Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ޚާމަނާއީ: ތައުލީމަކީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އޮތް ދަގަނޑު އައްޑަނަ

23 ސެޕްޓެމްބަރު 2026 | ބުދަ 06:54

އީރާނުގެ އާ ތައުލީމީ އަހަރު ފެށުމާ ގުޅިގެން ދެއްވި މެސެޖެއްގައި، އީމާންތެރިކަމާއި އަޚުލާގާ އެކު އުނގެނޭ އިލްމަކީ އެމެރިކާ އާއި އިސްރާއީލުގެ އުދުވާނުތަކުން ދިފާއުވުމަށް އޮތް ވަރުގަދަ އައްޑަނައެއް ކަމަށް އާޔަތުﷲ ޚާމަނާއީ ވިދާޅުވެއްޖެ. ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމުގައި ޒުވާން ޖީލުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި، ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ކުރިއެރުން ހޯދުމަށް އެމަނިކުފާނު ދަރިވަރުންނަށް އިލްތިމާސްކުރެއްވި

ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2026 | ބުދަ 06:54
އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީ

އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީ | ޕްރެސް ޓީވީ

އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީ، އުނގެނުމާއި ހުނަރާއި އަދަބު އަޚުލާގު އިސްކުރުމަށް ދަރިވަރުންނަށް ގޮވާލައްވައި، ތައުލީމަކީ އެމެރިކާ އާއި އިސްރާއީލުގެ އުދުވާނުން ދިފާއުވުމަށް އޮތް ވަސީލަތެއްގެ ގޮތުގައި ސިފަކުރައްވައިފި އެވެ.

އަންގާރަ ދުވަހު ސްކޫލްތަކާއި ޔުނިވާސިޓީތައް އަލުން ހުޅުވުމާ ގުޅިގެން ދެއްވި މެސެޖެއްގައި އާޔަތުﷲ ޚާމަނާއީ ވިދާޅުވީ، އީމާންތެރިކަމާއި އަޚުލާގާ އެކު އުނގަންނައިދޭ ތައުލީމަކީ އެމެރިކާ އާއި އިސްރާއީލުގެ އުދުވާނުތަކާ ދެކޮޅަށް ބޭނުންކުރެވޭނެ "ދަގަނޑު އައްޑަނައެއް" ކަމަށެވެ.

Advertisement - worldAdvertisement

"ނުފޫޒުގަދަ ބާރުތަކުގެ އަނިޔާވެރިކަން، ޚާއްސަކޮށް ކުށްވެރި އެމެރިކާ ސަރުކާރާއި ހަދައިގެން އުޅޭ ޒަޔަނިސްޓް ދައުލަތުގެ (އިސްރާއީލުގެ) އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ މި ދުވަސްވަރު، ތަގުވާވެރިކަމާއި އަޚުލާގާ އެކު އުނގެނޭ އިލްމަކީ އިންސާނިއްޔަތަށް ހުރަސްއަޅާ އުދުވާނީންގެ އަތްތައް ބުރިކޮށްލެވޭނެ ތޫނު ކަނޑިއެއް އަދި ވަރުގަދަ ދަގަނޑު އައްޑަނައެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

އީރާނުގެ އާ ތައުލީމީ އަހަރު ފެށުމާ ގުޅިގެން ދެއްވި މި މެސެޖުގައި، އީރާނުގެ މުސްތަގުބަލު ބައްޓަންކުރުމުގައި ޒުވާން ޖީލުގެ ދައުރުގެ މައްޗަށް ލީޑަރު ވަނީ ބާރުއަޅުއްވާފަ އެވެ.

ސްކޫލްތަކާއި ޔުނިވާސިޓީތަކުގައި ހޭދަކުރާ އަހަރުތަކަކީ އިލްމު އުނގެނުމާއި، އަމަލީ ހުނަރުތައް ތަރައްގީކުރުމުގެ އިތުރުން، އާއިލާއާއި، އަވަށްޓެރިންނާއި މުޅި މުޖުތަމައާ އޮންނަ ގުޅުން ބަދަހިކުރުމަށް ބޭނުންކުރާ ދުވަސްތަކަކަށް ހެދުމަށް އެމަނިކުފާނު ދަރިވަރުންނަށް އިލްތިމާސްކުރެއްވި އެވެ.

އީރާނުގެ ތައުލީމީ ދާއިރާގެ އުދަރެސް ފުޅާކޮށް، ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ކުރިއެރުންތައް ހޯދައި، ގައުމު ތަރައްގީކުރުމުގައި ހިއްސާވުމަކީ ދަރިވަރުންގެ ޒިންމާއެއް ކަމަށް ލީޑަރު ވިދާޅުވި އެވެ.

މީގެ އިތުރުން، ގައުމީ ވަންތަކަމާއި، ސަގާފީ މިނިވަންކަމާއި، ފާރިސީ ބަހުގެ އިތުރުން އިސްލާމީ ޖުމްހޫރިއްޔާގެ ރަމްޒުތައް ހިމާޔަތްކުރަމުން، ފާޑުކިޔުމުގެ ވިސްނުމާއި އުފެއްދުންތެރިކަން އިތުރުކުރުމަށް ވެސް އެމަނިކުފާނު ދަރިވަރުންނަށް ހިތްވަރު ދެއްވި އެވެ.

ފަހަކަށް އައިސް ހިނގަމުންދާ ހަނގުރާމައަށް އިޝާރާތް ކުރައްވައި އާޔަތުﷲ ޚާމަނާއީ ވިދާޅުވީ، ތައުލީމީ މުއައްސަސާތައް އަލުން ހުޅުވޭއިރު، އީރާނުގެ ސްކޫލްތަކާއި ޔުނިވާސިޓީތަކުން މަރުވި ދަރިވަރުންނާއި، މުދައްރިސުން އަދި ޕްރޮފެސަރުންގެ ހުސްކަން އިހުސާސް ކުރެވޭނެ ކަމަށެވެ.

އީރާނުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އީރާނުގެ 296 ދަރިވަރުންނާއި 65 އަށް ވުރެ ގިނަ މުދައްރިސުން ވަނީ މަރުވެފަ އެވެ. ހަނގުރާމައިގެ ފުރަތަމަ ދުވަހު ދިން އެންމެ ނުރައްކާތެރި އެއް ހަމަލާގައި، އެމެރިކާ ސިފައިން މިނާބްގައި ހުންނަ ޝަޖަރޭ ތައްޔިބާ އެލިމެންޓްރީ ސްކޫލަށް ދިން ދެ ހަމަލާއެއްގައި 160 އަށް ވުރެ ގިނަ ދަރިވަރުންނާއި މުދައްރިސުން ވަނީ މަރުވެފަ އެވެ.

ޝަހީދުވި ދަރިވަރުންނާއި، ޕްރޮފެސަރުން އަދި މުދައްރިސުންގެ ހުސްކަން އިހުސާސް ކުރެވޭނެ ކަމަށް ވިދާޅުވަމުން ލީޑަރު ވިދާޅުވީ، "މި ހިތާމައަކީ ހައްގާއި ބާތިލުގެ މެދުގައި ހިނގާ ހަނގުރާމައިގެ ހަގީގީ ސޫރަ އަޅުގަނޑުމެންގެ ސިކުނޑިތަކަށް ވިސްނައިދޭނެ ކަމެއް" ކަމަށެވެ.

ޖީލުތައް ބިނާކުރުމުގައި މުދައްރިސުންނާއި ޔުނިވާސިޓީ ޕްރޮފެސަރުން އަދާކުރާ ދައުރަށް ތައުރީފު ކުރައްވަމުން، އެ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މުދައްރިސުންގެ ދިރިއުޅުމުގެ ހާލަތާ މެދު ހުރި ކަންބޮޑުވުންތައް ގަބޫލުކުރައްވައި، އެ ފަރާތްތަކުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ފައިދާހުރި ފިޔަވަޅުތަކެއް އެޅޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ލީޑަރު ވިދާޅުވި އެވެ.

އާޔަތުﷲ ޚާމަނާއީ އިތުރަށް ވިދާޅުވީ، މީގެ ކުރީގެ ޖީލުތަކުގައި އީރާނު ދިފާއުކުރި ދަރިވަރުންނަކީ، މިހާރު ސްކޫލްތަކާއި ޔުނިވާސިޓީތަކަށް ވަންނަ ދަރިވަރުންނަށް އޮތް ނަމޫނާއެއް ކަމަށެވެ.

އާ ތައުލީމީ އަހަރުގެ މުނާސަބަތުގައި ދަރިވަރުންނާއި، މުދައްރިސުން އަދި ޕްރޮފެސަރުންނަށް ތަހުނިޔާ ފޮނުއްވަމުން، ޒުވާން ޖީލުން ސައިންސާއި، ތައުލީމާއި ގައުމީ ތަރައްގީގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ލީޑަރު ވިދާޅުވި އެވެ.

އާޔަތުﷲ ޚާމަނާއީއީރާންއީރާން-އެމެރިކާ

އެންމެ ހިނގާ

1

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

2

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

3

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

4

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

5

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2026

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

23 ސެޕްޓެމްބަރު 2026
އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟
22 ސެޕްޓެމްބަރު 2026

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

22 ސެޕްޓެމްބަރު 2026
އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި
22 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟

22 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟
21 ސެޕްޓެމްބަރު 2026

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

21 ސެޕްޓެމްބަރު 2026
އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން
21 ސެޕްޓެމްބަރު 2026

މަޝްވަރާތަކަށް އެނބުރި އައުމުގެ "ދޮރު އީރާނަށް ހުޅުވިފައި": އެމެރިކާ

21 ސެޕްޓެމްބަރު 2026
މަޝްވަރާތަކަށް އެނބުރި އައުމުގެ "ދޮރު އީރާނަށް ހުޅުވިފައި": އެމެރިކާ
21 ސެޕްޓެމްބަރު 2026

އިރާނުން އެމެރިކާގެ އެމް.ކިއު-1 މަރުކާގެ ޑްރޯންއެއް އަނެއްކާވެސް ވައްޓާލައިފި

21 ސެޕްޓެމްބަރު 2026
އިރާނުން އެމެރިކާގެ އެމް.ކިއު-1 މަރުކާގެ ޑްރޯންއެއް އަނެއްކާވެސް ވައްޓާލައިފި
21 ސެޕްޓެމްބަރު 2026

ހޫޘީންނަށް ރައްދު ދޭނެ ސާފު ރޭވުމެއް ސައޫދީއާއި އެމެރިކާގެ ނެތް، ހާލަތު އިތުރަށް ގޯސްވެދާނެ!

21 ސެޕްޓެމްބަރު 2026
ހޫޘީންނަށް ރައްދު ދޭނެ ސާފު ރޭވުމެއް ސައޫދީއާއި އެމެރިކާގެ ނެތް، ހާލަތު އިތުރަށް ގޯސްވެދާނެ!
21 ސެޕްޓެމްބަރު 2026

ގަލްފުގެ ގައުމުތަކާއި އީރާން ގުޅުވައިދޭ ސަލާމަތީ އޮނިގަނޑެއް ގާއިމުކުރަން ޖެހޭ: ގަތަރުގެ ބޮޑުވަޒީރު

21 ސެޕްޓެމްބަރު 2026
ގަލްފުގެ ގައުމުތަކާއި އީރާން ގުޅުވައިދޭ ސަލާމަތީ އޮނިގަނޑެއް ގާއިމުކުރަން ޖެހޭ: ގަތަރުގެ ބޮޑުވަޒީރު
21 ސެޕްޓެމްބަރު 2026

އިސްތިގުލާލަށް އަރައިގެންފި ނަމަ ޖެހިލުމެއް، ހުއްޓުމެއްނެތި ހަމަލާތައް ދޭނަން: އީރާން

21 ސެޕްޓެމްބަރު 2026
އިސްތިގުލާލަށް އަރައިގެންފި ނަމަ ޖެހިލުމެއް، ހުއްޓުމެއްނެތި ހަމަލާތައް ދޭނަން: އީރާން
20 ސެޕްޓެމްބަރު 2026

ރިޔާޟަށް ދިން ހަމަލާއާއެކު ސައުދީއާއި ހޫޘީންގެ ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު!

20 ސެޕްޓެމްބަރު 2026
ރިޔާޟަށް ދިން ހަމަލާއާއެކު ސައުދީއާއި ހޫޘީންގެ ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް