Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެލް ނީނޯ

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

13 ސެޕްޓެމްބަރު 2026 | އާދީއްތަ 08:38

ކުރިއަށް އޮތް ދުވަސްތަކުގައި "އެލް ނީނޯ" ރެކޯޑް މިންވަރަކަށް ވަރުގަދަވެ، ދުނިޔޭގެ ފިނިހޫނުމިން އާދަޔާ ހިލާފަށް މަތިވެދާނެ ކަމުގެ އިންޒާރު އދ. އާއި މޫސުމާ ބެހޭ ޖަމިއްޔާތަކުން ދީފި. ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކުރިމަތިވާ މި ކާރިސާއާ ގުޅިގެން، 2027 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އިގްތިސާދަށާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް މާހިރުން ލަފާކުރޭ

ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2026 | އާދީއްތަ 08:38
ސެޕްޓެމްބަރު 5، 2026 ގައި ސެން ޑިއޭގޯގެ ލާ ހޯޔާގެ ވިންޑަންސީ ބީޗަށް ތޫފާން މާރީގެ ސަބަބުން އުފެދުނު ބޮޑެތި ރާޅުތައް ބިންދާލަމުންދާ މަންޒަރު މަތިން ފެންނަ ފޮޓޯއެއް

ސެޕްޓެމްބަރު 5، 2026 ގައި ސެން ޑިއޭގޯގެ ލާ ހޯޔާގެ ވިންޑަންސީ ބީޗަށް ތޫފާން މާރީގެ ސަބަބުން އުފެދުނު ބޮޑެތި ރާޅުތައް ބިންދާލަމުންދާ މަންޒަރު މަތިން ފެންނަ ފޮޓޯއެއް | ގެޓީ އިމޭޖަސް

ކުރިއަށް އޮތް މަސްތަކުގައި "އެލް ނީނޯ" ރެކޯޑް މިންވަރަކަށް ވަރުގަދަވެ، 2027 ވަނަ އަހަރާ ހަމައަށް ފެންބޮޑުވުމާއި، ހަނަފަސްކަމާއި، އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް މާހިރުން އިންޒާރު ދީފި އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ، އަޅުގަނޑުމެންގެ ލޯމަތީގައި "އެލް ނީނޯ" ގެ ބާރު އާދަޔާ ހިލާފަށް ގަދަވަމުންދާ ކަމަށެވެ.

Advertisement - worldAdvertisement

އޭނާ އިތުރަށް ވިދާޅުވީ، ސައިންސުން މިކަމުގައި އެއްވެސް ޝައްކެއް ނެތް މިންވަރަށް ހެކި ދައްކާ ކަމަށާއި، ދުނިޔެ މިހާރު މިވަނީ މީގެ ކުރިން ތަޖުރިބާކޮށްފައި ނުވާ ފަދަ ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. ކަނޑުގެ ސަތަހައިގެ ހޫނުމިން މަތިވަމުންދާއިރު، ދުނިޔޭގެ ފިނިހޫނުމިން ވެސް ދަނީ މައްޗަށެވެ. މީގެ ސަބަބުން މުޅި ދުނިޔެ މިހާރު އޮތީ މޫސުމީ ނުރައްކާތެރި ކާރިސާތަކެއްގެ ތެރޭގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މިހާރު މިއޮތީ އިތުރުވަމުންދާ ނުރައްކާތަކާއި، މޫސުމީ ބަދަލުތަކުން ރައްޔިތުން ރައްކާތެރިކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތާ ދެމެދު އޮތް ރޭހެއް. އެ ރޭހުން އަޅުގަނޑުމެން ކާމިޔާބު ހޯދަންޖެހޭ،" ގުޓަރޭޒް ވިދާޅުވި އެވެ.

ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެމްއޯ) އިން ބުރާސްފަތި ދުވަހު އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް "އެލް ނީނޯ" ގެ އަސަރު ދެމިއޮތުމުގެ ފުރުސަތު 100 އިންސައްތައާ ގާތްކުރާ ކަމަށް މޫސުމާ ބެހޭ މަރުކަޒުތަކުގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

މިއީ ޑަބްލިއުއެމްއޯގެ ތާރީޚުގައި ވެސް "އެލް ނީނޯ" އާ ގުޅޭގޮތުން މިހާ ސާފު އަދި ޔަގީންކަމާއެކު މައުލޫމާތު ހާމަކުރި ފުރަތަމަ ފަހަރު ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި މޫސުމީ އިދާރާތަކުގެ މެދުގައި މިކަމުގައި ބޮޑު އެއްބަސްވުމެއް އޮތްކަން ހާމަކޮށްދޭ ކަމެކެވެ.

ޑަބްލިއުއެމްއޯގެ ސެކްރެޓަރީ ޖެނެރަލް ސެލެސްޓޭ ސައުލޯ ވިދާޅުވީ، މިކަމަށް ދޭންޖެހޭ އިޖާބަ ވެސް ވާންޖެހޭނީ މި ހާދިސާގެ ބޮޑުމިނާ އެއްވަރުގެ ކަމަކަށް ކަމަށެވެ. އޭނާ ވިދާޅުވީ، އާދަޔާ ހިލާފަށް ބާރުގަދަވަމުންދާ މި "އެލް ނީނޯ" އަށް ތައްޔާރުވުމަށާއި އިޖާބަދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

"ޑަބްލިއުއެމްއޯގެ 50 އަހަރުވީ ތާރީޚުގައި ވެސް، އިންސާނުންގެ ފުރާނައާއި ދިރިއުޅުން ސަލާމަތްކުރުމަށްޓަކައި މޫސުމީ މައުލޫމާތު ފޯރުކޮށްދޭ ގައުމީ އިދާރާތަކާ ގުޅިގެން މިފަދަ ބޮޑު ތައްޔާރީއެއް މީގެ ކުރިން ވެފައެއް ނުވޭ،" ސައުލޯ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސްޕެއިން ބަހުން ނަން ދީފައިވާ "އެލް ނީނޯ" ގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދުތަކަށާއި މުޖުތަމައުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ހަނަފަސްކަމާއި ފެންބޮޑުވުމުގެ ސަބަބުން މިހާރު ވެސް ބޮޑެތި ގެއްލުންތަކެއް ފެންނަމުންދާއިރު، "އެލް ނީނޯ" އިތުރަށް ވަރުގަދަވުމުން މި ގެއްލުންތައް ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެހެންކަމުން ވަގުތު ބޭކާރު ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެލް ނީނޯ" އަކީ ގުދުރަތީ ގޮތުން ހިނގާ މޫސުމީ ބަދަލެކެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މެދުވެރިވާ ކަމެއް ނޫން ނަމަވެސް، ދުނިޔެ ހޫނުވުމުގެ ސަބަބުން މީގެ އަސަރުތައް އިތުރަށް ގޯސްވެ އެވެ. އާންމުގޮތެއްގައި މިކަން ފެށެނީ މާޗް މަހާއި ޖޫން މަހާ ދެމެދުގަ އެވެ. އަދި ނޮވެމްބަރުން ފެބްރުއަރީއަށް މީގެ ބާރު އެންމެ ގަދަވާއިރު، ދުނިޔޭގެ ފިނިހޫނުމިނަށް މީގެ ސަބަބުން ކުރާ އަސަރު އެންމެ ބޮޑަށް ފެންނަނީ އޭގެ ފަހުން އަންނަ އަހަރުގަ އެވެ. މިފަހަރުގެ "އެލް ނީނޯ" އުފެދެމުންދަނީ ޕެސިފިކް ކަނޑުގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވުމުގެ ސަބަބުންނެވެ. މި ސަރަހައްދުގެ ކަނޑުގެ ސަތަހައިގެ ހޫނުމިން މޭ މަހާއި ޖުލައި މަހާ ދެމެދު އާންމު މިންގަނޑަށްވުރެ 1.5 ޑިގްރީ ސެލްސިއަސް މަތިވި ނަމަވެސް، އޮގަސްޓް މަހުގެ މެދާ ހަމައަށް އައިއިރު މި އަދަދު ވަނީ 2.2 އާއި 2.6 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ މިންވަރަކަށް އުފުލިފަ އެވެ. ކަނޑުގެ އަޑީގެ ހޫނުމިން މިއަށްވުރެ ވެސް މަތިވެ، ޖުލައި އަދި އޮގަސްޓް މަހުގެ ކުރީކޮޅު ޕެސިފިކް ކަނޑުގެ ބައެއް ސަރަހައްދުތަކުގެ ހޫނުމިން އާންމު މިންގަނޑަށްވުރެ 8 ޑިގްރީ ސެލްސިއަސް މަތީގައި ހުރިކަން ފާހަގަކުރެވުނެވެ.

ކޮޕަރނިކަސް ކްލައިމެޓް ޗޭންޖް ސާވިސްއިން ބުނި ގޮތުގައި، އޮގަސްޓް 22 ވަނަ ދުވަހު ދުނިޔޭގެ ކަނޑުތަކުގެ ސަތަހައިގެ ހޫނުމިން ވަނީ 21.1 ޑިގްރީ ސެލްސިއަސްއަށް އަރާފަ އެވެ. މިއީ 2024 ވަނަ އަހަރު ރެކޯޑް ކުރެވުނު 21.09 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީ އަދަދެކެވެ.

މިއީ އާދަޔާ ހިލާފު ވަގުތެއްގައި ފެނުނު ބަދަލެކެވެ. ސަބަބަކީ އާންމުކޮށް ކަނޑުގެ ހޫނުމިން އެންމެ މަތިވަނީ މާޗް ނުވަތަ އޭޕްރީލް މަހު ކަމަށް ވެފައި، އޮގަސްޓް މަހު މިފަދަ މަތީ ރެކޯޑެއް ފެނުމެވެ. މިއީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ރެކޯޑް ކުރެވުނު 20.98 ޑިގްރީ ސެލްސިއަސްއަށްވުރެ ވެސް މަތީ މިންވަރެކެވެ. ކޮޕަރނިކަސްއިން ބުނީ މިއީ ދުނިޔޭގެ ކަނޑުތައް ދިގު މުއްދަތަކަށް ހޫނުވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

ނަމަވެސް، ބާރުގަދަ "އެލް ނީނޯ" އެއްގެ ސަބަބުން ދުނިޔޭގެ ހުރިހާ ހިސާބަކަށް ކުރާނީ އެއް އަސަރެއް ނޫން ކަމަށް އެ އިދާރާއިން އިންޒާރު ދެ އެވެ. މީގެ އަސަރު ސަރަހައްދުތަކަށާއި މޫސުމަށް ބަލައި ތަފާތުވާނެ އެވެ.

ސެޕްޓެމްބަރުން ނޮވެމްބަރަށް ޑަބްލިއުއެމްއޯއިން ލަފާކުރާ ގޮތުގައި، ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ ބިމެއްގެ ހޫނުމިން އާންމު މިންގަނޑަށްވުރެ މަތިވާނެ އެވެ. އަދި ވާރޭ ވެހޭ މިންވަރަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ.

މީގެ އިތުރުން، ހަމަ މި މުއްދަތުގައި އިންޑިއާ ކަނޑުގެ ފިނިހޫނުމިނަށް އަންނަ ބަދަލެއް ކަމަށްވާ "އިންޑިއަން އޯޝަން ޑައިޕޯލް" ގެ ސަބަބުން ވެސް ބައެއް ސަރަހައްދުތަކުގައި "އެލް ނީނޯ" ގެ އަސަރުތައް އިތުރަށް ވަރުގަދަވުން ނުވަތަ ބަދަލުވުން އެކަށީގެންވެ އެވެ.

އިނގިރޭސިވިލާތުގެ ތިންކް ޓޭންކެއް ކަމަށްވާ އެނާޖީ އެންޑް ކްލައިމެޓް އިންޓެލިޖެންސް ޔުނިޓް (އީސީއައިޔޫ) އިން ބުނާ ގޮތުގައި، އެ ގައުމަށް އެތެރެކުރާ ކާބޯތަކެތީގެ ހަތަރުބައިކުޅަ އެއްބަޔަކީ "އެލް ނީނޯ" ގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުން އަންނަ ތަކެއްޗެވެ. މީގެ އަގު ގާތްގަނޑަކަށް 17 ބިލިއަން ޕައުންޑަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

އެންމެ ފަހުން 2023-24 ގައި އައި "އެލް ނީނޯ" ގެ ދުވަސްވަރު، ބްރެޒިލްއިން އިނގިރޭސިވިލާތަށް އެތެރެކުރި ކޮފީގެ އަގު 77 އިންސައްތަ މަތިވި އެވެ. އަދި އައިވަރީ ކޯސްޓުން އެތެރެކުރި ކޮކޯ ބީންސްގެ އަގު ދެގުނަވި އެވެ.

އީސީއައިޔޫގެ އިންޓަނޭޝަނަލް ޕްރޮގްރާމްގެ އިސްވެރިޔާ ގަރެތު ރެޑްމަންޑް-ކިންގް ވިދާޅުވީ، ކުރިއަށް އޮތް "އެލް ނީނޯ" ގެ ސަބަބުން އިނގިރޭސިވިލާތަށް މިހާރު ލިބެމުންދާ ގެއްލުންތައް އިތުރަށް ބޮޑުވާނެ ކަމަށެވެ. މިދިޔަ ހޫނު މޫސުމުގައި އެ ގައުމުގައި 1،000 އަށްވުރެ ގިނަ އަލިފާނުގެ ހާދިސާ ހިނގައި، އާދަޔާ ހިލާފަށް ހޫނުގަދަވިކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއީ މިހާތަނަށް ކުރިމަތިވާ އެންމެ ބާރުގަދަ "އެލް ނީނޯ" އަށް ވުން ގާތް ކަމަށާއި، މީގެ ސަބަބުން 2027 ވަނަ އަހަރަކީ ތާރީޚުގައި ވެސް ދުނިޔެ އެންމެ ހޫނުގަދަވާނެ އަހަރަށް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މަސްދަރު: ދި އިންޑިޕެންޑެންޓް

އެލް ނީނޯއެންޓޯނިއޯ ގުޓަރޭޒްދުނިޔޭގެ މޫސުމާބެހޭ އިދާރާ ޕެސިފިކް ކަނޑުކްލައިމެޓް ޗޭންޖް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

އައްޑޫ ސިޓީގެ "ނިއު ސީޒަން" ފިހާރަ އިން މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2026

އެލްނީނޯއާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ސަމާލުވުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި!

09 ސެޕްޓެމްބަރު 2026
އެލްނީނޯއާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ސަމާލުވުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި!
28 އޯގަސްޓު 2026

ސެޕްޓެންބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިން ހުންނާނީ މަތީގައި، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވާނެ!

28 އޯގަސްޓު 2026
ސެޕްޓެންބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިން ހުންނާނީ މަތީގައި، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވާނެ!
28 އޯގަސްޓު 2026

ނޭޕާލުގެ ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މައްޗަށް، ހާހަކަށްވުރެ ގިނަ މީހުންގެ ޚަބަރެއްނެތް

28 އޯގަސްޓު 2026
ނޭޕާލުގެ ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މައްޗަށް، ހާހަކަށްވުރެ ގިނަ މީހުންގެ ޚަބަރެއްނެތް
27 އޯގަސްޓު 2026

ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނައިން ހަކުރު އުފައްދާ އިންޑިއާއިން ދިހަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ހަކުރު އިމްޕޯޓް ކުރަނީ

27 އޯގަސްޓު 2026
ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނައިން ހަކުރު އުފައްދާ އިންޑިއާއިން ދިހަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ހަކުރު އިމްޕޯޓް ކުރަނީ
26 އޯގަސްޓު 2026

ސިޔާސަތުތަކާއި ގާނޫނާއި ގަވައިދުތައް ދޯދިޔާވެ، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހީނަރުވުމުގެ ނުރައްކާ ބޮޑުވަނީ

26 އޯގަސްޓު 2026
ސިޔާސަތުތަކާއި ގާނޫނާއި ގަވައިދުތައް ދޯދިޔާވެ، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހީނަރުވުމުގެ ނުރައްކާ ބޮޑުވަނީ
21 އޯގަސްޓު 2026

މިހާރު އުފެދެމުންދާ "އެލް ނީނިއޯ" އަކީ އިންސާނުންގެ ހަނދާނުގައި އުފެދޭ އެންމެ ބާރުގަދަ މިފަދަ ހާދިސާއަށް ވުމުގެ ފުރުސަތު ބޮޑު: ތަޖުރިބާކާރުން

21 އޯގަސްޓު 2026
މިހާރު އުފެދެމުންދާ "އެލް ނީނިއޯ" އަކީ އިންސާނުންގެ ހަނދާނުގައި އުފެދޭ އެންމެ ބާރުގަދަ މިފަދަ ހާދިސާއަށް ވުމުގެ ފުރުސަތު ބޮޑު: ތަޖުރިބާކާރުން
10 އޯގަސްޓު 2026

ދުނިޔޭގެ ކަނޑުތަކުގެ ހޫނުމިން ޖުލައިގައި ރެކޯޑް މިންވަރަކަށް އުފުލި ތިމާވެށީގެ ނުރައްކާތައް އިތުރުވަނީ

10 އޯގަސްޓު 2026
ދުނިޔޭގެ ކަނޑުތަކުގެ ހޫނުމިން ޖުލައިގައި ރެކޯޑް މިންވަރަކަށް އުފުލި ތިމާވެށީގެ ނުރައްކާތައް އިތުރުވަނީ
09 އޯގަސްޓު 2026

ތޫފާން ޑޮލްފިން ޗައިނާއަށް އަރައި މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން ޖެހިއްޖެ

09 އޯގަސްޓު 2026
ތޫފާން ޑޮލްފިން ޗައިނާއަށް އަރައި މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން ޖެހިއްޖެ
08 އޯގަސްޓު 2026

ރާއްޖޭގެ ފަޅެއްގައި އާދަޔާޚިލާފު ކޮންސެޕްޓަކަށް ތަރައްގީކުރާ ރިސޯޓެއް 450 މިލިއަން ޑޮލަރަށް ވިއްކަން ބޭރުގެ ފަރާތަކުން ހުޅުވާލައިފި

08 އޯގަސްޓު 2026
ރާއްޖޭގެ ފަޅެއްގައި އާދަޔާޚިލާފު ކޮންސެޕްޓަކަށް ތަރައްގީކުރާ ރިސޯޓެއް 450 މިލިއަން ޑޮލަރަށް ވިއްކަން ބޭރުގެ ފަރާތަކުން ހުޅުވާލައިފި
01 އޯގަސްޓު 2026

ޕެސިފިކްގެ ޖަޒީރާ ގައުމެއްކަމަށްވާ ނައުރޫގެ ނަން ބަދަލުކޮށްފި

01 އޯގަސްޓު 2026
ޕެސިފިކްގެ ޖަޒީރާ ގައުމެއްކަމަށްވާ ނައުރޫގެ ނަން ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް