Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އިރާނުން އެމެރިކާގެ އެމް.ކިއު-1 މަރުކާގެ ޑްރޯންއެއް އަނެއްކާވެސް ވައްޓާލައިފި

21 ސެޕްޓެމްބަރު 2026 | ހޯމަ 06:21

އިރާނުގެ ވައިގެ ސަރަހައްދަށް ވަން އެމެރިކާގެ ގިނަ އަދަދެއްގެ ޑްރޯންތަކެއް އެގައުމުގެ ދިފާއީ ނިޒާމުތަކުން ވައްޓާލުމާ ގުޅިގެން، އެމެރިކާގެ އަސްކަރިއްޔާއަށް 720 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ މާލީ ގެއްލުމާ ކުރިމަތިލާން ޖެހިއްޖެ. އެމެރިކާއިން ސަރަހައްދީ ކަންކަމުގެ ތެރެއަށް ވަދެގަތުން ހުއްޓާލަންދެން، ރައްދު ފިޔަވަޅެއްގެ ގޮތުން ހުރްމުޒް ކަނޑުއޮޅީގެ މަގުތައް ބަންދުކޮށްފައި ބާއްވާނެ ކަމަށް އިރާނުން ވަނީ ބުނެފައި

ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2026 | ހޯމަ 06:21
އެމެރިކާގެ އެމްކިއު-1 ޕްރެޑޭޓަރ ޑްރޯނެއް

އެމެރިކާގެ އެމްކިއު-1 ޕްރެޑޭޓަރ ޑްރޯނެއް | ގެޓީ އިމޭޖަސް

އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ އެއަރޯސްޕޭސް ފޯސް އިން، ހުރްމުޒް ކަނޑުއޮޅި މަތިން ދަތުރުކުރަމުންދިޔަ އެމެރިކާ އަސްކަރިއްޔާގެ އެމް.ކިއު-1 މަރުކާގެ އިތުރު ޑްރޯންއެއް ހުއްޓުވައި ގޮއްވާލައިފި އެވެ.

މިކަމާ ގުޅޭގޮތުން އައި.އާރް.ޖީ.ސީ އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ މި އުޅަނދު ވައްޓާލާފައިވަނީ އިރާނުގެ އިންޓަގްރޭޓެޑް އެއަރ-ޑިފެންސް ނެޓްވޯކުގެ ދަށުން ހިންގާ އެއަރޯސްޕޭސް ފޯސްގެ އާ ވައިގެ ދިފާއީ ނިޒާމެއް ބޭނުންކޮށްގެން ކަމަށެވެ.

Advertisement - worldAdvertisement

މެދު މިންވަރެއްގެ އުސްމިނެއްގައި ގިނަ ވަގުތު އުދުހުމުގެ ގާބިލުކަން ލިބިފައިވާ މި ޑްރޯންއަކީ، އަފްޣާނިސްތާނުގެ މަތިން 20،000 ގަޑިއިރުގެ އުދުހުންތައް ފުރިހަމަކޮށް "ބުޗަރ އޮފް ކަންދަހާރު" ނުވަތަ ކަންދަހާރުގެ ގާތިލުގެ ނަމުން މަޝްހޫރުވެފައިވާ އުޅަނދެކެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން މި މަރުކާގެ ޑްރޯންތައް މީގެ އަހަރުތަކެއް ކުރިން އުނިކޮށް، އޭގެ ބަދަލުގައި އެމް.ކިއު-9 މަރުކާގެ ޑްރޯންތައް ވަނީ ބޭނުންކުރަން ފަށާފަ އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އަލުން މި ޑްރޯން ބޭނުންކުރަން ފަށާފައިވަނީ، އިރާނުގެ ދިފާއީ ހަމަލާތަކުގައި އެމެރިކާގެ އެމް.ކިއު-9 މަރުކާގެ ގިނަ އަދަދެއްގެ ޑްރޯންތަކެއް ސުންނާފަތިވުމާ ގުޅިގެން ކަމަށް ބެލެވެ އެވެ.

އެމެރިކާގެ ކޮންގްރެޝަނަލް ބަޖެޓް އޮފީހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެމެރިކާ އާއި އިސްރާއީލުން އިރާނާ ދެކޮޅަށް ފަހުގެ އުދުވާނުތައް ފެށި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެމް.ކިއު-9 ރީޕަރ މަރުކާގެ މަދުވެގެން 24 ޑްރޯން ވަނީ ގެއްލިފަ އެވެ. އެ އޮފީހުން އާންމުކުރި ހިސާބުތަކަށް ބަލާއިރު، މި ގެއްލުންތަކުގެ އަގު ގާތްގަނޑަކަށް 720 މިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ.

ނަމަވެސް، އިރާނުގެ އައި.އާރް.ޖީ.ސީ އިން ހާމަކުރާ ގޮތުގައި އެމެރިކާއަށް ގެއްލުނު ޑްރޯންތަކުގެ އަދަދު އުޅެނީ 53 ގަ އެވެ.

މީގެ އިތުރުން، އެމް.ކިއު-4ސީ ޓްރައިޓަން މަރުކާގެ ޑްރޯންއެއްވެސް ގޮއްވާލާފައިވާކަން އެމެރިކާގެ ބަޖެޓް އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. މި އުޅަނދު ހަލާކުވުމުން ލިބުނު ގެއްލުން ގާތްގަނޑަކަށް 150 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

މި ރިޕޯޓާ ގުޅޭގޮތުން ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ވޯ އަށް ޑްރޯންތަކުގެ ދާއިރާއިން މިހާ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ، އިރާނުގެ ވައިގެ ސަރަހައްދު ހިމާޔަތްކުރުމުގައި އެ ގައުމުން ހޯދާފައިވާ ބޮޑު ކާމިޔާބީގެ ސަބަބުންނެވެ.

އެމް.ކިއު-1 މަރުކާގެ ޑްރޯން ވައްޓާލާފައި މިވަނީ، ހުރްމުޒް ކަނޑުއޮޅި މަތިން ދަތުރުކުރި އެމެރިކާގެ ކުރިއަރާފައިވާ "އޯބިޓަރ" ރިކޮނަސަންސް ޑްރޯންއެއް ގޮއްވާލާފައިވާ ކަމަށް އިރާނުގެ އަސްކަރިއްޔާއިން އާދީއްތަ ދުވަހު އިއުލާނުކޮށްފައި ވަނިކޮށެވެ.

އިރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޯބިޓަރ ޑްރޯންއަށް ހަމަލާދީ ބިމާ ހަމަކޮށްލާފައިވަނީ އިރާނުގެ އިރުދެކުނު ސަރަހައްދުގައި ގާއިމުކޮށްފައިވާ އެ ގައުމުގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ވައިގެ ދިފާއީ ނިޒާމުތަކުން ކަމަށެވެ.

އެމެރިކާއިން ހިންގާ އުދުވާނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުންނާއި، އުދުވާނު ހިންގާ ފަރާތްތަކަށް އެހީތެރިވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން އިރާނުން ވަނީ އެ ސަރަހައްދުގެ ކަނޑުގެ މަގުތައް ބަންދުކޮށްފަ އެވެ.

އިރާނުން ބުނެފައިވަނީ، ސަރަހައްދީ ކަނޑުގެ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަދެގަތުން ހުއްޓާލަންދެން، އެ ގައުމުން ބަންދުކޮށްފައިވާ ކަނޑުގެ މަގުތައް އެގޮތުގައި ދަމަހައްޓާނެ ކަމަށެވެ.

އީރާންއައިއާރުޖީސީއީރާން-އެމެރިކާއީރާން ހަނގުރާމަ

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

5

80 މިލިއަން ޚަރަދުކުރި ޕީއެންސީގެ ކޮންގްރެސް: ނުފޯރާ ފޮތިން ފޫގަޅައިގެން ބޭރު ގައުމުތަކަށް ދައްކަން އުޅުނީ ނެތް މުއްސަނދިކަމެއް

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2026

ހޫޘީންނަށް ރައްދު ދޭނެ ސާފު ރޭވުމެއް ސައޫދީއާއި އެމެރިކާގެ ނެތް، ހާލަތު އިތުރަށް ގޯސްވެދާނެ!

21 ސެޕްޓެމްބަރު 2026
ހޫޘީންނަށް ރައްދު ދޭނެ ސާފު ރޭވުމެއް ސައޫދީއާއި އެމެރިކާގެ ނެތް، ހާލަތު އިތުރަށް ގޯސްވެދާނެ!
21 ސެޕްޓެމްބަރު 2026

ގަލްފުގެ ގައުމުތަކާއި އީރާން ގުޅުވައިދޭ ސަލާމަތީ އޮނިގަނޑެއް ގާއިމުކުރަން ޖެހޭ: ގަތަރުގެ ބޮޑުވަޒީރު

21 ސެޕްޓެމްބަރު 2026
ގަލްފުގެ ގައުމުތަކާއި އީރާން ގުޅުވައިދޭ ސަލާމަތީ އޮނިގަނޑެއް ގާއިމުކުރަން ޖެހޭ: ގަތަރުގެ ބޮޑުވަޒީރު
21 ސެޕްޓެމްބަރު 2026

އިސްތިގުލާލަށް އަރައިގެންފި ނަމަ ޖެހިލުމެއް، ހުއްޓުމެއްނެތި ހަމަލާތައް ދޭނަން: އީރާން

21 ސެޕްޓެމްބަރު 2026
އިސްތިގުލާލަށް އަރައިގެންފި ނަމަ ޖެހިލުމެއް، ހުއްޓުމެއްނެތި ހަމަލާތައް ދޭނަން: އީރާން
20 ސެޕްޓެމްބަރު 2026

ރިޔާޟަށް ދިން ހަމަލާއާއެކު ސައުދީއާއި ހޫޘީންގެ ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު!

20 ސެޕްޓެމްބަރު 2026
ރިޔާޟަށް ދިން ހަމަލާއާއެކު ސައުދީއާއި ހޫޘީންގެ ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު!
20 ސެޕްޓެމްބަރު 2026

އެމެރިކާއިން އެއްބަސްވުމަށް އަމަލުކޮށް ޝަރުތުތައް ފުރިހަމަކުރަންދެން ހުރްމުޒް ކަނޑުއޮޅި ބަންދުވާނެ: އީރާން

20 ސެޕްޓެމްބަރު 2026
އެމެރިކާއިން އެއްބަސްވުމަށް އަމަލުކޮށް ޝަރުތުތައް ފުރިހަމަކުރަންދެން ހުރްމުޒް ކަނޑުއޮޅި ބަންދުވާނެ: އީރާން
20 ސެޕްޓެމްބަރު 2026

ޔަމަނަކީ އީރާނުގެ މަސްލަހަތު ހިމާޔަތްކުރާ "ބާގެއިނިންގ ޗިޕެއް" ނޫން: އަލް-ޒޫބާ

20 ސެޕްޓެމްބަރު 2026
ޔަމަނަކީ އީރާނުގެ މަސްލަހަތު ހިމާޔަތްކުރާ "ބާގެއިނިންގ ޗިޕެއް" ނޫން: އަލް-ޒޫބާ
20 ސެޕްޓެމްބަރު 2026

ސައުދީ ވެރިރަށް ރިޔާޟަށް ހޫޘީންގެ ނުރައްކާތެރި ހަމަލާއެއް އަރައިފި

20 ސެޕްޓެމްބަރު 2026
ސައުދީ ވެރިރަށް ރިޔާޟަށް ހޫޘީންގެ ނުރައްކާތެރި ހަމަލާއެއް އަރައިފި
19 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ވެރިރަށުގައި އިންޒާރުގެ އެލާޓް ނެރެފި

19 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ވެރިރަށުގައި އިންޒާރުގެ އެލާޓް ނެރެފި
19 ސެޕްޓެމްބަރު 2026

ރިޕޯޓް: އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު ވައިޓް ހައުސްއިން ހާމަކުރި އަދަދަށްވުރެ އިތުރު

19 ސެޕްޓެމްބަރު 2026
ރިޕޯޓް: އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު ވައިޓް ހައުސްއިން ހާމަކުރި އަދަދަށްވުރެ އިތުރު
19 ސެޕްޓެމްބަރު 2026

ޔަމަނުގައި ހަނގުރާމަ ފުޅާވެ ސައުދީގެ ވަރުގަދަ ހަމަލާތަކެއް، 24 ގަޑިއިރުތެރޭ 26 ތަނަށް ބޮންއެޅި

19 ސެޕްޓެމްބަރު 2026
ޔަމަނުގައި ހަނގުރާމަ ފުޅާވެ ސައުދީގެ ވަރުގަދަ ހަމަލާތަކެއް، 24 ގަޑިއިރުތެރޭ 26 ތަނަށް ބޮންއެޅި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް