަނޭޝް ޗަތުރްތީ އާއި، ދުޝޭރާ އަދި ދިވާލީ ފަދަ ފެސްޓިވަލްތަކަށްފަހު ކައިވެނީގެ މޫސުން ފެށޭތީ، ކާބޯތަކެތި އުފައްދާ ކުންފުނިތަކުން ދަނީ އެންމެ ވިޔަފާރި ރަނގަޅު ދުވަސްވަރަށް ތައްޔާރުވުމުގެ ގޮތުން ހަކުރު ރައްކާކުރަމުންނެވެ. މީގެ ސަބަބުން ހޯލްސޭލް އަގުތަކަށް ވަނީ ބޮޑު ބާރެއް ބޮޑުވެފަ އެވެ.

އިންޑިއާގެ މުމްބާއީގައި ހުންނަ ކާބޯތަކެތި ވިއްކާ ފިހާރައެއްގައި، ބާޒާރަށް ނެރެފައި ހުރި ހުދު ހަކުރު ބަސްތާއެއް

އިންޑިއާގެ މުމްބާއީގައި ހުންނަ ކާބޯތަކެތި ވިއްކާ ފިހާރައެއްގައި، ބާޒާރަށް ނެރެފައި ހުރި ހުދު ހަކުރު ބަސްތާއެއް | ގެޓީ އިމޭޖަސް

2025 އޮކްޓޯބަރުން 2026 ސެޕްޓެމްބަރުގެ ނިޔަލަށް ހިނގާ މި މޫސުމުގައި ހަކުރު އުފެއްދޭނެ ކަމަށް މިހާރު ލަފާކުރެވެނީ 30.6 މިލިއަން ޓަނެވެ. މިއީ ސަރުކާރުން ކުރިން އަންދާޒާކުރި 34.3 މިލިއަން ޓަނަށްވުރެ 11 އިންސައްތަ މަދު އަދަދެކެވެ.

މި ދަތިކަމާއެކު ހަކުރުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފަ އެވެ. މޭ އަދި ޖޫން މަހު ކިލޯއެއް 40 އާއި 45 ރޫޕީސް (0.42-0.47 ޑޮލަރު) އަށް ލިބެން ހުރި ނަމަވެސް، އޮގަސްޓް މަހު ބައެއް މާރުކޭޓުތަކުގައި ހަކުރު ކިލޯއެއްގެ އަގު ވަނީ 58 އާއި 60 ރޫޕީސް އަށްވުރެ މައްޗަށް އަރާފަ އެވެ. ނަމަވެސް މިހާރު އަގުތައް ކުޑަކޮށް ދަށަށް ދާން ވަނީ ފަށާފަ އެވެ.

އެހެންނަމަވެސް، ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ހަކުރު އުފައްދާ ގައުމަށް، ހަކުރު އިމްޕޯޓް ކުރަން ޖެހޭ ހާލަތަށް ކަންކަން ދިޔައީ ކީއްވެގެން ހެއްޔެވެ؟

ސަރުކާރުން ބުނާ ގޮތުގައި މީގެ ސަބަބަކީ އެލް ނީނިއޯގެ ސަބަބުން ވާރޭ ވެހުން މަދުވެ އުއްދަނޑި އުފެއްދޭ މިންވަރު ދަށްވުމާއި، ވިޔަފާރިވެރިން ހަކުރު ރައްކާކޮށްގެން ގެންގުޅުމާއި، އަދި ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކަށް މޫސުމީ އަސަރުކޮށް ހަކުރު ލިބުން ދަތިވުމެވެ.

ނަމަވެސް މާހިރުން ވިދާޅުވާ ގޮތުގައި މީގެ އަނެއް ސަބަބަކީ އިންޑިއާއިން ހަކުރު އުފެއްދޭނެ މިންވަރު އަންދާޒާ ކުރުމުގައި ގޯސްތަކެއް ހެދުމެވެ. އަދި ގައުމަށް ބޭނުންވާ މިންވަރަށް ހަކުރު ނެތްކަން ސާފުވުމުގެ ކުރިން ބޭރު ގައުމުތަކަށް ހަކުރު އެކްސްޕޯޓް ކުރުމުގެ ހުއްދަ ދިނުމެވެ.

ސަރުކާރުން ފުރަތަމަ ހުއްދަ ދިނީ މި މޫސުމުގައި 1.5 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓް ކުރުމަށެވެ. އަދި ފެބްރުއަރީ މަހު އިތުރު 500,000 ޓަނު އެކްސްޕޯޓް ކުރަން ހުއްދަ ދިނެވެ. މޭ މަހު އެކްސްޕޯޓް ކުރުން ހުއްޓާލިއިރު، ގާތްގަނޑަކަށް 800,000 ޓަނުގެ ހަކުރު ވަނީ ގައުމުން ބޭރަށް ފޮނުވާފަ އެވެ.

"މޫސުން ފެށުނުއިރު އެކްސްޕޯޓް ކުރަން ހުއްދަ ދީފައި، މޫސުން ނިމޭއިރު މިލިއަނެއްހާ ޓަނު އިމްޕޯޓް ކުރަން ޖެހުމަކީ އުފެއްދުންތެރިކަމުގެ އަންދާޒާތަކާ ދެމެދު އޮތް ވަރަށް ބޮޑު ފަރަގެއް. މިއީ ވަރަށް ބޮޑު ހައިރާންކަމެއް،" ފިލިޕްކެޕިޓަލް އިންޑިއާގެ ސީނިއާ އެނަލިސްޓް ވިކްރަމް ސޫރިޔަވަންޝީ ވިދާޅުވި އެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ހާޕޫރު ޑިސްޓްރިކްޓްގައި ހުންނަ ސިމްބޯލީ ޝުގަރސް ލިމިޓެޑްގެ ހަކުރު އުފައްދާ ކާރުޚާނާއަށް، ގެރިގާޑިޔާތަކުގައި އުއްދަނޑި އުފުލަނީ

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ހާޕޫރު ޑިސްޓްރިކްޓްގައި ހުންނަ ސިމްބޯލީ ޝުގަރސް ލިމިޓެޑްގެ ހަކުރު އުފައްދާ ކާރުޚާނާއަށް، ގެރިގާޑިޔާތަކުގައި އުއްދަނޑި އުފުލަނީ | ގެޓީ އިމޭޖަސް

މިއީ ސީރިއަސް މައްސަލައަކަށް ވަނީ އިންޑިއާގައި އިތުރުވާނެ ހަކުރު ނެތީމަ އެވެ. މިދިޔަ މޫސުމުގައި އެ ގައުމުން 28 މިލިއަން ޓަނަށްވުރެ ގިނަ ހަކުރު ބޭނުންކޮށްފައިވާއިރު، މިއީ މި އަހަރު އުފެއްދޭނެ ކަމަށް ލަފާކުރާ މިންވަރާ ވަރަށް ގާތް އަދަދެކެވެ.

މީގެ އިތުރުން، ގާތްގަނޑަކަށް ތިން މިލިއަން ޓަނުގެ ހަކުރު އެތަނޯލް އުފެއްދުމަށް ބޭނުންކުރާނެ ކަމަށް ބެލެވޭތީ، އުފެއްދުންތެރިކަން ކުޑަކޮށްވެސް ދަށްވެއްޖެނަމަ ބޮޑު ދަތިކަމަކާ ކުރިމަތިވާނެ އެވެ.

އިންޑިއާގެ އެންމެ ބޮޑު ހަކުރު ރިފައިނަރީ އަދި އެތަނޯލް އުފައްދާ ކުންފުނި ކަމަށްވާ 'ޝްރީ ރެނުކާ ޝުގާސް' ގެ ޑިރެކްޓަރު އަތުލް ޗަތުރްވެދީ ވިދާޅުވި ގޮތުގައި، އިމްޕޯޓް ކުރާ ހަކުރުގެ ސަބަބުން މި ދަތިކަމަށް ލުޔެއް ލިބޭނެ އެވެ. ސެޕްޓެމްބަރު 1 އިން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަށް، ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގައި ހުންނަ ރިފައިނަރީތަކަށް ޑިއުޓީއާ ނުލައި އިމްޕޯޓުކުރާ ހަކުރު ވިއްކުމުގެ ހުއްދަ ވަނީ ދީފަ އެވެ.

އިންޑިއާއިން އަމިއްލަ ބޭނުމަށް އެންމެ ފަހުން ހަކުރު އިމްޕޯޓް ކުރީ މީގެ ދިހަ ވަރަކަށް އަހަރު ކުރިން، ގައުމަށް ކުރިމަތިވި ހަނަފަސްކަމުގެ ދުވަސްވަރުގަ އެވެ.

މީގެ އިތުރުން އެހެން ފިޔަވަޅުތައްވެސް ދަނީ އަޅަމުންނެވެ. އިންޑިއަން ޝުގާ މިލްސް އެސޯސިއޭޝަން (އައި.އެސް.އެމް.އޭ) އިން ވަނީ އޮކްޓޯބަރު މަހު ދަނޑުތަކުން އުއްދަނޑި ލިބެން ފެށުމުގެ ކުރިން، އާންމުކޮށް ފަށާ ވަގުތަށްވުރެ ދެ ހަފުތާ ކުރިން އުއްދަނޑި މުގުރައި ހަކުރު އުފައްދަން ފެށުމަށް ކާރުޚާނާތަކަށް އަންގާފަ އެވެ.

ނަމަވެސް، ކުރިއަށް އޮތް ދަނޑުވެރިކަމުގެ މޫސުމަށްވެސް މޫސުމީ ބަދަލުތަކުގެ ނުރައްކާ އެބައޮތެވެ.

އުއްދަނޑިއަކީ ވަރަށް ގިނައިން ފެން ބޭނުންވާ އެއްޗަކަށްވާއިރު، މަހާރާޝްތުރާ، އުއްތަރަ ޕްރަދޭޝް އަދި ކަރްނާޓަކާ ފަދަ މުހިންމު ސްޓޭޓްތަކަށް ވާރޭ ވެހުން މަދުވުމުގެ ސަބަބުން ދަނޑުތަކަށް ވަނީ އަސަރުކޮށްފަ އެވެ. މީގެ ސަބަބުން އުއްދަނޑިން ހަކުރު އުފެއްދޭ މިންވަރު މަދުވާނެ ކަމަށް ބެލެވެ އެވެ.

"މޫސުމަށް ބަލާއިރު، އަންނަ އަހަރަކީވެސް ވަރަށް ގިނައިން ހަކުރު އުފެއްދޭނެ އަހަރެއް ކަމަކަށް ނުބެލެވޭ،" ޗަތުރްވެދީ ވިދާޅުވި އެވެ.

އިންޑިއާއަކީ އާންމުކޮށްވެސް ގައުމުގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމުން ދަނޑުވެރިކަމުގެ ބާވަތްތައް އެކްސްޕޯޓް ކުރުން ހުއްޓުވާ ގައުމެކެވެ. މިސާލަކަށް 2023 ވަނަ އަހަރު، ބާސްމަތީ ނޫން ހުދު ހަނޑޫ އެކްސްޕޯޓް ކުރުން ވަނީ އަހަރަކަށްވުރެ ގިނަ ދުވަހަށް މަނާކޮށްފަ އެވެ.

ނަމަވެސް މާހިރުން ވިދާޅުވާ ގޮތުގައި، ހަކުރު މަދުވާނެކަން ދުރާލައި ދެނެގަނެވިފައި ނެތުމުން، ސަރުކާރުގެ އަންދާޒާތަކާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ފެޑަރަލް އެގްރިކަލްޗަރ މިނިސްޓްރީގެ ކުރީގެ ސެކްރެޓަރީ ސިރާޖް ޙުސައިން ވިދާޅުވި ގޮތުގައި، މޫސުން ގޯސްވުމާއި ބައެއް ބަލިތަކުގެ ސަބަބުން، ކުރިން އުންމީދުކުރި މިންވަރަށް އުއްދަނޑި އުފެއްދިފައެއް ނުވެ އެވެ.

މޭ 13 ގައި އެކްސްޕޯޓް ކުރުން ހުއްޓާލުމުގެ ކުރިން މި މައްސަލަ ދެނެގަނެވިފައި ނުވަނީ ކީއްވެގެން ކަމެއް ސަރުކާރުން ސާފުކޮށްދީފައެއް ނުވެ އެވެ. ސަރުކާރުން ބުނަނީ އުފެއްދުންތެރިކަން ދަށްވީ ބަލިތަކުގެ ސަބަބުންނާއި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކަމަށެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ހަކުރު މަދުވުމުގެ އަނެއް ސަބަބަކީ އެތަނޯލް އުފެއްދުމަށް އުއްދަނޑި ބޭނުންކުރުމެވެ. ކުރިންވެސް އުފައްދާ ހަކުރުގެ 10 އިންސައްތަ މިކަމަށް ބޭނުންކުރެ އެވެ.

ނަމަވެސް، މި އަހަރު އިންޑިއާއިން ޕެޓްރޯލްގައި 20 އިންސައްތަ އެތަނޯލް އެއްކޮށްގެން ބޭނުންކުރާ 'E20' ތެޔޮ އާންމުކޮށް ބޭނުންކުރަން ފެށުމަކީ، ހަކުރު އުފެއްދުން މަދު ދަނޑިވަޅެއްގައި ކުރިމަތިވި އިތުރު ގޮންޖެހުމެއް ކަމަށް މާހިރުން ދެކެ އެވެ.

ސަރުކާރުން މި ވާހަކަތައް ދޮގުކުރެ އެވެ. ސަރުކާރުން ބުނާ ގޮތުގައި އެތަނޯލް އުފެއްދުމަށް ބޭނުންކުރާ އުއްދަނޑީގެ ނިސްބަތް ވަނީ 12 އިންސައްތައިން 9 އިންސައްތައަށް ދަށްކޮށްފަ އެވެ. އަދި އަގު އުފުލެނީ އުފެއްދުންތެރިކަން ދަށްވުމާއި، މުދާ ރައްކާކުރުމާއި، ދުނިޔޭގެ ބާޒާރުގައި ތަކެތި ލިބުން ދަތިވުމުން ކަމަށް ސަރުކާރުން ބުނެ އެވެ.

އިންޑިއަން ޝުގާ މިލްސް އެސޯސިއޭޝަންގެ ދީޕަކް ބައްލާނީ ވިދާޅުވާ ގޮތުގައި، ބާޒާރަށް ނެރޭ ހަކުރުގެ މިންވަރު ހުރީ ރަނގަޅަށެވެ. އޭނާ ދެކޭ ގޮތުގައި އަގު އުފުލެނީ ހަގީގީ ތަދެއް އޮވެގެންނެއް ނޫނެވެ، ނަމަވެސް ވިޔަފާރިވެރިން މުދާ ރައްކާކޮށްގެން ގެންގުޅޭތީ އެވެ.

މިކަން ހުއްޓުވުމަށްޓަކައި ސަރުކާރުން ވަނީ ހޯލްސޭލް ވިޔަފާރިވެރިންނަށް ގިނަވެގެން ރައްކާކުރެވޭނީ 400 ޓަނުގެ ހަކުރު ކަމަށް ކަނޑައަޅާފަ އެވެ.

ނަމަވެސް ސޫރިޔަވަންޝީ ވިދާޅުވި ގޮތުގައި މިފަދަ ފިޔަވަޅުތައް އެޅުމަށްފަހުވެސް އަގު އުފުލެމުން ދިއުމަކީ، ހަގީގަތުގައިވެސް ހަކުރު ލިބުން ދަތިވެފައިވާ ކަމުގެ ހެއްކެކެވެ.

އިންޑިއާއިން ހަކުރު އިމްޕޯޓް ކުރަން ނިންމި ދަނޑިވަޅަކީ ދުނިޔޭގެ ބާޒާރުގައިވެސް ހަކުރު ލިބުން ދަތިވެފައިވާ ވަގުތެކެވެ.

އެލް ނީނިއޯގެ ސަބަބުން ތައިލެންޑަށް ވާރޭ ވެހުން މަދުވެފައިވާއިރު، ދުނިޔޭގައި އެންމެ ގިނައިން ހަކުރު އުފައްދާ ބްރެޒިލްގައި ބޯކޮށް ވާރޭވެހި އުއްދަނޑި ކެނޑުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އަދި ޔޫރަޕަށް ކުރިމަތިވި ހީޓްވޭވްގެ ސަބަބުން ފްރާންސް ފަދަ ގައުމުތަކުގެ އުފެއްދުންތެރިކަން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އެމެރިކާގެ އަންދާޒާތަކުން ދައްކާ ގޮތުގައި މި މޫސުމުގައި ދުނިޔޭގެ ހަކުރު އުފެއްދުން 184.9 މިލިއަން ޓަނަށް ދަށްވާނެ އެވެ.

ލަންޑަންގެ ބާޒާރުގައި ހަކުރު ޓަނެއްގެ އަގު އޮގަސްޓް މަހު ވަނީ 541 ޑޮލަރަށް އަރާފަ އެވެ. މިއީ 2025 އޭޕްރިލްގެ ފަހުން އަގު އެންމެ މައްޗަށް ދިޔަ ފަހަރެވެ.

އިންޑިއާއަށް ބަލާއިރު، ހަކުރުގެ އަގު ބޮޑުވުމުން އެތަނޯލް އުފެއްދުމަށް ބޭނުންކުރާ މިންވަރު މަދުކޮށްފިނަމަ، އަންނަ އަހަރު ހަކުރު ލިބުން ފަސޭހަވެދާނެ އެވެ.

"މިހާރު ހުރި އަގުތަކަށް ބަލާއިރު، ހަކުރުގެ ބަދަލުގައި އެތަނޯލް އުފެއްދުމަކީ މާލީ ގޮތުން ފައިދާހުރި ކަމެއް ނޫން. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ހަކުރުގެ ހާލަތު ރަނގަޅުވާނެ،" ޗަތުރްވެދީ ވިދާޅުވި އެވެ.

ނަމަވެސް އޭނާ އިތުރަށް ވިދާޅުވީ، މި އަހަރުގެ ތަޖުރިބާއިން ލިބުނު އެންމެ ބޮޑު ފިލާވަޅަކީ، ކުރިއަށް އޮތް ތަނުގައި ހަކުރު އުފެއްދޭނެ މިންވަރު އަންދާޒާ ކުރުމުގައި މިއަށްވުރެ ބޮޑަށް ސަމާލުވާން ޖެހޭ ކަމެވެ.

މަސްދަރު: ބީބީސީ

އިންޑިއާހަކުރުއެލް ނީނިއޯއެތަނޯލްކްލައިމެޓް ޗޭންޖް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

4

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

26 އޯގަސްޓު 2026

ސިޔާސަތުތަކާއި ގާނޫނާއި ގަވައިދުތައް ދޯދިޔާވެ، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހީނަރުވުމުގެ ނުރައްކާ ބޮޑުވަނީ

26 އޯގަސްޓު 2026
ސިޔާސަތުތަކާއި ގާނޫނާއި ގަވައިދުތައް ދޯދިޔާވެ، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހީނަރުވުމުގެ ނުރައްކާ ބޮޑުވަނީ
22 އޯގަސްޓު 2026

ގާނދީގެ އަމިއްލަ އަތްޕުޅުން ލިޔުއްވާފައިވާ 688 މެސެޖު 1.2 މިލިއަން ޕައުންޑަށް ވިކިއްޖެ

22 އޯގަސްޓު 2026
ގާނދީގެ އަމިއްލަ އަތްޕުޅުން ލިޔުއްވާފައިވާ 688 މެސެޖު 1.2 މިލިއަން ޕައުންޑަށް ވިކިއްޖެ
21 އޯގަސްޓު 2026

މިހާރު އުފެދެމުންދާ "އެލް ނީނިއޯ" އަކީ އިންސާނުންގެ ހަނދާނުގައި އުފެދޭ އެންމެ ބާރުގަދަ މިފަދަ ހާދިސާއަށް ވުމުގެ ފުރުސަތު ބޮޑު: ތަޖުރިބާކާރުން

21 އޯގަސްޓު 2026
މިހާރު އުފެދެމުންދާ "އެލް ނީނިއޯ" އަކީ އިންސާނުންގެ ހަނދާނުގައި އުފެދޭ އެންމެ ބާރުގަދަ މިފަދަ ހާދިސާއަށް ވުމުގެ ފުރުސަތު ބޮޑު: ތަޖުރިބާކާރުން
21 އޯގަސްޓު 2026

މޯދީގެ ކެބިނެޓް ވަޒީރުންނަށް ސޯޝަލް މީޑިއާ ސްކޯ ދީފި، އެންމެ މަތީ ސްކޯ ހޯއްދެވީ މޯދީ

21 އޯގަސްޓު 2026
މޯދީގެ ކެބިނެޓް ވަޒީރުންނަށް ސޯޝަލް މީޑިއާ ސްކޯ ދީފި، އެންމެ މަތީ ސްކޯ ހޯއްދެވީ މޯދީ
21 އޯގަސްޓު 2026

ރާއްޖެ ހިމެނޭހެން އޭޝިއަން ކްލިއަރިންގް ޔޫނިއަންގެ ގައުމުތަކާއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި އިންޑިއާ ރުޕީސް ބޭނުންކުރުމުގެ ފުރުސަތު އެކްސްޕޯޓަރުންނަށް ފަހިކޮށްދޭން އެ ގައުމުގެ ޓްރޭޑް ޕޮލިސީއަށް ބަދަލުތަކެއް ގެނެސްފި

21 އޯގަސްޓު 2026
ރާއްޖެ ހިމެނޭހެން އޭޝިއަން ކްލިއަރިންގް ޔޫނިއަންގެ ގައުމުތަކާއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި އިންޑިއާ ރުޕީސް ބޭނުންކުރުމުގެ ފުރުސަތު އެކްސްޕޯޓަރުންނަށް ފަހިކޮށްދޭން އެ ގައުމުގެ ޓްރޭޑް ޕޮލިސީއަށް ބަދަލުތަކެއް ގެނެސްފި
20 އޯގަސްޓު 2026

ބީޖޭޕީއަށް ބަދަލުތައް: އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ އިސް ސަފަށް ގެނައި ބޮޑު ބަދަލުގެ ފަހަތުގައިވަނީ ކޮން ކަމެއް؟

20 އޯގަސްޓު 2026
ބީޖޭޕީއަށް ބަދަލުތައް: އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ އިސް ސަފަށް ގެނައި ބޮޑު ބަދަލުގެ ފަހަތުގައިވަނީ ކޮން ކަމެއް؟
15 އޯގަސްޓު 2026

އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް ސޯލިހު ފޮނުއްވައިފި

15 އޯގަސްޓު 2026
އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް ސޯލިހު ފޮނުއްވައިފި
15 އޯގަސްޓު 2026

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

15 އޯގަސްޓު 2026
އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި
10 އޯގަސްޓު 2026

ދުނިޔޭގެ ކަނޑުތަކުގެ ހޫނުމިން ޖުލައިގައި ރެކޯޑް މިންވަރަކަށް އުފުލި ތިމާވެށީގެ ނުރައްކާތައް އިތުރުވަނީ

10 އޯގަސްޓު 2026
ދުނިޔޭގެ ކަނޑުތަކުގެ ހޫނުމިން ޖުލައިގައި ރެކޯޑް މިންވަރަކަށް އުފުލި ތިމާވެށީގެ ނުރައްކާތައް އިތުރުވަނީ
10 އޯގަސްޓު 2026

އެއާ އިންޑިއާގެ ބޯޓުގެ އުސްމިން ކުއްލިއަކަށް ދަށްކޮށްލި ކެޕްޓަން މަސްތުވާތަކެއްޗަށް ޕޮޒިޓިވް، އިތުރު ތަހުލީލު ކުރަނީ

10 އޯގަސްޓު 2026
އެއާ އިންޑިއާގެ ބޯޓުގެ އުސްމިން ކުއްލިއަކަށް ދަށްކޮށްލި ކެޕްޓަން މަސްތުވާތަކެއްޗަށް ޕޮޒިޓިވް، އިތުރު ތަހުލީލު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް