Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުމާ ބެހޭ ގައުމީ އިދާރާ

ސެޕްޓެންބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިން ހުންނާނީ މަތީގައި، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވާނެ!

28 އޯގަސްޓު 2026 | ހުކުރު 14:14

ޕެސިފިކް ކަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން އުފެދޭ "އެލްނީނޯ" އިތުރަށް ވަރުގަދަވަމުންދާތީ، ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމުގެ އިތުރުން ދަނޑުވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިންޒާރު ދީފައި. މި ބަދަލުތަކާއެކު ކުރިއަށް އޮތް މަސްތަކުގައި ވާރޭވެހޭ މިންވަރަށް ބަދަލު އައިސް، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް އެ އިދާރާއިން ލަފާކުރޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 އޯގަސްޓު 2026 | ހުކުރު 14:14
ސިނަމާލެ ބްރިޖު ކައިރިން ނަގާފައިވާ ފޮޓޯއެއް: ސެޕްޓެންބަރު މހުން ނޮވެމްބަރު މަހުގެ ނިޔަލަށް ވާރޭ ވެހުން މަދުވެ ހޫނު ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރޭ

ސިނަމާލެ ބްރިޖު ކައިރިން ނަގާފައިވާ ފޮޓޯއެއް: ސެޕްޓެންބަރު މހުން ނޮވެމްބަރު މަހުގެ ނިޔަލަށް ވާރޭ ވެހުން މަދުވެ ހޫނު ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރޭ | ހުސެއިން ފިޔާޒް މޫސާ

ކުރިއަށް އޮތް ސެޕްޓެންބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިން ވެސް ހުންނާނީ އާންމު މިންވަރަށްވުރެ މަތީގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

ޕެސިފިކް ކަނޑުގައި އުފެދިފައިވާ "އެލްނީނޯ" އިތުރަށް ވަރުގަދަވަމުން ދާކަން ހާމަކޮށް އެ އިދާރާ އިން ނެރުނު އެލްނީނޯއާ ބެހޭ ބުލެޓިންގައިވާ ގޮތުން، އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި އިރުމަތީ އިކުއެޓޯރިއަލް ޕެސިފިކް ސަރަހައްދުގެ ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިން ވަނީ އާންމު މިންވަރަށްވުރެ 2.0 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފަ އެވެ. އަދި ނީނޯ 3.4 އިންޑެކްސްއަށް ބަލާއިރު، އޮގަސްޓް މަހުގެ މެދުތެރޭގައި މި މިންގަނޑު ވަނީ 1.8 ޑިގްރީ ސެލްސިއަސް އަށް އުފުލިފަ އެވެ.

Advertisement - newsAdvertisement

ކްލައިމެޓް ޕްރެޑިކްޝަން ސެންޓަރު (ސީޕީސީ) އާ ހަވާލާދީ މެޓް އޮފީހުން ލަފާކުރާ ގޮތުގައި، 2026 ވަނަ އަހަރުގެ ނިޔަލަށް އެލްނީނޯގެ ބާރު ދާނީ ގަދަވަމުންނެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭއިރު، އޭގެ ތެރޭގައި ވާރޭވެހޭ މިންވަރާއި ފިނިހޫނުމިނާއި ތޫފާންތައް އުފެދޭ މިންވަރަށް ބަދަލު އައުން ހިމެނޭ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

ވާރޭވެހޭނެ ކަމަށް ލަފާކުރާ މިންވަރަށް ބަލާއިރު، ސެޕްޓެންބަރު މަހު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުވާނެ ކަމަށް ބެލެވުނު ނަމަވެސް، މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް އާންމު މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެ އެވެ. ނަމަވެސް އޮކްޓޯބަރު އަދި ނޮވެމްބަރު މަހު އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް އާންމުކޮށް ވެހޭ މިންވަރަށްވުރެ ގިނައިން ވާރޭވެހޭނެ ކަމަށާއި، އެންމެ ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ އާންމު މިންވަރަށްވުރެ މަދުން ކަމަށް މެޓް އޮފީހުގެ ބުލެޓިންގައި ބަޔާންކޮށްފައިވެ އެވެ.

އެލްނީނޯގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށާއި އިގްތިސާދީ މުހިންމު ދާއިރާތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް މެޓް އޮފީހުން އިންޒާރުދެ އެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑު އާދަޔާ ޚިލާފަށް ހޫނުވުމުގެ ސަބަބުން ފަރުތަކުގެ ދިރުމަށް ނުރައްކާވެ، މުރަކަ ހުދުވުމުގެ މައްސަލަ ކުރިމަތިވެދާނެ އެވެ. މީގެ ސަބަބުން ފަރުތަކަށް ބަރޯސާވާ ފަތުރުވެރިކަމުގެ ދާއިރާއަށް ނޭދެވޭ އަސަރުކޮށް، އާމްދަނީ ލިބޭ ވަސީލަތްތަކަށް ހުރަސް އެޅިދާނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާ އިން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެގޮތުން ކަނޑުގެ ހޫނުމިނަށް އަންނަ ބަދަލުތަކާއެކު ކަޅުބިލަމަހާއި ރީނދޫއުރަހަ ކަންނެލި އުޅޭ ސަރަހައްދުތައް ބަދަލުވެ، މަސްވެރިކަން ދަށްވުމަކީ އެލްނީނޯ އަހަރުތަކުގައި ތާރީޚީގޮތުން ފާހަގަކުރެވިފައިވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ކަނޑުގެ ފުން ހިސާބުތަކުން މައްޗަށް އަރާ ފިނިފެނާއި ކާނާ މަދުވުމުގެ ސަބަބުން މަސްމަހާމެހީގެ އާބާދީ ދަށްވުމުގެ ފުރުސަތު އޮތްކަން ވެސް މެޓް އޮފީހުން ފާހަގަކުރެ އެވެ.

އެލްނީނޯއާ ގުޅިގެން ހޫނުމިން މަތިވުމުގެ ސަބަބުން ތަންތަން ފިނިކުރުމަށް ބޭނުންވާ ހަކަތައިގެ މިންވަރު އިތުރުވެ، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވާނެ ކަމަށް ވެސް ބުލެޓިންގައިވެ އެވެ. ހަމައެއާއެކު، ވާރޭވެހޭ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ބުރޫއަރައި، ގަސްގަހާގެހިން ކާނާ ލިބޭ މިންވަރު މަދުވެދާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވެ އެވެ. މިކަންކަމުން ހާމަވަނީ މޫސުމީ ބަދަލުތަކުގެ ކުރިމަތީގައި ރާއްޖެ އޮތް ނާޒުކު މިންވަރު ކަމަށާއި، މިފަދަ ބަދަލުތަކަށް ދުރާލާ ތައްޔާރުވުމަކީ މުހިންމު ކަމެއް ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އެލް ނީނިއޯމޫސުމާބެހޭ ގައުމީ އިދާރާކްލައިމެޓް ޕްރެޑިކްޝަން ސެންޓަރު

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

އިތުރަށް ކިޔާލަން

27 އޯގަސްޓު 2026

ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނައިން ހަކުރު އުފައްދާ އިންޑިއާއިން ދިހަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ހަކުރު އިމްޕޯޓް ކުރަނީ

27 އޯގަސްޓު 2026
ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނައިން ހަކުރު އުފައްދާ އިންޑިއާއިން ދިހަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ހަކުރު އިމްޕޯޓް ކުރަނީ
21 އޯގަސްޓު 2026

މިހާރު އުފެދެމުންދާ "އެލް ނީނިއޯ" އަކީ އިންސާނުންގެ ހަނދާނުގައި އުފެދޭ އެންމެ ބާރުގަދަ މިފަދަ ހާދިސާއަށް ވުމުގެ ފުރުސަތު ބޮޑު: ތަޖުރިބާކާރުން

21 އޯގަސްޓު 2026
މިހާރު އުފެދެމުންދާ "އެލް ނީނިއޯ" އަކީ އިންސާނުންގެ ހަނދާނުގައި އުފެދޭ އެންމެ ބާރުގަދަ މިފަދަ ހާދިސާއަށް ވުމުގެ ފުރުސަތު ބޮޑު: ތަޖުރިބާކާރުން
21 އޯގަސްޓު 2026

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސް، ކަނޑުތައް ވިލާގަނޑުގައި ގަދަވާނެ: މޫސުމާބެހޭ ގައުމީ އިދާރާ

21 އޯގަސްޓު 2026
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސް، ކަނޑުތައް ވިލާގަނޑުގައި ގަދަވާނެ: މޫސުމާބެހޭ ގައުމީ އިދާރާ
14 އޯގަސްޓު 2026

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ފ. ނިލަންދޫ އާއި ބިލެއްދޫ އަށް

14 އޯގަސްޓު 2026
ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ފ. ނިލަންދޫ އާއި ބިލެއްދޫ އަށް
14 އޯގަސްޓު 2026

މުޅި ރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ގޯސް، ރާޅުގެ އުސްމިނުގައި 6 ފޫޓު!

14 އޯގަސްޓު 2026
މުޅި ރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ގޯސް، ރާޅުގެ އުސްމިނުގައި 6 ފޫޓު!
12 އޯގަސްޓު 2026

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސް، އަލިވާނެ ކަމަށް ލަފާކުރެވެނީ ހުކުރު ދުވަހުގެ މެންދުރުފަހުން ފެށިގެން!

12 އޯގަސްޓު 2026
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސް، އަލިވާނެ ކަމަށް ލަފާކުރެވެނީ ހުކުރު ދުވަހުގެ މެންދުރުފަހުން ފެށިގެން!
12 އޯގަސްޓު 2026

މިއަދު ވެސް މޫސުން ގޯސް، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ކުރަނީ!

12 އޯގަސްޓު 2026
މިއަދު ވެސް މޫސުން ގޯސް، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ކުރަނީ!
11 އޯގަސްޓު 2026

ހއ. އިން ފެށިގެން ތ. އަށް ބޯކޮށް ވާރޭވެހޭނެ

11 އޯގަސްޓު 2026
ހއ. އިން ފެށިގެން ތ. އަށް ބޯކޮށް ވާރޭވެހޭނެ
10 އޯގަސްޓު 2026

ދުނިޔޭގެ ކަނޑުތަކުގެ ހޫނުމިން ޖުލައިގައި ރެކޯޑް މިންވަރަކަށް އުފުލި ތިމާވެށީގެ ނުރައްކާތައް އިތުރުވަނީ

10 އޯގަސްޓު 2026
ދުނިޔޭގެ ކަނޑުތަކުގެ ހޫނުމިން ޖުލައިގައި ރެކޯޑް މިންވަރަކަށް އުފުލި ތިމާވެށީގެ ނުރައްކާތައް އިތުރުވަނީ
01 އޯގަސްޓު 2026

ވައިގަދަވެގެންނާއި އުދައިގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ބޮޑެތި ގެއްލުންތަކެއް!

01 އޯގަސްޓު 2026
ވައިގަދަވެގެންނާއި އުދައިގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ބޮޑެތި ގެއްލުންތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް