Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އަރާގްޗީ އީރާނުގެ 'ސާފު އަދި ދެފުށް ފެންނަ' ޝަރުތުތައް އެމެރިކާއަށް ހުށަހަޅުއްވައިފި: ތަރުޖަމާނު

24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 06:57

އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ގަތަރު މެދުވެރިކޮށް އީރާނާއި އެމެރިކާއާ ދެމެދު މެސެޖު ބަދަލުކުރުމުގެ އާ ބުރެއް ކުރިއަށް ގެންގޮސްފައިވާކަން އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައި. މި ބައްދަލުވުމުގައި ޑިޕްލޮމެޓިކް ގުޅުންތައް އިއާދަކުރުމަށްޓަކައި އެމެރިކާއިން ފުރިހަމަކުރަންޖެހޭ ހަރުކަށި ޝަރުތުތަކެއް އީރާނުން ވަނީ ރަސްމީކޮށް ހުށަހަޅާފައި. މީގެ ތެރޭގައި އިގްތިސާދީ ދަތިކުރުންތައް ހުއްޓާލުމާއި، ހިފަހައްޓާފައިވާ މާލީ އެސެޓްތައް ދޫކޮށްލުން ހިމެނޭ

ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 06:57
އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ އދ. ގެ މައި މަރުކަޒުގައި 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައި، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އާއި އެ ގައުމުގެ ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.

އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ އދ. ގެ މައި މަރުކަޒުގައި 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައި، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އާއި އެ ގައުމުގެ ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. | ރޮއިޓާސް

ޑިޕްލޮމެޓިކް ގުޅުންތައް އަލުން އިއާދަކުރުމަށްޓަކައި އީރާނުން ބަދަލުނުކުރެވޭނެ ފަދަ ހަރުކަށި ޝަރުތުތަކެއް ރަސްމީކޮށް އެމެރިކާއަށް ހުށަހަޅައިފި އެވެ. މި ޝަރުތުތަކުގެ ތެރޭގައި އެމެރިކާއިން ހިންގާ އުދުވާނީ އަމަލުތައް މުޅިން ހުއްޓާލުމާއި، ކަނޑުގެ މަގުން އަޅާފައިވާ ބްލޮކޭޑް ނުވަތަ ބަންދުތައް އުވާލުމުގެ އިތުރުން، ހިފަހައްޓާފައިވާ އީރާނުގެ މާލީ އެސެޓްތައް ވަގުތުން ދޫކޮށްލުން ހިމެނެ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ އަންގާރަ ދުވަހު ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ގަތަރު މެދުވެރިވެގެން ތެހެރާނާއި ވޮޝިންޓަނާ ދެމެދު މެސެޖު ބަދަލުކުރުމުގެ އާ ބުރެއް ކުރިއަށް ގޮސްފައިވާ ކަމަށެވެ.

Advertisement - worldAdvertisement

"އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި އިއްޔެ، މެދުވެރި ގައުމުތައް މެދުވެރިކޮށް އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ވާހަކަތަކުގެ ތެރެއިން، ގަތަރު މެދުވެރިކޮށް މެސެޖު ބަދަލުކުރުމާއި ކަންކަން ސާފުކުރުމުގެ އިތުރު ބުރެއް ވަނީ ކުރިއަށް ގެންގޮސްފައި،" ބަޣާއީ ވިދާޅުވި އެވެ.

މި ޑިޕްލޮމެޓިކް މުއާމަލާތަކީ ވަރަށް ފުރިހަމަ އަދި އެއްވެސް އޮޅުމެއް ނެތް ސާފު މުއާމަލާތެއްކަން ފާހަގަކުރައްވަމުން، މި މަރުހަލާ ގާތްގަނޑަކަށް ދެ ގަޑިއިރަށް ދެމިގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަރުހަލާގައި، ޑިޕްލޮމެޓިކް ގުޅުންތައް އިއާދަކުރުމަށް އީރާނުން ގެންގުޅޭ ސިޔާސަތުތަކާއި ޝަރުތުތައް އެމެރިކާގެ ފަރާތަށް ފޯރުކޮށްދީފައިވަނީ އެއްވެސް ޝައްކެއް ނުވަތަ އޮޅުމެއް ނެތް ގޮތަށް، އަދި އެއްވެސް ފަރާތަކަށް ބަހަނާއެއް ދެއްކުމުގެ ފުރުސަތު ނޯންނާނެ ފަދަ ގޮތަކަށް،" ތަރުޖަމާނު އިތުރަށް ވިދާޅުވި އެވެ.

މާނަހުރި ޑިޕްލޮމެޓިކް ކުރިއެރުމެއް ހޯދުމުގެ ކުރިން ވޮޝިންޓަނުން ފުރިހަމަކުރަންޖެހޭ ވަކިވަކި ޝަރުތުތައް ބަޣާއީ ތަފްސީލުކޮށްދެއްވި އެވެ. އަދި ތެހެރާނުގެ ނިންމުންތަކަކީ ބަދަލުނުވާނެ ސާފު ނިންމުންތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އީރާނުގެ ޝަރުތުތަކަކީ ސާފު އަދި ދެފުށް ފެންނަ ޝަރުތުތަކެއް،" ބަޣާއީ ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ޝަރުތުތަކުގެ ތެރޭގައި، އެމެރިކާއިން ހިންގާ އުދުވާނީ އަމަލުތައް މުޅިން ހުއްޓާލުން ހިމެނެ އެވެ. މީގެ ތެރޭގައި ކަނޑުގެ މަގުން އަޅާފައިވާ ބަންދުތަކާއި އިގްތިސާދީ ޓެރަރިޒަމް ހުއްޓާލުމާއި، ހުރިހާ ދިމާއަކުން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމާއި، އީރާނުގެ ހިފަހައްޓާފައިވާ ނުވަތަ ހުރަސް އަޅާފައިވާ މާލީ އެސެޓްތައް ދޫކޮށްލުން ހިމެނެ އެވެ. މީގެ އިތުރުން ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން އީރާނާއި އޮމާނާ ދެމެދު އެއްބަސްވެފައިވާ ފަދައިން، އަމާން ކަނޑުދަތުރުފަތުރުގެ މަގެއް ގަބޫލުކުރުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ގަތަރު މެދުވެރިކޮށް ކުރިއަށްދިޔަ މި ފަހުގެ ޑިޕްލޮމެޓިކް މުއާމަލާތްތައް މި ހިނގަނީ، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން ފެށި އުދުވާނީ ހަނގުރާމައަށްފަހު، އީރާނަށް ސްޓްރެޓީޖިކް ގޮތުން ކުރިލިބިފައިވާ ދަނޑިވަޅެއްގަ އެވެ.

ކަނޑުގެ މަގުން ބަންދުތައް ކުރިމަތިކުރުވައި "އިގްތިސާދީ ޓެރަރިޒަމް" ގެ ކެމްޕޭނެއް ހިންގުމަށް ވޮޝިންޓަނުން މަސައްކަތް ކުރި ނަމަވެސް، އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން ވަނީ އެމެރިކާގެ އަސްކަރީ ކުރިއެރުންތައް ނާކާމިޔާބުކޮށްލައި، ހުރްމުޒް ކަނޑުއޮޅީގެ އޮޕަރޭޝަނަލް ކޮންޓްރޯލް ކާމިޔާބުކަމާއެކު ހޯދާފަ އެވެ.

ބަޣާއީ ތަފްސީލުކޮށްދެއްވި މި ޝަރުތުތަކަކީ އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ކަނޑައަޅާފައިވާ ފުޅާ ސްޓްރެޓީޖިކް އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ ޝަރުތުތަކެކެވެ.

މި ހަފުތާގެ ކުރީކޮޅު މޭޖަރ ޖެނެރަލް މުހްސިން ރިޒާއީ ހާމަކުރެއްވި ގޮތުގައި، ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް އީރާނުން ވަނީ ރަސްމީކޮށް ހަތް ޝަރުތެއް އެކުލަވާލާފަ އެވެ. އަދި މި ޝަރުތުތައް ޕާކިސްތާނާއި، ގަތަރު އަދި އިރާގު މެދުވެރިކޮށް އެމެރިކާއަށް ވަނީ އަންގާފަ އެވެ.

އެއްފަރާތުން ދޫދިނުމުގެ ޒަމާން މިހާރު ނިމިފައިވާ ކަމަށް ތެހެރާނުން ތަކުރާރުކޮށް ބުނަމުންދާއިރު، އިތުބާރު އުފެއްދުމަށްޓަކައި އެމެރިކާއިން ފުރަތަމަ ފިޔަވަޅު އަޅަންޖެހޭނެކަން އީރާނުން ވަނީ ސާފުކޮށްދީފަ އެވެ.

އީރާން-އެމެރިކާއިސްމާޢީލް ބަޣާއީއީރާން ހަނގުރާމަ

އެންމެ ހިނގާ

1

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

2

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

3

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

4

ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި

5

ބޮލުން ގުޅިފައިވާ އެއްމާބަނޑު ދެބެން ކާމިޔާބުކަމާއެކު ވަކިކޮށްފި

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

"ނިއުކްލިއާ ބޮން އޮތީ އިސްރާއީލުގައި، އިންސްޕެކްޓަރުން ތިބީ އީރާނުގައި" - ޕެޒެޝްކިއަން

24 ސެޕްޓެމްބަރު 2026
"ނިއުކްލިއާ ބޮން އޮތީ އިސްރާއީލުގައި، އިންސްޕެކްޓަރުން ތިބީ އީރާނުގައި" - ޕެޒެޝްކިއަން
23 ސެޕްޓެމްބަރު 2026

ޚާމަނާއީ: ތައުލީމަކީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އޮތް ދަގަނޑު އައްޑަނަ

23 ސެޕްޓެމްބަރު 2026
ޚާމަނާއީ: ތައުލީމަކީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އޮތް ދަގަނޑު އައްޑަނަ
22 ސެޕްޓެމްބަރު 2026

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

22 ސެޕްޓެމްބަރު 2026
އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި
22 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟

22 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟
21 ސެޕްޓެމްބަރު 2026

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

21 ސެޕްޓެމްބަރު 2026
އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން
21 ސެޕްޓެމްބަރު 2026

މަޝްވަރާތަކަށް އެނބުރި އައުމުގެ "ދޮރު އީރާނަށް ހުޅުވިފައި": އެމެރިކާ

21 ސެޕްޓެމްބަރު 2026
މަޝްވަރާތަކަށް އެނބުރި އައުމުގެ "ދޮރު އީރާނަށް ހުޅުވިފައި": އެމެރިކާ
21 ސެޕްޓެމްބަރު 2026

އިރާނުން އެމެރިކާގެ އެމް.ކިއު-1 މަރުކާގެ ޑްރޯންއެއް އަނެއްކާވެސް ވައްޓާލައިފި

21 ސެޕްޓެމްބަރު 2026
އިރާނުން އެމެރިކާގެ އެމް.ކިއު-1 މަރުކާގެ ޑްރޯންއެއް އަނެއްކާވެސް ވައްޓާލައިފި
21 ސެޕްޓެމްބަރު 2026

އިސްތިގުލާލަށް އަރައިގެންފި ނަމަ ޖެހިލުމެއް، ހުއްޓުމެއްނެތި ހަމަލާތައް ދޭނަން: އީރާން

21 ސެޕްޓެމްބަރު 2026
އިސްތިގުލާލަށް އަރައިގެންފި ނަމަ ޖެހިލުމެއް، ހުއްޓުމެއްނެތި ހަމަލާތައް ދޭނަން: އީރާން
20 ސެޕްޓެމްބަރު 2026

އެމެރިކާއިން އެއްބަސްވުމަށް އަމަލުކޮށް ޝަރުތުތައް ފުރިހަމަކުރަންދެން ހުރްމުޒް ކަނޑުއޮޅި ބަންދުވާނެ: އީރާން

20 ސެޕްޓެމްބަރު 2026
އެމެރިކާއިން އެއްބަސްވުމަށް އަމަލުކޮށް ޝަރުތުތައް ފުރިހަމަކުރަންދެން ހުރްމުޒް ކަނޑުއޮޅި ބަންދުވާނެ: އީރާން
19 ސެޕްޓެމްބަރު 2026

ރިޕޯޓް: އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު ވައިޓް ހައުސްއިން ހާމަކުރި އަދަދަށްވުރެ އިތުރު

19 ސެޕްޓެމްބަރު 2026
ރިޕޯޓް: އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު ވައިޓް ހައުސްއިން ހާމަކުރި އަދަދަށްވުރެ އިތުރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް