Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކްލައިމެޓް ޗޭންޖް

ދުނިޔޭގެ ކަނޑުތަކުގެ ހޫނުމިން ޖުލައިގައި ރެކޯޑް މިންވަރަކަށް އުފުލި ތިމާވެށީގެ ނުރައްކާތައް އިތުރުވަނީ

10 އޯގަސްޓު 2026 | ހޯމަ 12:44

ދުނިޔޭގެ ކަނޑުތަކުގެ ހޫނުމިން 20.96 ޑިގްރީ ސެލްސިއަސްއަށް އުފުލި އާ ރެކޯޑެއް ގާއިމުވެފައިވާއިރު، މިއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވި ނުރައްކާތެރި ހާލަތެއް. މި ބަދަލާއެކު ވިލާތުގެ ގައުމުތަކަށް އާދަޔާޚިލާފަށް ހޫނުގަދަވެ، ކޯރުތައް ހިކުމާއި ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގުން ފަދަ ތިމާވެށީގެ ސީރިއަސް މައްސަލަތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އެމްވީ | 10 އޯގަސްޓު 2026 | ހޯމަ 12:44
ގްރީސްގެ ޕްރެވޭޒާ މުނިސިޕަލިޓީގެ ކަސްޓްރޯސިކިއާ ބީޗަށް، ހޫނުގަދަ ދުވަސްވަރެއްގައި ޗުއްޓީ ހޭދަކުރާ ގިނަ އަދަދެއްގެ ބަޔަކު މޫދަށް އެރި ފިނިކުރާ މަންޒަރު ފެންނަ ފޮޓޯ އެއް

ގްރީސްގެ ޕްރެވޭޒާ މުނިސިޕަލިޓީގެ ކަސްޓްރޯސިކިއާ ބީޗަށް، ހޫނުގަދަ ދުވަސްވަރެއްގައި ޗުއްޓީ ހޭދަކުރާ ގިނަ އަދަދެއްގެ ބަޔަކު މޫދަށް އެރި ފިނިކުރާ މަންޒަރު ފެންނަ ފޮޓޯ އެއް | ގެޓީ އިމޭޖަސް

ދުނިޔޭގެ ކަނޑުތަކުގެ ހޫނުމިން މިދިޔަ ޖުލައި މަހު ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވާ ކަމަށް ވިލާތުގެ އިއްތިހާދުގެ ކްލައިމެޓް މޮނިޓަރިން ސާވިސްއިން ހާމަކޮށްފި އެވެ. މިގޮތަށް ހޫނުމިން މައްޗަށް ދިއުމަށް މެދުވެރިވި އެއް ސަބަބަކީ ޕެސިފިކް ކަނޑުގައި އުފެދެމުންދާ "އެލް ނީނިއޯ" މޫސުމީ ހާލަތް ކަމަށް އެ އިދާރާއިން ބުނެ އެވެ.

ދުނިޔޭގެ ޕޯލަރ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގެ (އުތުރުގެ 60 ޑިގްރީ އާއި ދެކުނުގެ 60 ޑިގްރީއާ ދެމެދު) ކަނޑުގެ މަތީ ފަށަލައިގެ އެވްރެޖް ހޫނުމިން މިދިޔަ މަހު ވަނީ 20.96 ޑިގްރީ ސެލްސިއަސްއަށް އުފުލިފަ އެވެ. މިއީ 2023 ވަނަ އަހަރު ރެކޯޑް ކުރެވުނު 20.89 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީ އަދަދެކެވެ.

ކޮޕަރނިކަސް ކްލައިމެޓް ޗޭންޖް ސާވިސްއިން ހާމަކުރި ގޮތުގައި، މިދިޔަ ޖުލައި މަހަކީ ދުނިޔޭގެ ރެކޯޑްތަކުން ދެވަނައަށް އެންމެ ހޫނުގަދަ ޖުލައި މަހެވެ. މިދިޔަ މަހުގެ ހޫނުމިން ހުރީ ސިނާއީ އިންގިލާބުގެ ކުރީގެ އެވްރެޖް ހޫނުމިނަށްވުރެ 1.47 ޑިގްރީ ސެލްސިއަސް މަތީގަ އެވެ.

މީގެއިތުރުން، ހުޅަނގު ވިލާތުގެ ގައުމުތަކަށް މިދިޔަ ޖޫން އަދި ޖުލައި މަހަކީ މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ހޫނުގަދަ ދެ މަހެވެ. މި ދުވަސްވަރު ކުރިމަތިވި ހޫނު އަދި ހަނަފަސް މޫސުމުގެ ސަބަބުން އެ ސަރަހައްދުގެ އެކި ހިސާބުތަކުގައި ނުރައްކާތެރި ބޮޑެތި އަލިފާނުގެ ހާދިސާތައް ވަނީ ހިނގާފަ އެވެ.

މި އަހަރުގެ ހޫނު މޫސުމުގައި ވިލާތުގެ ގައުމުތަކުގައި ރޯވަމުންދާ އަލިފާންގަނޑުތަކަކީ "މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ" ނުރައްކާތެރި ހާދިސާތަކެއްގެ ގޮތުގައި ވަނީ ސިފަކޮށްފައި

މި އަހަރުގެ ހޫނު މޫސުމުގައި ވިލާތުގެ ގައުމުތަކުގައި ރޯވަމުންދާ އަލިފާންގަނޑުތަކަކީ "މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ" ނުރައްކާތެރި ހާދިސާތަކެއްގެ ގޮތުގައި ވަނީ ސިފަކޮށްފައި | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތަށް ބަލާއިރު، މި ހަފުތާގައި އެ ގައުމަށް މިއަހަރުގެ ފަސްވަނަ ހޫނު ރާޅު (ހީޓްވޭވް) ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ. މެދުނުކެނޑި ކުރިމަތިވަމުންދާ ހަނަފަސް މޫސުމުގެ ސަބަބުން ފެން ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިވަމުންދާއިރު، އިތުރު ސަރަހައްދުތަކަކީ ފެނަށް ޖެހިފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ރަސްމީކޮށް އިއުލާނު ކުރަން ޖެހިދާނެ ކަމަށް ލަފާކުރެވެ އެވެ.

ވިލާތުގެ އެކި ހިސާބުތަކަށް ބަލާއިރު، އެޓްލާންޓިކް އައްސޭރިފަށާއި މެޑިޓެރޭނިއަން ކަނޑުގެ ހުޅަނގު ސަރަހައްދުތަކުގެ ކަނޑުގެ ހޫނުމިން ޖުލައި މަހު ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފަ އެވެ. މީގެ ސަބަބުން ކަނޑުގެ ސަރަހައްދުތަކަށް ނުރައްކާތެރި ހޫނު ރާޅުތައް ވަނީ ކުރިމަތިވެފަ އެވެ.

އޮގަސްޓް 6، 2026 ގައި އިޓަލީގެ ރޯމަށް ކުރިމަތިވި ގަދަ ހޫނުގެ ރާޅާ ގުޅިގެން، އެ ސިޓީގެ ކޮލޯސިއަމް ސަރަހައްދުގައި ހުރި ފިނިކުރާ ފަންކާއެއްގެ ކުރިމަތީގައި މީހަކު މަޑުކޮށްލައިގެން

އޮގަސްޓް 6، 2026 ގައި އިޓަލީގެ ރޯމަށް ކުރިމަތިވި ގަދަ ހޫނުގެ ރާޅާ ގުޅިގެން، އެ ސިޓީގެ ކޮލޯސިއަމް ސަރަހައްދުގައި ހުރި ފިނިކުރާ ފަންކާއެއްގެ ކުރިމަތީގައި މީހަކު މަޑުކޮށްލައިގެން | ގެޓީ އިމޭޖަސް

ޕެސިފިކް ކަނޑުގެ ހޫނު ސަރަހައްދުތަކުގެ (ޓްރޮޕިކަލް ޕެސިފިކް) ހޫނުމިން އަދިވެސް ހުރީ އާދަޔާ ހިލާފަށް މަތީގަ އެވެ. އެ ސަރަހައްދުގައި "އެލް ނީނިއޯ" ހާލަތް އުފެދެމުންދާއިރު، ކުރިއަށް އޮތް މަސްތަކުގައި މިކަން އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެ އެވެ.

"އެލް ނީނިއޯ" އަކީ ޕެސިފިކް ކަނޑުގައި އުފެދޭ ގުދުރަތީ މޫސުމީ ބަދަލެކެވެ. އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވުމާ މިކަން އެކުވުމުން، ދުނިޔޭގެ ހޫނުމިން ކުއްލިއަކަށް މައްޗަށް ގޮސް މޫސުމީ ނުރައްކާތައް އިތުރުވެ އެވެ.

ކަނޑުތަކަކީ ދުނިޔޭގެ މޫސުން ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ވަސީލަތެކެވެ. ވިހަ ގޭސްތަކުގެ ސަބަބުން އުފެދޭ އިތުރު ހޫނުގެ ބޮޑުބައެއް ކަނޑުތަކަށް ދަމައިގަންނައިރު، ދުނިޔެއަށް ބޭނުންވާ އޮކްސިޖަންގެ ދެބައިކުޅަ އެއްބައި އުފައްދަނީވެސް ކަނޑުތަކުންނެވެ.

ކަނޑުތައް ހޫނުވުމުގެ އެންމެ ބޮޑު ނުރައްކަލަކީ ކަނޑުގެ ލެވެލް މައްޗަށް ދިއުމެވެ. ކަނޑުގެ ފެން ހޫނުވުމުން އެ ފެން ފުޅާވެ އެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިހާތަނަށް ކަނޑުގެ ލެވެލް މައްޗަށް ދިޔަ މިންވަރުގެ ތިންބައިކުޅަ އެއްބައި ހިއްސާކުރަނީ މިގޮތަށް ފެން ހޫނުވެގެން ފުޅާވުމުގެ ސަބަބުންނެވެ. މީގެ ސަބަބުން ތިރި އައްސޭރިފަށުގެ ސަރަހައްދުތަކާއި ޖަޒީރާ ގައުމުތަކަށް ކަނޑުގެ ނުރައްކާ ކުރިމަތިވެ އެވެ.

ކަނޑުތައް ހޫނުވުމުގެ ސަބަބުން ކަނޑުގެ ހޫނު ރާޅުތައް ދިގުލައިގޮސް، އޭގެ ބާރުގަދަވެ އެވެ. މީގެ ސަބަބުން ފަރުތަކުގެ ގާ ހުދުވުމާއި، ކަނޑުގެ ގަސްގަހާގެއްސާއި މަސްވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

ތައިލެންޑުގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ސޫރަތު ތާނީގައި އޮންނަ ކޯ ޓާއޯ ރަށުގެ ވަށައިގެންވާ ފަރުތަކުގެ ގާ ހުދުވަމުންދާ މައްސަލަ ދިރާސާކޮށް ބަލަނީ

ތައިލެންޑުގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ސޫރަތު ތާނީގައި އޮންނަ ކޯ ޓާއޯ ރަށުގެ ވަށައިގެންވާ ފަރުތަކުގެ ގާ ހުދުވަމުންދާ މައްސަލަ ދިރާސާކޮށް ބަލަނީ | ގެޓީ އިމޭޖަސް

ކަނޑުގެ މަތީ ފަށަލަ ހޫނުވުމުން ވައިގެ ތެރެއަށް ބޭރުވާ ހޫނާއި އާވި އިތުރުވެ އެވެ. މީގެ ސަބަބުން ތޫފާންތައް އިތުރަށް ވަރުގަދަވެ، ބޯކޮށް ވާރޭވެހުމަށް މަގުފަހިވެ އެވެ.

ކްލައިމެޓް ޗޭންޖުގެ ސަބަބުން އާދަޔާޚިލާފު ހޫނުގަދަ ހާދިސާތައް އިތުރުވަނީ

ވިލާތުގެ ހުޅަނގު ބައިގައި ޖޫން އަދި ޖުލައި މަހުގެ އެވްރެޖް ހޫނުމިން ހުރީ 21.62 ޑިގްރީ ސެލްސިއަސްގަ އެވެ. މިއީ އާންމު އެވްރެޖަށްވުރެ 2.79 ޑިގްރީ މަތީ އަދަދެކެވެ. އަދި މިއީ މި ދެ މަސްދުވަހުގެ ތެރޭގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ މަތީ ހޫނުމިނެވެ.

ޔޫރަޕިއަން ސެންޓަރ ފޯ މީޑިއަމް-ރޭންޖް ވެދަރ ފޯކާސްޓްސްގެ ކްލައިމެޓް ސްޓްރެޓީޖިކް ލީޑް ސަމަންތާ ބާޖަސް ވިދާޅުވި ގޮތުގައި، 2026 ވަނަ އަހަރުގެ ޖުލައި މަހަކީ ހުޅަނގު ވިލާތަށް އާދަޔާ ހިލާފަށް ހޫނުގަދަވި ޖެހިޖެހިގެން ތިންވަނަ މަހެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގައި ހޫނު ހިފެހެއްޓިފައި ހުރީ މަތީ ޕްރެޝަރުގެ ސިސްޓަމްތަކެއްގެ ސަބަބުންނެވެ. އަދި ބިންގަނޑު ހިކިފައި އޮތުމުގެ ސަބަބުން ގުދުރަތީ ގޮތުން ފިނިކޮށްދިނުމުގެ ގާބިލުކަން ވަނީ ކުޑަވެފަ އެވެ.

"މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހޫނުމިން އިންތިހާއަށް މައްޗަށްދާކަމުގެ ސާފު ހެއްކެއް. ހޫނުގަދަވުމާއި ހަނަފަސްކަން މިވަނީ އެކަތި އަނެކައްޗަށް ބާރުދޭ ކަންތައްތަކަކަށް ވެފައި،" ބާޖަސް އިތުރަށް ވިދާޅުވި އެވެ.

ފްރާންސް، ސްޕެއިން، ޖަރުމަނުގެ ބައެއް ސަރަހައްދުތައް އަދި އިނގިރޭސިވިލާތުގައި ވާރޭވެހުނު މިންވަރު ވަނީ އާދަޔާ ހިލާފަށް މަދުވެފަ އެވެ. އަދި ހުޅަނގު ވިލާތުގެ ބޮޑު ބައެއްގައި ބިމުގެ ތެތްކަން ހުރީ ބޮޑު ހަނަފަސްކަމެއް ކުރިމަތިވި 2022 ވަނަ އަހަރަށްވުރެވެސް ދަށްކޮށެވެ.

މި ފޮޓޯއިން ފެންނަނީ، އިނގިރޭސިވިލާތުގެ ލަންޑަނަށް ކުރިމަތިވި ހޫނު ރާޅުތަކާއި، ގިނަ ދުވަސްތަކެއް ވަންދެން ވާރޭ ނުވެހި އޮތުމުގެ ސަބަބުން އެ ސިޓީގެ ޕާކެއްގެ ވިނަގަނޑު މިލައި މޯޅިވެ، ރީނދޫވެފައިވާ މަންޒަރު

މި ފޮޓޯއިން ފެންނަނީ، އިނގިރޭސިވިލާތުގެ ލަންޑަނަށް ކުރިމަތިވި ހޫނު ރާޅުތަކާއި، ގިނަ ދުވަސްތަކެއް ވަންދެން ވާރޭ ނުވެހި އޮތުމުގެ ސަބަބުން އެ ސިޓީގެ ޕާކެއްގެ ވިނަގަނޑު މިލައި މޯޅިވެ، ރީނދޫވެފައިވާ މަންޒަރު | ގެޓީ އިމޭޖަސް

ކޯރުތަކުގެ ފެންގަނޑުވެސް ވަނީ އާންމު މިންވަރަށްވުރެ ބޮޑަށް ތިރިވެފަ އެވެ. މީގެ ތެރޭގައި ސީން، ރައިން އަދި ޑެނިއުބް ފަދަ މުހިންމު ކޯރުތައް ހިމެނެ އެވެ.

ހަންގޭރީގެ ޕަކްސްގައި މިހާރު ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން، އެ ސިޓީގައި ހުންނަ ނިއުކްލިއާ ޕަވަރ ސްޓޭޝަން ކައިރިން ދެމޭ ޑެނިއުބް ކޯރުގެ ފެންގަނޑު އާދަޔާ ހިލާފަށް ތިލަވެ، ކޯރުގެ އަޑިން ބައެއް ސަރަހައްދުތައް ހާމަވެފައިވާ މަންޒަރު 2026 އޮގަސްޓް 8 ގައި ނަގާފައިވާ މި ފޮޓޯއިން ފެނޭ

ހަންގޭރީގެ ޕަކްސްގައި މިހާރު ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން، އެ ސިޓީގައި ހުންނަ ނިއުކްލިއާ ޕަވަރ ސްޓޭޝަން ކައިރިން ދެމޭ ޑެނިއުބް ކޯރުގެ ފެންގަނޑު އާދަޔާ ހިލާފަށް ތިލަވެ، ކޯރުގެ އަޑިން ބައެއް ސަރަހައްދުތައް ހާމަވެފައިވާ މަންޒަރު 2026 އޮގަސްޓް 8 ގައި ނަގާފައިވާ މި ފޮޓޯއިން ފެނޭ | ގެޓީ އިމޭޖަސް

ކޯރުތަކުގެ ފެން މަދުވުމުގެ ސަބަބުން ފެން ފޯރުކޮށްދިނުމަށާއި، ދަނޑުވެރިކަމަށް ފެން ދިނުމަށާއި، ކަނޑުގެ ދިރުންތަކަށާއި، ކޯރުތަކުގައި ކުރާ ދަތުރުފަތުރާއި ހަކަތަ އުފެއްދުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ދިގުލައިގެން ގޮސްފައިވާ ހޫނު އަދި ހަނަފަސް މޫސުމުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގުމަށް މަގުފަހިވެފައިވެ އެވެ. މިދިޔަ މަހު ހުޅަނގު ވިލާތުގައި ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގާފައިވާއިރު، އަނދައިގެން ދިޔަ ސަރަހައްދާއި ބޭރުވި ދުމުގެ މިންވަރު ވަނީ އާދަޔާ ހިލާފަށް އިތުރުވެފަ އެވެ.

ސްޕޭނުގެ އެންޑަލޫސިއާ ސަރަހައްދުގެ ހުއެލްވާގެ ނިއެބްލާގައި ރޯވި ބޮޑު އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވެ ވަރަށް ބާރުމިނުގައި ފެތުރިފައިވެ އެވެ. 2026 އޮގަސްޓް 8 ވަނަ ދުވަހު ނިއެބްލާގައި ރޯވި މި އަލިފާންގަނޑުގެ ސަބަބުން 4،000 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދަކަށް ވަނީ އޭގެ އަސަރުކޮށްފައި

ސްޕޭނުގެ އެންޑަލޫސިއާ ސަރަހައްދުގެ ހުއެލްވާގެ ނިއެބްލާގައި ރޯވި ބޮޑު އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވެ ވަރަށް ބާރުމިނުގައި ފެތުރިފައިވެ އެވެ. 2026 އޮގަސްޓް 8 ވަނަ ދުވަހު ނިއެބްލާގައި ރޯވި މި އަލިފާންގަނޑުގެ ސަބަބުން 4،000 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދަކަށް ވަނީ އޭގެ އަސަރުކޮށްފައި | ގެޓީ އިމޭޖަސް

ކޮޕަރނިކަސް އެޓްމޮސްފިއަރ މޮނިޓަރިން ސާވިސްގެ ޑައިރެކްޓަރު ލޯރެންސް ރޫއިލް ވިދާޅުވި ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވިލާތުގެ ދެކުނުގައި ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގުމަށް މަގުފަހިވާ ހޫނު އަދި ހަނަފަސް ދުވަސްތައް ދަނީ އިތުރުވަމުންނެވެ. އަދި އަލިފާން ހިފާ މޫސުން މިހާރު ދަނީ އުތުރުގެ ގައުމުތަކަށްވެސް ފެތުރެމުންނެވެ.

ބޮޑެތި އަލިފާންތަކުން ގިނަ އަދަދަކަށް ދުން އުފެދި، ޖައްވުގެ މަތީ ފަށަލައަށް ދުން ފޯރާ ކަމަށާއި، މީގެ ސަބަބުން އެ ދުންތައް ވަރަށް ދުރަށް ދަތުރުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ މާނައަކީ، އާންމުކޮށް އަލިފާނުގެ ހާދިސާތައް މަދުން ހިނގާ ގައުމުތަކަށްވެސް، ދުރު ހިސާބުތަކުން ދަތުރުކުރާ ދުމުގެ އަސަރު ކުރާ މިންވަރު އިތުރުވެގެންދާނެ ކަމެވެ.

އިންތިހާ ހޫނުމިން - 'އާންމު ކަމަކަށް'

ސައިންސްވެރިން ބުނާ ގޮތުގައި "އެލް ނީނިއޯ" ގެ ސަބަބުން ދުނިޔޭގެ ހޫނުމިން ވަގުތީ ގޮތުން އިތުރަށް މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމުގެ އަސަރުތައް ފެންނަމުންދަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން، ހާއްސަކޮށް ބިމުން ނަގާ ތެޔޮ (ފޮސިލް ފިއުލް) އަންދައިގެން ދުނިޔެ ހޫނުވަމުންދާ ދަނޑިވަޅެއްގަ އެވެ.

19 ވަނަ ގަރުނުގެ ފަހުކޮޅާ އަޅާބަލާއިރު، މިހާރު ދުނިޔޭގެ އެވްރެޖް ހޫނުމިން ވަނީ ގާތްގަނޑަކަށް 1.4 ޑިގްރީ ސެލްސިއަސް މައްޗަށް ގޮސްފަ އެވެ.

ކްލައިމެޓް ޗޭންޖްއެލް ނީނިއޯކޮޕަރނިކަސް ކްލައިމެޓް ޗޭންޖް ސާވިސްޕެސިފިކް ކަނޑު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

މެސީގެ ބައްޕަ މަރުވެއްޖެ

5

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

ތޫފާން ޑޮލްފިން ޗައިނާއަށް އަރައި މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން ޖެހިއްޖެ

09 އޯގަސްޓު 2026
ތޫފާން ޑޮލްފިން ޗައިނާއަށް އަރައި މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން ޖެހިއްޖެ
08 އޯގަސްޓު 2026

ރާއްޖޭގެ ފަޅެއްގައި އާދަޔާޚިލާފު ކޮންސެޕްޓަކަށް ތަރައްގީކުރާ ރިސޯޓެއް 450 މިލިއަން ޑޮލަރަށް ވިއްކަން ބޭރުގެ ފަރާތަކުން ހުޅުވާލައިފި

08 އޯގަސްޓު 2026
ރާއްޖޭގެ ފަޅެއްގައި އާދަޔާޚިލާފު ކޮންސެޕްޓަކަށް ތަރައްގީކުރާ ރިސޯޓެއް 450 މިލިއަން ޑޮލަރަށް ވިއްކަން ބޭރުގެ ފަރާތަކުން ހުޅުވާލައިފި
01 އޯގަސްޓު 2026

ޕެސިފިކްގެ ޖަޒީރާ ގައުމެއްކަމަށްވާ ނައުރޫގެ ނަން ބަދަލުކޮށްފި

01 އޯގަސްޓު 2026
ޕެސިފިކްގެ ޖަޒީރާ ގައުމެއްކަމަށްވާ ނައުރޫގެ ނަން ބަދަލުކޮށްފި
01 އޯގަސްޓު 2026

ރައީސް މިހާރު ވިދާޅުވަނީ މޫސުމަށް އަންނަ ބަދަލުތަކަކީ ހަގީގަތެއް ކަމަށް

01 އޯގަސްޓު 2026
ރައީސް މިހާރު ވިދާޅުވަނީ މޫސުމަށް އަންނަ ބަދަލުތަކަކީ ހަގީގަތެއް ކަމަށް
31 ޖުލައި 2026

ހޫނުގަދަވުމުގެ ސަބަބުން 2050 އާ ހަމައަށް ދެކުނު އޭޝިއާގެ އިގްތިސާދަށް 7 އިންސައްތައިގެ ގެއްލުމެއް: ވޯލްޑް ބޭންކް

31 ޖުލައި 2026
ހޫނުގަދަވުމުގެ ސަބަބުން 2050 އާ ހަމައަށް ދެކުނު އޭޝިއާގެ އިގްތިސާދަށް 7 އިންސައްތައިގެ ގެއްލުމެއް: ވޯލްޑް ބޭންކް
27 ޖުލައި 2026

ފަރަންސޭސި ވިލާތުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ނުރައްކާ ބޮޑުވެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް މެކްރޯން ބާއްވަވަނީ

27 ޖުލައި 2026
ފަރަންސޭސި ވިލާތުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ނުރައްކާ ބޮޑުވެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް މެކްރޯން ބާއްވަވަނީ
23 ޖުލައި 2026

އޮސްޓްރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
އޮސްޓްރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
23 ޖުލައި 2026

ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
22 ޖުލައި 2026

ފިރިހެނުން ސޯޓުލައިގެން ވަޒީފާ އަށް އަންނަން ޓޯކިޔޯ ގައި ހުއްދަ ދީފި

22 ޖުލައި 2026
ފިރިހެނުން ސޯޓުލައިގެން ވަޒީފާ އަށް އަންނަން ޓޯކިޔޯ ގައި ހުއްދަ ދީފި
13 ޖުލައި 2026

ބަންގްލަދޭޝްއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މަދުވެގެން 51 މީހުން މަރުވެ، މިލިއަނަކަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ

13 ޖުލައި 2026
ބަންގްލަދޭޝްއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މަދުވެގެން 51 މީހުން މަރުވެ، މިލިއަނަކަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް